ދިގުކެކުރި (ކިޔުކަންބާ): އެންމެ ފަސޭހައިން ލިބޭ، އެކަމަކު އެންމެ ފައިދާ ބޮޑު މޭވާ

ކިޔާފައިވާ ޢަދަދު: 9154
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިގުކެކުރި އެންމެ ފުރަތަމަ ފެނިފައިވާ ކަމަށް ބެލެވިފައިވަނީ މީގެ ތިން ހާސް އެތައް އަހަރެއްގެ ކުރިން އިންޑިއާއިންނެވެ. ނުވަތަ ހިމާލިޔާ ސަރަހައްދުންނެވެ. ޤަދީމީ ޒަމާނުގެ އޫރޝަހަރާއި ގިލްމާމިޝް ޤަބީލާގެ މީހުންގެ މެދުގައި ވެސް ކިޔުކަންބާއަކީ ކާނާއެއްގެ ގޮތުގައި ބޭނުންކުރި އެއްޗެއް ކަމަށް ވެއެވެ.

ސަރުކާރުން ދެއްވަމުންގެންދެވި ޟަރޫރީ އެހީ

ކިޔާފައިވާ ޢަދަދު: 3692

މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް ފުއްދައިގަނެވޭ ފަދަ ތަނަވަސްކަން ނެތް ފަޤީރުންނަށް ސަރުކާރުން ދެއްވަމުން ގެންދެވި އެހީއާއި ބެހޭ ގޮތުން މިހާތަނަށް ހޯދުނު މަޢްލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އަތޮޅުތަކަށް ސަރުކާރުން މީހުން ފޮނުއްވައިގެން ރާއްޖޭގައި ތިބި ފަޤީރުންގެ އަދަދު ބެއްލެވުމުގެ މަސައްކަތް އިތުބާރު ހުރި ގޮތެއްގައި ފުރަތަމަ ކުރައްވައިފައި ވަނީ ހިޖުރައިން 1177 – 1180 (މީލާދީން 1763 – 1766 އަހަރާ) ވަނަ އަހަރާ ދެމެދު ރާއްޖޭގެ ތަޚުތު ފަޅުފިލުއްވި އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނު (ދޮންބަނޑާރައިން) ގެ ރަސްކަމުގައެވެ. ދޮންބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރު ކުރެވުނު މި ސަރވޭގެ ވާހަކަ ނުވަތަ މި ބޯހިމެނުމުގެ މަސައްކަތާ ގުޅޭ ވާހަކަ “ދިވެހި ތާރީޚު” ފޮތުގައި ބަޔާންކޮށްފައިވާ އިރު މި ކަމާބެހޭ މާބޮޑު ތަފްޞީލެއް އެ ފޮތުގައި ލިޔެފައެއް ނެތެވެ.
 

ފުއްޕާމެޔަކީ ބިޔަ ގަހެކެވެ.

ކިޔާފައިވާ ޢަދަދު: 4195
ޑރ. މުޙައްމަދު ރަޝީދު

ބިޔަ ގަހެއްގެ ސިފަ ހިތަށް ގެނެސް ބަލާށެވެ. ޢުމުރުން ދުވަސް ވެފައިވާ ބަނބުކެޔޮ ގަހެއް ނުވަތަ، އަނބުގަހެއް ކަހަލަ ބިޔަ ބޮޑު ގަހެކެވެ. ބިމުން ފެޅި ހިސާބުން ފެށިގެން މާސިންގާ ފަލަ ބުޑެވެ. ހަމަ އެހާމެ ފަލަ، ގޮތްޕެވެ. އެ ގޮފިތައް ކަފިވެގެން ގޮސްފައިވާ ގޮތެވެ. އެގޮފިތަކަށް ދެންވީ ގޮތެވެ. ދެންވީ ގޮތެވެ. ހިމަވަމުން، ހިކިވަމުން، ހޯލިވަމުން ދިޔަގޮތެވެ. އެންމެފަހުންގޮސް، އެ ހޯލި ކޮޅުގެ އެންމެ ކޮޅާއި ހަމައަށް ގޮސް ނިމުނުގޮތެވެ. ފަލަފަލަ ބުޑުން ފެށިގެން، ނިމުނު ހޯލި ކޮޅާ ދެމެދު، ކިތައް ގޮފި އުފެދި، ކިތައްފަހަރު ކަފިވެފައި ހުންނާނޭ ކަމަށް ލަފާކުރެވޭ ހެއްޔެވެ؟ ނޭނގޭދޯއެވެ! އަހަރެންނަކަށްވެސް ނޭނގެއެވެ. ޚިޔާލަށް ގެންނަންވެސް ނޭނގެއެވެ.

އޭރުގެ ފަތްފުށްތަކުން….(10)

ކިޔާފައިވާ ޢަދަދު: 6247

ދުންފަތުގެ އިސްތިޢުމާލު

 މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ)


މިއީ، މ.މ.ދ.ޖަމްޢިއްޔާގެ މަޖައްލާ “ޢިލްމީ އޮއިވރު” ގެ 13 ވަނަ އަދަދު (20 ޖުމާދަލްއާޚިރާ 1379) ގައި ފަޟީލަތުއްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ޝައިޚް މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަކީ، ލިޔުންތެރިކަމުގެ ދާއިރާގައި އިތުރު ތާރަފަކަށް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ.


ދިވެހީންގެ ނަޒަރުގައި ދުންފަތަށް ދެވިފައިވާ އަހުމިއްޔަތުކަމަކީ، އަޅުގަނޑު ހިތުން އެކަކަށް ވެސް ވަންހަނާވެގެންވާ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ނަޒަރުގައި ދުންފަތަކީ، ކާޑުތަކެއްޗަށް ވުރެ ވެސް ބޭނުން ބޮޑު އެއްޗެކެވެ. ޚާއްޞަކޮށް ރާއްޖެތެރޭގައި……..

ލޮނުމެދު: ގިނަގުނަ ފައިދާތަކެއް އެކުލެވޭ ބާވަތެއް

ކިޔާފައިވާ ޢަދަދު: 4717
ޑރ. ފާޠިމަތު ޝިފާ

ލޮނުމެދަކީ، ޞިއްޙީ ގޮތުން ވަރަށް ގިނަ ފައިދާތައް އެކުލެވިގެންވާ ޤުދުރަތީ ހަދިޔާއެކެވެ. ލޮނުމެދުގައި ޤުދުރަތުން ލައްވައިފައި ވާ ސިއްރުތައް، ސައިންސްވެރީންނާއި ޑޮކްޓަރުން ހައިރާން ކުރުވައެވެ. ބޭސްވެރިކަމުގެ އިލްމު މާ ބޮޑަށް ތަރައްޤީވެ ކުރި އަރައިފައި ނެތް، ޤަދީމީ ޒަމާނުގައި ވެސް ލޮނުމެދަކީ ބަލިމީހުންގެ ވޭން ލުއި ކޮށްދިނުމަށް ބޭސްވެރީން ބޭނުން ކުރަމުން ގެންދިޔަ، ނުހަނު މޮޅު ބޭހެކެވެ.

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން(9)

ކިޔާފައިވާ ޢަދަދު: 3768

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން

ދެނެގަތުމާއި – އެހީތެރިވުން

މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
(29 ނޮވެމްބަރ 2012 (ބުރާސްފަތި) ގުޅޭ)

ދަރިފުޅުގެ ސިކުނޑިޔަށް އުނިކަން ލިބިދާނެ ބައެއް ކަންތައްތަކާއި ރައްކާތެރިވުމުގެގޮތުން ކުރެވިދާނެ ކަންތައްތައް

 
2- ވިހެއުމުގެތެރޭގައި ދަރިފުޅުގެ ސިކުނޑިޔަށް އުނިކަން ލިބިދާނެ ކަންތައްތައް:
ވިހެއުމުގެތެރޭގައި ދިމާވާ ވަރަށް ގިނަ ސަބަބުތަކާއި ގުޅިގެން ދަރިފުޅުގެ ސިކުނޑިޔަށް އުނިކަން ލިބޭގޮތް ދިމާވެއެވެ. އޭގެތެރޭގައި ކުރިން ބަޔާންކުރި ކަންތައްތަކުގެ އިތުރަށް ތިރީގައިމިދަންނަވާ ކަންތައްތައް ވެސް ހިމެނެއެވެ.
(ހ) ގިނައިރު ވިހަން ބަނޑުގައި ރިހުން
(ށ) ދަރިފުޅު މާބަނޑުން ފިރުކި ތުރަނުވެ ތާށިވެފައި ގިނައިރު ހުރުން 

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން(8)

ކިޔާފައިވާ ޢަދަދު: 3473
ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން

ދެނެގަތުމާއި – އެހީތެރިވުން

މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
(11 ނޮވެމްބަރ 2012 (އާދީއްތަ) ގުޅޭ)
ދަރިފުޅުގެ ސިކުނޑިޔަށް އުނިކަން ލިބިދާނެ ބައެއް ކަންތައްތަކާއި ރައްކާތެރިވުމުގެގޮތުން ކުރެވިދާނެ ކަންތައްތައް

ދަރިފުޅުގެ ސިކުނޑިޔަށް އުނިކަން ލިބުމުން  ފެންނާނެ ޢަލާމަތްތަކާއި، އެކަން ޔަޤީންކުރުމަށްޓަކާ އިތުރަށް ބަލާނެ ބެލުންތަކުގެވާހަކަޔާ މިހުރިހާ ވާހަކަތަކެއްވެސް މިހާރު ދެކެވިއްޖެއެވެ. ނަމަވެސްދަރިފުޅުގެ ޙާލަތު މިގޮތަށް ބަދަލުވެގެންދިއުމުގެ ސަބަބުތަކާމެދު އަދި އެއްވެސް އެއްޗެއް ނުބުނެވެއެވެ. އެހެންވީމާ މިބައިގައި މިކަންކަމާމެދު ބަލައިލަމާ ހިނގާށެވެ.

ބައިނަލްއަޤްވާމީގޮތުން ކޮންމެ އަހަރަކު ހަކުރުބަލީގެ ދުވަހެއް ފާހަގަކުރަނީ ކީއްވެގެންހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 3257
މުޙައްމަދު އިސްމާޢީލު ފުޅު  ނައިފަރު

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކުގެ އަދަދު ދެއަތުގެ އިގިލިތަކުން ގުނައިލެވޭވަރަށްވުރެ ވެސް މިހާރުހީވަނީ މާގިނަހެންނެވެ. އޭގެތެރޭގައި އުފާވެރިކަމާއެކު ފާހަގަކުރަންޖެހޭ ދުވަސްތަކާއި، ދުނިޔޭގެ އެންމެން ސަމާލުކަންދީ އަތާއި އަތްގުޅައިލައިގެން ޙަރަކާތްތެރިވާންޖެހޭ ދުވަސްތަކާއި، އިންސާނީ ނަޞްލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންޖެހޭ ދުވަސްތަކާއި، އަދި މިނޫނަސް މިފަދަ ކިތަންމެ ދުވަސްތަކެއް ހިމެނެއެވެ. މިފަދަ ކޮންމެ ދުވަހެއްވެސް ފާހަގަކުރަނީ އެދުވަހެއްގެ މަޢުޟޫޢުއާ ގުޅޭގޮތުން އިންސާނީ މުޖްތަމަޢުން ސަމާލުކަން ދޭންޖެހިފައިވާ މުހިންމު ކަންތައްތަކެއް ހުރުމާ ގުޅިގެންނެވެ.

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން (7)

ކިޔާފައިވާ ޢަދަދު: 3494

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން 
ދެނެގަތުމާއި – އެހީތެރިވުން

މުޙައްމަދު އިސްމާޢީލު ފުޅު – ނައިފަރު
(6 ނޮވެމްބަރ 2012 (އަންގާރަ)ގުޅޭ)

ސިކުނޑިޔަށް އެކިއެކިބަލި ޖެހުމަކީ ސިކުނޑިޔަށް އުނިކަން ލިބުންކަހަލަ ކަމެއް ހެއްޔެވެ؟

ދުނިޔޭން މޮޔަވުމާއި، ގަނޑުވުންފަދަ ސިކުނޑީގެ އެކިއެކި ބަލިބަލި ޖެހުމަކީ ސިކުނޑިޔަށް އުނިކަންލިބުމާ އެއްކަހަލަކަމެއްނޫނެވެ. ސިކުނޑިޔަށް އުނިކަންލިބުމަކީ ޖެހޭ ބައްޔެއް ނޫނެވެ. އެއީ އެކުއްޖަކަށް ދިމާވާ ޙާލަތެކެވެ. މިއީ ފަސޭހަކުރެވޭނެކަމެއްނޫނެވެ. އެހެންނަމވެސް ސިކުނޑިޔަށް އުނިކަން ލިބިފައިވާ ކުދީންނަށް އެކަށީގެންވާ މިންވަރަކަށް ކަންތައް ދަސްކޮށްދީ ޙާލަތު ރަނގަޅުކުރުމަށް އެހީވެވިދާނެއެވެ. 
 

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން (6)

ކިޔާފައިވާ ޢަދަދު: 3699

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން 
ދެނެގަތުމާއި – އެހީތެރިވުން

މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
(27 އޮކްޓޯބަރ 2012 (ހޮނިހިރު) ގުޅޭ)
ދަރިފުޅުގެ ސިކުނޑިއަށް އުނިކަން ލިބިފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ އެކަން ކަށަވަރުކުރުމަށްޓަކައި ކުރާނެ އިތުރުކަމަކީ ކޮބައިހެއްޔެވެ؟
ދަރިފުޅުގެ ހެދިބޮޑުވުމުގެފިޔަވަހިތަކަށް ބަލާއިރު ބުނެވި ދިޔަ އެއްވެސް ހަރަކާތެއް ނުވަތަ ކަމެއް ބަޔާން ކުރެވުނު އުމުރުފުރާގައި ކުރަން ނުފަށާ ލަސްވެއްޖެކަމަށް ފާހަގަކުރެވިއްޖެނަމަ އެދަރިފުޅަކީ ސިކުނޑިއަށް އުނިކަމެއް ލިބިފައިވާ ކުއްޖެއްގެގޮތުގައި ނޯޓުކުރެވިދާނެއެވެ.