އަތިރީކަމަނާ

ކިޔާފައިވާ ޢަދަދު: 5694
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޙިލްމީ
ތާރީޚީ ބައެއް ލިޔުންތަކުން އަތިރީކަމަނާގެ ނަންފުޅުގައި ދެ ބޭފުޅަކު އެބަ ފެނެއެވެ. މީގެތެރެއިން ތާރީޚީ މަދު ލިޔުންތަކުން މަދުބަޔަކަށް ފެނި މަޝްހޫރުވެފައިނުވާ އަތިރީކަމަނާއަކީ އަރިއަތޮޅު އުކުޅަހު މުޅޯށިކަލޭގެ ދެ އަންހެން ބޭފުޅުންގެ ތެރެއިން އެއްބޭފުޅެއްކަމަށްވާ އަތިރީކަމަނާއެވެ. މިކަމަނާއަށް ފާޠިމާދިޔޯ، އަދި ޚަދީޖާ ދިޔޯ ވެސް ކިޔާފައި ހުރެއެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(8)

ކިޔާފައިވާ ޢަދަދު: 2786
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑިޕާރޓްމަންޓް އޮފް ހޯމްއެފެއަރސް
ރަޖިސްޓްރޭޝަންސް ޑިވިޝަން (ށ)
        މާލެ،ދިވެހިރާއްޖެ.
                                              نمبر 71/3     

إعلان

މާލޭގެ ބަންޑާރަ ގޯތީގައި عمارات ކުރުން

މީހަކަށް ސަރުކާރުން ދެއްވާފައިވާ ގޯއްޗެއްގެތެރޭގައި ތަންތަން عمارات ކުރުމަށާއި، މަގުމަތީ ފާރުމައްޗަށް عمارات ކުރުމަށް މީގެފަހުން ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(7)

ކިޔާފައިވާ ޢަދަދު: 2917
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
محکۃ الداخليۃ 
    ހިތަދޫ.
                                              نمبر 61/5    
 إعلان

رعيّۃ ގެ  خاصّ  ކޮމިޓީއެއް.

(15 ފެބްރްއަރީ 1961 ވީ ބުދަދުވަހު 8.ޖެހިއިރު  محکۃ الداخليّۃ  ގައި)

ފެބުރުއަރީއިން 15 ވީ ބުދަދުވަހު 28 ممبرން ގެ މައްޗަށް އެކުލެވިގެންވާ،    رعيّۃންގެ خاصّ  ކޮމިޓީއެއް محکۃ الداخليّۃ ގައި އޮތެވެ. މިކޮމިޓީ އިން ނިއްމި ކަންތައްތައް ތިރީގައި بيان ކޮށްފައި މިވަނީ އެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(28)

ކިޔާފައިވާ ޢަދަދު: 2801
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބޭރުފައިސާ ހޯދުމަށް ރަނުގެ فرصة އެއް

ބަޑޮހުގެ ޓްއަރިސްޓުންނަށް އެއްޗެތި ވިއްކަން ހުންނަ ޑިއުޓީ ފްރީ ޝޮޕް ނަމަކަށްކިޔާ ފިހާރަ މިހާރު قصد ކުރަނީ ކުއްޔަށް ދޫކުރުމަށެވެ. މިގޮތުން ދޫކުރެވޭނީ 1975 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ވީމާ ބޭނުން ފަރާތްތަކުން މަހަކަށް قصد ކުރާ އެންމެމަތީ ކުއްޔެއް ހުށަހެޅުން އެދެމެވެ.

މިއިޢުލާނު ދެކެވަޑައިގަތީމުތޯ؟…….(4)

ކިޔާފައިވާ ޢަދަދު: 155
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑިޕާރޓްމެންޓް އޮފް ހޯމްއެފެއަރސް
   އިލެކްޝަންސް ޑިވިޝަން 
      މާލެ- ދިވެހިރާއްޖެ
                                           نمبرއ- 69/57  
                                                                                                                

إعلان

25 އެޕްރީލް 1969م ގައި، މާލޭގައިނެގި ވޯޓްއާއިބެހޭ

      ކުރިޔަށް އޮތް 5 އަހަރަށް އޮންނާނޭ ރައްޔިތުންގެ مجلسއަށް، މާލޭގެ 8 ممبرން ހޮވުމަށް މިހިގާ އެޕްރީލްގެ 25 ވީ ހުކުރު ދުވަހު ބޭއްވި انتخابގައި ވޯޓްދިނުން لازم ކުރާ عددއަށް ވޯޓް ނުލިބިގެން އެ إنتخاب باطل ކޮށްފީމެވެ.

އޭރުގެ ފަތްފުށްތަކުން…. (49)

ކިޔާފައިވާ ޢަދަދު: 2895
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

عملى حيات ގެ ފިލާވަޅެއް

ދެމަފިރިންނަށް ދެބަސްވާންޖެހެނީ ކީއްވެގެންތަ؟

 ع.ص  


ލިޔުންތެރީންގެ ގުޅުމުގެ މުސްތަޝާރު، އަލްފާޟިލް ޢަބްދުﷲ ޞާދިޤު، ލިޔުއްވާފައިވާ މި ލިޔުމަކީ، މީގެ 56 އަހަރު ކުރިން ނުކުތް، “جنس اللطيف” މަޖައްލާގެ 3 ވަނަ ޢަދަދު (10 ޛުލްޙިއްޖާ 1378) ން ނަކަލުކޮށްފައިވާ ލިޔުމެކެވެ. ޢަބްދުﷲ ޞާދިޤަކީ، މިވަގުތު ރާއްޖޭގައި ތިއްބެވި ދިވެހި އަދަބީ ފަންނުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭ ޚާއްޞަ ބޭފުޅެކެވެ. ޢަބްދުﷲ ޞާދިޤަކީ، އަދަބިއްޔާތުގެ ހުރިހާ ފަންނެއްގައި އޭނާގެ ގަލަންކޮޅު ހިންގަވަމުން ގެންދަވާ ހުނަރުވެރިއެކެވެ. ގިނަ ދަރިވަރުންތަކެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ، އަދި މިހާރުވެސް ހޯއްދަވަމުން ގެންދަވާ، ދިވެހިބަހުގެ ކުޅަދާނަ އުސްތާޛެކެވެ.
 

ނޮވެމްބަރ ތިނެއްގެ އަޅުގަނޑު އަދި ނުލިޔާ ވާހަކަ

ކިޔާފައިވާ ޢަދަދު: 6405
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

25 އަހަރުކުރީގެ ހަނދާނުގެ ފަތްފުށްތަކުން:

ނޮވެމްބަރ ތިނެއްގެ އަޅުގަނޑު އަދި ނުލިޔާ ވާހަކަ

 ޙަސަން ޝާކިރު މުޙައްމަދު

އަޅުގަނޑު،މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ސާނީ ސާނަވީ (ގްރޭޑް 10) ގައި ކިޔަވަމުން ދިޔަ އަހަރު 1988  ވަނަ އަހަރު ސާނަވީ ތަޢުލީމު ފުރިހަމަކޮށް މަތީ ތަޢުލީމަށް ކިޔެވުމަށް ކުވައިތަށް ދިޔުމުގެ ފުރުޞަތެއް، ސަރުކާރުން އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވިއެވެ. އަޅުގަނޑުމެންނޭ މިދެންނެވީ، އަޅުގަނޑުގެ ކުލާސް ޒަމީލުންކަމުގައިވާ ޅ.ކުރެންދޫ، ގުލްޒަރުގޭ އަލްއަޚް އަޙްމަދު ޢާރިފް މުޙައްމަދު (މިހާރު، ރީފްސައިޑް ކޮމްޕެނީގެ މެނޭޖަރ، އެޑްމިނިސްޓްރޭޝަން، ކަސްޓަމަރކެއަރ އަލްފާޟިލް އަޙްމަދު ޢާރިފް މުޙައްމަދު) އާއި ސ.ފޭދޫ، ފަހާގޭ އަލްއަޚް ޙަސަން ސަޢީދު މުޙައްމަދު (މިހާރު، ފެމެލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު މުޙައްމަދު) އާއި އަޅުގަނޑަށެވެ.
 

ރާއްޖޭގެ ދީނީ ޙާލަތު އޮތްގޮތް

ކިޔާފައިވާ ޢަދަދު: 6014
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވިއިރު

ރާއްޖޭގެ ދީނީ ޙާލަތު އޮތް ގޮތް

ޢަބްދުއްރަޝީދު ޙުސައިން
ޝައްކެއް ނެތެވެ. ދިވެހި ޤައުމު ދެކެ ލޯބިވާ، ދިވެހި ތާރީޚުން އެއްވެސް މިންވަރެއް އެނގޭ ދިވެހި އެއްވެސް ދަރިޔަކު  މި ބަހަކަށް އިންކާރެއް ނުކުރާނެ އެވެ. އައްސުލްޠާނުލް ޣާޒީ މުޙަންމަދު ބޮޑު ތަކުރުފާނު ސިރީ ސަވާދީއްތަ މަހާރަދުން، އާދެ، ޣާޒީ ބަންޑާރައިންނަކީ، ދިވެހި ފަސްގަނޑުން އުފެދުނު އެންމެ ޚިދްމަތްތެރި ދިވެހި ދަރި އެވެ. އެ މާތް ޤައުމީ ބަޠަލް ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ހަރުދަނާ ޖިހާދަކީ، އެކަމުގައި ތަފާތު ފިލާވަޅު ތަކެއް އެކުލެވިގެންވާ، އެކަން އުނގެނޭ ބަޔަކަށްވެސް ފައިދާއިން ފުރިގެންވާ އަގުހުރި ޖިހާދެކެވެ.
    

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(4)

ކިޔާފައިވާ ޢަދަދު: 2946
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
محکۃ الداخليۃ
 ހިތަދޫ.
                                            نمبر 61/2

إعلان

      ސަރުކާރުގެ އެކިއެކި محکۃތަކުގެ ވެރީންނާއި وکيلންނާއި، سکرٹریއިން، رسمی ގަޑީގައި ލިބާސް، ނުވަތަ، ގަމީސް ނުލައި، ހުސް ގަންޖުފަރާހާއިއެކު، އޮފީސް އޮފީހުގައި އުޅުމީ منع ކަމެކެވެ. އަދި، ރަށްރަށުގެ، ރަށް ހިންގާ އޮފީހުގެ ވެރީންނާއި نائبފަދަ ބޭކަލުންނަށް ވެސް މިގޮތުން، މިކަން منعއެވެ.

ރާއްޖޭގެ މީހުން އުޅޭ ރަށްތަކަށް އަޅުގަނޑުކުރި ދަތުރު (1)

ކިޔާފައިވާ ޢަދަދު: 3631
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ޝިޔާމް
1999 ވަނަ އަހަރު ޖުލައި މަހުގެ ތެރޭ އެއް ދުވަހަކު އަޅުގަނޑު އޭރު މަސައްކަތްކުރާ އޮފީހުގައި އިންދައި އަޅުގަނޑުގެ އޭރުގެ ވަޒީރު އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) ބައްދަލުކޮށްލުމަށް ވިދާޅުވިއެވެ. ވަޒީރުގެ ކޮޓަރިކޮޅަށްވަނުމާއެކު އިށީންނުމަށް ވިދާޅުވިއެވެ. އަދި ކުރައްވަން އިންނެވި މަސައްކަތްޕުޅު ހުއްޓަވައިލައްވައިފައި ވިދާޅުވީ “ޝިޔާމް އެބަޖެހޭ ރާއްޖެތެރެއަށްދާން.” އަޅުގަނޑު ހިތަށް އެރީ އަޅުގަނޑުގެ މަސައްކަތް ރާއްޖޭގެ ކޮންމެވެސް ރަށަކަށް ބަދަލުކުރާ ވާހަކަ ވިދާޅުވާން އުޅުއްވީ ކަމަށެވެ.