ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަސް، (12 ޖުލައި) ގެ މުނާސަބަތުގައި:: ރާއްޖޭގެ ކުތުބުޚާނާގެ ތާރީޚުގެ ތެރެއިން….!

ކިޔާފައިވާ ޢަދަދު: 1010

               މިއަދަކީ ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ދުވަހުގެ ހެޔޮއެދުންތައް ފޮތްތެރިކަމަށާއި ލިޔުންތެރިކަމަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް އަރިސްކުރަމެވެ. މީލާދީ ކަލަންޑަރުން ޖުލައިމަހުގެ 12 ވަނަ ދުވަހަކީ ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ގޮތުގައި، ފާހަގަ ކުރަމުން އަންނަ ދުވަހެވެ. އެއީ، ރާއްޖޭގައި ފުރަތަމަ ކުތުބުޚާނާއެއް ހުޅުވުނީ، 1945 ވަނަ އަހަރުގެ ޖުލާއީން 12 ވަނަ ދުވަސްކަމުގައިވާތީ އެވެ. ފުރަތަމަ ކުތުބުޚާނާ ހުޅުވުނީ، އޭރުގެ ނާދީތަމައްދުންގެ ކޮޓަރިއެއްގެ ތެރޭގައެވެ. ނާދީތަމައްދުންއަކީ، މިހާރުގެ ކީތިރި ޤުރްއާނާ ބެހޭ…

ހަނދާނާއި ތާރީޚުގެ ތެރެއިން: މާލޭގެ ބޮޑު ބާޒާރު (2)

ކިޔާފައިވާ ޢަދަދު: 634

މަޖީދީ ބަޒާރު (ނުވަތަ އަޙުމަދީ ބާޒާރު) 1 ނަންބަރު ގޯޅި إبراهيم حسن ދީދީ މަގާއި މަޖީދީ ބާޒާރު 1 ނަންބަރު ގޯޅި އާއި ގުޅޭ ކަންމަތިން އުތުރަށް، ނުވަތަ އަތިރިއާވީ ކޮޅަށް  ދާނަމަ ވައަތް ފަރާތުން ކަންމަތީގައި ހުންނަނީ نا نا بهي علي بهي ފިހާރަ ނުވަތަ ސަލްމާންޖީ ފިހާރައެވެ. (މިހާރު އެއީ އެމް.ޔޫ. އިސްޓޯރެވެ.) އެއީ علي بهي موسى جي ފިހާރައިގެ ކުޑަ ފިހާރައެވެ. އެ ފިހާރައިގެ ސޭޓަކީ ސަލްމާންޖީ ކިޔާ…

ހަނދާނާއި ތާރީޚުގެ ތެރެއިން: މާލޭގެ ބޮޑު ބާޒާރު (1)

ކިޔާފައިވާ ޢަދަދު: 1171

 މިބައިގައި ހަނދާން އާ ކޮށްލެވޭތޯ މި ބަލަނީ 1950 ގެ އަހަރުތަކުގެ ފަހުކޮޅު  އާދެ! 1959 ގައި ނުވަތަ 1960 ގެ އަހަރުތަކުގެ ކުރީކޮޅު މާލޭގެ ބޮޑު ބާޒާރޭ ކިޔާ ސަރަޙައްދު   އޮތް ގޮތުގެ މައްޗަށެވެ.  އެ ދުވަސްވަރު މީހުން ކިޔާގޮތުން ތިން ބާޒާރެއް އޮވެއެވެ އެއީ ހެންވޭރު ބާޒާރާއި މާފަންނު ބާޒާރާއި ބޮޑު ބާޒާރެވެ. ހެންވޭރު ބާޒާރާއި މާފަންނު ބާޒާރުގައި، ބޭރަށް ދޮރުފަތް ހިއްލާފައި ދަނޑިއެއް ވިއްދާ ގޮތަށް ހުންނަ ކުދި ކުދި ފިހާރަތަކުގައި ވިޔަފާރި…

ދެވަނަ ބޮޑު ހަނގުރާމައިގެ ތިންވަނަ އަށް އެންމެ ބޮޑު ކަނޑުމަތީ ކާރިސާ ހިނގާފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި

ކިޔާފައިވާ ޢަދަދު: 2378

ކާރިސާ ހިނގާފައިވަނީ 1944 ވަނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހުގެ މެންދުރު ފަހުގައި ކާރިސާ ހިނގާފައިވަނީ ވަން އެންޑް ހާލްފް ޑިގްރީ ޗެނެލްގެ ދެކުނު ކައިރިން، އައްޑޫ އަތޮޅުގެ ނާސި އަސްތަމާނު(ނޯތް-ނޯތްވެސްޓް) ން 100 މޭލު ދުރުންނެވެ. އަދި ހުވަދޫ އަތޮޅު ތިނަދޫގެ ހުޅަނގުން 58 މޭލު ދުރުމިނެވެ. ކާރިސާގައި ކެޑިވް އިސްމައިލް ޝިޕު ފެތިގެން އެއިން ދަތުރުކުރި 1511 މީހުންގެ ތެރެއިން 214 މީހުންފިޔަވައި އެންމެންގެ ފުރާނަ ގެއްލުނު. މިހިތާމަވެރި ފަނާކުރަނިވި ކާރިސާގެ މައުލޫމާތު…

ތުއްތު ސާހިބުގެ މާލިމީ ކަމުގެ އިމްތިހާނު

ކިޔާފައިވާ ޢަދަދު: 1549

މަޝްހޫރު ޅެންވެރިއެއްކަމުގައިވާ މުހައްމަދު ހަމީދަކީ (އަސްލު ނަމެއް ނޫން) އަޅުގަނޑު ކުޑާދުވަހުގެ ދިވެހި މުދައްރިސެކެވެ. އެންމެ ޒުވާން ދުވަސްވަރު ދިރިއުޅުމުގެ މަސައްކަތަކަށް މާލިމީކަން ޚިޔާރުކުރައްވާނަމޭ ހިތައި އުއްމީދާއެކު އޭނާ ވަނީ އެކަމަށް ކުރިމަތިލައްވައިފައެވެ. ދަސްކުރާ މާލިމީއެއްގެ ގޮތުން ފުރެއްދެ އޮޑިއެއްގައި އުތުރުކަރައިގެ ކާލީކޯޓަށް އޭނާ ކުރެއްވި ދަތުރުވީ އޭނާއަށް ވަރުގަދަ އިމްތިހާނަކާ ކުރިމަތިލައްވާން ޖެހިލެއްވި ދަތުރަކަށެވެ. އޭނާ އެދަތުރުކުރެއްވީ އެންމެ ފަހުން ހުންނެވި ”ބަނޑާރަ ނެވި” އަލިފުޅު މާލިމީއާ އެކުގައެވެ. ފިލާއަޅާށާއި މާލިމީކަމުގެ ހިސާބުކިތާބު ހައްދަވަން އޭނާ…

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު (5)

ކިޔާފައިވާ ޢަދަދު: 962

ހަލުވާ ބާޒާރު އަޅުގަނޑުމެން މި ދުއްކާނުގައި ތިބޭތިބުމުގައި ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އަށް އެންމެން ބާޒާރަށް ނިކުންނަމުއެވެ. އެއީ އެރަށުގެ އާދައިގެ މަތިން ހަމަޖެހިފައިވާ ހަލުވާ ބާޒާރެއް ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އަށް ހުޅުވެއެވެ. ބޭނުމަކީ މިބާޒާރު ހުޅުވޭއިރު ތިބީމާ އެކިތަންތަނުން ހަލުވާ ގަންނަން އަންނަ މީހުން ބެލުމާއި އެމީހުން އެބާޒާރުގައި ކުރާ ވިޔަފާރީގެ އަތްމަތި ފަރިތަކަމާއި މިކަހަލަ މަންޒަރުތައް ބެލުމެވެ. އަދި އަޅުގަނޑުމެން ވެސް އެތަނުން ހަލުވާ ގަންނަމުއެވެ. އެރަށުގެ…

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު (4)

ކިޔާފައިވާ ޢަދަދު: 725

ދުންފަތް ނެތީމާ…. އެރަށުގައި އެންމެ ދަތިކަމަކީ ދުންފަތް ލިބެން ނެތްކަމެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން އެރަށުގައި މަނާކޮށްފައި އޮތީއެވެ. ދެން މަންޞޫރުއާއި އަޅުގަނޑާއި ދެމީހުން ސިނގިރެޓް ފަދަ އެއްޗެއް ލިބޭތޯ މީހަކާއި ވާހަކަދެއްކުމުން އެމީހާ އަޅުގަނޑުމެން ދެމީހުން ގޮވައިގެން ގޮސް އެތާނގެ ރަސްގެފާނުގެ ކާރުގެ ޑްރައިވަރު އަޅުގަނޑުމެނަށް ދައްކާފައި އޭނާއާއި ވާހަކަދައްކައިގެން އެފަދަ އެއްޗެއް ލިބޭތޯ ބަލާން އެމީހާ ބުންޏެވެ. މަންޞޫރު އެ ޑްރައިވަރާއި އެވާހަކަ ދެއްކީމާ އޭނާ ބުނީ ތިމަންނާއަކީ ރަސްގެފާނާއި ވަރަށް އަރިސް މީހަކީމޭ،…

ރާއްޖެ އިސްލާމްވީ ދުވަސް: ރާއްޖެއަށް އެންމެ ބޮޑު ނަސީބު ލިބުނު ދުވަސް

ކިޔާފައިވާ ޢަދަދު: 2363

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އާދެ! މާދަމާ (ހޯމަ ދުވަހު) ފެށޭ ރަބީއުލްއާޚިރު މަހަކީ ރާއްޖެ އިސްލާމްވިތާ 888 އަހަރު ފުރޭ މަހެވެ. މާދަމާ ނޫން އަނެއް ދުވަހަކީ އަހަރު ފުރޭ ދުވަހެވެ. ރާއްޖެ އިސްލާމްވީ ދުވަހެވެ. އިސްލާމް ދީނުގެ ހިދާޔަތުގައި ރާއްޖެ ލަހައްޓަވާތާ 888 އަހަރު ވީއެވެ. އަލްޙަމްދު ލﷲ އެވެ! މިހާ ދިގު މުއްދަތެއްގައި އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަކީ ވެސް ވަރަށް މަތިވެރި ނިޢުމަތެކެވެ. މި ކަމަށްޓަކައި ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރުމަކީ މި ނިޢުމަތް ދެމިއޮތުމަށްޓަކައި އަޅުގަނޑުމެން ކުރާންޖެހޭނެ ކަމެކެވެ. އަދި ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުމަށް މާތް ﷲ ސަބަބުވެރިކުރެއްވި ދަރުމަވަންތަ ރަސްގެފާނަށާއި އެ ރަދުންނަށް އިސްލާމްދީނަށް ގޮވައިލެއްވި މައުލާނާ އަލްޙާފިޡު އަބުލްބަރަކާތު ޔޫސުފް އަލް ބަރުބަރީއަށް ހެޔޮ ދުޢާކުރުމަކީ ވެސް އަޅުގަނޑުމެންނަށް ލާޒިމުކަމެކެވެ.

ދިވެހީންގެ ފަޚުރު ވެރި ޤައުމީ ދުވަސް

ކިޔާފައިވާ ޢަދަދު: 1242
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. އާދޭހެވެ! މިއަހަރުގެ ޤައުމީ ދުވަހުގެ ބައެއް ޕްރޮގްރާމްތައް މިހާރު ވަނީ ފެށިފައެވެ. މުހިއްމު ޕްރޮގްރާމްތައް އޮންނާނީ މިއަދު، ހއ. އުތީމުގައެވެ. ޤައުމީ ދުވަހުގެ ތަފާތު ޙަރަކާތްތައް މިއަދާއި މިރޭ އޮތް ނަމަވެސް މި މުނާސަބަތުގައި ބާއްވާ ޚާއްޞަ ޖަލްސާ އޮންނާނީ މާދަމާ މެންދުރުކުރީގެ ވަގުތެއްގައި ހއ. އުތީމުގައެވެ. ކޮންމެއަކަސް މި އުފާވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަރިސްކުރަމެވެ. ޤައުމަށްޓަކައި ޤުރުބާންވެވަޑައިގަތް ޤައުމީ އަބުޠާލުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުއާކުރަމެވެ.

ބައެއް މީހުނަށް ފެންނަ ހުވަފެން ތެދުވެއެވެ.

ކިޔާފައިވާ ޢަދަދު: 763

ޙުސައިން ޝާކިރު 
މިދިޔަ އޮކްޓޯބަރ މަހު އަޅުގަނޑު ލ.އަތޮޅަށް ދިޔައީމެވެ. އެ އަތޮޅުގެ ބައެއް މަސްވެރި އޮޑިވެރި، ކެޔޮޅުންނާއި ދަނޑުވެރިންނާއި ބައްދަލުވެ ވާހަކަދައްކައިލުމުގެ ނަސީބު ލިބުނެވެ. ލ.އަތޮޅުގެ މަޝްހޫރު ކެޔޮޅަކާ ބައްދަލުވެ ވާހަކަދެއްކުމުގެ ފުރުޞަތު ލިބުނުމުން ނަންގަނެލީމެވެ. މުޅި ޢުމުރު ކަނޑުމަތީގައި މަސްވެރިކަމުގައި ހޭދަކުރެއްވުމަށްފަހު، މިހާރު ދޯނިން ފައިބާ ހުންނެވިއިރު ކަނޑުމަތީގައި ދިމާވި އެންމެ ހަނދާނުނެތޭ ނުވަތަ ހަނދާން ނެތުމަށް ދަތި ހާދިސާއަކީ ކޮބައިތޯއެވެ.