ރޯދަވީއްލުމާއި، މައިދާގެ ތުން ހުޅުވުން

ކިޔާފައިވާ ޢަދަދު: 3746
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. މުޙައްމަދު ރަޝީދު
އަހަރެންގެ މިތުރު، ރޯދަ ތަހުނިޔާ ކިޔެވެ. މިދިޔަ ތިރީހަކަށް އަހަރުވެސް އޭނާ ކަންކުރި ބީދައިންނެވެ. އެންމެ އަހަރެއްވެސް ވައްޓައިނުލައެވެ. އެކަމަކު މިފަހަރު ބުންޏެވެ. ރޯދަ މަހާއި ގުޅިގެން ލިޔުމެއް ލިޔެލައި ދީބަލާށެވެ. ޞިއްޙަތާ ގުޅޭ ލިޔުމެއް ނިކަން ލިޔެލަ ބަލާށެވެ.  ބުނީމެވެ. ލިޔާންވީ ކޮން ކަމެއްގެ ވާހަކަހެއްޔެވެ؟ ކޮން މައުޟޫޢަކަށް ހެއްޔެވެ؟ ބުންޏެވެ. ކޮންމެ ވާހަކައެއް ވިޔަސް ވަރިހަމައެވެ. ކޮންމެ މައުޟޫޢެއްވިޔަސް ހެވެވެ. ބުނީމެވެ. އެހެންވީއިރު ބަނޑުފުރައި ކެއުމުގެ ވާހަކަ ދައްކަން އަންނާށެވެ. އަޑުއަހާށެވެ!

ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު

ކިޔާފައިވާ ޢަދަދު: 4117
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޒިޔާދާ މުޙައްމަދު، އާހިޔާ، ހދ.ކުޅުދުއްފުށި
ދިރިއުޅުމަކީ ފުޅާ މާނައެއްގައި ބޭނުން ކުރެވޭ ބަހެކެވެ. ދުނިޔޭގައި އުޅުމެވެ. ނުވަތަ އުމުރު ވޭތުކުރުމެވެ. އެހެންކަމުން ދުނިޔެގައި އުޅޭ އިރު އިންސާނާ ނުލާހިކު ގިނަ ކަންކަމާ ކުރިމަތި ލާނެއެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށެވެ. ނުވަތަ މުސްތަޤްބަލް އުޖާލާކުރުމަށް ކުރާ ކަންތައްތަކެވެ. ނުވަތަ ދިރިއުޅުމުގެ ހަމަޖެހުމަށާއި މުނިފޫހިފިލުވަން ކުރާ ކަންތައްތަކެވެ. މި އުސޫލުން ދިރިއުޅުން ވޭތުކުރާއިރު ބައެއް ކަންކަމަށް ހުންނަނީ އާދަވެ ފަރިތަ ވެފައެވެ. އަމިއްލަ ފާޑުވެރިކަމެއްގެ ތެރެއިންނެވެ. ކަން މިހެން އޮތްއިރު، ބައެއް ފަހަރަށް ނުރަނގަޅު އާދަތައް ވެސް ކަށީގައި ހިފައިފައި އެބަހުރެއެވެ. މިފަދަ އާދަތަކުގެ ސަބަބުން އިންސާނާގެ ސިއްޙަތަށް ގެންލުން ލިބޭނީ ކިހާ މިންވަރަކަށްތޯ ވިސްނައިލީމު ހެއްޔެވެ؟ ޞިއްޙަތަށް ނޭދެވޭ އަސަރުތައް ކޮށްފައިހުރީ ކިހިނެއްތޯ ބަލައިލީމު ހެއްޔެވެ؟ އެކަން ރަނގަޅުކުރުމަށް ޢަޒުމް ކަނޑައެޅީމު ހެއްޔެވެ؟

ޅަފަތުގައި ކުދިން މަރުވާ އަދަދު އެންމެ ގިނައީ އިންޑިޔާގައި

ކިޔާފައިވާ ޢަދަދު: 4905
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުﷲ ޞާދިޤް
ކުދިންގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކޮށްދޭ ބައިނަލްއަޤްވާމީ ޖަމްއިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑްރަން ވަރަށް ފަހުން ހާމަކުރި ރިޕޯޓެއްގައި ބަޔާންކުރާ ގޮތުގައި އިންޑިޔާގައި ވިހައިގެން 40 ގަޑި އިރުގެ ތެރޭގައި ތިން ލައްކަ ކުދިން މަރުވެއެވެ. އެއީ ދުނިޔޭގައި މި ގޮތަށް މަރުވާ ކުދިންގެ އޮނަތިރީސް އިންސައްތައެވެ.

ބަލި މީހާއަށް ޑަކްޓަރުކަން ދަސްކޮށްދިނުން

ކިޔާފައިވާ ޢަދަދު: 3934
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. މުޙައްމަދު ރަޝީދު
ޑަކްޓަރަށް ދައްކަން އަންނަ އިރު، ބައެއް މީހުން، ކަރުދާހު ފައިލާއި، ރަބަރު ކޮތަޅު ގެނެއެވެ. ވަކި ގަނޑުގަނޑުގައި ލޯވަޅު އަޅައި، ނިކަން ރީއްޗަށް އެ ފައިލް ތަކުތެރޭ، ތަރުތީބުކޮށްފައި ވެސް ހުރޭމެއެވެ. ހަސްފަތާލުތަކުން ދީފައި ހުންނަ އަތު ލިޔުމާއި، ޓައިޕުން ލިޔެފައި ހުންނަ ތަކެއްޗެވެ. މީގެ ތެރޭގައި ކަމާއި ނުގުޅޭ ލިއުންތައް ވެސް މަދެއް ނޫނެވެ. މިސާލަކަށް ހަސްފަތާލަށް ފައިސާ ދެއްކި ރަސީދުތަކެވެ. އިންޑިޔާއަށް ނުވަތަ ލަންކާއަށް ބޭހަށް ކުރި ދަތުރުގައި ފައިސާ މާރުކުރި ބިލްކޮޅުތަކެވެ. ބައްޔަށްކުރި ބޭހާއި، ބޭސްކުރަން ކުރި ދަތުރާއި، އެ ދަތުރުގައި ކުރި ހުރިހާ ޚަރަދެއްގެ ރިކޯޑު، އެއް ތަނެއްގައި ރައްކާކުރަންވެގެން މި ގޮތަށް ފައިލަށް ލެވިފައި ހުންނަނީ އެވެ. މި ގޮތަށް ރެކޯޑު ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މި ކަން ރަނގަޅަށް ކުރާނޭ ގޮތުގެ ވާހަކަ ދައްކަމާ ބަހީއެވެ.

ދިގުކެކުރި (ކިޔުކަންބާ): އެންމެ ފަސޭހައިން ލިބޭ، އެކަމަކު އެންމެ ފައިދާ ބޮޑު މޭވާ

ކިޔާފައިވާ ޢަދަދު: 9014
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިގުކެކުރި އެންމެ ފުރަތަމަ ފެނިފައިވާ ކަމަށް ބެލެވިފައިވަނީ މީގެ ތިން ހާސް އެތައް އަހަރެއްގެ ކުރިން އިންޑިއާއިންނެވެ. ނުވަތަ ހިމާލިޔާ ސަރަހައްދުންނެވެ. ޤަދީމީ ޒަމާނުގެ އޫރޝަހަރާއި ގިލްމާމިޝް ޤަބީލާގެ މީހުންގެ މެދުގައި ވެސް ކިޔުކަންބާއަކީ ކާނާއެއްގެ ގޮތުގައި ބޭނުންކުރި އެއްޗެއް ކަމަށް ވެއެވެ.

ސަރުކާރުން ދެއްވަމުންގެންދެވި ޟަރޫރީ އެހީ

ކިޔާފައިވާ ޢަދަދު: 3612
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް ފުއްދައިގަނެވޭ ފަދަ ތަނަވަސްކަން ނެތް ފަޤީރުންނަށް ސަރުކާރުން ދެއްވަމުން ގެންދެވި އެހީއާއި ބެހޭ ގޮތުން މިހާތަނަށް ހޯދުނު މަޢްލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އަތޮޅުތަކަށް ސަރުކާރުން މީހުން ފޮނުއްވައިގެން ރާއްޖޭގައި ތިބި ފަޤީރުންގެ އަދަދު ބެއްލެވުމުގެ މަސައްކަތް އިތުބާރު ހުރި ގޮތެއްގައި ފުރަތަމަ ކުރައްވައިފައި ވަނީ ހިޖުރައިން 1177 – 1180 (މީލާދީން 1763 – 1766 އަހަރާ) ވަނަ އަހަރާ ދެމެދު ރާއްޖޭގެ ތަޚުތު ފަޅުފިލުއްވި އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނު (ދޮންބަނޑާރައިން) ގެ ރަސްކަމުގައެވެ. ދޮންބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރު ކުރެވުނު މި ސަރވޭގެ ވާހަކަ ނުވަތަ މި ބޯހިމެނުމުގެ މަސައްކަތާ ގުޅޭ ވާހަކަ “ދިވެހި ތާރީޚު” ފޮތުގައި ބަޔާންކޮށްފައިވާ އިރު މި ކަމާބެހޭ މާބޮޑު ތަފްޞީލެއް އެ ފޮތުގައި ލިޔެފައެއް ނެތެވެ.
 

ތުންފިއްތުމުގެ ބައިނަލް އަޤްވާމީ ދުވަހާއި، އަތްދޮވުމުގެ ބައިނަލްއަޤްވާމީ ދުވަސް

ކިޔާފައިވާ ޢަދަދު: 4055
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
{jcomments on}ޑރ. މުޙައްމަދު ރަޝީދު
މެލްބަރންގެ ފެޑަރޭޝަން ސްކްއަޔަރ އަކީ، މޭސްތިރި ކަމުގެ މިސާލަކަށް ފުދޭކަމަށް ކިޔޭ ރީތި މައިދާނެކެވެ. އަހަރުތަކެއް ކުރިން އައި މާރިޗް މަހެއްގައި، އެ މައިދާނުގައި ހިނގައިފައި ދިޔަ ބަޔަކުމީހުން އަހަރެން ދުށީމެވެ. ސަފަކަށް އެތުރިގެން ތިބެ، މަޑުމަޑުން ހިނގައިފައި ދިޔަ ބަޔެކެވެ. އެކި އުމުރު ފުރައިގެ، އެކި ސިފައިގެ، އެކި ބައްޓަމަށް ތިބި މީހުންނެވެ. އެކަކު ވެސް އަޑެއްބަޑެއް ލައްވައެއް ނުހަދައެވެ. މޫނުތައް ހީވަނީ، އަޅައިގެން ތިބި މޫނުމަތިތަކެއް ހެންނެވެ.

މުސްކުޅިވުމަކީ ޞިއްޙީ އާދަތައް ރަނގަޅުކުރަންޖެހޭ ކަމެއް (2)

ކިޔާފައިވާ ޢަދަދު: 4274
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
`
މުޙައްމަދު އިސްމާޢީލު ފުޅު ނައިފަރު
 (26 އޭޕްރިލް 2012 (ބުރާސްފަތި) ގުޅޭ)
ދެންއޮތީ އުމުރުން ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ތަފާތު އުނދަގޫތަކާއި،އެކިއެކި ބަލިބައްޔާ ގުޅިގެން އުފުލަންޖެހޭ ވޭނާއި ކެކުޅުންތައް ކުޑަކުރުމަށްޓަކާ ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައިލުމެވެ. މީގެތެރޭގައި:-

1- އަނގައިގެ ޞިއްޙަތު:
    މިއީ އަބަދުވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމެކެވެ. އަނގަޔަކީ  ހަށިގަނޑުގެތެރެއަށް ކާނާ ވާޞިލުވާ މަގެވެ. އެހެންކަމުން މަދުވެގެން ދުވާލަކު ދެފަހަރު ދަތްއުނގުޅާ ދޫ ސާފުކުރުމަކީ މުހިންމު ކަމެކެވެ.

މުސްކުޅިވުމަކީ ޞިއްޙީ އާދަތައް ރަނގަޅުކުރަންޖެހޭ ކަމެއް

ކިޔާފައިވާ ޢަދަދު: 4097
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު އިސްމާޢީލު ފުޅު ނައިފަރު

އުމުރުން ދުވަސްވުމަކީ ގިނަދުވަހު ދުނިޔޭގައި އުޅެންދިމާވާ ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭނެ ޙާލަތެކެވެ. ވިސްނަންޖެހޭނެ ކަމަކީ އެޙާލަތައް ތިމާ ބަދަލުވެގެން ދާއިރު ދުޅަހެޔޮކަންމަތީ ހުރުމަށްޓަކައި ކުރާނެ  ބޭހަކީ، ހަދާނެ ފަންޑިތަޔަކީ ކޮބައިތޯ ބަލައި، ދުރާލައި އެކަންކަން ފުރިހަމަކުރަމުން ގެންދިއުމެވެ. ލޯބޯ ކޮށިވެ ގައިބާރު ދެރަވެގެންދާ މިދަނޑިވަޅުގައި އެހެންމީހުންނަށް ވީހާ ލުއިވާނެ ގޮތަކަކީ ކޮބައިތޯ ބަލައި އެކަނި ޙާލަށް އުޅެވޭފަދަ ގޮތަކަށް ކަންތައްތައް ބައްޓަންކޮށް ރާވަމުންގެންދިއުމެވެ. ކުރިމަތިވާ މިޙާލަތާ ގުޅޭ މަޢުލޫމާތު ވީވަރަކުން ހޯދައި  އެކަންކަމަށް ސަމާލުކަން ދިނުމެވެ.