ދުވަން ފައްޓާއިރު ހަނދުމަ ކުރަން ވީ ހަތަރު ކަންތައް

ކިޔާފައިވާ ޢަދަދު: 543

ޢަލީ ޚާލިދު އަޅުގަނޑަކީ ކަސްރަތަށް ދުވެއުޅޭ މީހަކަށް ވާތީ ވަރަށް ގިނަ ރައްޓެހިން ދުވުމާ ގުޅޭ ގޮތުން އެކި ފާޑުގެ ސުވާލު އަހަ އެވެ. އެންމެ ގިނައިން ކުރާ ސުވާލަކީ މިހާރު ކިހާވަރަކަށް ދުވެވޭނެތޯ އެވެ. ދުވާ މީހެއްގެ ހައިސިއްޔަތުން، ކިހާ އިރަކު، ކިހާ ދިގުމިނެއްތޯ، ކިހާ ބާރަކަށްތޯ ދުވަނީ، އަޅުގަނޑަކަށް މުހިއްމު ކަމަކަށް ނުވެ އެވެ. އަޅުގަނޑު ދުވަނީ އެކަމުން ހިތްހަމަ ޖެހުން ލިބިގަތުމަށެވެ. އެހެން ކަމަށްވާތީ އަޅުގަނޑު ހަމަ ދުވަނީ އެވެ. އެކަމަކު ދުވަނީ…

ހަށިގަނޑުގެ ކަސްރަތު – ފުރިހަމަ ޞިއްހަތު

ކިޔާފައިވާ ޢަދަދު: 537

އިބްރާހީމް ރަޝީދު މޫސާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ [ފަތްތޫރަ] މަޖައްލާގެ 137 (އޮގަސްޓް 1990) ގެ އަދަދުންނެވެ. ___________________________________ އިންސާނާގެ ޞިއްޙަތަކީ، މާތްﷲ އޭނާއަށް ދެއްވާފައިވާ އެންމެބޮޑު އެއްނިޢުމަތެވެ. މިޞިއްޙަތު އޭނާ ބެލެހެއްޓި ގޮތަކާމެދު ޤިޔާމަތް ދުވަހު އޭނާއާ ސުވާލު ކުރެވޭނެއެވެ. ވީމާ އަޅުގަނޑުމެން ޞިއްޙަތު ބެލެހެއްޓުމަށް ޓަކައި ފިޔަވަޅު އެޅުމަކީ ދީނީ ވާޖިބެކެވެ. މީގެ އިތުރުން އެއީ ޤައުމީ ވާޖިބެއްވެސް މެއެވެ. ޤައުމުގެ ތަރައްޤީ އަށާއި ކުރިއެރުމަށް…

ސާފުތާހިރުކަން

ކިޔާފައިވާ ޢަދަދު: 861

ފަޟީލަތުލް އުސްތާޛުއް ޝައިޚް މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ، ދުވަހުނޫސް [ހަވީރު]ގެ 20 ޖުލައި 1981 (ހޯމަ) ދުވަހުގެ އަދަދުންނެވެ. ______________________ ދިރިއުޅުމޭ ކިޔުނު ތަނަވަސް މައިދާނުގައި ހުރަހަށާއި ދިގަށް ރޮނގުތައް އަޅަމުން ފިޔަވަޅުތައް އަޅަމުންދާއިރު ދެބާވަތެއްގެ ގޮތްތަކެއް މެދުވެރިވަމުން ދާކަމީވެސް ވެވޭން އޮތްކަމެއްނޫނެވެ. އުފަލާއި ހިތްހަމަޖެހުމެވެ. ހިތާމައާއި ހިތްހަމަނުޖެހުމެވެ. ހަމައެފަދައިން ފަސޭހައާއި އުދަގުލެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ، ހިތްހަމަ ޖެހޭ އުފާވެރި ފަސޭހަ ދިރިއުޅުމެކެވެ. އަޅުގަނޑުމެން ކުރާހައި މަސައްކަތާއި…

ޑެމެންޝިއާ

ކިޔާފައިވާ ޢަދަދު: 599

މިހާރު ދުނިޔޭގައި ނުހަނު ބާރަށް ފެތުރެމުންދާ ނުރައްކާތެރި އެއް ބައްޔަކީ ޑެމެންޝިއާ ނުވަތަ ހަނދާން ނެތޭ ބައްޔެވެ. މިވަގުތު ދުނިޔޭގައި މިބަލީގެ 44 މިލިޔަން މީހުން އެބަ ތިބި ކަމަށް ވެއެވެ. މިކަން ރިޕޯޓް ކޮށްފައިވަނީ އަލްޒައިމާސް ޑިޒީސް އިންޓަނޭޝަނަލް ތަހުގީގީ ޓީމުންނެވެ. އަދި 2050 ވަނަ އަހަރާ ހަމަޔަށް ދާއިރު 135 މިލިޔަނަށް މިއަދަދު އަރާނެ ކަމަށް ބުނެވެ އެވެ. ރާއްޖޭގައި ވެސް މިބަލި އެބަ އުޅޭ ކަމާ މެދު ޝައްކެއް ނެތެވެ. ހަމަ އިހަކަށް…

ދުންބަޑި (2)

ކިޔާފައިވާ ޢަދަދު: 891

ތަރުޖަމާކޮށް އެކުލަވައިލީ:  އަޙްމަދު އަޖުމަލް ޙާމިދު (“ދުންބަޑި” (1) ޝާއިއު ކުރެވިފައިވަނީ، 15 ޖޫން 2015 ގައެވެ.) ނޭވާލުމުގެ ނިޒާމު ކުއްލި ހާލަތަކަށް ގެނެއެވެ. ހިތްގައިމު ފިޔާތޮށި ކުލައިގައިވާ ފުއްޕާމޭ ކަޅުކޮށްލައެވެ. އަނގައިން ނުބައިވަސް ދުވައެވެ. ތުންފަތާއި ދަތްތަކާއި ނިޔަފަތިތަކުގެ ކުލަ ތަޣައްޔަރުކޮށްލައެވެ. ލޭހޮޅިތަކުގެ އެތެރޭގައި އުށްފަދަ މާއްދާއެއް އުފެދި ހަށިގަނޑުގައި ލޭ ދައުރުވުމަށް ދަތިކޮށް ލޭގެ ފިއްތާބާރު ގަދަވެއެވެ. ނޭވާ ކުރުވެ، ކެއްސުން އާދައަކަށްވެ ހަމަކިރިޔާ ހެލިފެލިވެ އުޅެލާއިރަށް ގުނބުހިލި މީހާ ލޮޑުވެއެވެ. އޮމާން މޫނަށް…

މަރަށް މަކަރު!

ކިޔާފައިވާ ޢަދަދު: 1053

އަސްލު: “އިކޮނޮމިސްޓް” މަޖައްލާ (2016 ވަނަ އަހަރުގެ  އޮގަސްޓް  13 އިން 19 އަށް ހިނގާ ހަފުތާގެ ޢަދަދު) ތަރުޖަމާ: އިބްރާހީމް ހުސެން މަނިކު ——————————————————— މުސްކުޅިވުން މަޑުޖައްސުވާނެ ގޮތް ސައިންސް އަންނަނީ ހޯދަމުންނެވެ. އުފާހުއްޓެވެ! ނަމަވެސް  ދެން ދިމާވެދާނެ ކަންތައްތައް ތަހައްމަލު ކުރެވޭނެ ނަމައެވެ. ހިތް ނުވަތަ ދެކިޑްނީ ނުވަތަ ފުރަމޭގެ ބަދަލުގައި ހަށިގަނޑުގެ ސެލްތަކުން އުފެއްދި ގުދުރަތީ އާހިތެއް ނުވަތަ ދެކިޑްނީ ނުވަތަ ފުރަމޭ،  މިހާރު ކަކުލުހުޅު ނުވަތަ ޅިނދުކަށިގަނޑު ބަދަލުކޮށްލާހައި ފަސޭހައިން، ބަދަލުކޮށްލުން…

އައްދޯތް! މަގޭ ކަކޫ!

ކިޔާފައިވާ ޢަދަދު: 765

މަޒުމޫނު ލިޔުނީ: ޑަކުޓަރު ވޭރާޔޫތު ޗަޔަޕިނޫން ތަރުޖަމާ: އިބްރާހީމް ހުސެން މަނިކު އަހަރެމެން އުމުރުން ދުވަސްވީވީހެން ރިއްސުމުގެ އަލާމާތްތައް މަދުވެގެން ވެސް އެއް ހުޅަކުން، އާންމު ގޮތެއްގައި ކަކުލުން ފެނުމީ ވާކަމެކެވެ. އެންމެ ގިނައިން މިކަމެއް ފެންނަނީ ކަކުލުހުޅުންނެވެ. ވަރަށް ފަހުން ކުރެވުނު ސާވޭއެއް ދައްކާ ގޮތުން  75 އަހަރުން މަތީ މީހުންނަށް ހުޅުހުޅުގައި ރިއްސުމުގެ ފުރުސަތު 85  އިން ސައްތަ އަށް އޮވެއެވެ. އަންހެނުންގެ މެދުގައި މިކަން ފިރިހެނުންނަށް ވުރެ ދެގުނަ މައްޗަށް އޮވެއެވެ. ވަރަށް…

ލުއި މައުލޫމާތު ކޮޅެއް!…..އެނގޭތަ؟

ކިޔާފައިވާ ޢަދަދު: 1583

ފެހިކުލައިގެ ތޮޅިމިރުސް: ފެހިކުލައިގެ ތޮޅިމިރުހެއްގައި ހުންނަ ވިޓަމިން އޮރެންޖެއްގައި ހުންނަ ވިޓަމިނަށް ވުރެ އިތުރެވެ. އަދި ފުރިޖުގައި މިރުސް ބަހައްޓާނަމަ ތަނޑި ނަގާފައި ބެހެއްޓުމުން މިރުސްތައް ދޮން ނުވެ ފެހިކަންމަތީ ގިނަ ދުވަހު ހުންނާނެއެވެ. ލެޓިއުސްފަތް: ލެޓިއުސް ފަތް ވަޅިންކެނޑުމުގެ ބަދަލުގައި އަތުން ވަކިކޮށްލާށެވެ. އަދި ބޭނުން ކުރުމުގެ  ކުރިން ލޮނުކޮޅެއް ބުރުވާލުމުން އޭގެ ރަހަ ވަރަށްމީރު ވާނެއެވެ. ދޮންކެޔޮ: މާބޮޑަށް ދޮންވެ ފާވެފައިވާ ދޮންކޭލަކީ ހަކުރު ހުންނަ މީހުން  ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ.…

މޭވާގެތެރެއިން ދޮންކެޔޮ

ކިޔާފައިވާ ޢަދަދު: 1757
 
މުޙައްމަދު އިސްމާޢީލު ފުޅު  މއ. މާފުނަ

 

 މޭވަޔަކީ، އިންސާނުން ދަންނަ ކާނާގެ ބައިތަކުގެތެރޭގައި އެންމެ ކުރިންވެސް ހިމެނޭ ބައެކެވެ. އޭގެ ފައިދާއާއި ބެހޭގޮތުން ވަރަށް ކުރިއްސުރެ އިންސާނުންގެ މެދުގައި އައީ ވާހަކަދެކެވެމުންނެވެ. އަދި ކުރީގެ ވަރަށް ގިނަ ލިއުންތަކުގައިވެސް މޭވާގެ ވާހަކަ ލިޔެފައި ހުއްޓާ ފެނެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ކަދުރާއި، މޭބިސްކަދުރާއި، ވައްތީންޏާއި، ޒައިތޫންޏާއި، އަދި އަންނާރުފަދަ މޭވާތަކަކީ އެކަލާނގެ އިންސާނާއަށް ދެއްވި ސުވަރުގޭގެ ކާނާއެވެ.

ޙަޤީޤަތުގައިވެސް ކެންސަރުބަލި އިތުރުވަނީ ހެއްޔެވެ؟ ނޫނީ އެބަލި ދެނެގަންނަން މިހާރު ފަސޭހަވީހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 1996
މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
ދިވެހިމުޖްތަމަޢުގައި އާދަޔާ ޚިލާފަށް މިހާރު ކެންސަރބަލި އިތުރުވަނީތޯ، ނޫނީ އެބަލި ދެނެގަތުމުގެ ފުރްޞަތު ކުރިޔަށްވުރެ ބޮޑަށް މިހާރު ތަނަވަސްވެފައިވާތީ ފަސޭހައިން އެބަލި މިހާރު ދެނެގަނެވެނީތޯ، މިއީ މިއަދުގެ އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ މުހިންމު ސުވާލެކެވެ.