ހަމައެކަނި ވިދާޅުވެލެއްވުމަށް….(78)

ކިޔާފައިވާ ޢަދަދު: 1662
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނެފީ އިސްޓޯރުން ވިޔަފާރި ކުރުމުގެ ޤަވާޢިދު

އައްޑޫ އަތޮޅުގައި ހުންނަ ނެފީ އިސްޓޯރުން ވިޔަފާރިކުރުމުގެ ޤަވާޢިދެއް ދައުލަތުން ހަމަޖައްސަވައިފިއެވެ. އެޤަވާޢިދާ ބެހިގެން އަޅުގަނޑުމެންނަށް އެގިފައިވާ އެގުންތައް ތިރީގައި މި ބަޔާން ކުރަނީއެވެ.

އޭރުގެ ފަތްފުށްތަކުން…. (101)

ކިޔާފައިވާ ޢަދަދު: 2685
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކަލޭގެ ގޭގައި ފުރަތަމަ އަރާރުން ފަށަނީ ކާކު ހެއްޔެވެ؟

ޢ.ޝ. 

ޢ.ޝ. ނުވަތަ ހެންވޭރު، ފިލިގަސްދޮށުގޭ އަލްފާޟިލް ޢަލީ ޝަރީފަކީ، ލިޔުންތެރި، ޅެންވެރި، އަދި ތަރުޖަމާކުކުރެއްވުމުގެ ފަންނުގައިވެސް ފާހަގަ ކޮށްލެވޭ އަދީބެވެ. އިނގިރޭސިބަހުން ދިވެހިބަހަށް ޚަބަރާއި މަޢުލޫމާތާއި ވާހަކަ ތަރުޖަމާކުރެއްވުމާއި އިނގިރޭސިބަހުން ޅެން ހެއްދެވުމަކީވެސް، ޢަލީ ޝަރީފްގެ ފާހަގަކޮށްލެވޭ ފަންނެކެވެ. 
 
ޢަލީ ޝަރީފްގެ ލިޔުންތައްވަނީ، ވިޔަފާރި މިއަދު، މިދުވަސްވަރު، ވަގުތު، މޫންލައިޓް، ހަވީރު، ފުރަދާނަ، ފަތްތޫރަ ފަދަ ނޫސް މަޖައްލާތަކުގައި ޝާއިޢުކުރެވިފައެވެ. 

ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދުވަސް

ކިޔާފައިވާ ޢަދަދު: 4634
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، ލ. މާވަށް
އިއްޔެއަކީ 1436 ވަނަ އަހަރުގެ ރަބީޢުލްއައްވަލުމަހު ފުރަތަމަ ދުވަހެވެ. އާދެ! ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. އެހެންކަމުން، މީލާދީ ގޮތުން 2014 ވަނަ އަހަރު އަޅުގަނޑުމެންނަށް ދެ ފަހަރު ޤައުމީ ދުވަސް ފާހަގަކުރެވުނީއެވެ. އާދެ! މިއަހަރު (2014 ވަނަ އަހަރު) ޖެނުއަރީ މަހު 2 ވަނަ ދުވަހު ވެސް އަޅުގަނޑުމެން ޤައުމީ ދުވަސް ފާހަގަކުރީމުއެވެ. އެއީ 1435 ވަނަ އަހަރުގެ ޤައުމީ ދުވަހެވެ. ޑިސެންބަރު 23 ގައި (އާދެ! އިއްޔެ) އަޅުގަނޑުމެން ފާހަގަކުރީ 1436 ވަނަ އަހަރުގެ ޤައުމީ ދުވަހެވެ. 
 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(77)

ކިޔާފައިވާ ޢަދަދު: 1503
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ދުންފަތާއި ފޯއް އިންދުން 

ރާއްޖެތެރޭގެ އެކިއެކި ރަށްރަށުގައި ދުންފަތާއި ފޯއް، އިންދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ص.س. الفاضل فاروق إسماعيل އެވެ. އޭނާގެ އަރިހުގައި، މި މަސައްކަތުގެ تربۃ کار ސިލޯނުގެ ދެމީހަކު ގެންދެވިއެވެ. 
 
ކ.ތުލުސްދޫގައި ދުންފަތް އިންދުމަށް ސާފުކުރަމުންދާ ދަޑުގެ ވަރަށްބޮޑުބައެއް، މިހާރުވަނީ، ސާފުކޮށް ނިމިފައެވެ. އެދަޑު ކޮށައި، ސާފުކުރުމުގެ މަސައްކަތް ކުރަނީ، ހުރާ، ތުލުސްދޫ، ދިއްފުށީ މީހުންނެވެ. 

ހަވާދުގެ ވާހަކަ…. ގިނަ މީހުން ނުދަންނަ ފަރާތް!

ކިޔާފައިވާ ޢަދަދު: 4224
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ  ބަދިގޭގެ ކަފޭރާތަކުގެ ހަރުތަކުގައި ކުދިކުދި ރީތި ފުޅިފުޅީގައި ‘އަނގަ ބަންދު’ ވެފައި އެހުރި ހަވާދުގެ ތަފާތު ބާވަތްތަކަކީ މިހާރު މަންމަން ބާވަތްތަކެކެވެ! ޔޫރަޕުގެ ދޮންމީހުން ފެނުކެއްކި ކާނާ ކައިލަ ކައިލަ ތިއްބައި އެމީހުންގެ ކާނަގައި މީރު ރަހަ ލައްވައިދިން ހަވާދުގެ އާއިލާގެ ތަފާތު މެންބަރުންނަށް ވާހަކަ ދެއްކޭނަމަ، ނުވަތަ އަޅުގަނޑުމެނަށް ފޮނިތޮށްޓާއި އަސޭމިރުހާއި ކައްބާބާއި ކުކުން ދައްކާވާހަކަ މޭރުންވާނަމަ، ބަދިގެއިން އަޅުގަނޑުމެން ނިކުންނަ ހިތްވެސް ނުވާހައި ދިގު ވާހަކަތައް ކިޔައިދޭން ހުންނާނެކަން ޔަގީނެވެ! ހަވާދުގެ ވާހަކައަކީ ސިންދުބާދުގެ މަޝްހޫރު ހަތް ދަތުރަށްވުރެ ވަކީން ދެރަ ވާހަކަތަކެއް ނޫނެވެ!

ނޮވެންބަރު ތިނެއްގެ ހަނދާންތަކާއެކު:

ކިޔާފައިވާ ޢަދަދު: 2623
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ނޮވެންބަރު ތިނެއްގެ ހަނދާންތަކާއެކު:

ދިވެހި ސިފައިންނާއި ފުލުހުންގެ ޤައުމީ ޚިދުމަތް

އަޙްމަދު އަޖުމަލް ޙާމިދު 
މާލޭގެ ގިނަ ރައްޔިތުންނަށް 3 ނޮވެމްބަރު 1988 ގެ އަލިވިލުނީ ގަދަ އަޑުފަށްގަނޑަކާއެކުއެވެ. ހީކުރެވުނީ އެއީ ކައިރިވަމުން އަންނަ 11 ނޮވެމްބަރު، އާދެ! ޖުމްހޫރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ސިފައިން ކުރިޔަށް ގެންދާ ފަރިތަކުރުންތަކުގެ ތެރެއިން ބައެއް ކަމަށެވެ. ގިނަ މީހުން ބެލީ އެއަޑަށް މާބޮޑު ސަމާލުކަމެއްނުދީ، ހެނދުނުވުމުގެ ކުރިން ކިތަންމެ ކުޑަމިންވަރަކަށްނަމަވެސް ނިދީގެ ފޮނިމީރުކަން އަލުން ޙާޞިލު ކުރެވޭތޯއެވެ. ނަމަވެސް އެފަދަ އަޑުތަކަށް ސަމާލުވެގެން، ނުނިދައި ތިބި ބަޔަކު ތިއްބެވެ. އެއަޑު އިވޭއިރަށް ވަގުތުން އެއީ ކޮންތާކުން، ކިހިނެއް އައި އަޑެއްތޯ ބެލުމަށް ތަޙްޤީޤްވެސް ފެށިމެއެވެ. އަދި މާގިނައިރު ތަކެއްނުވެ ރަށުތެރެއަށް “ސޯޓުބުރިއެއް” ލައިގެންތިބި، ގޮތްނޭނގޭ ބަޔަކު އަރައިގެން އުޅޭކަން ފާހަގަކުރެވުނެވެ. އެއީ ސީދާ ކޮންބައެއްކަން ނޭނގުނު ނަމަވެސް އެއީ ސަހަލު ބައެއްނޫންކަން އެނގި އެމީހުން ދިން ހަމަލާގައި ރައްދު ހަމަލާދޭން އިސާހިތަކު ފެށިއެވެ.
 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(74)

ކިޔާފައިވާ ޢަދަދު: 1873
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަނެއްކާވެސް މުޅިން އައު މިސްކިތެއް ބިނާކުރައްވަނީ!

ހަދީބީ މިސްކިތްވެސް……..!

މޫންލައިޓަށް ޚަބަރު ލިބިފައިވާ ގޮތުގައި، ދަންނަ މުޙަންމަދު ރަސްގެފާނު މިސްކިތާއި، ހެންވޭރު ބަންޑާރަ މިސްކިތް ނެންގެވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. އެގިފައިވާ ގޮތުގައި މިހާރު ހަމަޖެހިފައިވަނީ، އެ ދެމިސްކިތް އުވާލެއްވުމަށެވެ. އަދި ހަދީބީ މިސްކިތް ކުރެއްވެން އޮތް އެންމެ ބޮޑެއް ކުރައްވާފައި ރަނގަޅަށް ހެއްދެވުމަށެވެ. ކުރިން މިދެންނެވި ދެމިސްކިތް އުވާލައްވަން ނިންމެވި ސަބަބެއްކަމަށް އެގިފައިވަނީ އެއް ހިސާބު ގަނޑެއްގައި، މިސްކިތްތައް މާގިނަވުމުން އެކަމުން އެއްވެސް ބޭނުމެއްނެތި އެތައް ކަމަކާއި އެތައް ޚަރަދެއް ހިނގާކަމެވެ. ހ.ބަންޑާރަ މިސްކިތާއި ދަންނަ މުޙަންމަދު ރަސްގެފާނު މިސްކިތަށް ބަލާއިރު، އެހިސާބު ގަނޑުގައި މީހުން އުޅޭ ގޭގެ ވަރަށް މަދެވެ. އަދި ކައިރީގައި، ހުކުރު މިސްކިތާއި، މާދުރުނޫން ހިސާބެއްގައި، ދާދިފަހުން ބިނާކުރެއްވި އިބްރާހީމް އިސްކަންދަރު (ބްލޫހެވަން ކައިރީގައި) އެބަހުއްޓެވެ.

ތާރީޚުން ފިލާވަޅެއް:

ކިޔާފައިވާ ޢަދަދު: 2493
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސުމުއްވުލް އަމީރު މުޙއްމަދު އަމީނުގެ ވެރިކަން ނިމި ދިޔަ ގޮތުގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގައިލުން

އަބްދުއްރަހީމު އަބްދުލްމަޖީދު


ނޯޓް:
މިލިޔުމަކީ އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ‘ނޫރު’ މަޖައްލާއަށް ލިޔުއްވި ލިޔުމެކެވެ. އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދަކީ ވަރަށް ގިނަ ލިޔުއްވުންތައް ލިޔުއްވައި ރާއްޖޭގައި ނިކުތް އެކިއެކި ނޫސް މަޖައްލާތަކުގައި ޝާއިޢުކުރެއްވި ލިޔުންތެރިއެކެވެ. ބައެއް ބޭރުބަސް ބަހުން – އަރަބި، އުރުދޫ، އިނގިރޭސި – މަޒްމޫނާއި ފޮތް ތަރުޖަމާ ކުރެއްވިއެވެ. މަރްޙޫމު މިދުނިޔެ ދޫކުރައްވައި ދެމިއޮތުގެ އާލަމަށް ދަތުރުކުރެއްވީ މީގެ ފަސް އަހަރު ކުރީން މިއަދު އެވެ. އާދެ، 16/10/2009 ގައެވެ. މާތްﷲ މަރްޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށިއެވެ. އާމީން!

ހަމައެކަނި ވިދާޅުވެލެއްވުމަށް….(73)

ކިޔާފައިވާ ޢަދަދު: 1823
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނ.އަތޮޅު މަދްރަސީ ދުވަސް

ނ.އަތޮޅުގެ مراسل އެއް

އާދެ، ނ.އަތޮޅަކީވެސް ރާއްޖޭގެ މަތީ ފެންވަރުގެ އަތޮޅެއްކަމުގައި ހެއްދެވޭތޯ، އަތޮޅުގެ މިއަދުގެ އަތޮޅުވެރި އައްޝައިޚު އަޙްމަދު ޝާޠިރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ، ހެޔޮ ފާލެއް ކަމުގައި، ނ.ވެލިދޫގައި، 8/10/79ه ގައި ކުރެއްވި ޖަލްސާ ހިމެނޭނެއެވެ. އާދޭހެވެ. މި ޖަލްސާއަކީ ތަޢުލީމަށް އިތުރު ފޯރީއަކާއި، އައު ޖޯޝެއް ގެންނެވުމުގެ ގޮތުން ބޭއްވެވި ވަރަށް ޚާއްޞަ ޖަލްސާއެކެވެ.