އުތުރު ސެންޓީނަލް ޖަޒީރާގައި ދިރިއުޅޭ އަންޒަމާނުކަރައިގެ އެންމެ ބޯހަރު މީހުން!

ކިޔާފައިވާ ޢަދަދު: 4207
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އިންޑިޔާގެ ސަރަހައްދެއް ކަމުގައިވާ އަންޑަމަން އެންޑް ނިކޯބާރަކީ ގާތްގަނޑަކަށް ފަސްސަތޭކަ ބާހަތްތަރި ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ، ދިވެހި ރާއްޖޭގެ ރަށްތައް ކަހަލަ ރީތި، ބިންތިރި ރަށްތަކެކެވެ.  ޖޯގްރަފީ ގޮތުން މިޔަންމާ، ތައިލޭންޑް، މެލޭޝިޔާ ގެ އިތުރުން އިންޑޮނީޝިޔާ އާއި މިރަށްތައް މާކައިރި ނަމަވެސް މިއީ އިންޑިޔާގެ ސަރަހައްދެކެވެ. އިންޑޮނީޝިޔާގެ މައި އެއްރަށް، ސުމާޓްރާގެ އެންމެ އުތުރު ކޮޅުގައިވާ (2004 ގެ ބިންހެލުމާއި ސުނާމީ ފެށުނު ހިސާބު) އަޗޭ ސަރަހައްދުން (ކުރީގެ ބަރުމާ) މިހާރުގެ މިޔަންމާ އަށް ދެވޭ ގޮތަށް މާ ކުރީ ޚިޔާލީ ޒަމާނެއްގައި އަޅާފައިވާ ދިގު މާސިންގާ ޚިޔާލީ ފާލަމެއް ފުނޑުފުނޑުވެ ކަނޑަށް ވެއްޓިފައިވާ ކަމަށް ޚިޔާލު ކޮށްލައްވާށެވެ. މިއީ، އިހުޒަމާނުގެ ނަމުންނަމަ އަންޒަމާނުކަރައެވެ!
 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(68)

ކިޔާފައިވާ ޢަދަދު: 2008
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިރާއްޖޭގައި ފުޅިބައްތި އުފެއްދި الفاضل ކުނިމަސް ދޮން موسیފުޅު

ކުރީގައި ރާއްޖޭގައި ރޭގަނޑު ބައްތި ދިއްލާ އުޅެނީ ލިބޭ މީހުން ވަރަށް ޚަރަދު ބޮޑު ގޮތެއްގައެވެ. އެއީ، ބިގަރު، ފާނޫޒު، ފަސްލޭނު ބައްތި މިކަހަލަ ތަކެތިންނެވެ. ނުލިބޭ މީހުން ބައްތި ދިއްލާ އުޅެނީ، ވަރަށް އުދަގޫ އަދި ނުރައްކާވެސް ގޮތެއްގައެވެ. އެއީ ތައްޓަކަށް، ނުވަތަ ވޮށަކަށް ކާށިތެޔޮ އަޅާފައި ފުކެއް ލާފައި ރޯކޮށްލަނީއެވެ. ދެން ފަހަކަށް އައިސް އަތްބައިތިއެވެ. އޭގައިވެސް ހުޅުގަޑު ނިވާކޮށްލެވޭނެ ގޮތެއް ނޯވެއެވެ. އަދި ދުން ނުބުރާނެ ގޮތެއްވެސް ވަރަށް ނޯވެއެވެ.

ކަންނެތްކަމާއި އިސްރާފު: ރޯދައިގެ ރޫޙާ ޚިލާފު ދެ އާދަ

ކިޔާފައިވާ ޢަދަދު: 4370
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ރޯދަމަހަކީ އެ މަހުގައި ވަރަށް އާދަޔާ ޚިލާފު އަޅުކަމެއް އަދާކުރަންޖެހޭ މަހެކެވެ. އެހެން އަޅުކަންތައް އަދާކުރާނީ ކަންތައްތަކެއް ކޮށްގެންނެވެ. ދުލުންކިޔާ ތަކެއްޗާއި ގުނަވަންތަކުން ކުރާ ޢަމަލުތަކެއް ހިމަނައިގެންނެވެ. ނުވަތަ ތިމާގެ ތަނަވަސްކަމުން ހޭދަތަކެއް ކޮށްގެންނެވެ. ދުރު ދަތުރުކޮށް ތަކުލީފުތަކެއް އުފުލައިގެންނެވެ. ނަމާދާއި ޙައްޖާއި ޒަކާތުން ފެންނަނީ މި ޙަޤީޤަތްތަކެވެ.

އަހަރެންގެ ކާފަ

ކިޔާފައިވާ ޢަދަދު: 3697
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ޝިޔާމް
އަހަރެންގެ ކާފަގެ ހަދާން އާވާން ފެށީ ކުޑައިރުގެ ތަފާތު އިހުސާސްތަކުގެ ހަނދާންތައް އާވާންފެށުމުންނެވެ. ކާފަގެ އަތުގައި ހިފައިގެން އެއްތަނުން އަނެއްތަނަށް ހިނގާއުޅުނު ހަނދާން އާވުމުންނެވެ. އަހަރެންގެ އުމުރުން 7 އަހަރުގެ ހަނދާންތައް ވެސް ވަރަށް ރަގަޅަށް މިއަދު އާވެއެވެ.

ބޭސްވެރި ފަންޑިތަވެރިން

ކިޔާފައިވާ ޢަދަދު: 7529
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ރާއްޖޭގެ މީސްތަކުންގެ ދުޅަހެޔޮކަމުގެކަންކަމުގައި މި ކުރާ ގޮތަށް ޑޮކްޓަރީ ބޭސްކުރުން ޢާއްމުވެފައިނުވާ  ދުވަސްވަރެއް ދިވެހިރާއްޖޭގައި ދިޔައެވެ. އެ ދުވަސްވަރު ދުޅަހެޔޮކަމަށް ކުރިމަތިވާ ކަންކަމުގައި ގިނަ ބަޔަކަށް ޢާއްމުކޮށް ކުރެވޭ ކަމަކަށް އޮންނަނީ ފަންޑިތަ ހެއްދުމެވެ. ފުދުންތެރިކަން ހުރިގޮތުން ބޭސް (ދިވެހިބޭސް) ކުރެވެން އޮންނަނީ މަދު ބަޔަކަށެވެ. އެއީ ވެސް ފަސޭހައިން ލިބެންހުރި ފަތްޕިލާވެލީގެ ބާވަތްތަކުން ކުރެވޭނަމަ ކުރެވޭ ބޭހެކެވެ. 

ނުރައްކާތެރި ބައްޔެއްގެ ހިތާމަވެރި ދުވަސްވަރެއް (2)

ކިޔާފައިވާ ޢަދަދު: 6087
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ ޙިލްމީ

(8 ޖުލައި 2012 (އާދީއްތަ) ގުޅޭ)

ކޮލަމާފުށީ އިސްމާޢީލް ނަސީމު ކ.ގުރައިދޫ/ ޖަނަވަރީގެ (އިސްމާޢީލްބެ) އަކީ ގއ.ކޮލަމާފުށީ ބޭކަލެކެވެ. އޭނާގެ އަންހެނުންނަކީ، ހަވަރުތިނަދޫ މަޑަވެލީ މޫސިޔާގެ ޚަދީޖާ (ކައިދާ)ގެ ދަނޑު ސަންފާ ދައިތަގެ އާއިޝަތު ޢަބްދުއްރަޙުމާނު (އައިސާދައްތަ) އެވެ. އާއިޝަތު ޢަބްދުއްރަޙުމާނުގެ ބައްޕައަކީ ހަވަރުތިނަދޫ ކައްބޮއްލޭ ދޮންބީފާނުގެ ޢަބުދުއްރަޙުމާން (ތިނަދޫ ރަނައުރާގެ) އެވެ.

ނުރައްކާތެރި ބައްޔެއްގެ ހިތާމަވެރި ދުވަސްވަރެއް (1)

ކިޔާފައިވާ ޢަދަދު: 5391
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ   
ޕްރިންޓް މީޑިއާއަށް ގިނަބަޔެއްގެ އިސްކަންދެވޭ އެއްކަމަކީ މަޢުލޫމާތު ހޯދައި ލިބިގަންނަ ފަރާތްތަކަށް އެ މީޑިޔާގެ ފަސޭހަކަމެވެ. ގިނަތަކެއްޗެއްގެ ބޭނުންނުކޮށް ފަސޭހައިން މަޢުލޫމާތު ލިބުމެވެ. އަނެއްކަމަކީ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ޕްރިންޓް މީޑިޔާގެ ސަބަބުން “ޖީބަށް” ލުޔެއް ވެސް ލިބުމެވެ.

ފަންވަތު ޖެހުން ނުވަތަ ނަމާދު ހާޒިރީ

ކިޔާފައިވާ ޢަދަދު: 7580
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
“ފަންވަތު ޖެހުން” މި ލަފުޒުގެ މާނަޔަކީ “މާލޭގައި ތަސައްރަފު ފުދިފައިތިބި އެންމެހައި ފިރިހެނުން، މިރަށުގައި (މާލޭގައި) ހުރި 34 * މިސްކިތުގެ މައްޗަށް ބަހައިލައިގެން އެ މިސްކިތަކަށްވީ ބަޔަކު ލިޔެގެން އެ މިސްކިތަކަށް ނަމާދަށް ދާން އެންގުމެވެ.” (1) މިއީ، އަލްފާޟިލް މުޙައްމަދު އިސްމާޢީލް ދީދީ (ހ.މީރުބަހުރުގެ) މީގެ 45 އަހަރު ކުރިން، ފަންވަތު ޖެހުން މާނަ ކުރައްވާފައިވާ ގޮތެވެ.