ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ޢާއިލާ

ކިޔާފައިވާ ޢަދަދު: 6133
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ     
ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނަކީ، އައްޑުއަތޮޅު މީދޫ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ، އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ، މީދޫ ގެދަރު އާމިނާ މަނިކުފާނުގެ، ޢާއިޝާފާނުގެ، އައިސާބީގެދަރު ޚަދީޖާފާނު(ޚަދީޖާމަނިކެ)ގެ، ޢަލިމަނިކުފާނު(ހުޅުދޫ ރަހާ)ގެ، ޢީސާފުޅު ކަލޭގެފާނެވެ. ކަލޭގެފާނު ކަން ދެއްވުމުގެކުރިން އޭނާ މަޝްހޫރުވެފައި ވަނީ ގައުމާތުގޭ ޢީސާފުޅުގެ ނަމުންނެވެ. 
 

އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު

ކިޔާފައިވާ ޢަދަދު: 6608
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ 
ދިވެހިތާރީޚުގެ ކަޅު އަނދިރި ޞަފުޙާތަކެއްކަމަށްވާ ޕޯޗްގީޒު އަނދިރިއަނދިރީންގެ އަނިޔާވެރި ސަތާރަ އަހަރުގެތެރޭ ޙައްޤާއި ބާޠިލް އޮޅުވައިލައި މީސްތަކުންގެ ޢަޤީދާ އިތުރަށް ބަލިކަށިކޮށްލުމަށް މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔަ އެންމެބޮޑު ސަބަބަކީ އޭރު ރާއްޖޭގެ ޢިލްމީޙާލަތު އޮތް ގޮތެވެ. އެފަހަރުގެ ނުލަފާ ޖައްބާރު އަދި ބިރުވެރިކަމެއްގެތެރޭ އަނދިރިވެ، ވާނުވާ ނޭނގިފައިވާ ދިވެހި އިސްލާމީޖައްވަށް އަލިކަން ގެނެސްދެއްވުމަށް މަތިވެރި ﷲ މެދުވެރިކުރެއްވި ދިވެހިންގެފަޚުރުވެރި ބަޠަލުކަމަށްވާ ޣާޒީ ރަދުންގެ ރަސްކަމަށް ފެށުނުއިރު ރާއްޖެ ވެއްޓިފައި އޮތް ވަޅުގަނޑުގެ ފުންކަން ދިވެހިތާރީޚުގެ ޞަފުޙާތަކުން ރަނގަޅަށްއެނގެއެވެ.

ދިވެހި ތާރީޚުގެ ޞަފްޙާތަކުން

ކިޔާފައިވާ ޢަދަދު: 7166
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަޞީރު
އަޅުގަނޑުގެ މި ބަޔާނުގައި ބަލައިލައިފައި މި ވަނީ، ސެޕްޓެމްބަރ 24، 2012 މިވަނަ ތާރީޚުގައި “ލިޔުންތެރިންގެ ގުޅުމަށް” އަޕްލޯޑް ކޮށްފައިވާ  (އެ ސައިޓްގައި ޝާއިޢުކޮށްފައިވާ) “ވާދޫ ގައްދަޑު މަނިކުފާނު” މި ސުރުޚީގެ ދަށުން ޢަބްދުﷲ ޙިލްމީ ލިޔުއްވައިފައިވާ ލިޔުއްވުމަކަށެވެ.

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (9)

ކިޔާފައިވާ ޢަދަދު: 5580
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(20 އޮކްޓޯބަރ 2012 (ހޮނިހިރު) ގުޅޭ)

(1) ކުރީގެ ބަޔާނެއްގައި އަޅުގަނޑު ލިޔެފައިވާނީ އަތޮޅުކޮމިޓީގެ އިންތިޚާބު 1970 ވަނަ އަހަރު ބޭއްވިއިރު އަތޮޅުވެރިޔާ ގައްދޫ ޙުސައިން މަނިކު “ގައްދޫ މަގުދޮންފުތުގެ މައްސަލާގައި” އަތޮޅުވެރިކަމުން ވަކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ މަޢޫލޫމާތުގެ ކުށެކެވެ. ރަނގަޅުގޮތަކީ، ހުސައިން މަނިކު އަތޮޅުވެރިކަމުގެ މަޤާމުން ވަކިވީ ހަވަރުތިނަދޫ އަތިރީގޭ މޫސާ ފަތުޙީ އިންތިޚާބުވުމާއި ގުޅިގެންނެވެ. ހުސައިން މަނިކުވެސް ކުރިމަތިލެއްވިއެވެ. ވުމާއެކު، މިއިޞްލާޙް ދަންނަވާލީ އެވެ.
(2) ހަވަނަ ބަޔާނެއްގައި ނިމުނީ ލިޔެވިފައި އެވަނީ އޮޅުމަކުންނެވެ.


އެދުވަސްވަރު ހިނގައިފައިވާ ނުރަނގަނޅު އެތައް ކަމެއްގެ ތެރެއިން ބައެއް ކަންކަން “ހަތްވަނަބައިގައި” ލިޔެފައި ވާނެ އެވެ. އެހެންނަމަވެސް އަދި އޭގެ އިތުރަށް ވެސް ބައެއް ވާހަކަތައް ލިޔެލަން އެބަ ޖެހެ އެވެ. މި ވާހަކަތައް ވިދާޅުވާން ނުވަތަ އަޑުއައްސަވައިލައްވަން އެހާ ފަސޭހަފުޅު ނޫންކަމަށް ވިއަސް، މިއީ ހަމަ ހިނގައިފައިހުރި ކަންކަމެވެ. 

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (8)

ކިޔާފައިވާ ޢަދަދު: 5437
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(30 ސެޕްޓެމްބަރ 2012 (އާދީއްތަ) ގުޅޭ) 
ކުރިންވެސް ފާހަގަކޮށްފައިވާނެ ފަދައިން، ވޯޓްގެ ކަންކަން ނިމުމާއެކު، ދެން ފެށެނީ، ބަދަލުހިފުމުގެ ދައުރެކެވެ. އެކަމުގެ ސަބަބުން އެ ނިޒާމުދެކެ، ރައްޔިތުން ފޫހިވާން ފެށީ އެވެ. ބަދަލުހިފުމުގެ ކިތައްމެ ޙާދިޘާއެއް އެދުވަސްވަރު ހިނގައިފައި ވިޔަސް އެހުރިހާ ޙާދިސާތައް ގެނެސް ދިނުމަކީ، އެހާ ފަސޭހަކަމެއް ނޫންކަމަށްވާތީ، އަޅުގަނޑު ބަލައިލާނީ، ދެތިން ޙާދިސާއެއްގެ މައްޗަށެވެ. އެހެންނަމަވެސް އޭގެ ކުރިން އަދި އެހެން ކަމަކަށް ބަލައިލާން އެބަ ޖެހެ އެވެ. އެކަމަކީ، އެދުވަސްވަރު، އަތޮޅުވެރިކަން ބަދަލުވުމާ ގުޅިފައިވާ ކަމެކެވެ. 

ކިޔާނޭނަމެއް ނޭނގުނު ވާހަކައެއް

ކިޔާފައިވާ ޢަދަދު: 6152
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
އިންސާނީ ދަރިދަރިކޮޅާއި ޢާއިލާތައްހޯދައި ބެލުމަކީ އެކަމަށްޝައުޤުވެރިވާ ބަޔަކު ކުރާކަމެކެވެ. މިއީ ގިނަ ޙާލަތްތަކުގައި ބޭނުންތެރިކަމަކަށް ވާއިރު މިފަދަ މަސައްކަތެއްކުރާ ބަޔަކަށް ލާޒިމްކަންކަމެއް ހުރެއެވެ. އޭގެތެރޭ ހޯދުނުއެއްޗެއް ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި ތިމާފިޔަވައި އަނެކުންނަށްވެސް އޭގެ ބޭނުމެއް ޖެހިދާނެކަމަށްޓަކައި އެހޯދުނުއެއްޗެއް އަނެކުންނަށްވެސް ރައްދުކޮށްދިނުން ހިމެނެއެވެ.

އޭރުގެ ފަތްފުށްތަކުން……(2)

ކިޔާފައިވާ ޢަދަދު: 3844
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހި – އިނގިރޭސި އެގްރީމެންޓް

މުޙައްމަދު އިސްމާޢީލް (ރަޙިމަހުﷲ) ، ހ. މީރުބަހުރުގެ


މި ލިޔުމަކީ، މާލޭގައި 1960ގެ ކުރީކޮޅު ނެރެންފެށި “ފަތިސް” ނޫހުގެ 3 ވަނަ އަހަރީ ނަންބަރު (1 އޮކްޓޯބަރ 1963) ގައި އަލްފާޟިލް އަލްމަރްޙޫމް މުޙައްމަދު އިސްމާޢީލް (މުޙައްމަދު އިސްމާޢީލް ދީދީ) ހ.މީރުބަހުރުގެ، ލިޔުއްވާފައިވާ މަޒުމޫނެކެވެ. މުޙައްމަދު އިސްމާޢީލް ދީދީ  ނުވަތަ ދިވެހި އަދަބީ ދުނިޔޭގައި މަޝްހޫރު “ދޮންތުއްކަލާ” އަކީ، ގިނަ ލިޔުންތަކެއް ހަދިޔާކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި ތާރީޚީ ލިޔުންތަކާއި ފޮތްތައް ލިޔުއްވައިފައިވެއެވެ. ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުން “ދިވެހި ނޫސްވެރިކަމުގެ މުއައްސިސުން” ޝަރަފު އެރުވި 5 ބޭފުޅުންތެރޭގައި މުޙައްމަދު އިސްމާޢީލް ދީދީ ހިމެނިވަޑައިގެންފައިވެއެވެ.

17 ސެޕްޓެމްބަރ 1891 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް، މުޙައްމަދު އިސްމާޢީލް ދީދީ އަވަހާރަވީ، 26 މާޗް 1970 ގައި ސިލޯނުގައެވެ.

އިނގިރޭސި ސަރުކާރު ދިވެހި ދައުލަތާއެކު އެގްރިމެންޓެއް ކުރިތާ މިހާރު ގާތްގަނޑަކަށް 75 އަހަރު ވެއްޖެއެވެ. ނަމަވެސް ދާދި މިކަލަކަށް އަންނާންދެން އެއީ އަޅުގަނޑުމެންގެ ތެރޭގައި ދައްކައިއުޅޭ ވާހަކައެއް ނޫނެވެ. މީގައި ލިޔެފައި އޮންނަނީ ކޮން އެއްޗެއްކަން ދަންނަ މީހަކު ދިވެހިރާއްޖޭގައި އުޅޭކަމެއް ނޭނގެއެވެ.

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (6)

ކިޔާފައިވާ ޢަދަދު: 5697
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(23 ސެޕްޓެމްބަރ 2012 (އާދީއްތަ) ގުޅޭ)
އަތޮޅު ކޮމިޓީތަކުގެ އިންތިޚާބުތަކާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ދެ ޖަމާޢަތެއް އުފެދުނުވެ. އެދުވަސްވަރަކީ، އަނިޔާވެރިކަން އަތުފަތު ނުޖެހި ހިނގަމުންދިޔަ ދުވަސްވަރެކެވެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކަށް ހުށަހެޅެމުން ދިޔަ (ޝަކުވާގެ) ސިޓީތަކުގެ ޢަދަދު ވެސް ހަމަ އެހާމެ ގިނަ އެވެ. މާދަމާ އިރުއަރާއިރު ގޯތިގެދޮރުގައިހުރި ގަސްގަހުގެ ސަލާމަތާމެދު ކުޑަވެސް ޔަޤީންކަމެއް ނޯވެ އެވެ. ރަށްރަށުގެ ފަޅުގައި ހުންނަ އޮޑިދޯނިފަހަރާއި، ބޮއްކުރާފަހަރު ފައްތައިނުލައި ނުވަތަ އޮޔާ ނުގޮސް ހުންނާނެ ކަމުގެ ޔަޤީންކަމެއް ވެސް ނޯވެ އެވެ. 

ހުވަދޫގެ ޚިދުމަތުގެ މަސްރަޙުން (1)

ކިޔާފައިވާ ޢަދަދު: 6235
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގައްދޫ ޙުސައިން މަނިކު

ޢަބުދުﷲ ޙިލްމީ
 
މާތްވެގެންވާ އިސްލާމްދީނާއި ޤައުމަށްޓަކައި، ތިމާއާއި ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި، ކޮންމެ މީހަކީ ވެސް މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ މީހެކެވެ. ޒިންމާއެއް އުފުލަންޖެހޭ މީހެކެވެ. އެ މަސްއޫލިއްޔަތާއި ޒިންމާގެ ޙައިސިއްޔަތަކީ ފަރުދީ ޙައިސިއްޔަތު ނުވަތަ ޤައުމީ ޙައިސިއްޔަތު ކަމަށް ވިޔަސް ކަން އޮންނާނީ މިހެންނެވެ.

ވޯރާ ވިޔަފާރިވެރިން އެހާ ނުފޫޒު ގަދަވީކީއްވެ؟

ކިޔާފައިވާ ޢަދަދު: 5517
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަންވަރު އިބްރާހީމް
ވޯރާ ވިޔަފާރިވެރިން ރާއްޖެއައިސް، މާލޭގައި ވިޔަފާރިކުރަންތިބުމުގެ ހުއްދަ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4) ދެއްވީ 1857 ވަނަ އަހަރުއެވެ. އެ ހުއްދަ ދެވުނުތާ 30 އަހަރު ނުވަނީސް، މުޅި ދިވެހި ބާޒާރު އެމީހުންގެ މުށުތެރެއަށް ލިއެވެ. މުދާ ވިއްކުމާއި ގަތުމުގެ ކޮންޓްރޯލް އެމީހުން އަތުލިއެވެ. އަހަރުތަކެއް ނުވަނީސް، ދައުލަތުގެ އިގްތިޞާދީ ސިޔާސަތަށް ފާޅުގައި ދެކޮޅުހަދަން ފެށިއެވެ.