އެންމެ ދޮށީ ޔުނިވަރސިޓީ ބިނާކުރެއްވި ކަމަނާގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1799
އަޙްމަދް ސަމީރު ޢަލީ
ތާރީޚު އިލްމުވެރިން  ލިޔުއްވާގޮތުގައި މަޣްރިބްކަރައިގެ ފާސް ގެ އަލްޤަރަވިއްޔީން ޔުނިވަރސިޓީއަކީ ދުނިޔޭގައި އެޅުނު އެންމެ ފުރަތަމަ ޔުނިވަރސިޓީއެވެ. ޓޫނީޝިޔާގެ އައްޒައިތޫނާ ޔުނިވަރސިޓީ އާއި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއަކީ ނިސްބަތުން، މާ ފަހުގެ ތަންތަނެެވެ. އިޓަލީގެ ބޮލޯނިޔާގައި އުފެދުނު ޔުނިވަރސިޓީއަކީ ވިލާތުގެ އެންމެ ފުރަތަމަ ޔުނިވަރސިޓީއެވެ. ނަމަވެސް އަލްޤުރަވިއްޔީން ޔުނިވަރސިޓީއަށްވުރެ 191 އަހަރު ހަގެވެ. އޮކްސްފޯޑް ޔުނިވަރސިޓީއަކީ އަދި މާފަހެވެ!
 

ތިޔަ ބުނަނީ ބޯކޯ ޙަރާމޭ ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 1862
އަޙްމަދް ސަމީރު ޢަލީ
ހައުސާ ބަހަކީ އެފްރިކާގެ ބަސްތަކުގެ ތެރެއިން ވަރަށް މަޝްހޫރު ބަހެކެވެ. ނައިޖީރިޔާގެ އުތުރުގެ ބޮޑު ބައެއްގައި ދިރިއުޅޭ މީހުންނާއި އަވައްޓެރި އަށެއްކަ ގައުމުގައި ދިރިއުޅޭ  ފަންސަތިރީހަކަށް މިލިޔަން މީހުންގެ މާދަރީ ބަހެވެ. މިހާ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާތީ ވިޔަފާރީގެ މުއާމަލާތުގައި ހައުސާ ބަހަކީ ވަރަށްގިނައިން ބޭނުންކުރެވޭ ބަހެކެވެ. މިހެންވެ ދެވަނަ ބަހެއްގެ ގޮތުގައި މި ބަހުން ވާހަކަ ދައްކައި އުޅޭ މީހުންގެ އަދަދު އިތުރު ފަނަރަ މިލިޔަނަށްވުރެ ގިނައެވެ.
 

ތިޔަބޭފުޅުން އަޑުއައްސަވާފައިނުވާ، ތަޤުވާވެރި، މާ ބޮޑުމަހުޖަނެއްގެވާހަކަ

ކިޔާފައިވާ ޢަދަދު: 1834
 
އަޙްމަދް ސަމީރު ޢަލީ
މިސްރުގެ ވެރިރަށް ޤާހިރާގެ ވަޒަންވެރިންނަށް އެންމެ ފުރަތަމަ އިވުނީ އެރަށަށް، ބޮޑު ލަޝްކަރެއް އަރައިގެން އަންނަ އަޑުކަހަލަ އަޑުފަށްގަނޑެކެވެ. ވަނީ ކީއްތޯ ބަލަން އަސްމަތީގައި ދިޔަމީހުން މާނޭވާލަމުން އާދެވުނުއިރު އަޑުފަށްގަނޑު މަޑުމަޑުން ގަދަވަމުން އާދެއެވެ. ސަހަރާގެ ހުޅަނގުފަރާތުން އިވެނީ އެތައް ސަތޭކަ އަހަކާއި އެހައިމެ ގިނަ ޖަމަލާއި އެތައް ބަޔަކު ހިނގާފައި އަންނަ އަޑެވެ. ބެރުދުންމާރި ތާޅަފިލީގެ އަޑުވެސް މިހާރު އަންނަނީ ގަދަވަމުންނެވެ. ބުރަކަށިމަތީގައިވާ ތަކެތީގެ ބަރުކަމުން ޖަމަލުތައްވެސް އަރާމުކޮށްލަން އެދޭކަހަލައެވެ. އެޖަނަވާރުތަކާއި ހަވާލުވެގެން ތިބި މީހުން ބޭނުންވީ އަދި ގަޑިއެއްހައި އިރަށް ހިތްވަރުކޮށްލުމެވެ!

ރަޖަބުމަހުގެ ތާރީޚީ ޒިކުރާ

ކިޔާފައިވާ ޢަދަދު: 2356
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މުސްލިމުން ޤަބޫލުކުރާ ގޮތުގައި ރަޖަބު މަހަކީ ހުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެކެވެ. އެހެންކަމުން ރަޖަބު މަހަށް ވެސް ޚާއްޞަ ޙުރުމަތްތެރިކަމެއް ލިބިގެންވެ އެވެ. ކީރިތި ޤުރުއާނާއި ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ސުންނަތުން ދަލީލު ލިބޭ ގޮތުގައި އަހަރެއްގައި އޮންނަ ބާރަ މައްސަރުގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހެވެ. މީގެ ތެރެއިން ތިންމަހެއް އަންނަނީ ވިދިވިދިގެންނެވެ. އެއީ މުޙައްރަމް، ޞަފަރު، ރަބީޢުލްޢައްވަލު މި 3 މަހެވެ އަނެއް މަހަކީ ދެ ޖިމާދާއި ޝަޢުބާން މަހާ ދެމެދުގައިވާ ރަޖަބެވެ”.  

ޢިރާޤު ހަނގުރާމައަށް 12 އަހަރު ފުރުން

ކިޔާފައިވާ ޢަދަދު: 2364

ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
 
މާރޗްމަހުގެ 19 ވަނަ ދުވަހަކީ އެމެރިކާ އިސްވެ އޮވެ ޢިރާޤަށް އަރައި އެޤައުމާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާތާ 12 އަހަރުފުރޭ ދުވަހެވެ. ފާއިތުވި 12 އަހަރުގެ ތެރޭގައި އެމެރިކާގެ އެނިންމުމުގެ ސަބަބުން މެދުއިރުމައްޗަށް ޚާއްސަކޮށް ޢިރާޤަށް ގެނެވުނީ ކޮން ބަދަލެއްތޯއެވެ؟ އެއްވެސް މާނަވީ ބަދަލެއް ގެނެވުނުތޯއެވެ؟ ޢިރާޤުގެ ނިކަމެތި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އޮތީ ކިހާ ހިސާބެއްގައި ތޯއެވެ؟ އަސާސީ ބޭނުންތައް ފުއްދުމުގައި ނުވަތަ ފުއްދައިދިނުމުގައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރަށް ކާމިޔާބެއް ލިބިފައިވޭތޯއެވެ؟ މިސުވާލުތަކަށްވުރެ މުހިންމު ސުވާލަކީ ޢިރާޤަށް އަރައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމަކީ ރަގަނޅު ނިންމުމެއްބާވައެވެ؟ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ދޮގު މަޢުލޫމާތު ފަތުރައި އޭގެ އަލީގައި އެމެރިކާއިން މިވަރުގެ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ އެމެރިކާއިން ޢިރާޤަށް އަރައިގަތުމާއި މެދުއިރުމައްޗަށް ދާދިފަހުން ގެންނަން ފެށުނު ރަބީޢުގެ އިންޤިލާބާއި އެއްވެސް ގުޅުމެއްވޭބާވައެވެ؟ މިއީ މިއަދު ޚާއްސަކޮށް ޢަރަބިން އާންމުކޮށް ހުރިހާ މުސްލިމުން ކުރަމުންދާ ސުވާލެކެވެ. 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (6)

ކިޔާފައިވާ ޢަދަދު: 2344
ޙުސައިން ޢާމިރު

ދެވަނަ ބައި

އިންސާނީ ޙައްޤުތަކުގެ މުހިއްމު މުޢާހަދާތައް

ޙާޞިލްކުރަން އެދެވޭ މަޤްޞަދު:
•    އިންސާނީ ޙައްޤުތަކުގެ ބައިނަލް އަޤްވާމީ މުޢާހަދާތަކުގެ ތެރެއިން ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުޢާހަދާތައް ދެނެގަތުމާއި ޤާނޫނީ މަސައްކަތުގެ ދާއިރާގައި މިމުޢާހަދާތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލުން.
•    ޙުކުމްތައް ތަޠުބީޤުކުރުމުގައި މުޢާހަދާގައިވާ ކަންތައްތައް ތަންފީޛުކުރެވޭނެ ގޮތްތަކާމެދު ޤާނޫނުގެ އަހުލުވެރިންގެ މަޢުލޫމާތު އިތުރުކުރުން.

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (3)

ކިޔާފައިވާ ޢަދަދު: 2571
 
ޙުސައިން ޢާމިރު
(17 ޑިސެމްބަރ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 
2.5 އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނީ މަޞްދަރުތައް
ކޮންމެ އިންސާނަކަށް ވެސް އެ މީހެއްގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތް ކުރެވޭނީ އެކަމަށް އެކަށައެޅޭ ޤާނޫނީ އޮނިގަޑެއް އޮވެގެންނެވެ. މި އޮނިގަޑު ކޮންމެ ގައުމެއްގެ ދާޚިލީ ޤާނޫނުގައި ކަނޑައެޅި ބަޔާންވެ އޮންނަންވާނެއެވެ. ޤާނޫނުގެ ވެރިކަން އޮތުމަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ މައިދާނުގައި ފާޅުވެ އެނގެން އޮންނަ މަބްދައެކެވެ. ޤާނޫނުން މި ޙިމާޔަތް ހޯދައި ނުދެވޭނަމަ އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަކީ ވަހުމަކަށް ވެދާނެއެވެ.
 

އެވޭލާ ހޯދުންތައް.

ކިޔާފައިވާ ޢަދަދު: 2146

ފުރަތަމަ ކުރެވުނު ކަނޑުގެ ތަޙުލީލަކީ ކޮބާ؟

ޙުސައިން ޝާކިރު 
ކަނޑު ތަޙުލީލުކުރުމަށް ބަޔަކު  އެންމެ ފުރަތަމަ ފޮނުއްވިކަމަށް ފެންނަން ހުރި ތާރީޚީ ލިޔުން ތަކުން އެނގެނީ ޢީސާގެފާނުގެ ކުރިން 1478 ން 1458 ށް މިޞްރުގައި ވެރިކަންކުރެއްވި މަހާ ރާނީ ހެޓްޝެޕްސުޓް (Queen Hatshepsut) އެވެ. 
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން – އިންސާނީ ވާޖިބެއް (2)

ކިޔާފައިވާ ޢަދަދު: 2570
ޙުސައިން ޢާމިރު
(10 ޑިސެންބަރު 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 
2.2 ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުން
ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ނެގެހެއްޓުމުގެ ސިޔާސަތު ރަސްމީ ސިފައެއްގައި ފެށިފައިވަނީ 2003 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ކ. މާފުށީ ޖަލުގައި ހިންގި ލާ އިންސާނީ ޢަމަލުތަކާ ގުޅިގެން ނުކުތް ނަތީޖާއެއްގެ ގޮތުންނެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނެއް 10 ޑިސެމްބަރު 2003 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވިއެވެ. 

އާންމު މައިދާންތަކަށް ރައްޔިތުން އެއްވެ، އަޑުއުފުލައި އުޅުމުގެ ޒަމާންވީ ތާރީޚަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 3506
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން މައިޒާނޭ މިކިޔާ ބޮޑެތި ހުސްތަންތަން އެގޮތުގައި ބާއްވައި ޒަމާންވީ ސަހަރު ސަހަރު ފަރުމާކުރަން ފެށުނީ ގަދީމީ ޔޫނާނުގައެވެ. އާދެ، މިހާރުގެ ނަމުންނަމަ ގްރީސްގައެވެ. އާންމު ގޮތެއްގައި މިއީ އުފާވެރި، ސުލްހަވެރި ބައްދަލުވުންތަކަށް އެންމެ އެކަށީގެންވާ ތަންތަނެވެ!