ގދ.މަޑަވެލީގެ ރަށްވެހިކަން (5)

ކިޔާފައިވާ ޢަދަދު: 5456
ޢަލީ ނަޞީރު، މަޑަވެލި
މަޑަވެލީގެ އެންމެ ފުރަތަމަ ވަޒަންވެރީގެ ތެރޭގައި ފާހަގަކުރެވެނީ ހަމަ އެކަނި ދެ ޢާއިލާ އެކެވެ. އެއީ މަޑަވެލީ ޗާރްޗީ ނިސްބަތްވާ “ދޮންނެއި” ގެ ޢާއިލާ އާއި، މަޑަވެލީ އިސްމާޢީލުކަލޭގެ ނިސްބަތްވާ މޫސާމާލިމީގެ ޢާއިލާ އެވެ. މަޑަވެއްޔަށް ހިޖްރަކުރުމުގެ ކުރިން ދޮންނެއިގެ ޢާއިލާ ދިރިއުޅުނީ “ކޮނޮންޓާ” ގަ އެވެ. (ކޮނޮންޓާ އަކީ މިހާރު ފަޅުރަށެކެވެ.) ބުނެވޭގޮތުގައި ޗާރްޗީގެ ޢާއިލާ އަކީ ފުވައްމުލަކުގެ އެޒަމާނުގެ މުދިންގޭ ޢާއިލާ އާއި ގުޅިފައިވާ ޢާއިލާ އެކެވެ.
 

ހަވަރާއި ފުރެތިކާލުންގެ ހަނގުރާމަ – 2

ކިޔާފައިވާ ޢަދަދު: 5833

ޢަބުދުﷲ ޙިލްމީ
އުތީމު ރަދުން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ގާތްގަޑަކަށް 96 އަހަރުކުރިން ރާއްޖެއަށް އައި ބޭރުގެ ވިޔަފާރިވެރިއެއްގެ ލިޔުމުގައި ރާއްޖޭގެ މީހުންނަކީ ޞިއްޙަތުރަނގަޅު އަދަބުވެރި އަދި ޢަރަބީންގެދީނުގައި ތިބި ބައެއްކަމަށް ލިޔެފައިވެއެވެ. މީނާ 6 މަސްދުވަހު ރާއްޖޭގައި ހުރިކަމާއި މީނާގެނަމަކީ “ހިޔަރަނި މޯޑިސާންޓާ ސްޓެފާނޯ” ކަމަށް “ކުރީގެ ހުވަދޫއަތޮޅު” މިފޮތުގައި ލިޔެފައިވެއެވެ.

ގދ.މަޑަވެލީގެ ރަށްވެހިކަން (4)

ކިޔާފައިވާ ޢަދަދު: 5731

ގދ.މަޑަވެލީގެ ރަށްވެހިކަން (4)

(ރަށުގެ ޢާއްމު މަޢުލޫމާތު)

މަޑަވެލީ ޢަލީ ނަޞީރު

ހުވަދު އަތޮޅު މަޑަވެލި އޮތީ، އެއަތޮޅު ހުޅަނގުދުނީގައި، ކާނޑެއްދޫ ކަނޑުގެ ދެކުނަށްއޮތް މައިތޮށީގަ އެވެ. ވެލިއަކިރިން އުފެދިފައިވާ  އެރަށުގެ އާނުގަނޑަކީ، ވަރަށް ހަރު އާނުގަނޑެކެވެ. ރަށުގެ އާނުގަނޑު އުފެދެން ފަށާފައިވަނީ، ހުޅަނގުފަރާތުން ނެވެ. މައިން ތޮށިން ފެށިގެން ގާތްގަނޑަކަށް ފަނަރަސަތޭކަ ފޫޓުން ފެށިގެން އިރުމައްޗަށް އެއީ ރަށުގެ ހިކިފަސް ބިމެވެ. ރަށުގެ އުފެދުން ނިމިފައިވަނީ ރަށުގެ ހިކިފަސް ބިމުން ފެށިގެން އިރުމައްޗަށް ހަމަ އެހާކާންހާ ދުރުމިނަށެވެ. އެ ރަށުގެ ފަޅަކީ، ވަރަށް ޗަސްބިމއްކަހަލަ ތަނެކެވެ. އެޅުގައި މޫދުވިނަ ވަރަށްގިނަ އެވެ. މޫދުވިނަ ހެދިފައިވާ އެބަޔަކީ، ވަރަށްކުރީގެ ޒަމާނެއްގައި ހިކިފަސްބިންކަމަށް ލަފާކުރެވެއެވެ.

ގދ.މަޑަވެލީގެ ރަށްވެހިކަން (3)

ކިޔާފައިވާ ޢަދަދު: 5268

ގދ.މަޑަވެލީގެ ރަށްވެހިކަން (3)

(ރަށުގެވެށީގެ ބައެއް މަޢުލޫމާތު)

މަޑަވެލީ ޢަލީ ނަޞީރު

ރަށްގިރުމުގެ މިންވަރު އަންދާޒާރާއިރު 1960މ. ގެ އަހަރުތައް ނިމުނުއިރު އެރަށުގެ ހުޅަނގު ދެކުނުގައި އާނުގަނޑެއްކަމަށްވާ “ފޮޅާނެގަލެއްހުއްޓާ” އެވެ، ކިޔާ އާނުގަނޑާއި، ރަށުގެ ހޭޅިފަށާދެމެދު ހުންނާނީ ގާތްގަނޑަކަށް ތިރީހަކަށް ފޫޓެވެ. ނަމަވެސް މިހާރު (2010މ.) އެބަޔާ ހޭޅިފަށާދެމެދުގެ ދުރުމިނަކީ، ގާތްގަނޑަކަށް އައްޑިހަ ވަރަކަށް ފޫޓެވެ. ހުޅަނދު ފަރާތު އަޑިގުޑާމަގުގެ (އިރުފެންނަގޭގެ މަގު) އަތިރިން ފަންސާހަކަށް ފޫޓު ގިރާފައިވާކަމަށް ބެލެވެއެވެ. އަދި ހުޅިދޮއްވީމަގުގެ (ރަތްވިލާމަގު) އަތިރިން ވެސް ހަމަ އެވަރަށް ގިރާފައިވެއެވެ. އެ މަގުގެ ހުޅަނގުފަރާތު މައި ތޮށީގައި ފުޅާ ކެންޑުމެއް އޮވެއެވެ. (އެތަނުގެ ނަމަކީ، “ބަޑެބެއްޔާ ހެރު ދަނގާ” އެވެ.)

ހަވަރާއި ފުރެތިކާލުންގެ ހަނގުރާމަ (1)

ކިޔާފައިވާ ޢަދަދު: 5288
ޢަބުދުﷲ ޙިލްމީ
 
“މިއަދާ ޖެހެންދެން ރާއްޖޭގެތާރީޚު ލިޔުމަކީ ވެރިކަމުގެދާއިރާއިން ކުރަމުން އައި ކަމެއްކަމާއި، ތާރީޚު ލިޔާ ފަރާތަކަށް އެ ތާރީޚް އޮޅުންފިލުވައިދީ ހަދަނީ އެދާއިރާއިން ކަމާއި ލިޔުމުގެ މަސައްކަތް ކުރަނީވެސް އެ ދާއިރާއެއްގެ މުވައްޒަފުންކަމާއި އަދި މިހެންވުމުން ތާރީޚް އޮތީ ވެރިކަމުގެ ފަރާތުން ޖެއްސި ކުލައެއް އޭގައި ޖެހި،  ޤައުމީ ތާރީޚަށްވުރެ ބޮޑަށް ވެރިކަމުގެ ތާރީޚުކަމުގައި ވެފައިކަމަށް” “މުޚްތަޞަރު ތާރީޚު ދީބާމަޙަލް”ގައި ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް  މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ.

ގދ.މަޑަވެލީގެ ރަށްވެހިކަން (2)

ކިޔާފައިވާ ޢަދަދު: 3423
މަޑަވެލީ ޢަލީ ނަޞީރު
ހުވަދު އަތޮޅު މަޑަވެއްޔަކީ، އެއަތޮޅު ހުޅަނގު ދުނީގައި، ކާނޑެއްދޫ ކަނޑުގެ ދެކުނަށްއޮތްފަރު ނުވަތަ މައިތޮށީގައިއޮތް ރަށެކެވެ. ރަށް އުފެދިފައިއޮތް އާނުގަނޑަކީ، ވަރަށްހަރު އާނުގަނޑެކެވެ. ރަށް އުފެދިފައިވާނީ، ވެލިއަކިރިންނެވެ. ރަށް އުފެދެން ފަށާފައިވަނީ، ހުޅަނގުފަރާތު މައިން ތޮށިން ފެށިގެން ގާތްގަނޑަކަށް އެއްހާސް ފޫޓު ނުވަތަ ފަނަރަސަތޭކަ ފޫޓުން ފެށިގެން އިރުމައްޗަށެވެ. ރަށުގެ އުފެދުން ނިމިފައިވަނީ ވެސް އިރުމަތީ މައިތޮށިން ހުޅަނގަށް، ހަމަ އެހާކާންހާ ދުރުމިނުގައެވެ. އެ ރަށުގެ ފަޅަކީ، ވަރަށް ފުޅާ އަދި ވަރަށް ގަނބާ، މޫދުވިނަ ވަރަށްގިނައި ފަޅެކެވެ. މޫދުވިނަ ހެދިފައިވާ އެބަޔަކީ، ވަރަށްކުރީގެ ޒަމާނެއްގައި ހިކިފަސްބިންކަމަށް ލަފާކުރެވެއެވެ.

ގދ.މަޑަވެލީގެ ރަށްވެހިކަން (1)

ކިޔާފައިވާ ޢަދަދު: 5059

މަޑަވެލީ ޢަލީ ނަޞީރު

މަޑަވެއްޔަކީ، ހުވަދުއަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެތެރެއިން ރަށެކެވެ. ވުމާއެކު، މިބަޔާނުގައި ގެނެސްދީފައިމިވަނީ އެރަށުގެ ރަށްވެހިކަމުގެ ބައެއް މަޢުލޫމާތެވެ. ހުވަދު އަތޮޅު އޮންނަނީ، އުތުރު އަރުޟުން 0°  .11′.30″ N އާއި 0°  .55′.01″ N އާއި އިރުމަތީ ޠޫލުން 72°  .56′.00″ E އާއި 73°  .31′.00″ E އާއި ދެމެދުއެވެ. ހުވަދު އަތޮޅު އޮތީ، އީކްއޭޓަރުގެ އުތުރުގައެވެ. އީކްއޭޓަރުގެ ދެކުނުގައިއޮތީ، ފުވައްމުލަކު އަތޮޅެވެ. ފުވައްމުލަކާ ޖެހިގެން ދެކުނަށްއޮތީ، އައްޑު އަތޮޅެވެ. ހުވަދޫ ކަނޑާ، ފުވައްމުލައް ކަނޑާ ދެމެދު އޮތް ހުވަދު އަތޮޅަކީ، އެއްއަތޮޅެއްގެގޮތުގައި (މުރަކައިން އުފެދިފައިއޮތް) އެންމެ ބޮޑު އަތޮޅެވެ.
 

ޤައުމިއްޔަތު ބިނާކުރުމާއި، ފަނާކުރުން (2)

ކިޔާފައިވާ ޢަދަދު: 5323
މަޑަވެލީ ޢަލީ ނަސީރު

ޤައުމިއްޔަތު ބިނާކުރުން:
ތީމުގޭ “ކަލަމިދި” ދަރިކޮޅަކީ، ރާއްޖޭގައި ރަސްކަންކުރި ފުރަތަމަ ދަރިކޮޅެވެ. އެދަރިކޮޅުގެ ރަސްކަން ފެށުނީ، މީލާދީން 1120 ވަނަ އަހަރު އެވެ. އެދަރިކޮޅުގެ ރަސްކަން ނިމުނީ މީލާދީން 1306 ވަނަ އަހަރު އެވެ. އެދަރިކޮޅުން އެންމެ ފަހުން ރަސްކަން ކުރެއްވީ އައްސުލްޠާން ދާވޫދު ކަލަމިންޖާ އެއްވަނަ އެވެ.

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ – (7)

ކިޔާފައިވާ ޢަދަދު: 5621

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ

އަޅުގަނޑުލިޔަމުންދާ ޢާއިލީވަނަވަރުގެ ސިލްސިލާ “އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ”ގައި ހިމެނޭ ފަރާތްތައް ނިސްބަތްވާންޖެހެނީ ހަމައެކަނި އެރަދުންގެ ޢާއިލާއަށްތޯ ބައެއް ފަރާތްތަކުން އައްސަވައިލެއްވުމުން އެކަން އޮތީ އެހެން ނޫންކަމަށާއި ޢާއިލާއަކީ ތިމާގެ މީހުންނާއި ތިމާ ނިސްބަތްވާ ދަރިކޮޅާއި ތިމާގެ މައްޗަށް އެ މީހުންގެ ނަފަޤާތް ދިނުން ވާޖިބުވާ މީހުން ކަމަށް  ދިވެހިބަހުގެ ރަދީފުގައި އޮންނަކަމަށް އެ ބޭފުޅުންގެ އަރިހުގައި އަޅުގަނޑު ދަންނަވަމެވެ.

ހާރުބަތްތަވާތައް [އުކާލައިފި!]

ކިޔާފައިވާ ޢަދަދު: 6431

ހަމައެކަނި ވިދާޅުވެލެއްވުމަށް….(15)

ހާރުބަތްތަވާތައް “އުކާލައިފި!”

ހަނދުފެނިއްޖެ

މަޝްހޫރު މާލިމީ ބުނުއްވިގޮތަކާ ދިމައެއްނުވިއެވެ. އަދި އަލްފާޟިލް ޢަލީ މާހިރު ވިދާޅުވިގޮތަކާވެސް ދިމައެއް ނުވިއެވެ. އެންމެން ރޯދަމަހުގެ 30 ވަނަރޭގެ ހާރު ކައްކައިގެން ބައެއްގޭގޭގައި ނުކައި ތިއްބާ، އަނެއްބައި ގޭގޭގައި ކައިކައިތިއްބައި، އަދި ބައެއްގޭގޭގައި ކައިގެން ނިދަންތިއްބައި ބަޑިޖަހައިފިއެވެ. ހަނދުފެނުނީއެވެ. އީދުވިލޭރެއަށްވީއެވެ……… އާދެ! ހާރުބަތްތަވާ “އުކާލަން” ޖެހުނީއެވެ. އޭރުމެންދަމު 1 ޖަހަނީއެވެ.

މޫންލައިޓްގެ ގިނަ ސްޓާފުން އަދި އޭރު ތިބީ. އޮފީހުގައެވެ. އެކަމަކު، އީދު ނަންބަރަށް ތައްޔާރުކުރަންފަށާފައި މާދަމާ މަސައްކަތް ކުރުމަށްޓަކައި މިރޭ އަރާމުކޮށް ނިދާލަން ގޭގެއަށް ދަނީއެވެ.