އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (5)

ކިޔާފައިވާ ޢަދަދު: 8480
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
(28 މެއި 2012 (ހޯމަ) ގުޅޭ)
އަޅުގަނޑު ލިޔުނު “ނަސަބުގެ ޢިލްމް” މި ސުރުޚީގެ ދަށުގައި ލިޔެފައި ހުރި ކަންކަމާއި އަދި އެކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުންވާނޭ ބައެއް ކަންކަމާމެދު ހެޔޮ އެދިވަޑައިގަންނަވާ ބައެއް ބޭފުޅުން ފާޅުކުރައްވާފައިވާ ޝުޢޫރު (ކޮމެންޓް)ގައި ހުރި ކަންކަމަކީ މިފަދަ ކަންކަން ކުރިޔަށް ގެންދަން ބޭނުންވާ ފަރާތްތަކުގެ ސަމާލްކަމަށް ނުހަނު ބޭނުންތެރި ކަންކަމަށް ވާތީ މިލިޔުން ކުރިޔަށް ގެންދިޔުމުގެ ކުރިން އެޝުޢޫރަތަކަށް ބަލާލިއްޔާ ކީއްތޯއެވެ.

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (4)

ކިޔާފައިވާ ޢަދަދު: 4503
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
(14  މެއި 2012 (ހޯމަ) ގުޅޭ)ހުވަދުއަތޮޅުގައި ފުރަތަމަ “ދީދީ” ކިޔާފައިވަނީ ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ (ކޮނޑޭދީދީ) އަށެވެ. ދޮންދީދީގެ މަންމައަކީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޢާއިޝާދީދީ އެވެ. ރާއްޖޭގައި ފުރަތަމަ ދީދީ ކިޔާފައިވާކަމަށް އެނގޭ ކީހި އިބްރާހީމްދީދީ އާއި ދޮންބީނާގޭ އާމިނާދީދީ އާއި ދެބެއިންނަކީ މިދެންނެވި ދޮންދީދީ (ކޮނޑޭދީދީ) އާއި ވަރަށްތިމާގެ ބޭފުޅުންނެވެ. ކީހި އިބްރާހީމްދީދީ އާއި ދޮންބީނާގޭ އާމިނާދީދީގެ ބައްޕައަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާމަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނެވެ. މަންމައަކީ އިބްރާހީމް ރަސްގެފާނުގެ، ސަންފާ ރަންދި ކަނބާފާނެވެ. (އިބްރާހީމް ރަސްގެފާނާއި މުޡުހިރުއްދީން ރަދުންގެ މަންމާފުޅާއި ދެބެންގެ ދެދަރިއެވެ.

ސިޔާސީ ސިލުވާނު

ކިޔާފައިވާ ޢަދަދު: 7310
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
“ލޯމާފާނުތަކާއި ރާދަވަޅިތައް ހުރިކަމުގައި ވިޔަސް ތާރީޚީ އެންމެ މުހިއްމު ފޮތެއް ކަމުގައި ބެލެވެނީ އަލްޤާޟީ ޙަސަން ތާޖުއްދީނަށް ނިސްބަތްވާ “ތާރީޚް ދީބާމަޙަލް” އެވެ. މި މުހިއްމު ފޮތް ލިޔުއްވި ޢިލްމުވެރިޔާގެ ލޮލުން ދެކެވަޑައިގަތް ތާރީޚީ ދައުރު ފިޔަވައި ކުރީގެ ޙަވާދިޘް އޭނާ ލިޔުއްވާފައި އޮތީ އޭނާއަށް “ކިޔައިދެވުނު” ގޮތަށް ކަން އޭނާ ބަޔާން ކުރައްވާފައިވެއެވެ. މިހެންވުމުން އެ ޙަވާދިޘްގައި ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް ހުރިކަން މިހާރު ތާރީޚް ދީބާމަޙަލް ދިރާސާކުރާ މުއައްރިޚުންނަށް ދަނީ ފެންނަމުން އެނގެމުންނެވެ.

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (3)

ކިޔާފައިވާ ޢަދަދު: 6528
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ  
(12 މެއި 2012 (ހޮނިހިރު) ގުޅޭ)
 މިލިޔުމުގެ ބޭނުމަކީ އެނގިހުރި މިންވަރަކުން މުޡުހިރުއްދީން ރަދުންގެ ދަރިފަސްކޮޅާއި އަދި އެޢާއިލާއާއި ގުޅުންހުރި މަޢުލޫމާތުކޮޅެއް ހާމަކުރެވޭތޯ ބެލުމެވެ. ރަސްރަސްކަލުންނާއި އެބޭފުޅުން ރަސްކަންކުރެއްވި ގޮތުގެ ވާހަކަދެއްކުމެއް ނޫނެވެ. ވެރިކަމަކީ ކުރަން އެނގިއްޖެނަމަ ނުލާހިކު ރީތި އަދި ކުރަން ނޭނގުނުނަމަ އެހާމެ ހުތުރު ކަމެކެވެ. ކުރަން އެނގިއްޖެނަމަ ސަވާބާއި ދަރުމަ ހުރި އަދި ކުރަން ނޭނގުނުނަމަ ފާފައާއި ވޭންދެނިވި ޢަޛާބު ހުރި ކަމެކެވެ. 

ދިވެހި ރަސްކަމަށްވުރެ ……. (3)

ކިޔާފައިވާ ޢަދަދު: 4240
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް، ދިވެހި ރަސްކަމަށްވުރެ، އަޅުގަނޑަށް މާ ރަނގަޅެވެ.”

                     ______ ޙާޖީ ބަންޑާރައިންގެ ދަރިކަލުން 

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ،  ގދ.ތިނަދޫ

 
(23 މެއި 2012(ބުދަ) އާ ގުޅޭ)
ޢަލިމަނިކުފާނާއި އާމިނާ މަނިކުފާނުގެ ދަރިކޮޅު އަދި ހޯދިފައިނުވެއެވެ. މިއަދާއިހަމައަށް ފާހަގަކުރެވެނީ މޫސާ މަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކޮޅެވެ. މޫސާ މަނިކުފާނުގެ މުޙައްމަދު މަނިކުފާނުގެ ދަރިކޮޅުވެސްވަނީ “ނަޑާލި”ވެފައެވެ.

ތަބްރޭޒީތޯ؟ ނުވަތަ ބަރުބަރީތޯ؟

ކިޔާފައިވާ ޢަދަދު: 4711
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިރާއްޖެ އިސްލާމް ކުރެއްވީ ކޮން ބޭކަލެއް؟

އިޔާޒު ނަސީމް

ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ގަބޫލު ކުރުމަކީ ދިވެހި ތާރީހުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. ތާރީހުގެ މި މުހިއްމު ބާބަށް ބަލާލާއިރު، ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކާ މެދު ވަނީ ހިލާފު އުފެދިފައެވެ. މި ކަމުގައި ބުރަ ވާން ވީ ކޮން ކޮޅަކަށް ހެއްޔެވެ؟ މި ކަމާ މެދު ސުވާލު ކުރައްވަމުން، މަޝްހޫރު ތާރީހު އިލްމުވެރިޔާ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠްފީ ލިޔުއްވާފައި ވަނީ

ދިވެހި ރަސްކަމަށްވުރެ…… (2)

ކިޔާފައިވާ ޢަދަދު: 3785
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

“މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް، ދިވެހި ރަސްކަމަށްވުރެ، އަޅުގަނޑަށް މާ ރަނގަޅެވެ.”

                     ______ ޙާޖީ ބަންޑާރައިންގެ ދަރިކަލުން 

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ،  ގދ.ތިނަދޫ

 
(21 މެއި 2012(ހޯމަ) އާ ގުޅޭ)
އެރަދުން ޝަހީދުކުޅައުމަށް ފަހު ދާދިފަހަކާ ޖެހެންދެން ވެސް ކާބޯތަކެތީގެ ގޮތުން ކިތަންމެ ދައްޗަސް ރާއްޖޭގެ މީހުންއުޅޭ ގިނަ ގޭގޭގައި ކޮންމެއަހަރަކު ޙާޖީ ބަންޑާރައިންގެ އަހަރުމަތިފުޅު ފާހަގަކޮށް (ފާތިޙާ ކިޔަވައި) އުޅުނުކަމީ ދިވެހީންގެ ގިނަމީހުން އެރަދުންދެކެ ވަރަށްބޮޑަށް ލޯބިވީކަމުގެ ދަލީލެކެވެ.

ދިވެހި ރަސްކަމަށްވުރެ…….

ކިޔާފައިވާ ޢަދަދު: 6785
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް، ދިވެހި ރަސްކަމަށްވުރެ، އަޅުގަނޑަށް މާ ރަނގަޅެވެ.”

                     ______ ޙާޖީ ބަންޑާރައިންގެ ދަރިކަލުން 

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ،  ގދ.ތިނަދޫ

“މިއަދާ ޖެހެންދެން ރާއްޖޭގެ ތާރީޚު ލިޔުމަކީ ވެރިކަމުގެ ދާއިރާއިން ކުރަމުން އައި ކަމެކެވެ. ތާރީޚު ލިޔާ ފަރާތަކަށް އެތާރީޚް އޮޅުންފިލުވައިދީ ހަދަނީ އެ ދާއިރާއިންނެވެ. ލިޔުމުގެ މަސައްކަތް ކުރަނީވެސް އެ ދާއިރާއެއްގެ މުވައްޒަފުންނެވެ. މިހެންވުމުން ތާރީޚް އޮތީ ޤައުމީ ތާރީޚަށްވުރެ ބޮޑަށް ވެރިކަމުގެ ތާރީޚުކަމުގައި ވެފައެވެ. ވެރިކަމުގެ ފަރާތުން ޖެއްސި ކުލައެއް އޭގައި ޖެހިފައެވެ.”

  ———- މުޙައްމަދު އިބްރާހީމް ލުޠުފީ، މުޚްތަޞަރު ތާރީޚު ދީބާމަޙަލް

ހުވަދޫ އަބޫބަކުރު ފަނޑިޔާރުތަކުރުފާނުގެ ވިސްނުންފުޅު

ކިޔާފައިވާ ޢަދަދު: 6967
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ 
ވިސްނުމަކީ ކަންތައްތައް ހޯދައި ދެނެގަތުމުގެ ބާރެވެ. ހުވަދޫ ނުވަތަ ވާދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަކީ މިދެންނެވި ދެނެގަތުމުގެ ބާރު ގަދަ ބޭފުޅެކެވެ. ޣާޒީ ބަންޑާރައިންގެ ފަހުކޮޅުގައްޔާއި އެރަދުންގެ ދަރިކަލުން އިބުރާހީމް ކަލާފާނުގެ ރަސްކަމުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ފަނޑިޔާރަކީ މިއަބޫބަކުރު ފަނޑިޔާރު ތަކުރުފާނު ކަމަށް ދިވެހިތާރީޚުން އެނގެއެވެ. ކަލާފާނު ރަދުން ޢަރަބި ކިޔަވާވިދާޅުވެ ޢިލްމުވެރިވީވެސް މިތަކުރުފާނުގެ އަރިހުންނެވެ. މިއީ ދެއްވަދޫ ރަސްގެފާނުގެ މާފާފުޅު (މަންމަގެ ބައްޕަ)އެވެ.

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (2)

ކިޔާފައިވާ ޢަދަދު: 6944
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
(8 މެއި 2012 (އަންގާރަ) ގުޅޭ)
 މުޡުހިރުއްދީން ރަދުންގެ ޢާއިލާއާއި އެ ޢާއިލާއާއި ގުޅުންހުރި ގިނަ މަޢުލޫމާތުކޮޅެއް ގެނެސްދެވޭތޯ އަޅުގަނޑު އުޅެންޖެހުނު އިރު ނަޞީބު ދެރަކަމުން އަޅުގަނޑާއި ވަރަށްގާތް ދިވެހި މުއައްރިޚު އުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް މިދުނިޔެ ދޫކުރައްވައިފިއެވެ. ފެންނަންއޮތީ އޭނާ ލިޔުއްވި މަޢުލޫމާތްތަކުން ކުޑަ މިންވަރެއްކަމަށް ޤަބޫލުކުރެވެއެވެ. މިހެންވުމުން އަޅުގަނޑާއި ހަމައިގައިވާ (މުޡުހިރުއްދީން ރަދުންގެ ދަރިފަސްކޮޅުގެ ބޭފުޅަކު އެދަރިފަސްކޮޅާއި އަދި އޭރު ތިބި ދުވަސްވީ މީހުންގެ ގާތުން ކުރިއްސުރެ ހޯއްދަވާފައިވާ) މަޢުލޫމާތަށް އިތުރު މުއްސަނދިކަމެއް ގެނެވޭތޯ މުޡުހިރުއްދީން ރަދުންގެ ދަރިފަސްކޮޅުގެ ދުވަސްވީ ހަރުދަނާ ބައެއް ބޭފުޅުންގެ އެހީތެރިކަން މިފަހަރުވެސް ހޯދީމެވެ.