ހަމައެކަނި ވިދާޅުވެލެއްވުމަށް….(40)

ކިޔާފައިވާ ޢަދަދު: 2468
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް….(40) 

އަޅުގަޑުމެންގެصاحب الرّفعۃ

ހުރަޔަށްކުރެއްވިޒިޔާރަތް

ދިވެހި قوم ގެ އިއްޔެގެ ބޮޑުވަޒީރު، އަޅުގަޑުމެންގެ صاحب الرّفعۃ سموّالأمير إبراهيم ފާމުލަދޭރިކިލެގެފާނުންގެ ހިތްޕުޅުގައި ރާއްޖެތެރޭގެ ނިކަމެތި ފަގީރުންނަށް، ވަރަށް خاصّ ލޯބިފުޅެއް އަބަދުވެސް އޮވެއެވެ.
މީގެތެރެއިންވެސް މާލެ އަތޮޅު ހުރާގެ ރައްޔިތުންނަށް އެމަނިކުފާނު ބަހައްޓަވާ އެހީތެރިކަމާއި عنايۃ ތެރިކަން ވަކީން خاصّ އެވެ…. ސިއްރާއި ސަބަބު ގިނަގުނައެވެ.

ހައްދުންމަތީ ކަޅައިދޫ އާބާދުވުމާއި ފަޅުވުން (1)

ކިޔާފައިވާ ޢަދަދު: 3224
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަނދާނާއި ތާރީޚަށްޓަކައި:

ހައްދުންމަތީ ކަޅައިދޫ އާބާދުވުމާއި ފަޅުވުން (1)

ޠާހާ އަބޫބަކުރު


އެމް.އެން.ޑީ.އެފްގެ ބޭނުންތަކަށް ތަރައްޤީކުރުމަށްޓަކައި މިރަށް އެމް.އެން.ޑީ.އެފްއާއި ސަރުކާރުން ޙަވާލުކުރެއްވީ، 21 އޮކްޓޯބަރ 2010ގައެވެ. މިކަމުގެ ލިޔުމުގައި މެދުދެކުނު ޕްރޮވިންސްގެ ޤައުމީ އިދާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުޠަބާއެވެ. އެމް.އެން.ޑީ.އެފްގެ ފަރާތުން ސޮއިކުރެއްވީ، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ ކައްދޫ ޕޯސްޓްގެ އޮފިސަރ އިންޗާރޖްކަމުގައި ހުންނެވި ކެޕްޓަން މުޙައްމަދު ރިފްޢަތު މޫސާ އެވެ. ރަސްމީކޮށް އެމް.އެން.ޑީ.އެފް ކަޅައިދޫ ޕޯސްޓް ހުޅުވުނީ، 3 ނޮވެމްބަރ 2011މ. ގައެވެ. ހުޅުވައިދެއްވުމުގެ ގޮތުން ކަޅައިދޫ ޕޯސްޓްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ޙުސައިން ޢުމަރެވެ. ސިފައިންގެ ދިދަ ނަންގަވައިދެއްވީ ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. މިހާރު ކަޅައިދޫ ބޭނުންކުރެވެނީ، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާރޑް އުޅަނދުފަހަރުގެ ބަނދަރެއްގެގޮތުގައާއި، ޑައިވިންގ ސެލްގެ ބޭނުންތަކަށާއި ކައްދޫ ޓްރޭނިންގ ސެންޓަރުގައި ހިންގޭ ބައެއް ތަމްރީންތަކުގައެވެ.

ރަށް އާބާދުވުން:

ހަމައެކަނި ވިދާޅުވެލެއްވުމަށް….(39)

ކިޔާފައިވާ ޢަދަދު: 2695
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ބޭރުތަނަކުން މާލެއައި

އެންމެ”ބަރާބަރު”ރިޕޯޓަރ!

އަޅުގަޑުމެންވާ ނުވެސް ދެނަހުރީމެވެ. އެގުނީވެސް މާފަހުން އޭނާދިން ޚަބަރުތައް ނޫހުގައި ނުކުތްފަހުން ވިއްޔާއެވެ. އަތްބާރެއް އަޅާލަދީ ކުޑައެހީއެއް ވެލައިގެންވެސް މީހަކު އޭނާގެ މޫނުބަދެފައި ހުރި ފޮތިގަޑު މޮހާލަ ދެވުނީހީވެސް އެހެންނަމަތާއެވެ. އޭނާ އުޅުނީ މުޅިން ސިއްރުންކަމަށާއި މިރާއްޖޭގެ ސިއްރު ފުލުހުންނަށްވެސް ފިލައިގެން ސިއްރުންކަމަށް އޭނާ ބުނެއެވެ. މީހަކަށް އަންގާލައިގެން އުޅުނުނަމަވެސް މިވަރެއް ނުވީހެވެ.

ހުރާގޭ މުޙައްމަދު މަނިކުފާނު

ކިޔާފައިވާ ޢަދަދު: 4781
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ގައުމިއްޔަތަށްޓަކައި ގުރުބާންވުމާއި ގައުމީލޯތްބަކީ، ވަކި ނަސަބަކަށް ވަކި ދަރިކޮޅަކަށް ވަކި މީހެއްގެ ދަރިއަކަށް ޚާއްޞަކުރެވިފައި އޮންނަ ކަންކަމެއްނޫނެވެ. އެކަންކަން ހިމެނިފައިއޮންނަނީ އެމީހެއްގެ ޢަގީދާއާއި ހަރުދަނާކަމުގެ މައްޗަށެވެ. މިދެންނެވިގޮތުން ހުރާގޭ މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި، އޭނާގެ ބޭފުޅުންގެތެރެއިން ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) އާއި ޙަސަން މަނިކުފާނު(ސުލްޠާން ޣާޒީ ޙަސަން ޢިއްޒައްދީން) އަކީ ގައުމިއްޔަތަށްޓަކައި ގުރުބާންވެވަޑައިގަތް ގައުމީލޯބި ހުރި ބޭފުޅުންނެވެ. މިހެން ދެންނެވުމަކީ ގައުމިއްޔަތަށްޓަކައި ގުރުބާންވި ގައުމީލޯބި ހުރި މިނޫން އެހެން ބޭފުޅުން ނެތެކޭ ދެންނެވުމެއްނޫނެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(38)

ކިޔާފައިވާ ޢަދަދު: 2729
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކްރިކެޓް موسم ހުޅުވިއްޖެ

ކިތަންމެދުވަހެއްވިޔަސް ޖަވާހިރެއްވާނީ ހަމަޖަވާހިރަކަށެވެ.

މިއަހަރުގެ ކްރިކެޓް މޫސުމް އިއްޔެ ހުޅުވިއްޖެއެވެ. موسم ހުޅުވުމުގެ މެޗް އޮތީ رسمى ދަޑުގައެވެ. ފެށުނީ 2 ޖެހިއިރުއެވެ. މެޗްގައި ބައްދަލުވީ އިހުގެ ކުޅުންތެރިންނާއި، މިހާރުގެ ކުޅުންތެރީންގެ 2 ޓީމްއެވެ. އިހުގެ ޓީމްގެ ކެޕްޓަންއަކީ، الفاضل احمد آدم އެވެ. މިހާރުގެ ޓީމްގެ ކެޕްޓަންއަކީ الفاضل حسن حبيب އެވެ.
 

ޝަމްސުއްދީން ރަދުން

ކިޔާފައިވާ ޢަދަދު: 2954
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ދިވެހި ސިންގާސަނާއިން (1)

ޝަމްސުއްދީން ރަދުން

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ދެ ފަހަރެއްގެ މަތީން ދިވެހި ތަޚުތުގައި ރެދަލި ކުރެއްވިއެވެ. ހުރާގޭ ދަރިކޮޅުން، މުލީގޭ ޢާއިލާއިން ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (III) އިސްކަންދަރު، (ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުން)ނަކީ ދިވެހި ސިންގާ ސަނާގައި ރެދަލި ކުރެއްވި 81 ވަނަ ރަދުންނެވެ. ރަސްކަން ދައުރު ކުރުމުގެ ގޮތުން ބަލާއިރު 91 ވަނަ ރަދުންނެވެ.

ތަރައްޤީގެ މަގުގައި ދަރަވަންދޫ

ކިޔާފައިވާ ޢަދަދު: 3715
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ނަފިޢު
ބ.ދަރަވަންދޫ އަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ފަސް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި މި ރަށަކީ ބ. އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫން އަތޮޅުވެރިކަން ބަދަލު ކުރީ 4 ޖޫން 1962 ވަނަ އަހަރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އޭދަފުއްޓަށެވެ.
 

ދޭތިން އެކަތި

ކިޔާފައިވާ ޢަދަދު: 5407
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ

ދޭތިން އެކަތިކަމަށް ބުނުމުން ހީވާންއުޅޭނީ އެހެން ބުނެއުޅޭ ޢާއްމު ގޮތަށެވެ. ދޭތިން އެކައްޗަށް ހިފުމަށެވެ. އެކަމަކު މިލިޔުމުގެ ސުރުޚީއަކަށް ދޭތިން އެކަތި ލިޔުމުގެބޭނުމަކީ އެއްކަމެއް ހިނގިގޮތް ދެ ފޮތެއްގައި ދެ ގޮތަކަށް ލިޔެފައިވުމުން އެކަން ހިނގިގޮތް ރަނގަޅަށް ލިޔެފައިވަނީ އޭގެތެރެއިން ކޮން ފޮތެއްގައިކަން މި ލިޔުންވިދާޅުވާ ބޭފުޅުންނަށް އެނގިވަޑައިގަތުމެވެ. މި ދެ ފޮތަކީ ވެސް އަޅުގަނޑުމެންނަށް ނުހަނު ބޭނުންތެރި ދެ ފޮތެކެވެ. “ދިވެހިތާރީޚު” ފޮތާއި، “މާލޭ ހުކުރުމިސްކިތް” ފޮތެވެ.