ރޯދަމަހުގެ ސިއްހީ ކެއުން

ކިޔާފައިވާ ޢަދަދު: 2010
ލިޔުނީ: އަޙްމަދު އުއްކާޝާ
ރޯދަމަހު ވަރުބަލިވެ އެވެ. ރޯދަ ވީއްލުމަށް ފަހު ނިދަން ވަންދެން އެތައް ފަހަރަކު ކެވޭ ގޮތްވެ އެވެ. ފޮނި އެއްޗިއްސާއި ތެލުލި އެއްޗިއްސެވެ. ހަރަކާތްތައް މަދުވެ ކަންނެތްވެއެވެ. މިރޭކުރަން އޮންނަ ކަސްރަތު ނުކުރެވި ފަސްކުރަމުން ގޮސް ރޯދަމަސް ނިމޭ އިރު ވެސް އޮންނަނީ ނުވެފައެވެ. ކިރާލާ އިރު ހަތަރު ފަސް ކިލޯވަރު ބަރުވެއެވެ. ސިއްހަތާ މެދު ވިސްނާ މީހަކު ނަމަ އަނެއްކާވެސް އާ ފެށުމަކުން ކަސްރަތު ފަށަންވީއެވެ.
 

ލޭ މައްޗަށް ދިޔުން

ކިޔާފައިވާ ޢަދަދު: 2383
{jcomments on}
ޑރ. ފާޠިމަތު ޝިފާ
ބޭސްވެރިކަމުގެ ވިޔަފާރީގައި އެންމެ ގިނައިން ވިކޭ އެއް ބޭހަކީ ލޭ މައްޗަށް ދިއުމުގެ ފަރުވާއަށް އުފައްދައިފައިވާ ބޭހެވެ. މިއިން ދޭހަކޮށްދެނީ ލޭމައްޗަށް ދިއުން އާންމުވެފައިވާ މިންވަރެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި ލޭ މައްޗަށް ދިއުމުގެ ފުރުޞަތު އިތުރުކުރުވާ ވަރަށް ގިނަ ސަބަބުތައް ދިރިއުޅުމުގެ ތެރެއިން މެދުވެރިވެއެވެ.

ދިވެހިބޭހުގެ ޝައުޤުވެރިކަން ކުޑަވެގެން ދިޔައީ ކީއްވެގެންހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 2228

ދިވެހީންގެ މެދުގައި 

ދިވެހިބޭހުގެ ޝައުޤުވެރިކަން ކުޑަވެގެން ދިޔައީ ކީއްވެގެންހެއްޔެވެ؟

 
މުޙައްމަދު އިސްމާޢީލު ފުޅު  މއ. މާފުނަ
އިންސާނީ ނަސްލު އުފެދުނު ހިސާބުން ފެށިގެންވެސް ބޭސްފަރުވާގެ ޚިދުމަތަށް އިންސާނާ ބޭނުންވާނެކަން ކަށަވަރެވެ. އަދި މުޖްތަމަޢުގެ އެހެން ޚިދުމަތްތަކެކޭ އެއްފަދައިން ބޭސްވެރިކަމުގެ ޚިދުމަތްވެސް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވެ ކުރިއަރާ، އައު ޚިދުމަތްތައް ތަޢާރަފްވެ، އައު އީޖާދުތައް ކުރެވެމުންދާނެކަން އެއީ ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކެވެ. އެހެންކަމުން ކޮންމެ ޚިދުމަތަކަށް ބަލައިލިނަމަވެސް އެދާއިރާއަކުން އެދުވަސްވަރަކަށް ލިބެންހުންނާނީ އެދާއިރާއަކުން އެދުވަސްވަރަކަށް ލިބެންހުންނާނެ އެންމެ ރަނގަޅު ޚިދުމަތެވެ. އިއްޔެގެ ޚިދުމަތްތައް އިއްޔެއަށް ރަނގަޅެވެ. މިއަދަށް ރަނގަޅުވާނީ މިއަދުގެ ޚިދުމަތްތަކެވެ. 

އެނީމިއާ (2)

ކިޔާފައިވާ ޢަދަދު: 2645
ޙުސައިން ޢާމިރު   
(09 ޑިސެމްބަރ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)

އެނީމިއާގެ ޢަލާމާތްތައް

އެނީމިއާ ޖެހިފައިވާކަން ދެނެގަތުމަކީ ބައެއްފަހަރު އުނދަގޫކަމެކެވެ. ގިނަފަހަރަށް އެނީމިއާއަށް ވާސިލުކުރަނީ އެތައް ދުވަހެއްގެ ތެރޭގައި މަޑުމަޑުންނެވެ. މޫނުމަތިން ކުލަ ފަނޑުވެފައި ހުރުމަކީ އެނީމިއާގެ ޢަލާމާތަކަށް ވެދާނެއެވެ. އެއީ ލޭނާރުތަކުގެ ތެރެއިން ދަތުރުކުރާ ލޭގައި ރަތްސެލްތައް މަދުވުމުގެ ސަބަބުންނެވެ. ހިތުގެ ވިންދު އަވަސް ވުމަކީ ވެސް އެނީމިއާ ހުރިކަން ދޭހަކޮށްދޭ ސަބަބަކަށް ވެދާނެއެވެ. އެއީ ހަށިގަނޑުގައި ދައުރުކުރާ ލޭގައި ހިމެނޭ އޮކްސިޖަން މަދުވުމުގެ ސަބަބުން ހަލުވި މިނެއްގައި، ހަށިގަނޑުގެ ބައިތަކަށް ލޭ ފޮނުވައިދިނުމަށް ހިތުން ލޭ ޕަންޕުކުރާލެއް އަވަސްވަނީއެވެ. އެއާގުޅިގެން ވިންދުޖަހާލެއްވެސް ހަލުއިވަނީއެވެ.

އެނީމިއާ (1)

ކިޔާފައިވާ ޢަދަދު: 2722
ޙުސައިން ޢާމިރު  
އެނީމިއާ އަކީ ކޮންއެއްޗެއް؟

އަޅުގަނޑުމެން ބައެއްފަހަރު އާދަޔާ ޚިލާފަށް ވަރުބަލިވެއެވެ. ވަޒީފާގެ ކަންކަން ބެލެހެއްޓުމާއި، ގޭތެރޭގެ ކަންތަކާއި، ދަރިންގެ ކަންތަކާއި އެހެނިހެން ވެސް ކަންކަމުގައެވެ. ނަމަވެސް ބައެއް މީހުން މިފަދަ ބުރަބޮޑު ކަންކަމާ ނުލައިވެސް އާދަޔާ ޚިލާފަށް ވަރުބަލިވާ ސަބަބަކީ އެނީމިޔާ ހުރުންކަމުގައި ވެދާނެއެވެ.

ޑޯން ސިންޑްރޯމް

ކިޔާފައިވާ ޢަދަދު: 3129
ޙުސައިން ޢާމިރު
” 1866 ވަނަ އަހަރު Dr. Langdon Haydon Down ނަމަކަށް ކިޔާ ޑޮކްޓަރަކު ނަފްސާނީގޮތުން ޚާއްޞައެހީއަށް ބޭނުންވާ މީހުން ތިބޭ އިނގިރޭސި ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އޭނާއަށް ފާހަގަކުރެއްވުނީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދާ މީހުންގެ ތެރެއިން ވަރަށް ގިނަމީހުންގައި ޖިސްމާނީގޮތުން އެއްގޮތް ސިފަތަކެއް ހުރިކަމެވެ. މި ސިފަތަކަކީ ޑޯން ސިންޑްރޯމްގެ ޙާލަތު މެދުވެރިވެފައިވާ މީހުންނާއި ކުދިންގެ ހުންނަކަމަށް ބެލެވޭ ސިފަތަކެވެ. މި ޙާލަތަށް ނަންދެވިފައިވަނީ މި ޑޮކްޓަރުގެ ނަމަށް ނިސްބަތްކޮށެވެ. އޭރު ޑޮކްޓަރ ޑޯންއަކަށް މިކަމުގެ ސަބަބެއް ދެނެއެއް ނުގަނެވުނެވެ. ގާތްގަނޑަކަށް ސަތޭކަ ވަރަކަށް އަހަރު ފަހުން ފަރަންސޭސި ޢިލްމުވެރިއެއްގެ ހޯއްދެވުމުން އެނގިގެން ދިޔައީ މިޙާލަތު ދިމާވުމުގެ އަސްލަކީ ވިރާސީ ސަބަބެއްކަމެވެ.”

އެބޯލާ ވައިރަސް (2)

ކިޔާފައިވާ ޢަދަދު: 2643

 

ޙުސައިން ޢާމިރު

(21 ނޮވެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ބަލިހުރިކަން އެނގޭނީ ކިހިނެއް؟

އެބޯލާ ވައިރަހަށް މީހާ ހުށަހެޅޭ ވަގުތުން ފެށިގެން އެބަލި ހުރިކަމުގެ އަލާމާތްތައް ފާޅުވާން، ދެ ދުވަހާއި އެކާވީސް ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާފާނެއެވެ.

އެބޯލާ ޖެހުމުން ފުރަތަމަކޮޅު ފާޅުވާ އަލާމާތްތަކުގެ ތެރޭގައި:

އެބޯލާ ވައިރަސް (1)

ކިޔާފައިވާ ޢަދަދު: 2477
ޙުސައިން ޢާމިރު
 
އެބޯލާ އަކީ ކޮންއެއްޗެއް؟
 
ތިޔަ ހީކުރެއްވި ފަދައިން އެބޯލާއަކީ ވައިރަހެކެވެ. އޭގެ ސަބަބުން އެޖެހޭމީހާ އިންތިހާއަށް ބަލިވާ އަދި ބައެއްފަހަރު މަރާ ކުރިމަތިލާންޖެހޭ ނުރައްކާތެރި ވައިރަހެކެވެ. މި ދުވަސްވަރު ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދޭ ޚަބަރުތަކުން އެނގެނީ މިބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ އެފްރިކާ ގައުމުތަކުގައިކަމެވެ. ޚާއްޞަކޮށް ހުޅަނގު އެފްރިކާގައެވެ.
 

ދުވާލު ހަތަރުދަމު އަވަދިނެތި ތެޅިފޮޅެންޖެހޭ ބަލި!

ކިޔާފައިވާ ޢަދަދު: 4205
ލިޔުއްވީ: Dr. Omid Safi   
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ޕްރޮފެސަރ ޢުމީދު ސާފި (Professor Omid Safi)  އަކީ، އެމެރިކާގެ ޑިޔުކް ޔުނިވާރސިޓީގެ “އިސްލާންދީން ދިރާސާ ކުރާ މަރުކަޒުގެ” އިސްވެރިޔާއެވެ. ކިޔަވައިދެއްވުމުގެ އިތުރުން އިސްލާން ދީނާއި، ކީރިތި ރަސޫލާގެ ސީރަތާއި ބެހޭ ގޮތުން މީޑިޔާގައި ލިޔުއްވުމާއި ވާހަކަ ދެއްކެވުމުގައި މިހާރުވެސް އިސްވެ އުޅުއްވައެވެ. ކޮންމެ ހޫނު މޫސުމެއްގައި  ތުރުކީ ވިލާތަށް ސަގާފީ ފަތުރުވެރިކަމުގެ ދަތުރެއް ރާއްވަވައި އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދަވައެވެ.

” ދާދި ފަހުން ވަރަށް ގާތް ރަހުމަތްތެރި އަންހެނަކާ ބައްދަލުވުމުން އޭނާގެ ހާލުއަހުވާލު އަހައިލީމެވެ. ވަރަށް ވަރުބަލިވެފައި ހުރި ރާގަކަށް ބުންޏެވެ. ” މި އުޅެނީ ހާދަަހައި އަވަދި ނެތިއެވެ! ހަމަ އިތުރު އެންމެ މިނެޓެއްވެސް ހުސްކޮށެއް ނެތެވެ. ހާދަހައި ކަންތަކެއް ކުރާން ހުރެއެވެ! ” 
 

އޭރުގެ ފަތްފުށްތަކުން…. (94)

ކިޔާފައިވާ ޢަދަދު: 1370

ދުންފަތުގެ إِسْتِعمَالُ

الأمير موسى محمد ديدى

އަލްއަމީރު މޫސާ މުޙައްމަދު ދީދީ (ނުވަތަ އަންނަބީލް މޫސާ މުޙައްމަދު ދީދީ) – ރަޙިމަހުﷲ- އަކީ، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ލިސްޓްގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. އެންމެ ފުރަތަމަ މަޖައްލާއެއް ނެރުއްވީ އެމަނިކުފާނެވެ. އެއީ އަތުން ލިޔެގެން “ހުޅެވިހަނދު” ގެ ނަމުގައި މަހަކު އެއްފަހަރު ނެރުއްވި މަޖައްލާ އެކެވެ. އޭގެ ފަހުން “ނަޔާޚިޔާލު” ކިޔާ މަޖައްލާއެއްވެސް ނެރުއްވިއެވެ. “އަލްއިޞްލާޙް”، “އައްރަފީޤު” ފަދަ މަޖައްލާތަކަށް އެމަނިކުފާނު ވަނީ ލިޔުއްވައިފައެވެ. 
 
އެމަނިކުފާނު އަދާކުރައްވާފައިވާ މުހިންމު މަޤާމުތަކުގެތެރޭގައި ވަޒީރުލް މަޢާރިފުގެ ނާއިބުކަމާއި މަދްރަސަތުލް މަޖީދިއްޔާގެ ނާޒިރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ. އެމަނިކުފާނަކީ، އުރުދޫ ބަހާއި އިނގިރޭސި ބަސް ދެނެވަޑައިގަނެއެވެ.