ނޮވެމްބަރ ތިނެއްގެ އަޅުގަނޑު އަދި ނުލިޔާ ވާހަކަ

ކިޔާފައިވާ ޢަދަދު: 6607

25 އަހަރުކުރީގެ ހަނދާނުގެ ފަތްފުށްތަކުން:

ނޮވެމްބަރ ތިނެއްގެ އަޅުގަނޑު އަދި ނުލިޔާ ވާހަކަ

 ޙަސަން ޝާކިރު މުޙައްމަދު

އަޅުގަނޑު،މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ސާނީ ސާނަވީ (ގްރޭޑް 10) ގައި ކިޔަވަމުން ދިޔަ އަހަރު 1988  ވަނަ އަހަރު ސާނަވީ ތަޢުލީމު ފުރިހަމަކޮށް މަތީ ތަޢުލީމަށް ކިޔެވުމަށް ކުވައިތަށް ދިޔުމުގެ ފުރުޞަތެއް، ސަރުކާރުން އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވިއެވެ. އަޅުގަނޑުމެންނޭ މިދެންނެވީ، އަޅުގަނޑުގެ ކުލާސް ޒަމީލުންކަމުގައިވާ ޅ.ކުރެންދޫ، ގުލްޒަރުގޭ އަލްއަޚް އަޙްމަދު ޢާރިފް މުޙައްމަދު (މިހާރު، ރީފްސައިޑް ކޮމްޕެނީގެ މެނޭޖަރ، އެޑްމިނިސްޓްރޭޝަން، ކަސްޓަމަރކެއަރ އަލްފާޟިލް އަޙްމަދު ޢާރިފް މުޙައްމަދު) އާއި ސ.ފޭދޫ، ފަހާގޭ އަލްއަޚް ޙަސަން ސަޢީދު މުޙައްމަދު (މިހާރު، ފެމެލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު މުޙައްމަދު) އާއި އަޅުގަނޑަށެވެ.
 

ރާއްޖޭގެ ދީނީ ޙާލަތު އޮތްގޮތް

ކިޔާފައިވާ ޢަދަދު: 6308

ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވިއިރު

ރާއްޖޭގެ ދީނީ ޙާލަތު އޮތް ގޮތް

ޢަބްދުއްރަޝީދު ޙުސައިން
ޝައްކެއް ނެތެވެ. ދިވެހި ޤައުމު ދެކެ ލޯބިވާ، ދިވެހި ތާރީޚުން އެއްވެސް މިންވަރެއް އެނގޭ ދިވެހި އެއްވެސް ދަރިޔަކު  މި ބަހަކަށް އިންކާރެއް ނުކުރާނެ އެވެ. އައްސުލްޠާނުލް ޣާޒީ މުޙަންމަދު ބޮޑު ތަކުރުފާނު ސިރީ ސަވާދީއްތަ މަހާރަދުން، އާދެ، ޣާޒީ ބަންޑާރައިންނަކީ، ދިވެހި ފަސްގަނޑުން އުފެދުނު އެންމެ ޚިދްމަތްތެރި ދިވެހި ދަރި އެވެ. އެ މާތް ޤައުމީ ބަޠަލް ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ހަރުދަނާ ޖިހާދަކީ، އެކަމުގައި ތަފާތު ފިލާވަޅު ތަކެއް އެކުލެވިގެންވާ، އެކަން އުނގެނޭ ބަޔަކަށްވެސް ފައިދާއިން ފުރިގެންވާ އަގުހުރި ޖިހާދެކެވެ.
    

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(4)

ކިޔާފައިވާ ޢަދަދު: 3118
محکۃ الداخليۃ
 ހިތަދޫ.
                                            نمبر 61/2

إعلان

      ސަރުކާރުގެ އެކިއެކި محکۃތަކުގެ ވެރީންނާއި وکيلންނާއި، سکرٹریއިން، رسمی ގަޑީގައި ލިބާސް، ނުވަތަ، ގަމީސް ނުލައި، ހުސް ގަންޖުފަރާހާއިއެކު، އޮފީސް އޮފީހުގައި އުޅުމީ منع ކަމެކެވެ. އަދި، ރަށްރަށުގެ، ރަށް ހިންގާ އޮފީހުގެ ވެރީންނާއި نائبފަދަ ބޭކަލުންނަށް ވެސް މިގޮތުން، މިކަން منعއެވެ.

ރާއްޖޭގެ މީހުން އުޅޭ ރަށްތަކަށް އަޅުގަނޑުކުރި ދަތުރު (1)

ކިޔާފައިވާ ޢަދަދު: 3857
އަޙުމަދު ޝިޔާމް

1999 ވަނަ އަހަރު ޖުލައި މަހުގެ ތެރޭ އެއް ދުވަހަކު އަޅުގަނޑު އޭރު މަސައްކަތްކުރާ އޮފީހުގައި އިންދައި އަޅުގަނޑުގެ އޭރުގެ ވަޒީރު އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) ބައްދަލުކޮށްލުމަށް ވިދާޅުވިއެވެ. ވަޒީރުގެ ކޮޓަރިކޮޅަށްވަނުމާއެކު އިށީންނުމަށް ވިދާޅުވިއެވެ. އަދި ކުރައްވަން އިންނެވި މަސައްކަތްޕުޅު ހުއްޓަވައިލައްވައިފައި ވިދާޅުވީ “ޝިޔާމް އެބަޖެހޭ ރާއްޖެތެރެއަށްދާން.” އަޅުގަނޑު ހިތަށް އެރީ އަޅުގަނޑުގެ މަސައްކަތް ރާއްޖޭގެ ކޮންމެވެސް ރަށަކަށް ބަދަލުކުރާ ވާހަކަ ވިދާޅުވާން އުޅުއްވީ ކަމަށެވެ.

މި އިޢުލާން ދެކެވަޑައިގަތީމުތޯ؟…….(3)

ކިޔާފައިވާ ޢަދަދު: 2937

ވުޒާރަތުލްމާލިއްޔާ
 
މާލެ- ދިވެހިރާއްޖެ
                                            ނަމްބަރ 67/4

މާލޭގެ ފަޅުތެރެއިން ގައު ދޫކުރުން

މާލޭގެ ފަޅުތެރެއިން، އަމިއްލަ ބޭނުމަށް، ގައު ދޫކުރުމަށް ޤަޞްދުކޮށް، ގައު ނަގަން އެދޭ ފަރާތްފަރާތުން އެކަމަށްއެދި މި ވުޒާރާގައި ލިޔުއްވުމުން ހުއްދަދޭގޮތަށް ހަމަޖައްސައިފީމެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(26)

ކިޔާފައިވާ ޢަދަދު: 6458

ކުރިޔަށްއޮތް އަހަރު ނާދީގެ ރައީސަކީ

މިސްޓަރ ޑޭވީއެވެ.

އެއީ އެހާފިކުރުބޮޑުވެ ބިރުގަންނަންވީ ކަމެއްނޫނެވެ.

ޢ.ޢ
ކުރިޔަށްއޮތް އަހަރު نادى التّمدنގެ، ވެރިން إنتخابކުރުމުގެ ޖަލްސާއޮތީ، މިމަހު 28 ވީހުކުރު ވިލޭރޭ نادىގައެވެ. މިޖަލްސާއަށް ވަރަށް ގިނަ ممبرން حاضرވެވަޑައިގަތެވެ. ރިޔާސަތުގައި އިންނެވީ نادىގެ މިހާރުގެ ވެސް ރައީސް މިސްޓަރ އާތިންގ ތަން ޑޭވީއެވެ. (ص.س. الفاضل ابراهيم ناصر، نادىގެ ރައީސް ކަމުން إستعفاءދެއްވުމުގެ ސަބަބުން ، 22/7/70… މިދުވަހު ވަނީ، އެ مقامއަށް މިސްޓަރޑޭވީ إنتخابކުރެވިފައެވެ.)

އޭރުގެ ފަތްފުށްތަކުން……(45)

ކިޔާފައިވާ ޢަދަދު: 6538

ބޭރު މީހުންނާއި އަޅުގަޑުމެން

إ .  ش


ދިވެހި އަދަބީ ދުނިޔޭގައި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ކޮންބޭފުޅެއްކަން ތާރަފުކުރުމަށް މާގިނަ ޖުމުލަތަކެއް ބޭނުންވާނޭކަމަކަށް ނުދެކެމެވެ. އެމަނިކުފާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށްވުރެ ކުޅަދާނަ ޅެންވެރިއެކެވެ. އަދި އެއަށްވުރެވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ދިވެހި ނޫސްވެރިކަމުގެ މުއައްސިސްކަމުގެ ހަނދާނީ ލިޔުން އެރުވުނު 5 ބޭފުޅުންގެތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އަދި ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1979 ވަނަ އަހަރު، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1982 ވަނަ އަހަރު، ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސްމެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(23)

ކިޔާފައިވާ ޢަދަދު: 3090

ލ.އަތޮޅުވެރި الفاضل حسين صبرى ރޭއްވެވި ފުރަތަމަ ޕްރޮގްރާމް

(ރިޕޯޓަރެއް)

تهذيبއާއި ވަރަށް ދުރުގޮތެއްގައި ދިރިއުޅެމުންއަންނަ ލ.އަތޮޅު އާދެ! ހައްދުންމަތި، އަލުންއައު ފުރާނައަކާއިއެކުގައި ކުރިޔަށް ދުއްވައިގެންފާނެކަމުގެ ނިޝާންތައް މިހާރު ފެންނަން ފަށައިފިއެވެ. ރާއްޖޭގެ އެންމެ ރަށްވެހި އަދި އެންމެ އުޖާލާ އެއްއަތޮޅުކަމުގައި ލ.އަތޮޅުވެސް ވެދާނެކަމުގެ ކުލަތައް އުދަރެހުގެ ކައިރިފަށުން ފެނިލައިފިއެވެ.

ދިވެހިރާއްޖޭގައި ބަބުރުން އުފެދުނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 4620
ސަޢުދު ޢަބްދުލްކަރީމް، އއ.ފެރިދޫ
ދިވެހި ތާރީޚްގެ ތެރޭގައި ހިރަފުސް އަރާ ފޮރުވިފައިވާ ޙާދިޘާތަކާއި ހިރަފުސް އަރަމުން ފޮރުވެމުންދާ ޙާދިޘާތައް ވަރަށް ގިނައެވެ. ޚާއްޞަކޮށް އެވޭލާ ޒަމާނުގައި ހިނގާފައި ހުރި ރަށްފުށު ކަންތައްތަކަކީ ދޫދޫ މަތިން ދެކެވެމުންގޮސް މުޅިން ގެއްލި ނެތިދާ ކަންތައްތަކެވެ. ނުވަތަ  ހަނދާނުން ކެހިގެންދާ ކަންތައްތަކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް…. (21)

ކިޔާފައިވާ ޢަދަދު: 2948

މާލޭގައި ތެލިފޯނުލުމަށް އެކުގައި خردވާނީ-/26000 ރުފިޔާއެވެ.

ޕޯސްޓްމާސްޓަރގެއަރިހުގައި…

  حميد   

އިއްޔެ ހެނދުނުގެ އޮފީސް ވަގުތުގައި، ޕޯސްޓް މާސްޓަރ الفاضل عبدالمجيد ماهرއާއި ބައްދަލުވުމުގެ  شرف އޭނާ އަޅުގަޑަށް ދެއްވި އެވެ.. އާދެ، ޕޯސްޓް އޮފީހުގައެވެ. އެ އަގުހުރި فرصة އަޅުގަޑު ހޯދީ މާލޭގައި ތެލިފޯން ލުމާބެހޭގޮތުން ބައެއް معلومات ހޯދުމަށްޓަކައެވެ. ވަރަށް ދީލަތިފުޅުކަމާއެކު އަޅުގަޑުގެ سؤال ތަކަށްޖަވާބުދެއްވަމުން ވަޑައިގެންވިދާޅުވިއެވެ.