އޭރުގެ ފަތްފުށްތަކުން……(2)

ކިޔާފައިވާ ޢަދަދު: 4063

ދިވެހި – އިނގިރޭސި އެގްރީމެންޓް

މުޙައްމަދު އިސްމާޢީލް (ރަޙިމަހުﷲ) ، ހ. މީރުބަހުރުގެ


މި ލިޔުމަކީ، މާލޭގައި 1960ގެ ކުރީކޮޅު ނެރެންފެށި “ފަތިސް” ނޫހުގެ 3 ވަނަ އަހަރީ ނަންބަރު (1 އޮކްޓޯބަރ 1963) ގައި އަލްފާޟިލް އަލްމަރްޙޫމް މުޙައްމަދު އިސްމާޢީލް (މުޙައްމަދު އިސްމާޢީލް ދީދީ) ހ.މީރުބަހުރުގެ، ލިޔުއްވާފައިވާ މަޒުމޫނެކެވެ. މުޙައްމަދު އިސްމާޢީލް ދީދީ  ނުވަތަ ދިވެހި އަދަބީ ދުނިޔޭގައި މަޝްހޫރު “ދޮންތުއްކަލާ” އަކީ، ގިނަ ލިޔުންތަކެއް ހަދިޔާކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި ތާރީޚީ ލިޔުންތަކާއި ފޮތްތައް ލިޔުއްވައިފައިވެއެވެ. ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުން “ދިވެހި ނޫސްވެރިކަމުގެ މުއައްސިސުން” ޝަރަފު އެރުވި 5 ބޭފުޅުންތެރޭގައި މުޙައްމަދު އިސްމާޢީލް ދީދީ ހިމެނިވަޑައިގެންފައިވެއެވެ.

17 ސެޕްޓެމްބަރ 1891 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް، މުޙައްމަދު އިސްމާޢީލް ދީދީ އަވަހާރަވީ، 26 މާޗް 1970 ގައި ސިލޯނުގައެވެ.

އިނގިރޭސި ސަރުކާރު ދިވެހި ދައުލަތާއެކު އެގްރިމެންޓެއް ކުރިތާ މިހާރު ގާތްގަނޑަކަށް 75 އަހަރު ވެއްޖެއެވެ. ނަމަވެސް ދާދި މިކަލަކަށް އަންނާންދެން އެއީ އަޅުގަނޑުމެންގެ ތެރޭގައި ދައްކައިއުޅޭ ވާހަކައެއް ނޫނެވެ. މީގައި ލިޔެފައި އޮންނަނީ ކޮން އެއްޗެއްކަން ދަންނަ މީހަކު ދިވެހިރާއްޖޭގައި އުޅޭކަމެއް ނޭނގެއެވެ.

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (6)

ކިޔާފައިވާ ޢަދަދު: 5923
މަޑަވެލީ ޢަލީ ނަސީރު
(23 ސެޕްޓެމްބަރ 2012 (އާދީއްތަ) ގުޅޭ)
އަތޮޅު ކޮމިޓީތަކުގެ އިންތިޚާބުތަކާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ދެ ޖަމާޢަތެއް އުފެދުނުވެ. އެދުވަސްވަރަކީ، އަނިޔާވެރިކަން އަތުފަތު ނުޖެހި ހިނގަމުންދިޔަ ދުވަސްވަރެކެވެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކަށް ހުށަހެޅެމުން ދިޔަ (ޝަކުވާގެ) ސިޓީތަކުގެ ޢަދަދު ވެސް ހަމަ އެހާމެ ގިނަ އެވެ. މާދަމާ އިރުއަރާއިރު ގޯތިގެދޮރުގައިހުރި ގަސްގަހުގެ ސަލާމަތާމެދު ކުޑަވެސް ޔަޤީންކަމެއް ނޯވެ އެވެ. ރަށްރަށުގެ ފަޅުގައި ހުންނަ އޮޑިދޯނިފަހަރާއި، ބޮއްކުރާފަހަރު ފައްތައިނުލައި ނުވަތަ އޮޔާ ނުގޮސް ހުންނާނެ ކަމުގެ ޔަޤީންކަމެއް ވެސް ނޯވެ އެވެ. 

ހުވަދޫގެ ޚިދުމަތުގެ މަސްރަޙުން (1)

ކިޔާފައިވާ ޢަދަދު: 6620

ގައްދޫ ޙުސައިން މަނިކު

ޢަބުދުﷲ ޙިލްމީ
 
މާތްވެގެންވާ އިސްލާމްދީނާއި ޤައުމަށްޓަކައި، ތިމާއާއި ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި، ކޮންމެ މީހަކީ ވެސް މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ މީހެކެވެ. ޒިންމާއެއް އުފުލަންޖެހޭ މީހެކެވެ. އެ މަސްއޫލިއްޔަތާއި ޒިންމާގެ ޙައިސިއްޔަތަކީ ފަރުދީ ޙައިސިއްޔަތު ނުވަތަ ޤައުމީ ޙައިސިއްޔަތު ކަމަށް ވިޔަސް ކަން އޮންނާނީ މިހެންނެވެ.

ވޯރާ ވިޔަފާރިވެރިން އެހާ ނުފޫޒު ގަދަވީކީއްވެ؟

ކިޔާފައިވާ ޢަދަދު: 5737
އަންވަރު އިބްރާހީމް
ވޯރާ ވިޔަފާރިވެރިން ރާއްޖެއައިސް، މާލޭގައި ވިޔަފާރިކުރަންތިބުމުގެ ހުއްދަ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4) ދެއްވީ 1857 ވަނަ އަހަރުއެވެ. އެ ހުއްދަ ދެވުނުތާ 30 އަހަރު ނުވަނީސް، މުޅި ދިވެހި ބާޒާރު އެމީހުންގެ މުށުތެރެއަށް ލިއެވެ. މުދާ ވިއްކުމާއި ގަތުމުގެ ކޮންޓްރޯލް އެމީހުން އަތުލިއެވެ. އަހަރުތަކެއް ނުވަނީސް، ދައުލަތުގެ އިގްތިޞާދީ ސިޔާސަތަށް ފާޅުގައި ދެކޮޅުހަދަން ފެށިއެވެ.

މި “ދީބު” ބިނާކުރެވޭނީ، ދީވީންގެ މަސައްކަތުން! (2)

ކިޔާފައިވާ ޢަދަދު: 7209
މަޑަވެލީ ޢަލީ ނަޞީރު
(8 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ)
ޕޯޗްގީޒުންނާއި، ހޮޅީން ރާއްޖޭގައި ވެރިކަންކުރި ދުވަސްވަރުތައް ފިޔަވައި، ދިވެހީންގެ ބާރުވެރިކަން މުޅިންގެއްލޭގޮތައް (ބޭރުބަޔަކު) ދިވެހިރާއްޖޭގެ ސިންގާސަނާ ފަޅުފިލުވާފައިވާކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް ރާއްޖޭގެ ވެރިކަން އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމުގައި އިސްކޮށްތިބެނީ، ބޭރުމީހުންނެވެ. (މިއީ ތާރީޚީ ޙަޤީޤަތެކެވެ.)

ފުވައްމުލަކުގެ ޢިލްމީ އުދަރެހުން (3)

ކިޔާފައިވާ ޢަދަދު: 16349

 ވާދޫ ގައްދަނޑު މަނިކުފާނު

ޢަބުދުﷲ ޙިލްމީ

ކޮނޑޭ މޫސާ މަނިކުފާނާއި، އޭނާގެދަރިކަލުން ކޮނޑޭ ޢަލިމަނިކުފާނުގެ ރަށަކަށް ވާނީ ކޮން ރަށެއްތޯ ބެއްލެވުމަށް “ރަށް ސާބިތުކުރާ ފޯމު” ހުށަހެޅުއްވުމުގެ ކަންތަކާ އަޅުގަނޑުމެންގެ ގާތް ބޭފުޅަކު އުޅުއްވަނިކޮށް އަނެއްކާ އަޅުގަނޑުމެންގެ ގާތް އެހެން ބޭފުޅަކު ވެސް އެފަދަ ފޯމެއްގެ ކަންތަކާ އުޅުއްވާކަމަށް ވެއްޖެ އެވެ.

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (5)

ކިޔާފައިވާ ޢަދަދު: 6950
މަޑަވެލީ ޢަލީ ނަސީރު
(20 ސެޕްޓެމްބަރ 2012 (ބުރާސްފަތި) ގުޅޭ)
ވޯޓްގެ ލިސްޓަށް ތިންވަނައަށް އިތުރުވީ އަތޮޅުކޮމިޓީ މެންބަރުންގެ ވޯޓެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ވޯޓުގެ ޙަޤީޤީ މަންފާ އަދި މިހާރު ވެސް ރައްޔިތުންނަކަށް ނޭނގެ އެވެ. އަދި ހަމަ އެހެންމެ ނޭގުމުގެ މައްސަލައެއްވެސް ނެތެވެ. އަދި އެނގުމުގެ ބޭނުމެއްވެސް ނެތެވެ. 

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (4)

ކިޔާފައިވާ ޢަދަދު: 6386
މަޑަވެލީ ޢަލީ ނަސީރު

“އަޅުގަނޑުގެ މި ބަޔާންތަކާމެދު ކިއުންތެރީން އުފައްދާނެ ސުވާލަކީ، ގިނަ ވާހަކަތައް ހަމަ އެކަނި ހުވަދުއަތޮޅަށް އަމާޒުކުރަނީ، ކީއްވެގެންތޯ އެ ސުވާލެވެ. އަޅުގަނޑު ދަންނަވާނީ، ފުރަތަމަ ސަބަބަކީ، ސިޔާސީ ކަންކަމާއި، ގުޅުންހުރި، ގިނަ މަޢުލޫމާތު އަޅުގަނޑަށް ލިބިފައިވަނީ، އެ އަތޮޅާއި ބެހޭގޮތުން ކަމަށްވުމާއި، ސިޔާސީ ގޮތުން ބަލާއރު ހުވަދުއަތޮޅަކީ (މާލެ ފިޔަވައި) ސިޔާސީ ވަރަށްގިނަ ކަންތައްތަކެއް ހިންގާފައިވާ އަތޮޅެއްކަމަށްވާތީ އެވެ.” 

ދިވެހިރާއްޖޭގެ ލޯކަލްކައުންސިލުގެ ނިޒާމު (3)

ކިޔާފައިވާ ޢަދަދު: 6050

 

މަޑަވެލީ ޢަލީ ނަސީރު

(18 ސެޕްޓެމްބަރ 2012 (އަންގާރަ) ގުޅޭ) 

ދިވެހިރާއްޖޭގައި ޢާއްމުކޮށް ވޯޓުގެ ވާހަކަ ދެކެވެން ފެށީ “ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ” މި ސުވާލާ ހިސާބުން ނެވެ. (އެއީ މުޙައްމަދު ޝަމްސުއްދީނު ރަސްކަމުން ޢަޒުލު ކުރުމަށްފަހު އެވެ. އެ ރަދުން ރަސްކަމުން ޢަޒުލުކުރީ 1934 ވަނަ އަހަރު އެވެ.) “ރަސްކަމެއްތޯ / ޖުމްހޫރިއްޔަތެއްތޯ” މި ނަމުގައި ފެއްޓި ކެމްޕޭނުގައި ބޭނުންކުރެއްވީ ތަރިއަކާއި، ދިވެހި ރުކެކެވެ.

ދިވެހިރާއްޖޭގައި، ލޯކަލްކައުންސިލްތަކުގެ ނިޒާމު (2)

ކިޔާފައިވާ ޢަދަދު: 6090
މަޑަވެލީ ޢަލީ ނަސީރު
(17 ސެޕްޓެމްބަރ 2012 (ހޯމަ) ގުޅޭ)
ފުރަތަމަ ބައިގައި ވާނީ، އަތޮޅުކޮމިޓީތައް އުފަންވެ އަދި ކަފުންކުރެވުނު ހިސާބަށް ލިޔެފަ އެވެ. އަދި ހަމައެފަދައިން އެ މޮމިޓީތައް އުވާލަންޖެހުނު ސަބަބުތައް ވެސް (ކުރުގޮތަށް) ލިޔެފައިވާނެ އެވެ. ވުމާއެކު، އެދުވަސްވަރު (ގދ.އަތޮޅުގައި) ހިނގާފައިވާ ބައެއް ޙާދިޘާތައް (ތާރީޚަށްޓަކައި) ޚުލާޞާކޮށްލުން އެއީ ވެސް އެންމެ ރަނގަޅުކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އެހެންނަމަވެސް އެވާހަކަތައް ދިއުމުގެ ކުރިން ކޮންމެ ފާހަގަކޮށްލަންޖެހޭ ވަރަށް މުހިންމު އެހެން ކަންކައްތަކެއް ވެސް އެބަހއްޓެވެ.