ރިންގިިޓް ހުސްވަންދެން، ރުޕީ ހުސްވަންދެން ތަޙުލީލުކުރުން

ކިޔާފައިވާ ޢަދަދު: 2169
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޑރ. މުޙައްމަދު ރަޝީދު
ރަޙުމަތްތެރިޔާ ބުންޏެވެ. “ނިކަން މިހިރަ ޓެސްޓުތައް ބަލައިލައިދީބަލާށެވެ.” ބުނީމެވެ. “ފޮނުވައިލައި ދޭށެވެ.” ބަލައިލީމެވެ. ލޭގެ ލައްކަ ބައިވަރު ޓެސްޓު ހަދައިފައި ހުއްޓެވެ. އެނީމިޔާ ހުރިތޯ ބަލައި، ގުރުދާގެ މަސައްކަތާއި، ފުރަމޭގެ މަސައްކަތް ހުރިނެތް ގޮތް ބަލާން ޓެސްޓުކޮށްފައި ހުއްޓެވެ. އެއީ، ޢާންމުކޮށް ޑަކްޓަރުން ކޮށްއުޅޭ ޓެސްޓުތަކެވެ. އެހެންކަމުން އެކަމަކާ އަހަރެން ޙައިރާނެއް ނުވަމެވެ. އެހެންނަމަވެސް، އަހަރެން ޙައިރާން ކުރުވި ޓެސްޓުތަކެއް ވެސް އޭގެތެރޭގައި ހަދައިފައި ހުއްޓެވެ. ރަޙުމަތްތެރިޔާގައި، ކިހުނު ބަލި ހުރިތޯއާއި، ޕެންކްރިއަސްގެ ކެންސަރު ހުރިތޯ ބަލާން ޓެސްޓު ހަދައިފައި ހުއްޓެވެ. ހަމައެހެންމެ، ހެޕަޓައިޓިސް ސީ އާއި، އެއިޑްސް ބަލި ޖެހިފައި ހުރިތޯ ވެސް ބަލައިފައި ހުއްޓެވެ.

އޭރުގެ ފަތްފުށްތަކުން…. (62)

ކިޔާފައިވާ ޢަދަދު: 2234
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
{jcomments on}

ދެ ކިޑްނީގެ ވާހަކަ

محمد زکريا ނައިފަރު


ފާދިއްޕޮޅު ނައިފަރު، މީޒާން އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ އަކީ، ތަފާތު މައުޟޫޢުތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ޞިއްޙީ ޚިދުމަތްތެރިއެކެވެ. އެގޮތުން، މުޙައްމަދު ޒަކަރިއްޔާލިބިވަޑައިގެންފައިވާ ޞިއްޙީ މަޢުލޫމާތުތައް ލިޔުމުގެ ސިފައިގައި އާންމުކުރެއްވުމަކީ، އޭނާ ވަރަށްބޮޑު އިސްކަމެއް ދެއްވި ކަމެކެވެ. ޞިއްޙީ މަޢުލޫމާތުގެ ތަފާތު ލިޔުންތައް އޭނާވަނީ، ދިވެހި އަދަބިއްޔާތަށް ހަދިޔާ ކުރައްވައިފައެވެ.

އެނާރޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭ ކަމަށްބުނާ ބުއިންތައް

ކިޔާފައިވާ ޢަދަދު: 2868
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޝީޒާ ޢަލީ
އެނާރޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކަކީ، ހަމައެކަނި އޭގެ ޒާތުގައި ހަކަތަ ލިއްބައިދޭ މީރު ބުއިމެއް ކަމަށް ގިނަ ބަޔަކަށް ހީވާ ކަހަލައެވެ. އެއީ ބޭރަށް ހިންގާ މީހުންނަށް ދޭ “ލޮނުޕެކެޓު” ފަދަ، އެކަމަކު ލޮނުޕެކެޓަށްވުރެ އިތުރަށް ހަކަތަ ލިއްބައިދޭ، މޮޅު އެއްޗެއް ކަމުގައި ދެކޭ މީހުންވެސް މަދެއްނޫނެވެ. ވާނީވެސް އެހެންނޫންތޯއެވެ. އެނާރޖީ ޑްރިންކެއް ބޯލުމުން ވަގުތުކޮޅަކަށް ނަމަވެސް ވަރުބަލިކަން ފިލުވާލަދެއެވެ. މީހާގެ މާހައުލާއިމެދު ހޭލުންތެރިކަން އިތުރު ކުރުވައެވެ. އަދި ނިދިވެސް ފިލުވާލަދެއެވެ.

ޤުދުރަތީ ކާރިސާތަކާއި ޢާންމު ޞިއްޙަތު

ކިޔާފައިވާ ޢަދަދު: 2689
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަހުމަދު މުއުމިން
މިނޮވެމްބަރު މަހުގެ ކުރީކޮޅު ފިލިޕީންސަށް އެރި ސުޕަރ ޓައިފޫން ހައިޔާން އަކީ ރެކޯޑްކުރެވިފައިވާ ތާރީޚުގައި ދުނިޔޭގެ ޤައުމަކަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ހައިޔާންގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ނެތިގެން ދިއުމުގެ އިތުރަށް އެތައް ސަތޭކަ ހާސް މީހުން ވަނީ ޙާލުގައި ޖެހިފައެވެ. ރައްކާތެރި ކާނާއާއި ސާފު ބޯފެން އަދި އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބުމުގެ ސަބަބުން ބަލިމަޑުކަން ވަނީ ޢާންމުވެފައެވެ.

ކަސްރަތުގެ ފައިދާ

ކިޔާފައިވާ ޢަދަދު: 6215
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ބައެއް މީހުންގެ ނަޒަރުގައި ކަސްރަތަކީ އެހައި މުހިއްމު ކަމެއް ނޫނެވެ. އެއީ ވަގުތު ނަގާލުމެކެވެ. ބައެއް ފަހަރު ޑަކްޓަރުން އެވެނި މިވެނި ކަސްރަތު ހެނދުނު ނުވަތަ ހަވީރު ކުރަން ބުނީމާވެސް ބަލިމީހާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ކަންހުރީ މިހެންނެވެ. ދެން މިވާހަކަކޮޅު ކިޔާލާށެވެ. އަދި މިކަމާމެދު ޚިޔާލުކޮށް، ފިކުރުކޮށްލާށެވެ.

ރޯދަވީއްލުމާއި، މައިދާގެ ތުން ހުޅުވުން

ކިޔާފައިވާ ޢަދަދު: 3733
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. މުޙައްމަދު ރަޝީދު
އަހަރެންގެ މިތުރު، ރޯދަ ތަހުނިޔާ ކިޔެވެ. މިދިޔަ ތިރީހަކަށް އަހަރުވެސް އޭނާ ކަންކުރި ބީދައިންނެވެ. އެންމެ އަހަރެއްވެސް ވައްޓައިނުލައެވެ. އެކަމަކު މިފަހަރު ބުންޏެވެ. ރޯދަ މަހާއި ގުޅިގެން ލިޔުމެއް ލިޔެލައި ދީބަލާށެވެ. ޞިއްޙަތާ ގުޅޭ ލިޔުމެއް ނިކަން ލިޔެލަ ބަލާށެވެ.  ބުނީމެވެ. ލިޔާންވީ ކޮން ކަމެއްގެ ވާހަކަހެއްޔެވެ؟ ކޮން މައުޟޫޢަކަށް ހެއްޔެވެ؟ ބުންޏެވެ. ކޮންމެ ވާހަކައެއް ވިޔަސް ވަރިހަމައެވެ. ކޮންމެ މައުޟޫޢެއްވިޔަސް ހެވެވެ. ބުނީމެވެ. އެހެންވީއިރު ބަނޑުފުރައި ކެއުމުގެ ވާހަކަ ދައްކަން އަންނާށެވެ. އަޑުއަހާށެވެ!

ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު

ކިޔާފައިވާ ޢަދަދު: 4091
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޒިޔާދާ މުޙައްމަދު، އާހިޔާ، ހދ.ކުޅުދުއްފުށި
ދިރިއުޅުމަކީ ފުޅާ މާނައެއްގައި ބޭނުން ކުރެވޭ ބަހެކެވެ. ދުނިޔޭގައި އުޅުމެވެ. ނުވަތަ އުމުރު ވޭތުކުރުމެވެ. އެހެންކަމުން ދުނިޔެގައި އުޅޭ އިރު އިންސާނާ ނުލާހިކު ގިނަ ކަންކަމާ ކުރިމަތި ލާނެއެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށެވެ. ނުވަތަ މުސްތަޤްބަލް އުޖާލާކުރުމަށް ކުރާ ކަންތައްތަކެވެ. ނުވަތަ ދިރިއުޅުމުގެ ހަމަޖެހުމަށާއި މުނިފޫހިފިލުވަން ކުރާ ކަންތައްތަކެވެ. މި އުސޫލުން ދިރިއުޅުން ވޭތުކުރާއިރު ބައެއް ކަންކަމަށް ހުންނަނީ އާދަވެ ފަރިތަ ވެފައެވެ. އަމިއްލަ ފާޑުވެރިކަމެއްގެ ތެރެއިންނެވެ. ކަން މިހެން އޮތްއިރު، ބައެއް ފަހަރަށް ނުރަނގަޅު އާދަތައް ވެސް ކަށީގައި ހިފައިފައި އެބަހުރެއެވެ. މިފަދަ އާދަތަކުގެ ސަބަބުން އިންސާނާގެ ސިއްޙަތަށް ގެންލުން ލިބޭނީ ކިހާ މިންވަރަކަށްތޯ ވިސްނައިލީމު ހެއްޔެވެ؟ ޞިއްޙަތަށް ނޭދެވޭ އަސަރުތައް ކޮށްފައިހުރީ ކިހިނެއްތޯ ބަލައިލީމު ހެއްޔެވެ؟ އެކަން ރަނގަޅުކުރުމަށް ޢަޒުމް ކަނޑައެޅީމު ހެއްޔެވެ؟

ޅަފަތުގައި ކުދިން މަރުވާ އަދަދު އެންމެ ގިނައީ އިންޑިޔާގައި

ކިޔާފައިވާ ޢަދަދު: 4894
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުﷲ ޞާދިޤް
ކުދިންގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކޮށްދޭ ބައިނަލްއަޤްވާމީ ޖަމްއިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑްރަން ވަރަށް ފަހުން ހާމަކުރި ރިޕޯޓެއްގައި ބަޔާންކުރާ ގޮތުގައި އިންޑިޔާގައި ވިހައިގެން 40 ގަޑި އިރުގެ ތެރޭގައި ތިން ލައްކަ ކުދިން މަރުވެއެވެ. އެއީ ދުނިޔޭގައި މި ގޮތަށް މަރުވާ ކުދިންގެ އޮނަތިރީސް އިންސައްތައެވެ.

ބަލި މީހާއަށް ޑަކްޓަރުކަން ދަސްކޮށްދިނުން

ކިޔާފައިވާ ޢަދަދު: 3920
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. މުޙައްމަދު ރަޝީދު
ޑަކްޓަރަށް ދައްކަން އަންނަ އިރު، ބައެއް މީހުން، ކަރުދާހު ފައިލާއި، ރަބަރު ކޮތަޅު ގެނެއެވެ. ވަކި ގަނޑުގަނޑުގައި ލޯވަޅު އަޅައި، ނިކަން ރީއްޗަށް އެ ފައިލް ތަކުތެރޭ، ތަރުތީބުކޮށްފައި ވެސް ހުރޭމެއެވެ. ހަސްފަތާލުތަކުން ދީފައި ހުންނަ އަތު ލިޔުމާއި، ޓައިޕުން ލިޔެފައި ހުންނަ ތަކެއްޗެވެ. މީގެ ތެރޭގައި ކަމާއި ނުގުޅޭ ލިއުންތައް ވެސް މަދެއް ނޫނެވެ. މިސާލަކަށް ހަސްފަތާލަށް ފައިސާ ދެއްކި ރަސީދުތަކެވެ. އިންޑިޔާއަށް ނުވަތަ ލަންކާއަށް ބޭހަށް ކުރި ދަތުރުގައި ފައިސާ މާރުކުރި ބިލްކޮޅުތަކެވެ. ބައްޔަށްކުރި ބޭހާއި، ބޭސްކުރަން ކުރި ދަތުރާއި، އެ ދަތުރުގައި ކުރި ހުރިހާ ޚަރަދެއްގެ ރިކޯޑު، އެއް ތަނެއްގައި ރައްކާކުރަންވެގެން މި ގޮތަށް ފައިލަށް ލެވިފައި ހުންނަނީ އެވެ. މި ގޮތަށް ރެކޯޑު ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މި ކަން ރަނގަޅަށް ކުރާނޭ ގޮތުގެ ވާހަކަ ދައްކަމާ ބަހީއެވެ.

ދިގުކެކުރި (ކިޔުކަންބާ): އެންމެ ފަސޭހައިން ލިބޭ، އެކަމަކު އެންމެ ފައިދާ ބޮޑު މޭވާ

ކިޔާފައިވާ ޢަދަދު: 8992
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިގުކެކުރި އެންމެ ފުރަތަމަ ފެނިފައިވާ ކަމަށް ބެލެވިފައިވަނީ މީގެ ތިން ހާސް އެތައް އަހަރެއްގެ ކުރިން އިންޑިއާއިންނެވެ. ނުވަތަ ހިމާލިޔާ ސަރަހައްދުންނެވެ. ޤަދީމީ ޒަމާނުގެ އޫރޝަހަރާއި ގިލްމާމިޝް ޤަބީލާގެ މީހުންގެ މެދުގައި ވެސް ކިޔުކަންބާއަކީ ކާނާއެއްގެ ގޮތުގައި ބޭނުންކުރި އެއްޗެއް ކަމަށް ވެއެވެ.