ދެ ވެރިޔެއްގެ ދެ އިނާމު- ނިކަމެތި ފަޤީރު އަންހެނަކަށް

ކިޔާފައިވާ ޢަދަދު: 6492
ޢަބުދުﷲ ޙިލްމީ

އިނާމަކީ ރަނގަޅު ކަމެއްގެ ބަދަލެވެ. ކަމެއްކުރީމާ ދޭ ހަދިޔާއެވެ. ހަދިޔާއަކީ އެކުވެރިކަމުގެ ގޮތުން ނުވަތަ ގާތްކަމުގެ ގޮތުން މީހުންނަށް ހިލޭ ދޭ ތަކެއްޗެވެ. މިއީ ދިވެހި ބަހުގެ ރަދީފުގައި މި ކަންކަމަކީ ކޮބައިކަން ބުނެދޭ ގޮތެވެ. ހަދިޔާއަކަށް ދޭ އެއްޗަކީ ފައިސާކަމަށް ނުވަތަ އަގުގެ ގޮތުން އެހާ ބޮޑު އެއްޗަކަށްވުން ކޮންމެހެން މުހިއްމެއްނޫނެވެ. މުހިއްމީ އެ ޙާލަތަކާއި އެ ކަމަކާއި އެ އެއްޗެއް ދިން އަދި އެ އެއްޗެއް ލިބިގަތް ފަރާތެއްގެ ނިސްބަތެއްގައި އެ ކަމެއް އޮތްގޮތެވެ.

ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ ބޭސްވެރިކަމާއި، ޚާއްޞަ އެހީތެރިކަން

ކިޔާފައިވާ ޢަދަދު: 5966

އަޅުގަނޑުގެ ބައެއް ހަނދާންތައް

މަޑަވެލީ ޢަލީ ނަސީރު
އެވަގުތަކަށް ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ދިވެހިރާއްޖޭގައި އެގޮތަށް އެކަންކަން ހިނގަމުންދިޔަކަމާއި އަދި މިހާރުވެސް ހިނގަމުންދާކަމުގެ ހެކި  ދިވެހިތާރީޚުގެ ޞަފުޙާތަކުން ފެންނަށް އެބަހުއްޓެވެ. ތަރައްޤީގެ ވަސީލަތްތަކުން ދުނިޔެ މަހުޖަނު ވަމުންދާ ވަރަކަށް އެކަންކަމަށް ވެސް ދުޅަހެއުކަން ލިބެމުން ދެއެވެ. ތަރައްޤީއާއެކު، ވަސީލަތްތައް ވެސް އީޖާދުކުރެވެމުން ދެ އެވެ. އަދި އެފަދަ ތަކެތީގެ ބޭނުން ވެސް ކުރެވެމުން ނެވެ. 

ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުން (1)

ކިޔާފައިވާ ޢަދަދު: 5581
މަޑަވެލީ ޢަލީ ނަސީރު
(ނޯޓް: މިބައިގައި އަޅުގަނޑު ލިޔާނީ “ޙާޖަތްތެރީންނަށް” ސަރުކާރުން ދެއްވާ އެހީތެރިކަމާބެހޭ ބައެއް މަޢުލޫމާތެވެ.)
ދިވެހި ތާރިޚުގެ ފަތްފުށްތަކުން އެނގި ކަށަވަރުވާ ގޮތުގައި ހުޅަނގުގެ ބޭސްވެރިކަމުގެ ވިލަރެސް ދިވެހިރާއްޖެއަށް ފެންނަށް ފެށީ، އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ދިވެހިސަރުކާރު ހިންގެވި ދުވަސްވަރުގަ އެވެ. އިބްރާހިމް ފާމުލަދޭރި ކިލެގެފާނަށްފަހު ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ހ.ވެލާނާގޭ އަލްފާޟިލް އިބްރާހިމް ނާސިރު އަށެވެ. އެއީ ހުޅަނގުގެ ބޭސްވެރިކަން ދިވެހި ރާއްޖެއަށް އުފަން ވަމުން ދިޔަ ދުވަސްވަރުކަމުގައި ދެންނެވުމުގެ ފުރުސަތު އެބަ އޮތެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް

ކިޔާފައިވާ ޢަދަދު: 5821
މަޑަވެލީ ޢަލީ ނަސީރު
އާދެ! އިންސާނީ ދަރިފަސްކޮޅު އުފެދުނީއްސުރެންފެށިގެން ވެސް އެމީހުންގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅެ އެވެ. މިއީ އިއްޔެއަކު  އިހައްދުވަހަކު އަދި މިއަދަކު އެކަނި ހިނގާ ކަމެއް ނޫނެވެ. އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ޒަކާތަކީ ވެސް އެކަމާއި ގުޅިފައިވާ ކަމެކެވެ. ނުކުޅެދުންތެރިވުމަކީ (އެމީހަކު އަމިއްލަޔަށް) ކަމެއްކުރުމުގެ ކުޅަދާނަކަމެއް އެމީހެއްގެ ކިބައިގައި ނެތުމެވެ. 

ދިވެހިތާރީޚުން ނުފެންނަ ޞަފުޙާއެއް

ކިޔާފައިވާ ޢަދަދު: 4995
ޢަބުދުﷲ ޙިލްމީ
ހަވަރުތިނަދޫން މީހުން ބޭލުމާ ގުޅިގެން ބަނޑުފުރާނަ މުއްތިނުވުމުގެ ސަބަބުން ދުނިޔެ ދޫކުރެއްވި ފަރާތްތަކުގެ އެ ޙާލަތާއި އެ ކަންކަން ހިނގި ގޮތް ސީދާ އެ ދުވަސްވަރު ދެކިވަޑައިގެންފައިވާ އެ ފަރާތްތަކާއި ގާތް ބޭފުޅުންނަށް މި ލިޔުމުން ހިތްޕުޅަށް ދަތިފުޅު ވެދާނޭ އިޙުސާސްތަކެއް ކުރެއްވުމަކީ އެކަށީގެންވާ ކަމަކަށްތީ އެ ކަމަށް ވިސްނައިވަޑައިގަތުން އެދެވިގެންވެއެވެ. މި ލިޔުން ޓައިޕްކުރަމުން ދިޔައިރު ވެސް އެފަދަ ކަމެއް ދިމާވެފައިވެއެވެ. 

ތާރީޚީ އޮޅުން ބޮޅުން (2)

ކިޔާފައިވާ ޢަދަދު: 8776
ޢަބުދުﷲ ޙިލްމީ
(15 ޖޫން 2012 (ހުކުރު) ގުޅޭ) 
ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ ބޭފުޅަކު ނެތި ހަމައެކަނި އެރަސްގެފާނާއި އެއްބަނޑު ބޭފުޅުންގެ ދަރިފަސްކޮޅެއް ހިނގާފައި ވިޔަސް އެހިސާބުން އެދަރިކޮޅަށް އުނިވާނެ ތަނަކީ މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީ ތުއްކަލާއާއި ހަމައިން ހިނގާފައިވާ ދަރިފަސްކޮޅަކަށް އެދަރިކޮޅު ނުވުމެވެ.

ތާރީޚީ އޮޅުން ބޮޅުން

ކިޔާފައިވާ ޢަދަދު: 7127
ޢަބުދުﷲ ޙިލްމީ
އަޅުގަނޑަކީ ތާރީޚު ލިޔެ އުޅުނު މީހަކީމެއް ނޫނީމެވެ. އެކަމަށް ބޭނުންވާނޭ މަޢުލޫމާތު ހުރި މީހަކަށް ނުވުމާއެކު އެކަން ކުރެވޭނޭ މީހެއްވެސް ނޫނެވެ. ނަމަވެސް އަޅުގަނޑަށް ފެންނަން ހުރި ލިޔުންތަކާއި ކަންކަމާއި ބައެއް ބޭފުޅުން ދެއްވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ހުރެ އެއާއި އެއްގޮތަށް ލިޔާ ބައެއް ލިޔުމަކީ ތާރީޚާއި ގުޅުން ހުރި ކަންކަމެއް ކަމަށް ބައެއް ބޭފުޅުން ދެކިވަޑައިގަނެއެވެ. އަދި އެފަދަ ބައެއް ބޭފުޅުން އެކަމަކަށް މުގުރަނިވި ފާޑު ވިދާޅުވުމެއް ނެތި އޭގެ ރަނގަޅު ނުރަނގަޅު އަންގަވައި “މަގު” ދައްކަވައިވެސްމެ އެވެ. 

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (6)

ކިޔާފައިވާ ޢަދަދު: 7900
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
 (28 މެއި 2012 (ހޯމަ) ގުޅޭ)
—————————————————————– 
މިސިލްސިލާއަށް ލިބުނު އެންމެބޮޑު ކުރިއެރުމަކީ މިބައިތައް ޕްރިންޓް މީޑިއާ މެދުވެރިކޮށް ފޮތެއްގެ ސިފައިގައި ނުނެރި އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ނެރުނުކަމެވެ. އެހެންވުމުން މިބައިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތާއި އިތުރު ހޯދުންތަކުގެ ވަނަވަރުތައް ލިބެމުންދާ ވަރަކުން ދައްޗެއް ނެތި މިބައިތަކުގައި އިތުރަށް ހިމަނަމުން ގެންދެވެއެވެ. ފޮތެއްގެ ސިފައިގައި ނެރުނުނަމަ އެކަމެއް ނުވީހެވެ. 
 
މިސިލްސިލާއަށް ކޮންމެހެން ބޭނުންވާނޭ ކަމަށް ހެޔޮއެދޭ ފަރާތްތަކުންނާއި މިޢާއިލާގެ ބައެއް ފަރާތްތަކުން ކޮމެންޓާއި އަދި ފޯނުން އަންގަވަމުން ގެންދަވާ ކަންކަމުގެ ރަނގަޅު ނުރަނގަޅު ބަލައި ސައިޓުގެ އެޑްމިންއާއި ގުޅިގެން އެކަންކަން މިހާރު ފެންނަން އެހުރި މި ސިލްސިލާގެ ބައިތަކުގައި ހިމަނަމުން (އަޕްޑޭޓް ކުރަމުން) ގެންދާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިސިލްސިލާގެ ބައިތަކުގައި ހުރި ދަރިފަސްކޮޅުގެ ބައެއް ވަނަވަރުތަކަކީ ދިޔަމިގިލީ ދަރިކޮޅާއި އެނޫންވެސް ބައެއް ދަރިކޮޅުތަކާއި ގުޅުންހުރި ވަނަވަރުތަކެވެ.

ޙާޖީ ބަންޑާރައިންގެ އިބުރާހީމް ފާމުލަދޭރި ކިލެގެފާނު

ކިޔާފައިވާ ޢަދަދު: 5223
ޢަލިދީދީ ވިދުވަރުގެ، ޏ. ފުވައްމުލައް
“ލިޔުންތެރިންގެ ގުޅުން” ވެބްސައިޓުގައި ދިވެހިތާރީޚާއި ޘަޤާފަތަށް ޚާއްޞަކަމެއް ދެއްވާފައިވާތީ ސައިޓުގެ ހިންގުންތެރިންނާއި ލިޔުންތެރިންނަށް ޝުކުރު ދަންނަވަމެވެ.
ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބުރާހީމް ފާމުލަދޭރި ކިލެގެފާނާއި ގުޅުން ހުރި ބައެއް ލިޔުންތައް މި ސައިޓުން ފެންނާތީވެ، އެފަދަ ބައެއް ލިޔުއްވުންތަކަށް ބޭނުންވާނޭ މަޢުލޫމާތު ހޯއްދަވައި ލިޔުންތަކުގައި އެކަންކަން މުއްސަނދިކޮށްލެއްވުމަކީ ބޭނުންތެރި ކަމެކެވެ.

ހުވަދުއަތޮޅު ގައި އެނގެން އޮތް އެންމެ ދުވަސްވީ، ވާރު ފަތްކޮޅު

ކިޔާފައިވާ ޢަދަދު: 6390

ޢަބުދުﷲ ޙިލްމީ
އަޅުގަނޑު ލިޔަމުންގެންދާ، ހުވަދުއަތޮޅާ ގުޅުންހުރި ލިޔުންތަކަށް ތާއީދުކުރައްވައި ހެޔޮއެދިވަޑައިގެން އެކަމަށް ތަރުޙީބުދެއްވުމުގެ އިތުރަށް، ދާންވީމަގު ދައްކަވައިދެއްވާ ބޭފުޅުންނަށް ޝުކުރުވެރިވަމެވެ. އޭގެ އެއް ބޭފުޅެއްގެ “ޤަލަމީ” ނަމަކީ “ޙުސޭން” އެވެ. އަޅުގަނޑު ލިޔުނު “ސިޔާސީ ސިލުވާނު” ވިދާޅުވުމަށްފަހު 28-05-2012 ގައި “ޙުސޭން” އަޅުގަނޑުގެ ސަމާލްކަމަށް ގެންނެވީ ފަތްކޮޅެއްގެ ވާހަކައެވެ.

މި ދެންނެވި “ޙުސޭނު” ލިޔުއްވައިފައި ވެއެވެ.