ދުވަން ފައްޓާއިރު ހަނދުމަ ކުރަން ވީ ހަތަރު ކަންތައް

ކިޔާފައިވާ ޢަދަދު: 765

ޢަލީ ޚާލިދު އަޅުގަނޑަކީ ކަސްރަތަށް ދުވެއުޅޭ މީހަކަށް ވާތީ ވަރަށް ގިނަ ރައްޓެހިން ދުވުމާ ގުޅޭ ގޮތުން އެކި ފާޑުގެ ސުވާލު އަހަ އެވެ. އެންމެ ގިނައިން ކުރާ ސުވާލަކީ މިހާރު ކިހާވަރަކަށް ދުވެވޭނެތޯ އެވެ. ދުވާ މީހެއްގެ ހައިސިއްޔަތުން، ކިހާ އިރަކު، ކިހާ ދިގުމިނެއްތޯ، ކިހާ ބާރަކަށްތޯ ދުވަނީ، އަޅުގަނޑަކަށް މުހިއްމު ކަމަކަށް ނުވެ އެވެ. އަޅުގަނޑު ދުވަނީ އެކަމުން ހިތްހަމަ ޖެހުން ލިބިގަތުމަށެވެ. އެހެން ކަމަށްވާތީ އަޅުގަނޑު ހަމަ ދުވަނީ އެވެ. އެކަމަކު ދުވަނީ…

ހަށިގަނޑުގެ ކަސްރަތު – ފުރިހަމަ ޞިއްހަތު

ކިޔާފައިވާ ޢަދަދު: 787

އިބްރާހީމް ރަޝީދު މޫސާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ [ފަތްތޫރަ] މަޖައްލާގެ 137 (އޮގަސްޓް 1990) ގެ އަދަދުންނެވެ. ___________________________________ އިންސާނާގެ ޞިއްޙަތަކީ، މާތްﷲ އޭނާއަށް ދެއްވާފައިވާ އެންމެބޮޑު އެއްނިޢުމަތެވެ. މިޞިއްޙަތު އޭނާ ބެލެހެއްޓި ގޮތަކާމެދު ޤިޔާމަތް ދުވަހު އޭނާއާ ސުވާލު ކުރެވޭނެއެވެ. ވީމާ އަޅުގަނޑުމެން ޞިއްޙަތު ބެލެހެއްޓުމަށް ޓަކައި ފިޔަވަޅު އެޅުމަކީ ދީނީ ވާޖިބެކެވެ. މީގެ އިތުރުން އެއީ ޤައުމީ ވާޖިބެއްވެސް މެއެވެ. ޤައުމުގެ ތަރައްޤީ އަށާއި ކުރިއެރުމަށް…

ސާފުތާހިރުކަން

ކިޔާފައިވާ ޢަދަދު: 1159

ފަޟީލަތުލް އުސްތާޛުއް ޝައިޚް މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ، ދުވަހުނޫސް [ހަވީރު]ގެ 20 ޖުލައި 1981 (ހޯމަ) ދުވަހުގެ އަދަދުންނެވެ. ______________________ ދިރިއުޅުމޭ ކިޔުނު ތަނަވަސް މައިދާނުގައި ހުރަހަށާއި ދިގަށް ރޮނގުތައް އަޅަމުން ފިޔަވަޅުތައް އަޅަމުންދާއިރު ދެބާވަތެއްގެ ގޮތްތަކެއް މެދުވެރިވަމުން ދާކަމީވެސް ވެވޭން އޮތްކަމެއްނޫނެވެ. އުފަލާއި ހިތްހަމަޖެހުމެވެ. ހިތާމައާއި ހިތްހަމަނުޖެހުމެވެ. ހަމައެފަދައިން ފަސޭހައާއި އުދަގުލެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ، ހިތްހަމަ ޖެހޭ އުފާވެރި ފަސޭހަ ދިރިއުޅުމެކެވެ. އަޅުގަނޑުމެން ކުރާހައި މަސައްކަތާއި…

ޑެމެންޝިއާ

ކިޔާފައިވާ ޢަދަދު: 733

މިހާރު ދުނިޔޭގައި ނުހަނު ބާރަށް ފެތުރެމުންދާ ނުރައްކާތެރި އެއް ބައްޔަކީ ޑެމެންޝިއާ ނުވަތަ ހަނދާން ނެތޭ ބައްޔެވެ. މިވަގުތު ދުނިޔޭގައި މިބަލީގެ 44 މިލިޔަން މީހުން އެބަ ތިބި ކަމަށް ވެއެވެ. މިކަން ރިޕޯޓް ކޮށްފައިވަނީ އަލްޒައިމާސް ޑިޒީސް އިންޓަނޭޝަނަލް ތަހުގީގީ ޓީމުންނެވެ. އަދި 2050 ވަނަ އަހަރާ ހަމަޔަށް ދާއިރު 135 މިލިޔަނަށް މިއަދަދު އަރާނެ ކަމަށް ބުނެވެ އެވެ. ރާއްޖޭގައި ވެސް މިބަލި އެބަ އުޅޭ ކަމާ މެދު ޝައްކެއް ނެތެވެ. ހަމަ އިހަކަށް…

ދުންބަޑި (2)

ކިޔާފައިވާ ޢަދަދު: 1015

ތަރުޖަމާކޮށް އެކުލަވައިލީ:  އަޙްމަދު އަޖުމަލް ޙާމިދު (“ދުންބަޑި” (1) ޝާއިއު ކުރެވިފައިވަނީ، 15 ޖޫން 2015 ގައެވެ.) ނޭވާލުމުގެ ނިޒާމު ކުއްލި ހާލަތަކަށް ގެނެއެވެ. ހިތްގައިމު ފިޔާތޮށި ކުލައިގައިވާ ފުއްޕާމޭ ކަޅުކޮށްލައެވެ. އަނގައިން ނުބައިވަސް ދުވައެވެ. ތުންފަތާއި ދަތްތަކާއި ނިޔަފަތިތަކުގެ ކުލަ ތަޣައްޔަރުކޮށްލައެވެ. ލޭހޮޅިތަކުގެ އެތެރޭގައި އުށްފަދަ މާއްދާއެއް އުފެދި ހަށިގަނޑުގައި ލޭ ދައުރުވުމަށް ދަތިކޮށް ލޭގެ ފިއްތާބާރު ގަދަވެއެވެ. ނޭވާ ކުރުވެ، ކެއްސުން އާދައަކަށްވެ ހަމަކިރިޔާ ހެލިފެލިވެ އުޅެލާއިރަށް ގުނބުހިލި މީހާ ލޮޑުވެއެވެ. އޮމާން މޫނަށް…

އައްދޯތް! މަގޭ ކަކޫ!

ކިޔާފައިވާ ޢަދަދު: 811

މަޒުމޫނު ލިޔުނީ: ޑަކުޓަރު ވޭރާޔޫތު ޗަޔަޕިނޫން ތަރުޖަމާ: އިބްރާހީމް ހުސެން މަނިކު އަހަރެމެން އުމުރުން ދުވަސްވީވީހެން ރިއްސުމުގެ އަލާމާތްތައް މަދުވެގެން ވެސް އެއް ހުޅަކުން، އާންމު ގޮތެއްގައި ކަކުލުން ފެނުމީ ވާކަމެކެވެ. އެންމެ ގިނައިން މިކަމެއް ފެންނަނީ ކަކުލުހުޅުންނެވެ. ވަރަށް ފަހުން ކުރެވުނު ސާވޭއެއް ދައްކާ ގޮތުން  75 އަހަރުން މަތީ މީހުންނަށް ހުޅުހުޅުގައި ރިއްސުމުގެ ފުރުސަތު 85  އިން ސައްތަ އަށް އޮވެއެވެ. އަންހެނުންގެ މެދުގައި މިކަން ފިރިހެނުންނަށް ވުރެ ދެގުނަ މައްޗަށް އޮވެއެވެ. ވަރަށް…

ލުއި މައުލޫމާތު ކޮޅެއް!…..އެނގޭތަ؟

ކިޔާފައިވާ ޢަދަދު: 1723

ފެހިކުލައިގެ ތޮޅިމިރުސް: ފެހިކުލައިގެ ތޮޅިމިރުހެއްގައި ހުންނަ ވިޓަމިން އޮރެންޖެއްގައި ހުންނަ ވިޓަމިނަށް ވުރެ އިތުރެވެ. އަދި ފުރިޖުގައި މިރުސް ބަހައްޓާނަމަ ތަނޑި ނަގާފައި ބެހެއްޓުމުން މިރުސްތައް ދޮން ނުވެ ފެހިކަންމަތީ ގިނަ ދުވަހު ހުންނާނެއެވެ. ލެޓިއުސްފަތް: ލެޓިއުސް ފަތް ވަޅިންކެނޑުމުގެ ބަދަލުގައި އަތުން ވަކިކޮށްލާށެވެ. އަދި ބޭނުން ކުރުމުގެ  ކުރިން ލޮނުކޮޅެއް ބުރުވާލުމުން އޭގެ ރަހަ ވަރަށްމީރު ވާނެއެވެ. ދޮންކެޔޮ: މާބޮޑަށް ދޮންވެ ފާވެފައިވާ ދޮންކޭލަކީ ހަކުރު ހުންނަ މީހުން  ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ.…

ދުވާލު ހަތަރުދަމު އަވަދިނެތި ތެޅިފޮޅެންޖެހޭ ބަލި!

ކިޔާފައިވާ ޢަދަދު: 4274
ލިޔުއްވީ: Dr. Omid Safi   
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ޕްރޮފެސަރ ޢުމީދު ސާފި (Professor Omid Safi)  އަކީ، އެމެރިކާގެ ޑިޔުކް ޔުނިވާރސިޓީގެ “އިސްލާންދީން ދިރާސާ ކުރާ މަރުކަޒުގެ” އިސްވެރިޔާއެވެ. ކިޔަވައިދެއްވުމުގެ އިތުރުން އިސްލާން ދީނާއި، ކީރިތި ރަސޫލާގެ ސީރަތާއި ބެހޭ ގޮތުން މީޑިޔާގައި ލިޔުއްވުމާއި ވާހަކަ ދެއްކެވުމުގައި މިހާރުވެސް އިސްވެ އުޅުއްވައެވެ. ކޮންމެ ހޫނު މޫސުމެއްގައި  ތުރުކީ ވިލާތަށް ސަގާފީ ފަތުރުވެރިކަމުގެ ދަތުރެއް ރާއްވަވައި އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދަވައެވެ.

” ދާދި ފަހުން ވަރަށް ގާތް ރަހުމަތްތެރި އަންހެނަކާ ބައްދަލުވުމުން އޭނާގެ ހާލުއަހުވާލު އަހައިލީމެވެ. ވަރަށް ވަރުބަލިވެފައި ހުރި ރާގަކަށް ބުންޏެވެ. ” މި އުޅެނީ ހާދަަހައި އަވަދި ނެތިއެވެ! ހަމަ އިތުރު އެންމެ މިނެޓެއްވެސް ހުސްކޮށެއް ނެތެވެ. ހާދަހައި ކަންތަކެއް ކުރާން ހުރެއެވެ! ” 
 

އެނާރޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭ ކަމަށްބުނާ ބުއިންތައް

ކިޔާފައިވާ ޢަދަދު: 3006
ޑރ. ޝީޒާ ޢަލީ

އެނާރޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކަކީ، ހަމައެކަނި އޭގެ ޒާތުގައި ހަކަތަ ލިއްބައިދޭ މީރު ބުއިމެއް ކަމަށް ގިނަ ބަޔަކަށް ހީވާ ކަހަލައެވެ. އެއީ ބޭރަށް ހިންގާ މީހުންނަށް ދޭ “ލޮނުޕެކެޓު” ފަދަ، އެކަމަކު ލޮނުޕެކެޓަށްވުރެ އިތުރަށް ހަކަތަ ލިއްބައިދޭ، މޮޅު އެއްޗެއް ކަމުގައި ދެކޭ މީހުންވެސް މަދެއްނޫނެވެ. ވާނީވެސް އެހެންނޫންތޯއެވެ. އެނާރޖީ ޑްރިންކެއް ބޯލުމުން ވަގުތުކޮޅަކަށް ނަމަވެސް ވަރުބަލިކަން ފިލުވާލަދެއެވެ. މީހާގެ މާހައުލާއިމެދު ހޭލުންތެރިކަން އިތުރު ކުރުވައެވެ. އަދި ނިދިވެސް ފިލުވާލަދެއެވެ.

ކަސްރަތުގެ ފައިދާ

ކިޔާފައިވާ ޢަދަދު: 6379
ޢަބްދުﷲ ޞާދިޤު

ބައެއް މީހުންގެ ނަޒަރުގައި ކަސްރަތަކީ އެހައި މުހިއްމު ކަމެއް ނޫނެވެ. އެއީ ވަގުތު ނަގާލުމެކެވެ. ބައެއް ފަހަރު ޑަކްޓަރުން އެވެނި މިވެނި ކަސްރަތު ހެނދުނު ނުވަތަ ހަވީރު ކުރަން ބުނީމާވެސް ބަލިމީހާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ކަންހުރީ މިހެންނެވެ. ދެން މިވާހަކަކޮޅު ކިޔާލާށެވެ. އަދި މިކަމާމެދު ޚިޔާލުކޮށް، ފިކުރުކޮށްލާށެވެ.