ހަމައެކަނި ވިދާޅުވެލެއްވުމަށް….(47)

ކިޔާފައިވާ ޢަދަދު: 2072
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޓީވީ ބްރޯޑްކާސްޓް ރާއްޖޭގައި ފެށިއްޖެ

ރާއްޖޭގައި ޓިވީ ބްރޯޑްކާސްޓްކުރުން ރޭގައި ފެށިއްޖެއެވެ. މިކަމުގެ ފެށުމުގެ ޕްރޮގްރާމް އޮތީ މާލޭގެ ދެކުނު ފަރާތުން ފަޅުހިއްކައިގެން ތައްޔާރުކޮށްފައިވާ ބިމުގައި ވަރަށް އަވަސް ސްޕީޑްއެއްގައި ތައްޔާރުކޮށްފައިވާ، ޓީވީ. ސްޓޭޝަންގެ ސްޓޫޑިއޯތެރޭގައެވެ.
 

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(22)

ކިޔާފައިވާ ޢަދަދު: 2146
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑިޕާރޓްމެންޓް އޮފް ހޯމްއެފެއާރސް/އިލެކްޝަންސް ޑިވިޝަން
         މާލެ،ދިވެހިރާއްޖެ
 نمبر: އ- 70/5

إعلان

އަންނަ އެޕްރީލްމަހު އެއްކުރުމަށް ހަމަޖެހިފައިވާ خاصّ مجلسއަށް ممبرން انتخاب ކުރުން

قانون اساسى ގެ 88 ވަނަ مادة ގައިނަންގަނެވިގެންވާخاصّ مجلسއަށްممبرން انتخابކުރުމަށް ވޯޓްލުން 13 މާރޗް 1970م (ހުކުރު) ދުވަހު ހެދުނު 7.00 ން 11.00އަށް، މެންދުރުފަހު 2.00 ން 5.30އަށް، މާލެއާއި ރާއްޖެތެރޭގައި އޮންނާނެއެވެ. މާލެއިން انتخابކުރަން ޖެހެނީ 8 ممبرންނެވެ. ނަމަވެސް قانون أساسىގެ 67 ވަނަ مادّةގައިވާ ގޮތުގެމަތިން ކުރިމަތިލާފައިވަނީ 7 ކެންޑިޑޭޓުންނެވެ. އެއީ:-
 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(54)

ކިޔާފައިވާ ޢަދަދު: 2145
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިރާއްޖޭގެ މިނިސްޓަރެއްގެ ނަމުގައި

ދޮގު ޕާސްޕޯޓެއް ހަދައިގެން އުޅުނު ޖަރުމަނަކު ހައްޔަރުކޮށްފި

މިއަހަރުގެ މާރޗް މަހުތެރޭގައި ރާއްޖެއަށްއައި، ފެޑަރަލް ރިޕަބްލިކް އޮފް ޖާރމަނީގެ އަންހެނަކާއި ފިރިހެނަކު މާލޭގައި قواعدއާއި خلاف عملތަކެއް ކުރުމުގެ ސަބަބުން މިދިޔަ އޭޕްރިލްމަހު އެދެމީހުން ފޮނުވާލެވިފައިވާ ކަމަށް އެގިފައިވެއެވެ.

އޭރުގެ ފަތްފުށްތަކުން…. (65)

ކިޔާފައިވާ ޢަދަދު: 2303
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކައިވެނި؟ ނޫން!

އަޅުގަޑު سلام

                  ———- ހަތަރު ކުދީންގެ މަންމަ

أحمد زاھر


އަލްފާޟިލް އަޙްމަދު ޒާހިރު (ސީނާ ޒާހިރު) އަކީ، ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. އަދި ކުޅަދާނަ ވާހަކަދެއްކުންތެރިއެއްވެސް މެއެވެ. ޒާހިރު ލިޔުންތެރިކަމުގެތެރެއަށް ވެދެވަޑައިގެންފައިވަނީ، މަދަރުސީ ދައުރުގައެވެ.

އޭނާ ލިޔުއްވާފައިވާ ނޫސް، މަޖައްލާތަކުގެތެރޭގައި “ވިޔަފާރި މިއަދު” “ތަޖުރިބާ” “ހަފްތާ” “ހަވީރު” އަދި ދިވެހިޑައިޖެސްޓް” ހިމެނެއެވެ. ރާއްޖޭގައި އެއްދުވަސްވަރެއްގައި މަޝްހޫރުވި “ހަފްތާ” ނޫހުގެ މަސްއޫލުވެރިޔަކީ، އަދި އެޑިޓަރަކީވެސް އަޙްމަދު ޒާހިރެވެ. މީގެއިތުރުން “ތަޖުރިބާ” އާއި “ދިވެހިޑައިޖެސްޓް”ގެ އެޑިޓަރަކީވެސް އޭނާއެވެ.

އޭރުގެ ފަތްފުށްތަކުން…. (64)

ކިޔާފައިވާ ޢަދަދު: 2373
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އޭރުގެ ފަތްފުށްތަކުން…. (64)

دارالإقامۃ

على شميم 

މ. އިރަމާގޭ އަލްފާޟިލް ޢަލީ ޝަމީމު (ރަޙިމަހުﷲ) ނުވަތަ އައްޑޫ ޢަލިފުޅަކީ،  ދިވެހި އަދަބީ ދާއިރާގައި ފާހަގަ ކޮށްލެވޭ ޚިދުމަތްތެރިއެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ވާހަކަދެއްކުންތެރިއެއްވެސް މެއެވެ. ޢަލީ ޝަމީމަކީ، ސަރުކާރުގެ މުހިންމު ދާއިރާތަކެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ވެސް މެއެވެ. އަދި އަމިއްލަފުޅު ގޮތުން “އިރަމާ ޕްރެސް”ގެ ނަމުގައި ޗާޕްޚާނާއެއް އުފައްދަވައިގެން ގިނަ ޢަދަދެއްގެ ޢިލްމީ، އަދަބީ ފޮތްތަކެއް ނެރުއްވައިދެއްވައިފައިވެއެވެ.

رئيس الجمہوريۃގެ ޕްރެޒިޑެޝަލް އެޑްރެސް

ކިޔާފައިވާ ޢަދަދު: 2554
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް….(44)

رئيس الجمہوريۃގެ ޕްރެޒިޑެޝަލް އެޑްރެސް

رعيۃންގެ مجلسހުޅުވުމުގެ رسميّاتގައި ޕްރެޒިޑެންޝަލް އެޑްރެސް ވިދާޅުވީ، އެކަމަށްޓަކައި رئيس عيّنކުރެއްވި، ރާއްޖޭގެ ޕްރައިމް މިނިސްޓަރ އޮނަރަބްލް ألفاضل أحمد زكى އެވެ.


ޝާއިޢުކުރި ފަރާތުގެ ނޯޓެއް:
މިއީ، މީގެ 40 އަހަރު ކުރިން އާދެ! 20 ފެބުރުވަރީ 1974 ގައި رعيۃންގެمجلس ހުޅުވުމުގެ ޖަލްސާއަށް އޭރުގެ رئيس الجمہوريۃ سموّالأمير إبراھيم ناصر ރަންނަބަޑޭރިކިލެގެފާނު ނ.ޣ.ޢ.ވ. ފޮނުއްވި ޕްރެޒިޑެންޝަލް އެޑްރެހެވެ.
މި ލިޔުން އަޅުގަނޑުމެން މި ޝާއިޢުކުރަނީ، 2014 ވަނަ އަހަރަށް، ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވާ މުނާސަބަތާ ގުޅުވައިގެންނެވެ. ހަނދާނާއި ތާރީޚަށްޓަކައެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(21)

ކިޔާފައިވާ ޢަދަދު: 2330
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
وزارةالماليّۃ (ބ)
(އިލެކްޓްރިކްއޮފީސް)

إعلان

މިހާރުހިންގާ އެލެކްޓްރިކް ބޮޑުއިންޖީނު އެއްވެސް އަރާމެއްނެތި ހިގަންވުމުގެ ސަބަބުން ހިސާބަކަށް ގެއްލުންލިބެމުން އެބަދެއެވެ. މިއިންޖީނު ހަލާކުވެއްޖެނަމަ، އަޅުގަޑުމެން މުޅިން ތިބެންޖެހޭނީ، ދުވަސްކޮޅަކަށް ނަމަވެސް، އިލެކްޓްރިކްގެ ބޭނުން ނުކޮށެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(43)

ކިޔާފައިވާ ޢަދަދު: 2332
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިރާއްޖޭގެ ރައީސް

ނުރަސްމީ ދަތުރުފުޅެއްގައި

ރާއްޖޭގެ رئيس الجمہوريہ سموّالأمير إبراھيم ناصر ރަންނަބަޑޭރިކިލެގެފާނު ނ.ޣ.ޢ.ވ. ނުރަސްމީގޮތުން މާލެއަށް ކުރެއްވި ދެތިން ދުވަހުގެ ދަތުރުފުޅަކަށްފަހު މިއަދު ހެދުނު އެބުރި ސިރީލަންކާއަށް ވަޑައިގެންފިއެވެ. އަރިހުގައި އެމަނިކުފާނުގެ ދެބޭފުޅަކުކަމުގައިވާ النبيل علی ناصر އާއި، النبيل محمد ناصرވަޑައިގެންނެވިއެވެ. އަދި މީގެއިތުރުނ الفاضل محمد علی ވެސް ވަޑައިގެންނެވިއެވެ.
 

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(20)

ކިޔާފައިވާ ޢަދަދު: 2529
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

وزارةالتّجارة والتّموين
    މާލެ- محلديب

اعلان

نمبر62/50:

ކާށިވިއްކުމާބެހޭ

ކާށިވިއްކުމުގައި، އޭގެ އެކިއެކި މިންތަކާމެދު، ބައެއް ފަރާތްފަރާތަށް ހިސާބަކަށް އޮޅުއަރާކަމަށް ފެންނާތީވެ، އަންގަމެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(42)

ކިޔާފައިވާ ޢަދަދު: 2232
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ބޭންކް

ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ގޮތްޕެއް

މާލޭގައި ހުޅުވިއްޖެ

ދިވެހިރާއްޖޭގެ ތާރީޚްގައި ރާއްޖޭގައި ހުޅުވުނު ފުރަތަމަ ބޭންކް މިއަދު 9.30 ވީއިރު މާލޭގައި އިފްތިތާޙް ކުރެވިއްޖެއެވެ. އެއީ ސްޓޭޓްބޭންކް އޮފް އިންޑިޔާގެ ފަރާތުން މާލޭގައި ހުޅުވި ގޮތްޕެކެވެ. މިބޭންކް ހުޅުވުނީ، ސ. ބޮޑުއިސްޓޯރުގެ ތިރީގެ ހުޅަގުބައި އާދެ! ކުރީން ފުޑްކަންޓްރޯލް ޑިޕާރޓްމެންޓްސް ހުރި ބައިގައެވެ. ބޭންކް ހުޅުއްވައިދެއްވީ، ރާއްޖޭގެ މިނިސްޓަރ އޮފް ފިނޭންސް އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީ އެވެ.