ދިވެހި ރަސްކަމަށްވުރެ…… (2)

ކިޔާފައިވާ ޢަދަދު: 4054
 

“މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް، ދިވެހި ރަސްކަމަށްވުރެ، އަޅުގަނޑަށް މާ ރަނގަޅެވެ.”

                     ______ ޙާޖީ ބަންޑާރައިންގެ ދަރިކަލުން 

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ،  ގދ.ތިނަދޫ

 
(21 މެއި 2012(ހޯމަ) އާ ގުޅޭ)
އެރަދުން ޝަހީދުކުޅައުމަށް ފަހު ދާދިފަހަކާ ޖެހެންދެން ވެސް ކާބޯތަކެތީގެ ގޮތުން ކިތަންމެ ދައްޗަސް ރާއްޖޭގެ މީހުންއުޅޭ ގިނަ ގޭގޭގައި ކޮންމެއަހަރަކު ޙާޖީ ބަންޑާރައިންގެ އަހަރުމަތިފުޅު ފާހަގަކޮށް (ފާތިޙާ ކިޔަވައި) އުޅުނުކަމީ ދިވެހީންގެ ގިނަމީހުން އެރަދުންދެކެ ވަރަށްބޮޑަށް ލޯބިވީކަމުގެ ދަލީލެކެވެ.

ދިވެހި ރަސްކަމަށްވުރެ…….

ކިޔާފައިވާ ޢަދަދު: 7065

“މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް، ދިވެހި ރަސްކަމަށްވުރެ، އަޅުގަނޑަށް މާ ރަނގަޅެވެ.”

                     ______ ޙާޖީ ބަންޑާރައިންގެ ދަރިކަލުން 

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ،  ގދ.ތިނަދޫ

“މިއަދާ ޖެހެންދެން ރާއްޖޭގެ ތާރީޚު ލިޔުމަކީ ވެރިކަމުގެ ދާއިރާއިން ކުރަމުން އައި ކަމެކެވެ. ތާރީޚު ލިޔާ ފަރާތަކަށް އެތާރީޚް އޮޅުންފިލުވައިދީ ހަދަނީ އެ ދާއިރާއިންނެވެ. ލިޔުމުގެ މަސައްކަތް ކުރަނީވެސް އެ ދާއިރާއެއްގެ މުވައްޒަފުންނެވެ. މިހެންވުމުން ތާރީޚް އޮތީ ޤައުމީ ތާރީޚަށްވުރެ ބޮޑަށް ވެރިކަމުގެ ތާރީޚުކަމުގައި ވެފައެވެ. ވެރިކަމުގެ ފަރާތުން ޖެއްސި ކުލައެއް އޭގައި ޖެހިފައެވެ.”

  ———- މުޙައްމަދު އިބްރާހީމް ލުޠުފީ، މުޚްތަޞަރު ތާރީޚު ދީބާމަޙަލް

ހުވަދޫ އަބޫބަކުރު ފަނޑިޔާރުތަކުރުފާނުގެ ވިސްނުންފުޅު

ކިޔާފައިވާ ޢަދަދު: 7183

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ 
ވިސްނުމަކީ ކަންތައްތައް ހޯދައި ދެނެގަތުމުގެ ބާރެވެ. ހުވަދޫ ނުވަތަ ވާދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަކީ މިދެންނެވި ދެނެގަތުމުގެ ބާރު ގަދަ ބޭފުޅެކެވެ. ޣާޒީ ބަންޑާރައިންގެ ފަހުކޮޅުގައްޔާއި އެރަދުންގެ ދަރިކަލުން އިބުރާހީމް ކަލާފާނުގެ ރަސްކަމުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ފަނޑިޔާރަކީ މިއަބޫބަކުރު ފަނޑިޔާރު ތަކުރުފާނު ކަމަށް ދިވެހިތާރީޚުން އެނގެއެވެ. ކަލާފާނު ރަދުން ޢަރަބި ކިޔަވާވިދާޅުވެ ޢިލްމުވެރިވީވެސް މިތަކުރުފާނުގެ އަރިހުންނެވެ. މިއީ ދެއްވަދޫ ރަސްގެފާނުގެ މާފާފުޅު (މަންމަގެ ބައްޕަ)އެވެ.

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (2)

ކިޔާފައިވާ ޢަދަދު: 7135

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
(8 މެއި 2012 (އަންގާރަ) ގުޅޭ)
 މުޡުހިރުއްދީން ރަދުންގެ ޢާއިލާއާއި އެ ޢާއިލާއާއި ގުޅުންހުރި ގިނަ މަޢުލޫމާތުކޮޅެއް ގެނެސްދެވޭތޯ އަޅުގަނޑު އުޅެންޖެހުނު އިރު ނަޞީބު ދެރަކަމުން އަޅުގަނޑާއި ވަރަށްގާތް ދިވެހި މުއައްރިޚު އުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް މިދުނިޔެ ދޫކުރައްވައިފިއެވެ. ފެންނަންއޮތީ އޭނާ ލިޔުއްވި މަޢުލޫމާތްތަކުން ކުޑަ މިންވަރެއްކަމަށް ޤަބޫލުކުރެވެއެވެ. މިހެންވުމުން އަޅުގަނޑާއި ހަމައިގައިވާ (މުޡުހިރުއްދީން ރަދުންގެ ދަރިފަސްކޮޅުގެ ބޭފުޅަކު އެދަރިފަސްކޮޅާއި އަދި އޭރު ތިބި ދުވަސްވީ މީހުންގެ ގާތުން ކުރިއްސުރެ ހޯއްދަވާފައިވާ) މަޢުލޫމާތަށް އިތުރު މުއްސަނދިކަމެއް ގެނެވޭތޯ މުޡުހިރުއްދީން ރަދުންގެ ދަރިފަސްކޮޅުގެ ދުވަސްވީ ހަރުދަނާ ބައެއް ބޭފުޅުންގެ އެހީތެރިކަން މިފަހަރުވެސް ހޯދީމެވެ.

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (1)

ކިޔާފައިވާ ޢަދަދު: 8061
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
ތާރީޚުގައި ލިޔެވެންޖެހޭނީ ހިނގި ކަމެކެވެ. ހިނގާނޭ ކަމެއްނޫނެވެ. ތާރީޚަކީ ވަރަށްބޮޑު އަމާނާތެކެވެ. އެއަށް ރައްކައުތެރިވުން ލާޒިމް އެއްޗެކެވެ. ހިނގި ކަމެއް ކުރިމީހަކު ނެތި، ދުށްމީހަކު ނެތި، ދެނެހުރި މީހަކު ނެތި، ޔޯލަކޮށް ބަޔަކު ދެއްކި ނުއުފަންނަ ނުހައްދަވާ ކަމެއްގެ ވާހަކަ އޭގެ އެތައްއަހަރެއްގެ ފަހުން ތާރީޚީ ކަމެއްގެ ގޮތަށް އުފަންކުރުވަން އުޅެގެން ނުވާނެއެވެ. ތާރީޚުގައި ފާހަނގަކުރަންޖެހޭ ކަމެއް ހާމަކުރަންވާނީ އެކަމެއް ހިނގި ގޮތަށެވެ. ތިމާ ނުވަތަ ތިމާގެ ގާތްފަރާތެއްގެ މަޞްލަޙަތު އޮވެގެން ވިޔަސް ހިނގާފައިވާ ތާރީޚީކަމެއް ހިނގިގޮތަށް ނޫން ގޮތަކަށް ދުލުން ނުވަތަ ޤަލަމުންވިޔަސް ބަޔާންކުރުމަކީ ދޮގު ހެދުމުގެ އިތުރަށް ތާރީޚީ ވަރަށްބޮޑު ޖަރީމާއެކެވެ.

ފަންސަތިރީސް އަހަރު ފަސް

ކިޔާފައިވާ ޢަދަދު: 6854
މަޑަވެލީ ޢަލީ ނަސީރު

އާދެ! ހަތަރުފަރާތުން ކަނޑުއޮތް “ހިކިފަސްބިން” ކުޑަ އެރަށަށް، އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ ގުޅީތުއްތުމަނިކު އާއެކު 1977މ.ވަނަ އަހަރު އެވެ. (އޭނާއަކީ، އަލްމަރްޙޫމް ޢަބްދުލްޙަކީމު ޙުސައިންމަނިގެ އަނބިކަނބަލުންގެ ބޭބެ އެވެ.) ބިންހިއްކައިގެން ވެސް ބިން ބޮޑުކުރެވެން ނެތް އެ ރަށަކީ، ހަނަފަސްވެލީގެ ރަށެކެވެ. ރަށުތެރޭގެ ވެލިގަނޑު ހަރަކާތްކުރަނީ ވަޔާއެކު “ދެއްސަޅަށް” ފަހި ކޮށެވެ. ރަށުގެ އާބާދީގެ ކުޑަކަމާއެކު އިޤްތިޞާދީ، ތިޖާރީ، ތަޢުލީމީ އަދި ޢިމްރާނީ ދުޅަހެއުކަަން އެހާބޮޑަށް ފައްކާވެފައި ނުވިކަމަށް ވިއަސް އެ ރަށުގެ “ހުކުރުމިސްކިތް” ވަރަށް ތަނަވަސްކަމުގައި ދަންނަވަން ޖެހެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ހާދިސާއަށް ބަހަވީ ނަޒަރަކުން ކަޅިއެއް

ކިޔާފައިވާ ޢަދަދު: 7819

އިޔާޒު ނަސީމް
ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާންދީން ގަބޫލު ކުރި ކުރުމަކީ ދިވެހި ތާރީހުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. އެއީ ދިވެހި ތާރީހުގައި ހިނގާފައިވާ އެންމެ މުހިއްމު އެއް ހާދިސާއެވެ. އެހެން ކަމުން މި ހާދިސާއާ ބެހޭ ގޮތުން ތަފާތު އެކިއެކި ދިރާސީ އުސްލޫބުތައް ބޭނުން ކޮށްގެން ދިރާސާކޮށް ބަލައި ހޯދުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.

އެކެފަރު ބޯޓު (އެމް.އެސް.ތާލަތާ) M.S.THALATTA

ކިޔާފައިވާ ޢަދަދު: 7421
 
މަޑަވެލީ ޢަލީ ނަސީރު
ހުވަދު އަތޮޅު އިރުއުރުތު ފަރަކީ، ކުރީޒަމާނުގައި ވަރަށްގިނަ ނާފަރު އުރިފައިވާ ފަރެކެވެ. މަޝްހޫރު އަނދިރިއަނދިރީންގެ ބައްޕަ ދަތުރުކުރި ނަވާއި، ރިޔާލަ ނަވާއި، އަދިވެސް ކިތަންމެ ނަވެއް އެ ފަރަށް އުރިފައިވެ އެވެ. އަދި މީގެއިތުރަށް، ކާނޑެއްދުވާއި، ކެރަމިންތާ ދިމާއިން، ފުއްޓަރު ފަރާތު ފަރަށް ވެސް ނާފަހަރު އުރިފައިވެ އެވެ.