ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުން (3)

ކިޔާފައިވާ ޢަދަދު: 6546
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(30 އޮގަސްޓް 2012)ބުރާސްފަތި) ގުޅޭ)
ކުރީގެ ބަޔާނެއްގައި ލިޔެފައިވާނެ ފަދައިން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގައި މަސައްކަތްކުރަން އަޅުގަނޑު ފެއްޓީ 2005 ވަނަ އަހަރު އެވެ. އެ އަހަރު ނިމެންދެން މަސައްކަތްކުރީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް (ކ.ގުރައިދޫ) ގަ އެވެ. 2006 ވަނަ އަހަރު ޖަނަވަރީން މަހުން ފެށިގެން މިނިސްޓްރީ (މާލޭ) ގަ އެވެ.

ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުން (2)

ކިޔާފައިވާ ޢަދަދު: 5747
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
 
ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ބޭސްފަރުވާގެ ހިލޭ އެހީ އާއި، ބެހޭގޮތުން ދެތިންބަޔާނެއް މި ސައިޓުގެ ކިޔުންތެރީނަށް އަޅުގަނޑު ވާނީ ހުށަހަޅާފަ އެވެ. ބައެއް ބަޔާންތައް ލިޔުންތެރިޔާގެ ގުޅުމުގެ ފަރާތުން ނެރުއްވާ މަޖައްލާ “ލިޔުންތެރިޔާ” ގައި ޝާއިޢުކުރައްވާނެކަމުގެ ހެޔޮޚަބަރު ސައިޓްގެ ފަރާތުންވަނީ، ދެއްވާފަ އެވެ. އަޅުގަނޑަށްވެސް ހިތްވަރާއެކު، ކުރިއަށް މިގެންދެވެނީ “ސައިޓުންނާއި، މަޖައްލާއިން ލިބޭ ހިތްވަރުން ނެވެ. 

ދިވެހި ސަރުކާރުން ތައްޔާރުކުރި “ބަންދަލް މުޚްތާރު”

ކިޔާފައިވާ ޢަދަދު: 7845
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ނިއޯނޭޓަލް ޓެޓްނަސް”

ޢަބުދުﷲ ޙިލްމީ
“ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު ވިދާޅުވެފައިވަނީ “ބަންދަލް މުޚްތާރަށް ހަދައިލީމާ ފީ އާރޮހެއްކަމަކު ވިކިދާނެ”އެވެ. “ބަންދަލް މުޚްތާރު” މިއީ އޭގެޒާތަށް އޭގެ ބޭނުމަށް ބަލާނަމަ ވަކި މިވެނި އެއްޗެއްނޫނެވެ. ނަމެކެވެ. އޭގެ އަޞްލު ނުގެއްލޭގޮތަށް އެއްޗަކަށް ކުރާ ކަމެއްގެ ނަމެކެވެ. އެއްޗަކަށްގެންނަ ބޭނުންތެރި ކުޑަ ބަދަލެއްގެ ނަމެކެވެ. ކޮންމެ އެއްޗެއްވެސް ބަންދަލް މުޚްތާރަށް ހަދައިލެވިދާނެއެވެ.

ވެލާނާގޭ އިބްރާހިމް ނާޞިރަކީ ޤައުމީ ބަޠަލެއް

ކިޔާފައިވާ ޢަދަދު: 9858
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 މަޑަވެލީ ޢަލީ ނަސީރު
މީލާދީން 1958 ން 1962 ގެ ދުވަސްވަރަކީ ދެކުނުގެ ބަޣާވާތުގެ ދުވަސްވަރެވެ. (އެދުވަސްވަރަކީ، މުއާޞަލާތުގެ ގޮތުން ވަރަށް ފަޤީރު ދުވަސްވަރެކެވެ.) ބޮޑުވަޒީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) ފުރަތަމަ ފަހަރަށް ހުވަދުއަތޮޅަށް ވަޑައިގަތީ “މޯލްޑިވް ސްޓާރ” ގަ އެވެ. އެއީ 1959މ. ވަނަ އަހަރެވެ.

ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު

ކިޔާފައިވާ ޢަދަދު: 26681
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
މިލިޔުމުގައި “ވާރުލޫ” “ދިޔަމިގިލި” އަދި “އިސްދޫ” ދަރިކޮޅުގެ ބައެއް ޢާއިލީ ވަނަވަރުތައް ލިޔެފައި ހުންނާނެއެވެ. މިހެންވުމުން މިދަރިކޮޅުތަކުގެ އެ ވަނަވަރު ބެއްލެވުމަށް ނުވަތަ ހޯއްދެވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިލިޔުމުން އެހީތެރިކަމެއް ލިބިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. މިލިޔުމުގައިވާ “ކިލެގެފާނަކީ” ދިޔަމިގިލީ ރަދުންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. 

ދިވެހިރާއްޖޭގެ ސިންގާސަނާ

ކިޔާފައިވާ ޢަދަދު: 7406
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާމިނަތު ޒުލްފާ އިސްމާޢީލް، ސަޠަޙަ، ގދ. ތިނަދޫ
ފުރަމާލެ ނޫން އެހެން އެއްވެސް ރަށެއްގައި އެއްވެސް ދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ވެރިކަން ކުރިކަމެއް އެނގޭކަށް ނެތެވެ. ހަމައެފަދައިން އެންމެ ގިނަދުވަހު ވެރިކަންކޮށްފައިވާ ބިމަކީ ވެސް މިހާރުގެ “ސަލްޓަން ޕާރކް” ގެ ބިން ކަމަށް ބުނެވެ އެވެ. ނަމަވެސް އެކިދުވަސްވަރު އެނޫން އެހެނިހެން ބިންތަކުގައި ވެސް ވެރިކަމުގެ ކާރޫބާރު ހިންގާފައިވެ އެވެ.

ދެ ވެރިޔެއްގެ ދެ އިނާމު- ނިކަމެތި ފަޤީރު އަންހެނަކަށް

ކިޔާފައިވާ ޢަދަދު: 6368
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
އިނާމަކީ ރަނގަޅު ކަމެއްގެ ބަދަލެވެ. ކަމެއްކުރީމާ ދޭ ހަދިޔާއެވެ. ހަދިޔާއަކީ އެކުވެރިކަމުގެ ގޮތުން ނުވަތަ ގާތްކަމުގެ ގޮތުން މީހުންނަށް ހިލޭ ދޭ ތަކެއްޗެވެ. މިއީ ދިވެހި ބަހުގެ ރަދީފުގައި މި ކަންކަމަކީ ކޮބައިކަން ބުނެދޭ ގޮތެވެ. ހަދިޔާއަކަށް ދޭ އެއްޗަކީ ފައިސާކަމަށް ނުވަތަ އަގުގެ ގޮތުން އެހާ ބޮޑު އެއްޗަކަށްވުން ކޮންމެހެން މުހިއްމެއްނޫނެވެ. މުހިއްމީ އެ ޙާލަތަކާއި އެ ކަމަކާއި އެ އެއްޗެއް ދިން އަދި އެ އެއްޗެއް ލިބިގަތް ފަރާތެއްގެ ނިސްބަތެއްގައި އެ ކަމެއް އޮތްގޮތެވެ.

ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ ބޭސްވެރިކަމާއި، ޚާއްޞަ އެހީތެރިކަން

ކިޔާފައިވާ ޢަދަދު: 5820
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޅުގަނޑުގެ ބައެއް ހަނދާންތައް

މަޑަވެލީ ޢަލީ ނަސީރު
އެވަގުތަކަށް ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ދިވެހިރާއްޖޭގައި އެގޮތަށް އެކަންކަން ހިނގަމުންދިޔަކަމާއި އަދި މިހާރުވެސް ހިނގަމުންދާކަމުގެ ހެކި  ދިވެހިތާރީޚުގެ ޞަފުޙާތަކުން ފެންނަށް އެބަހުއްޓެވެ. ތަރައްޤީގެ ވަސީލަތްތަކުން ދުނިޔެ މަހުޖަނު ވަމުންދާ ވަރަކަށް އެކަންކަމަށް ވެސް ދުޅަހެއުކަން ލިބެމުން ދެއެވެ. ތަރައްޤީއާއެކު، ވަސީލަތްތައް ވެސް އީޖާދުކުރެވެމުން ދެ އެވެ. އަދި އެފަދަ ތަކެތީގެ ބޭނުން ވެސް ކުރެވެމުން ނެވެ. 

ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުން (1)

ކިޔާފައިވާ ޢަދަދު: 5490
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(ނޯޓް: މިބައިގައި އަޅުގަނޑު ލިޔާނީ “ޙާޖަތްތެރީންނަށް” ސަރުކާރުން ދެއްވާ އެހީތެރިކަމާބެހޭ ބައެއް މަޢުލޫމާތެވެ.)
ދިވެހި ތާރިޚުގެ ފަތްފުށްތަކުން އެނގި ކަށަވަރުވާ ގޮތުގައި ހުޅަނގުގެ ބޭސްވެރިކަމުގެ ވިލަރެސް ދިވެހިރާއްޖެއަށް ފެންނަށް ފެށީ، އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ދިވެހިސަރުކާރު ހިންގެވި ދުވަސްވަރުގަ އެވެ. އިބްރާހިމް ފާމުލަދޭރި ކިލެގެފާނަށްފަހު ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ހ.ވެލާނާގޭ އަލްފާޟިލް އިބްރާހިމް ނާސިރު އަށެވެ. އެއީ ހުޅަނގުގެ ބޭސްވެރިކަން ދިވެހި ރާއްޖެއަށް އުފަން ވަމުން ދިޔަ ދުވަސްވަރުކަމުގައި ދެންނެވުމުގެ ފުރުސަތު އެބަ އޮތެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް

ކިޔާފައިވާ ޢަދަދު: 5706
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
އާދެ! އިންސާނީ ދަރިފަސްކޮޅު އުފެދުނީއްސުރެންފެށިގެން ވެސް އެމީހުންގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅެ އެވެ. މިއީ އިއްޔެއަކު  އިހައްދުވަހަކު އަދި މިއަދަކު އެކަނި ހިނގާ ކަމެއް ނޫނެވެ. އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ޒަކާތަކީ ވެސް އެކަމާއި ގުޅިފައިވާ ކަމެކެވެ. ނުކުޅެދުންތެރިވުމަކީ (އެމީހަކު އަމިއްލަޔަށް) ކަމެއްކުރުމުގެ ކުޅަދާނަކަމެއް އެމީހެއްގެ ކިބައިގައި ނެތުމެވެ.