މާހެފުން

ކިޔާފައިވާ ޢަދަދު: 664

ސަޢުދު އަބްދުލްކަރީމް / ހަވޭލި، އއ.ފެރިދޫ ކިޔާލަން ފަސޭހަ ކުރު ޖުމްލައެކެވެ. އެހެނަސް ޚަރަދުބޮޑު ފޮރުވިފައިވާ ސިއްރުތަކެއްވާ ކަމެކެވެ. ދިވެހިން އެވޭލާ ޒަމާނުއްސުރެ އާދަކާދައިގެ ގޮތުގައި ކޮށްއުޅުނު ކަމެކެވެ. ދީނީ ކަމެއްގެ ގޮތުގައި ނޫނަސް ރަމަޟާން މަހާ ގުޅުވައިގެން ކުރަމުން އައިކަމެކެވެ. އެވޭލާ ޒަމާނުއްސުރެ މިވޭލާ ޒަމާނާ ހަމައަށްވެސް ސިލްސިލާކޮށް ދެމިގެން އައި އާދަކާދައެކެވެ. ނަމަވެސް އެވޭލާ ޒަމާނުގައި ކާބަފައިން މިކަން ކޮށްއުޅުނު ގޮތާއި މިވޭލާ ޒަމާނު އަޅުގަނޑުމެން ޚާއްޞަކޮށް (މޮޑަން ޒުވާނުން) މިކަން ކުރަމުން ގެންދާގޮތް…

އުތުރުކަރައިގެ އަންހެނުންގެ ” ބޮޑުމާލޫދު” ޕޮންގަލަ

ކިޔާފައިވާ ޢަދަދު: 740

ކޮންމެ ދީނެއްގެ ކޮންމެ ސަގާފަތެއްގެ ބައެއްގެތެރޭގައި ތަފާތު އާދަކާދަތަކެއް ހުރެއެވެ. ފާހަގަކުރާ ތަފާތު މުނާސަބަތުތަކެއް ހުރެއެވެ. ދީނީ މުނާސަބަތެވެ. ގައުމީ މުނާސަބަތެވެ. މިނޫން ވެސް ތަފާތު މުނާސަބަތެވެ. އެފަދަ މުނާސަބަތުތައް އެންމެ ފުރިހަމައަށް ފެންނަނީ، އެ ތަނަކަށް ދެވުމުން ނެވެ. ބައެއް ފަހަރަށް ޓީ.ވީ.ޕްރޮގްރާމަކުން އެފަދަ މަންޒަރެއް ނުފެންނަ ވާހަކައެއް ނޫނެވެވެ. ނަމަވެސް ހަމަލޮލުން ކަމެއް ދުށުމާއި ފިލްމަކުން ފެނުމާ ވަރަށް ތަފާތު ނޫންތޯއެވެ. އަޅުގަނޑު ދަންނަވައިލަން މިއުޅެނީ ބައެއްގެ ދީނީ މުނާސަބަތެއްގެ ވާހަކައެވެ. ނަމަވެސް އެއްގޮތަކަށްވެސް…

ބޮނޑުނަގުލާއި ހުޅަނގުވިނަ

ކިޔާފައިވާ ޢަދަދު: 435

އަޅުގަނޑުމެން އެންމެން ދަންނަ އަލް މަރްޙޫމް ސައިކުރާ އިބްރާހީމް ނައީމަކީ އަދަބީ ގޮތުން ވަރަށް ގިނަ ޚިދުމަތްތަކެއް ދިވެހި ބަހަށް ކުރެއްވި ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ގޮތުންނާއި ޅެންވެރިކަމުގެ ގޮތުންނެވެ. މި ކުޅަދާނަ ތަޖުރިބާވެރި އަދީބުގެ ލިޔުންކޮޅެއް އަޅުގަނޑަށް ފެނުނު ހިނދު އަޅުގަނޑު ހިތަށްއެރިއެވެ. މިހިރީ، ހާދަ އަގުހުރި ބުނުންތަކެވެ. މި ބާވަތުގެ ޙިކުމަތްތެރި އަދި މުޖުތަމަޢަށް ފައިދާ ހުރި ބަސްބަސް ތަނަވަސްކޮށް ހާމަކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކުޑަކުދިންގެ މަޖައްލާއެއް ކަމުގައިވާ “މޭވާ” އަށް ލިޔުއްވި…

ހަނދާނުގެތެރެއިން ދުވަހުގެ ތަފާތު

ކިޔާފައިވާ ޢަދަދު: 546

އެސް.އެލް.ޓީ. އެސް.އެލް.ޓީ. އަކީ، ކޮންބޭފުޅެއްތޯއެވެ؟ އާދެ! ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ. ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ދެއްވި ބޭފުޅެކެވެ. މި ލިޔުން ނަކަލުކޮށްފައި މި ވަނީ، ”ހަވީރު” ނޫހުގެ 1979، ޖުލައި 11 ވީ (ބުދަ)…

ޒަމާނުގެ ތަފާތު ދައްކާ އާދަ

ކިޔާފައިވާ ޢަދަދު: 761

އެސް.އެލް.ޓީ އެސް.އެލް.ޓީ. އަކީ، ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ.) ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ދެއްވި ބޭފުޅެކެވެ. މި ލިޔުން ނަކަލުކޮށްފައި މިވަނީ، ދުވަހުނޫސް “މޫންލައިޓް” ގެ 1971 ނޮވެންބަރު މަހުގެ 25 ން ފެށިގެން 30…

އޭރުގެ ފަތްފުށްތަކުން: ދިވެހިރާއްޖޭގެ ދެވިތައް

ކިޔާފައިވާ ޢަދަދު: 1327

ތިރީގައި ބަޔާން ކޮށްފައި މިވަނީ، 1933 ވަނައަހަރުގެ ސެޕްޓެމްބަރުން ހަވަނަ ދުވަހު މާލޭގައި شائع ކުރެވުނު “الإصلاح” ކިޔާ މަޖައްލާއެއްގައި فضلية الشيخ حسين صلاح الدّين ލިއުއްވާފައިވާ مضمون އެކެވެ. الإصلاح އަކީ، ދިވެހިރާއްޖޭގައި ޗާޕުކުރެވުނު ފުރަތަމަ مجلّة އެވެ. މި ރާއްޖޭގައި އުފެދުނު ފުރަތަމަ قانونى دولة ގެ ފަރާތުން ހިންގެވި مجلّة އެކެވެ. އެ مجلّة ގެ އެޑިޓަރުން ކަމުގައި ތިއްބެވީ قانونى ސަރުކާރުގެ وزير الحّقانية فضلية الشيخ حسين صلاح…

ތުއްތު ސާހިބުގެ މާލިމީ ކަމުގެ އިމްތިހާނު

ކިޔާފައިވާ ޢަދަދު: 1470

މަޝްހޫރު ޅެންވެރިއެއްކަމުގައިވާ މުހައްމަދު ހަމީދަކީ (އަސްލު ނަމެއް ނޫން) އަޅުގަނޑު ކުޑާދުވަހުގެ ދިވެހި މުދައްރިސެކެވެ. އެންމެ ޒުވާން ދުވަސްވަރު ދިރިއުޅުމުގެ މަސައްކަތަކަށް މާލިމީކަން ޚިޔާރުކުރައްވާނަމޭ ހިތައި އުއްމީދާއެކު އޭނާ ވަނީ އެކަމަށް ކުރިމަތިލައްވައިފައެވެ. ދަސްކުރާ މާލިމީއެއްގެ ގޮތުން ފުރެއްދެ އޮޑިއެއްގައި އުތުރުކަރައިގެ ކާލީކޯޓަށް އޭނާ ކުރެއްވި ދަތުރުވީ އޭނާއަށް ވަރުގަދަ އިމްތިހާނަކާ ކުރިމަތިލައްވާން ޖެހިލެއްވި ދަތުރަކަށެވެ. އޭނާ އެދަތުރުކުރެއްވީ އެންމެ ފަހުން ހުންނެވި ”ބަނޑާރަ ނެވި” އަލިފުޅު މާލިމީއާ އެކުގައެވެ. ފިލާއަޅާށާއި މާލިމީކަމުގެ ހިސާބުކިތާބު ހައްދަވަން އޭނާ…

މާބިނުން މަނާ

ކިޔާފައިވާ ޢަދަދު: 1227

ރޯދަ މަހާ ގުޅިފައިވާ ހަނދާންތަކުން…!  (2)            

މާބިނުން މަނާ

އަޙުމަދު ޝިޔާމް
މިފަހަރު ލިޔެލަން ގަސްދު ކުރަނީ މިސްކިތާ ގުޅިފައިވާ ވާހަކައެކެވެ. އަޅުގަނޑު މެންގެއާއި އެންމެ ގާތުގައި ހުންނަ މިސްކިތަކީ މަސްޖިދު ސަލާޙުއްދީނެވެ. މިއީ ހުކުރު މިސްކިތާ ޢީދު މިސްކިތް ފިޔަވާ މާލޭގައި ތިން ވަނައަށް ހުކުރު ކުރަން ފެށި މިސްކިތެވެ. އެންމެފުރަތަމަ ދޫލަ އެޅި މިސްކިތުގެ ތެރޭގައިވެސް މި މިސްކިތް ހިމެނެއެވެ. ކުރިން ހުރި މިސްކިތް ތަޅާލުމަށްފަހު މިހާރު އެވަނީ އާ މިސްކިތެއް އެތަނުގައި ބިނާ ކޮށްފައެވެ. 
 

ޤައުމީ ދުވަހު ހިތާމަވެރި މަންޒަރެއް

ކިޔާފައިވާ ޢަދަދު: 1888
ޚާއްޞަ މުރާސިލު
މިއަދަކީ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. 1436 ވަނަ އަހަރު ރަބީޢުލްއައްވަލުމަހު ފުރަތަމަ ދުވަހެވެ. މި އުފާވެރި ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ތިޔަ ހުރިހާ ބޭފުޅުންނަށާއި ދިވެހި ލޮބުވެތި ހުރިހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ.
 
ޤައުމީ ދުވަހުގެ ރަސްމީ ޕްރޮގްރާމްތައް ފެށުނީ މިއަދު ހެނދުނު 6:00 ގައެވެ. ޖުމްހޫރީ މައިދާނުގައި އޮތް، ޤައުމީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވެރީންނަށާއި މުވައްޒިފުންނަށް ދަޢުވަތު ފޮނުއްވި ކަމަށް ވެއެވެ. މިކަން އެނގުނީ އެ ރަސްމިއްޔާތު ނިމުނު ފަހުން، މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ވެރިޔަކާ ބައްދަލުވެ ވާހަކަދައްކައިލުމުގެ ތެރޭގައެވެ.
 

އުތުރު ސެންޓީނަލް ޖަޒީރާގައި ދިރިއުޅޭ އަންޒަމާނުކަރައިގެ އެންމެ ބޯހަރު މީހުން!

ކިޔާފައިވާ ޢަދަދު: 4393
އަޙްމަދް ސަމީރު ޢަލީ
އިންޑިޔާގެ ސަރަހައްދެއް ކަމުގައިވާ އަންޑަމަން އެންޑް ނިކޯބާރަކީ ގާތްގަނޑަކަށް ފަސްސަތޭކަ ބާހަތްތަރި ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ، ދިވެހި ރާއްޖޭގެ ރަށްތައް ކަހަލަ ރީތި، ބިންތިރި ރަށްތަކެކެވެ.  ޖޯގްރަފީ ގޮތުން މިޔަންމާ، ތައިލޭންޑް، މެލޭޝިޔާ ގެ އިތުރުން އިންޑޮނީޝިޔާ އާއި މިރަށްތައް މާކައިރި ނަމަވެސް މިއީ އިންޑިޔާގެ ސަރަހައްދެކެވެ. އިންޑޮނީޝިޔާގެ މައި އެއްރަށް، ސުމާޓްރާގެ އެންމެ އުތުރު ކޮޅުގައިވާ (2004 ގެ ބިންހެލުމާއި ސުނާމީ ފެށުނު ހިސާބު) އަޗޭ ސަރަހައްދުން (ކުރީގެ ބަރުމާ) މިހާރުގެ މިޔަންމާ އަށް ދެވޭ ގޮތަށް މާ ކުރީ ޚިޔާލީ ޒަމާނެއްގައި އަޅާފައިވާ ދިގު މާސިންގާ ޚިޔާލީ ފާލަމެއް ފުނޑުފުނޑުވެ ކަނޑަށް ވެއްޓިފައިވާ ކަމަށް ޚިޔާލު ކޮށްލައްވާށެވެ. މިއީ، އިހުޒަމާނުގެ ނަމުންނަމަ އަންޒަމާނުކަރައެވެ!