ތަރައްޤީވެ ކުރިއަރަމުން އައި ރާއްޖޭގެ މުވާޞަލާތު

ކިޔާފައިވާ ޢަދަދު: 679

ތަރައްޤީވެ ކުރިއަރަމުން އައި ރާއްޖޭގެ މުވާޞަލާތު މުޙައްމަދު އިސްމާޢީލް ފުޅު – ނައިފަރު ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވާއިރު އެއްރަށުން އަނެއްރަށާ ގުޅައިލާ، ވާހަކަދައްކައިލާ، ޙާލުއަހުވާލު އަހާލާ، އޮޅުންފިލުވައިލެވޭނެ ރަނގަޅު ވަޞީލަތެއް ކުރީ ޒަމާނުގައި ދިވެހީންނަކަށް ލިބިފައެއް ނެތެވެ. އަދި މިއީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިކަމުގެ ޙާލަތު ކުރީގައި އޮތްގޮތްވެސް މެއެވެ. އަދި ބައެއް ޤައުމުތަކުން މިކަމުގައި ހަލުވިކަމާއެކު ކުރިޔަށް ދިޔައިރު އަނެއްބައި ޤައުމުތަކަށް މިކަން ފައިޞަލާ ކުރެވެމުންދިޔައީ ވަރަށް ލަސްލަހުންނެވެ.  މިގޮތުން ބަލާއިރު ދިވެހިރާއްޖެއަށްވެސް…

ބޭޕޫރު ދަތުރު

ކިޔާފައިވާ ޢަދަދު: 472

ބޭޕޫރު ދަތުރު -އިބްރާހީމް ހުސެން މަނިކު- މީ ދިރިއުޅުމުގެ މަސައްކަތަކަށް މާލިމީކަން ޚިޔާރު ކުރައްވައި ދަސްކުރާ މާލިމީއެއްގެ ގޮތުން، ދޮންފަނު މުޙައްމަދު ޔޫސުފް ގ.ސަންސަންގެ އާގެ، ކުރެއްވި މަޝްހޫރު ބޭރު ދަތުރުގެ ވާހަކައެވެ. އެއީ މީގެ ފަންސާސް ހަޔެއް ހަތެއް އަހަރު ކުރިއެވެ. މުޙައްމަދުގެ އެންމެ ޒުވާން ދުވަސްވަރެވެ. ދަތުރުގެ ވާހަކަ ދޮންފަނު މުޙައްމަދު ޔޫސުފުގެ ގަލަމުން ލިޔުއްވި ގޮތަށް އެދުވަސްވަރު ރާއްޖޭގައި ނިކުތް ނޫހެއްގައި ވެސް ވަނީ ޝާޢިއު ކުރެވިފައެވެ. އެދުވަސްވަރުގެ ނޫސްތައް ހޯދަން ވަރަށް…

ރާއްޖޭގެ ނޫސް މަޖައްލާތަކުން.... (1):  [އަލްމިންބަރު]

ކިޔާފައިވާ ޢަދަދު: 481

ރާއްޖޭގެ ނޫސް މަޖައްލާތަކުން…. (1)  [އަލްމިންބަރު] = ޙަސަން ޝާކިރު މުޙައްމަދު = ________________________________________ އަޅުގަނޑު ކުރިޔަށް ގެންދަން މި ފަށާ ސިލްސިލާއަކީ، ރާއްޖޭގައި ނުކުމެފައިވާ ނޫސް މަޖައްލާތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފަށާ ސިލްސިލާއެކެވެ. މި ސިލްސިލާގައި އަޅުގަނޑު ލިޔަމުން ގެންދާނީ، ރާއްޖޭގައި މިހާތަނަށް ނުކުތް ނޫސް މަޖައްލާތަކުގެ ވިހާ ގިނަ މައުލޫމާތާއެކު، އެ ނޫހެއް ނުވަތަ މަޖައްލާއެއްގެ ފުރަތަމަ އަދަދުގެ މައުލޫމާތެވެ. ނަމަވެސް ނުކުތް ތަރުތީބަކުންނޫނެވެ. ___________________________________ [އަލްމިންބަރު] މަޖައްލާއަކީ، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒުގެ…

ފަސްދީދިޔަ ދުވަސްތައް ސިފަކޮށްދޭ ތަސްވީރެއް

ކިޔާފައިވާ ޢަދަދު: 396

ފަސްދީދިޔަ ދުވަސްތައް ސިފަކޮށްދޭ ތަސްވީރެއް ޙަސަން ޒަހީން ތާރީޚަކީ މާޒީ ކިޔާދޭ އެކުވެރިއެކެވެ. ފަސްދީދިޔަ ދުވަސްތައް ސިފަކޮށްދޭ ތަސްވީރެކެވެ. އެއިން ތިބާއަށް ތަފާތު މަންޒަރުތަކާ ކުލަތައް ފެންނާނެއެވެ. ތިބާ ހިތްއެދޭ މަންޒަރުތަކާ ހިތްނޭދޭ މަންޒަތަކެވެ. ތިބާ ފަޚުރުވެރިވާންޖެހޭފަދަ ޚިދުމަތްތެރިންނާއި ޤައްދާރުންނެވެ. ޤައުމަށްޓަކައި ޤައުމީ ލޯބި އިސްކުޅަ ހީރޯއިނާއި އަޅުވެތިކަމުގެ ހިތިރަހަ ފަރުދުންގެ އަރުގައި ލެއްވި ޒީރޯއިންނެވެ. ޤައުމީ މަސްލަހަތު ފަސްކޮށް، ތިމާގެ މަސްލަހަތު އިސްކުރި “ލީޑަރުން” ނެވެ. އަމިލައެދުމުން ފޯވެފައިވާ ޚިޔާނަތްތެރިންނާއި ޤައުމަށްޓަކައި ފުރާނަ ދުއްވާލި ޝަޙީދުންނެވެ.…

ވިންގ ކަމާންޑަރ ޢަލީ ޞަބްރީ – އިންޤިލާބް ރޭގެ އެއް ޝަޚްޞިއްޔަތަށް އަނދިރި އެޅިއްޖެ

ކިޔާފައިވާ ޢަދަދު: 593

ވިންގ ކަމާންޑަރ ޢަލީ ޞަބްރީ އިންޤިލާބް ރޭގެ އެއް ޝަޚްޞިއްޔަތަށް އަނދިރި އެޅިއްޖެ ޢަބްދުﷲ ޙަމީދު ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރްބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ   ދުވަހު ނޫސް [ މޫންލައިޓް ] ގެ 1971 މޭ 19،20،21 މި 3 ދުވަހުގެ ޢަދަދުންނެވެ. _______________________________________________ މިހިނގާ މެއި މަހުގެ 2 ވަނަ ދުވަހުގެ ރޭ، ވަރަށް ދަންވެފައި ވަނިކޮށް، ޤާހިރާގެ ރަސްމީ ދާއިރާތަކުން، ޔޫ.އޭ.އާރ.ގެ އެއް…

ރާނީއާއި ޑިއުކްގެ އުފާވެރި ދިރިއުޅުއްވުން (1)

ކިޔާފައިވާ ޢަދަދު: 917

ރާނީއާއި ޑިއުކްގެ އުފާވެރި ދިރިއުޅުއްވުން (1) ޢަބްދުﷲ ޙަމީދު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މި ވަނީ. ދުވަހު ނޫސް [މޫންލައިޓް] ގެ 1971 އެޕްރީލް މަހުގެ  22 ވނަ ދުވަހުން ފެށިގެން އެމަހުގެ  30 ވަނަ ދުވަހުގެ ނިޔަލަށް ނުކުތް ނޫސްތަކުންނެވެ.  _________________________________ އިނގިރޭސިވިލާތުގެ ރާނީއާއި، އޭނާގެ ފިރިކަލުންގެ ޒަވާޖީ ޙަޔާތަކީ، އުފާވެރި ޙަޔާތެއްތޯއެވެ؟ އަރާމާއި ތަނަވަސްކަމުން ފުރިގެންވާ، އެބޭފުޅުންގެ ޝާހީ ދިރިއުޅުއްވުމަށް،…

އޭރުގެ ފަތްފުށްތަކުން...!: ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (5)

ކިޔާފައިވާ ޢަދަދު: 422

ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (5) ޢަބްދުﷲ ޙަމީދު ހިތްވަރުގަދަ އޮފިސަރއެއް ސިފައިންގެ ހެޑްކްއާޓަރ ވެއްޓުމަށްފަހު، ޖަމާލު ޢަބްދުއްނާޞިރާއި އޭނާގެ އެކުވެރީންކަމުގައިވާ އިންޤިލާބީ ކައުންސިލްގެ ގިނަ މެމްބަރުން އެއްތަންވެވަޑައިގެން ތިއްބެވީ، ކޮމާންޑަރ އިން ޗީފްގެ އޮފީހުގައެވެ. އެބޭފުޅުން މަޝްވަރާ ކުރައްވަމުން ގެންދެވީ، އެވަރުގަދަ މިލިޓްރީ އިންޤިލާބު ކާމިޔާބުވުމާ ވިދިގެން، ދެން އުފެދިގެންފާނެ އިދިކޮޅު ޙަރަކާތްތަކާ މެދުގައެވެ. ޚާއްޞަވެ، ސުއޭސް ކެނޭލުގައި އިނގިރޭސީން ތިބުމާ އެކުގައެވެ. ފަތިހު 4 ޖެހިފަހުން، ސީއިންސީގެ އޮފީސްތެރެއަށް ކުއްލިއަކަށް ވަދެގެން އައީ، ދާހިއްލާ…

އޭރުގެ ފަތްފުށްތަކުން..!: ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (4)

ކިޔާފައިވާ ޢަދަދު: 588

  ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (4) ޢަބްދުﷲ ޙަމީދު ސިފައިންގެ މަރުކަޒު އަތުލުން ކިންގް ފާރޫޤުގެ ޚާއްޞަ ރަޙްމަތްތެރި އާރމީ ޗީފް އޮފް ސްޓާފް ޖެނެރަލް ޙުސައިން ފަރީދުގެ އަވަސް އޯޑަރަކަށް، ސިފައިންގެ ބޮޑެތި ޖެނެރަލުންނާއި މުހިންމު މަޤާމުތަކުގެ ވެރީން، ސިފައިންގެ ހެޑްކުއާޓަރަށް އެރޭ ދަންވަރު އެއްތަންވީ ވާހަކަ، ތިޔަ ބޭފުޅުން، ވިދާޅުވެފައި ވާނެއެވެ. އަދި އެމީހުންގެ މަޤްޞަދަކީ، އެރޭގެ ކަނު އަނދިރީގައި ސިފައިންގެ ތެރެއިން ދަށް ފެންވަރެއްގެ ބަޔަކު އުފައްދަން އުޅޭ ޙަރަކާތެއް، ވީގޮތަކުން…

އޭރުގެ ފަތްފުށްތަކުން..!: ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (3)

ކިޔާފައިވާ ޢަދަދު: 589

ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (3) ޢަބްދުﷲ ޙަމީދު މަގުމަތީގެ ނުރައްކާތެރިކަން ޖަމާލު ޢަބްދުއްނާޞިރު، ޘަރުވަތުގެ ގެއިން ނިކުމެވަޑައި ގަންނަވައިގެން އޭނާގެ ކުޑަކުޑަ ކާރުގައި މިޞްރާބު ޖެއްސެވީ، ބައެއް ކުދިކުދި ހަތިޔާރާއި ޙަވާލުކުރައްވާފައިވާ އޮފިސަރެއްގެ ގެޔަށެވެ. އެ ގެއަށް އޭނާ ވަޑައިގެން ބެއްލެވިއިރު، އޮފިސަރު ގެޔަކުނެތެވެ. ………. އަންވަރުއްސާދާތާއި ބައްދަލުވެ ވަޑައިނުގެންނެވުނު ފަދައިން، މިދެންނެވި އޮފިސަރަކާވެސް ބައްދަލެއް ނުކުރެއްވުނެވެ. މިކަމާމެދު ޢަބްދުއްނާޞިރު ކުޑަކޮށް ދެރަފުޅުވިއެވެ. އަދި އެގެއިން ނިކުމެވަޑައި ގަންނަވައިގެން ވަޑައިގަންނަވަނިކޮށް މަގުމަތީގައި ހުރި ފުލުހުންގެ މީހަކު،…

އޭރުގެ ފަތްފުށްތަކުން..!: ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (2)

ކިޔާފައިވާ ޢަދަދު: 840

ޢަބްދުއްނާޞިރު، ބާރު އަތުލެއްވި ރޭ (2) ޢަބްދުﷲ ޙަމީދު އަމާޒު ޚާލިދު މުޙްޔިއްދީންގެ ގޭގައި ބޭއްވުނު އިޖްތިމާޢުން ނިމިވަޑައި ގަންނަވައިގެން، ޖަމާލު ޢަބްދުއްނާޞިރު މިޞްރާބު ޖެއްސެވީ، އޭނާގެ ވެރިކަމުގެ ދަށުގައި މިރޭގެ އިންޤިލާބީ ޙަރަކާތްތަކުގައި ބައިވެރިވުމަށް ހޮއްވެވި 90 އޮފިސަރުންކުރެ ކޮންމެ މީހެއްގެ ގެއަށް ވަޑައިގަތުމުގެ މަގަށެވެ. ބޭނުންފުޅަކީ، އޭނާ ރާއްވަވާފައިވާ ޕްރޮގްރާމްގެ މައިގަނޑު ނުކުތާތައް، ޚުދު އޭނާގެ ދޫފުޅުން އެއިން ކޮންމެ މީހަކަށް ވިދާޅުވެދެއްވައި، ފިލުވައި ދެއްވުމެވެ. ކުރުގޮތަކަށް އެނުކުތާތައް ތިރީގައި މިވަނީއެވެ. ފުރަތަމަ އަމާޒަކީ،…