މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސް

ކިޔާފައިވާ ޢަދަދު: 1260

މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. މިއަދު އަޅުގަނޑުމެން ފާހަގަ ކުރަނީ ބޮޑު ތަކުރުފާނު ނުވަތަ އައްސުލްތާނު މުހައްމަދު ތަކުރުފާނުލްއަޢުޒަމް ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަހެވެ. ދިވެހިރާއްޖޭގެ ތަޚުތުގައި އެ ދުވަސްވަރު އިންނެވި ރަސްގެފާނު އައްސުލްތާނު ޢަލީ (6 ވަނަ) ޝަހީދު ކޮށްލުމަށް ފަހު ޕޯޗުގީޒުން ރާއްޖެ ހިފައި އެ މީހުންގެ ވެރިކަން ހިންގާން ފެށީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީ ގޮތުން 1558 ވަނަ…

ދިވެހި ޤައުމީ ދުވަހުގެ ބަޠަލާއި މެދު….. ޢަބްދުﷲ ޖަލާލުއްދީން!

ކިޔާފައިވާ ޢަދަދު: 1309

” ޕޯޗްގީޒުންގެ އަނިޔާ ދަފުޢު ކުރުމުގައި މުޙައްމަދު ތަކުރުފާނު އެކުރެއްވީ  ހުރިހާ މާނައެއްގައިމެ (فى سبيل الله) ހަމގުރާމައެކެވެ. އިސްލާމީ ވަޒަނަކުން ކާފިރުކަން ދިފާޢު ކުރެއްވީއެވެ. ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވީއެވެ. ރާއްޖޭގެ ޖިހާދުގައި، މުޙައްމަދު ތަކުރުފާނު ކަންތައް ގެންދެވި ގޮތުން، ފައުޅުވެ އަލިވަނީ، އެތަކުރުފާނީ ސިޔާސީ މުދައްބިރުންގެތެރެއިން އަރައިހުރި ބޭކަލެއް ކަމެވެ. ހިތްވަރުގަދަ މުޖާހިދެއް ކަމެވެ. ދިފާޢުގެ މަކަރުތަކާއި މުޤާބަލާގެ ހުނަރުތަކުގެ އެދުރެއް ކަމެވެ. ޣީރަތްތެރި ޒަޢީމެއް ކަމެވެ. ފުރިހަމަ މުސްލިމެއް ކަމެވެ. މިތަކުރުފާނަށް ނަޞްރާއި…

ރަށްވެހިކަމުގެ ތެރޭގައި… ދިވެހީން (6)

ކިޔާފައިވާ ޢަދަދު: 676

އަޙްމަދު ޝަފީޤް (11 ނޮވެންބަރުގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 151 (އޮކްޓޯބަރު 1991) ވަނަ ޢަދަދާއި 153 (ޑިސެމްބަރު 1991) ވަނަ ޢަދަދުންނެވެ. ________________________ އާދެ، 1980މ. ގެ އަހަރުތަކަށް އެޅުނުއިރު، ދިވެހި މަސައްކަތްތެރިންގެ އިތުރު އުފެއްދުންތަކެއް އެކްސްޕޯޓް މުދަލުގެ ތެރެއަށް ވައްދައިފިއެވެ. ހަމަ އެހެންމެ، ކުރީ ޒަމާނުގައި އެމުދަލުގެ ތެރޭގައި ހިމެނުނު ބައެއް ތަކެތި، ބޭރުކުރެވޭ (އެކްސްޕޯޓްކުރެވޭ) މައިގަނޑު މުދަލުގެ އިސްވަނަތަކުން ކެނޑިގެންވެސް ދިޔައެވެ. މިސާލަކަށް، ކުފުރާއާއި، ކާށްޓާއި…

ރަށްވެހިކަމުގެތެރޭގައި… ދިވެހީން (5)

ކިޔާފައިވާ ޢަދަދު: 587

އަޙްމަދު ޝަފީޤު މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 148 (ޖުލައި 1991) ވަނަ ޢަދަދުންނެވެ.  (22 އޮކްޓޫބަރުގައި ޝާޢިއު ކުރި ބަޔާ ގުޅޭ) 1970މ.ވަނަ އަހަރަށް އެޅިގެން، އެ ދިހައެއްގެ އެކިއަހަރު ކަޑައްތުކުރަމުން އައިއިރު، އޭގެ ދޮޅަހަކަށް އަހަރު ކުރީއްސުރެ ޢާންމުންގެ ޚިޔާލަށް އަންނަން ފަށާފައިވާ ބަދަލެއް، ތަންކޮޅެއް ފާޅު ގޮތެއްގައި ފެންނަން ފަށައިފިއެވެ. މިހެން ވާން ޖެހުމުގެ މައިގަނޑު ކަންކަމުގެ ތެރޭގައި އޭގެ ތިރީހަކަށް އަހަރު ކުރީއްސުރެން ފެށިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރެމުންދިޔަ…

ހަމައެކަނި ވިދާޅުވެލެއްވުމަށް:: ކެޑެޓުންގެ ކާމިޔާބު ދަތުރު މަޖީދިއްޔާގެ އެކުވެރީންގެ ގުޅުމުގެ ފަރާތުން ބޭއްވި މަރުޙަބާގެ ޖަލްސާ

ކިޔާފައިވާ ޢަދަދު: 474

“މިރޭ އެންމެބޮޑަށް އުފާފާޅުކުރައްވާނީ މަނިކުފާނު، ދިވެހި ތަޢުލީމުގެ ޒަމާނީ ކުރެހުންތެރިޔާ، މިރޭގެ ޙަޤީޤީ ފާތިޙަކީ މަނިކުފާނު ދިވެހި ތަރައްޤީގެ ޢަމަލީ ފާޑުވެރިޔާ” މުޅި ޖަލްސާގެ ކަޅިތައް އޭނާއާއި ދިމާއަށް ހުއްޓުވާލި ޢިބާރާތްތަކެކެވެ. އަޑުގެވެރިޔަކީ ޢަބްދުއްރަޝީދު ޙުސައިނެވެ. މަދްރަސަތުލް މަޖީދިއްޔާގެ ދިވެހި ޖަމްޢިއްޔާ، އެކުވެރީންގެ ގުޅުމުގެ މުޙައްރިރެވެ. ވާހަކަދައްކަމުން ގެންދިޔައީ އެކުވެރީންގެ ގުޅުމުގެ ފަރާތުން ދިވެހި ކެޑޭޓުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވުނު ޖަލްސާގައެވެ. މިޖަލްސާ އޮތީ މިދިޔަ ބުދަ ވިލޭރޭ މަދްރަސަތުލް މަޖީދިއްޔާގެ ގޯތިތެރޭގައެވެ. ލައުޑް ސްޕީކަރުގެ…

ރަށްވެހިކަމުގެ ތެރޭގައި ދިވެހީން (4)

ކިޔާފައިވާ ޢަދަދު: 958

އަޙްމަދު ޝަފީޤު (9 އޮކްޓޯބަރުގައި ޝާއިޢުކުރެވެނު  ބަޔާ ގުޅޭ) މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 147 (ޖޫން 1991) ވަނަ ޢަދަދާއި 148(ޖުލައި 1991) ވަނަ ޢަދަދުންނެވެ. __________________________ އަޅުގަނޑު ދަންނަވާދިޔަ، ޤައުމީ ކުންފުނި އުފެދުމުގެ ވިއްސަކަށް އަހަރުކުރިން، މާލެ އާއި ރާއްޖެތެރޭގައި ބައެއް ކުންފުނި އުފެދުނެވެ. “އައްޝަރިކަތުލް މަޙަލްދީބިއްޔާ” އަކީ، ޚާއްޞުންނާއި ޢާންމުން ބައިވެރިވުމަށް އުފެއްދި ޚާއްޞަ ވިޔަފާރި ޖަމާޢަތެކެވެ. މި ދެންނެވި ކޮންމެ ކުންފުންޏެއް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނާކާމިޔާބު ވެގެން…

ރަށްވެހިކަމުގެ ތެރޭގައި ދިވެހީން (3)

ކިޔާފައިވާ ޢަދަދު: 692

އަޙްމަދު ޝަފީޤު ކުރީގައި ކޮންމެވެސް ވަރަކަށް ދެންނެވި ދިޔައީ ދިވެހިރާއްޖޭގައި ފައިސާ ބޭނުންކުރަން ފެށުނު ގޮތުގެ ވާހަކަކޮޅެކެވެ. ވިޔަފާރިއާއި ޚިދްމަތުގެ އަގުކަމަށް ފައިސާ ބޭނުންކުރުން ޢާންމުވާން ފެށީ މާފަހުގެ ދުވަސްވަރަކުން ފެށިގެންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ފުރަތަމައަށް ދިވެހި ނޫޓްނެރުން ހިމެނޭނީ ފައިސާގެ މުޢާމަލާއަށް ފެށުމެއް ކަމުގައެވެ. އެހަންކަމަށްވިޔަސް އަދި ނުވިޔަސް 1958 ވަނަ އަހަރުހާ ތަނުން ފެށިގެން ދިވެހި އަފްރާދުންނާ އަދި ބޭރާ ގުޅުންހުރި އިދާރީތަންތަނާއި ސަރުކާރުގެ ތެރޭގައި ދިވެހިފައިސާ ޢާންމުވާންފެށި އޭގެ ހިސާބުތައް ކުރެވި،…

ރަށްވެހިކަމުގެތެރޭގައި ދިވެހިން (2)

ކިޔާފައިވާ ޢަދަދު: 851

އަޙްމަދު ޝަފީޤު ( 23 ސެޕްޓެންބަރުގެ ބަޔާ ގުޅޭ) މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 143 (ފެބުރުވަރީ1991) ވަނަ ޢަދަދާއި  144 (މާރިޗު 1991) ވަނަ ޢަދަދުންނެވެ. ________________________________________________________ ލިޔަމުންދާ މައުޟޫޢުގެ މިހައިތަނުން ދިވެހިން ދުނިޔޭގެ ތެރެއަށް ހޭލެވުމުން ތެދުވެވެމުން އައިގޮތާމެދު ބަލާލާ ބެލުމެއްގައި ދިވެހިންގެ ޒަމާންތަކުގެ މައްޗަށް ކޮންމެވެސް ވަރަކަށް ނަޒަރެއް ހިންގައިލުން އެކަށީގެންވާ ކަމަށް ފެނެއެވެ. ދިވެހިންގެ ޒަމާން ބެހިގެންދާ ގޮތާ މެދު އެކިއެކި މުފައްކިރުންނާއި، މުއައްރިޚުންނާއި، ލިޔުންތެރިންގެ މެދުގައި ޚިޔާލު ތަފާތު ކަމަށް…

ހަމައެކަނިވިދާޅުވެލެއްވުމަށް: ދިވެހި ގައުމުގެ ޒައީމުގެ ހުވަފެން ފުޅެއް ހަގީގަތަކަށް ވުމުގެ ފެށުން…..

ކިޔާފައިވާ ޢަދަދު: 709

ބޯއިންގ 737 މޯލްޑިވްސް އިންޓަރނޭޝަނަލް އެއަރލައިންސް ހުޅުލޭގައި އޮންނަ މަތިންދާ ބޯޓު ތިރިކުރާ ރަންވޭގެ ބިމަކީ ހުރިހާގޮތަކުންވެސް ނަސީބުގަދަ ބިމެކެވެ.މީގެ އެތަކެއް އަހަރު ކުރިން އެ ބިމަށް ދިވެހި ސަރުކާރުގެ ރޭއްވެވުމުގެ ދަށުން މަތިންދާ ބޯޓެއް ތިރިކުރި ދުވަހު އާދެ! ސްރީލަންކާގެ ބޯޓެއް ތިރިކުރި ދުވަހު އޭރު މާލޭގައިތިބި އިނގިރޭސީންގެ އޮފިސަރުންގެ ފަރާތުން ހޯހޯ ގޮވަމުން ދިޔައީ އެބޯޓް ތިރިކުރުމުގައި ބޯޓަށާއި ރަންވޭއަށް ނުރައްކާ ކަމަށެވެ. އަދި އެވަރުން ނުވެގެން މާލެއަތޮޅު ދޫނިދޫގައި އޭރު ހެދިފައިވާ މާޒީގެ…

ދިވެހިބޭސްވެރިކަމަށް ތާރީޚީ ނަޒަރެއް

ކިޔާފައިވާ ޢަދަދު: 1115

ޑޮކްޓަރ އެން.ޑީ. ޢަބްދުﷲ، ނ.ރ.ޝ.ޢ (ރަޙިމަހުﷲ) ޑޮކްޓަރ އެން.ޑީ.ޢަބްދުﷲ (ޢަބްދުﷲ ޢަބްދުލްޙަކީމް) އަކީ، ރާއްޖޭގެ ފުރަތަމަ މެޑިކަލް ޑޮކްޓަރެވެ. ޑރ. އެން.ޑީ.ޢަބްދުﷲގެ ބައްޕައަކީ، މަޝްހޫރު ދިވެހި ބޭސްވެރިޔާ ފާދިއްޕޮޅު ނައިފަރު އަލްމުޙްތަރަމް ޢަބްދުލްޙަކީމް ކާންނާކަލޭފާނެވެ. ޑރ.އެން.ޑީ.ޢަބްދުﷲ ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 18 އޭޕްރީލް 1964 ގައި ގަވަރންމަންޓް ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ގޮތުގައެވެ. އޭނާއަކީ، ލޮލުގެ ޚާއްސަ ޑޮކްޓަރެކެވެ. ރާއްޖޭގައި ކުރެވުނު ދިރޭ ލޯ ޖެހުމުގެ ފުރަތަމަ އޮޕަރޭޝަން 1981 ވަނަ އަހަރު ކުރެއްވީ އޭނާއެވެ. އަދި އޭނާ…