އޭރުގެ ފަތްފުށްތަކުން…. (60)

ކިޔާފައިވާ ޢަދަދު: 2594

شخصيّة

މުސޮލިނީ

އޭނާ އޭނާގެ އިޓަލީ މީހުންނަށް އަމުރުކުރީ “ނުރައްކާތެރިކަމާއެކު ދިރިއުޅޭށެވެ.” އެހެންނަމަވެސް އެކަނި އަދިރީގައި ގެއަށް ދިއުމަށް އޭނާ ބިރުގަނެއެވެ.

احمد زاهر


އަލްފާޟިލް އަޙްމަދު ޒާހިރު (ސީނާ ޒާހިރު) އަކީ، ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. އަދި ކުޅަދާނަ ވާހަކަދެއްކުންތެރިއެއްވެސް މެއެވެ. ޒާހިރު ލިޔުންތެރިކަމުގެތެރެއަށް ވެދެވަޑައިގެންފައިވަނީ، މަދަރުސީ ދައުރުގައެވެ.

އޭރުގެ ފަތްފުށްތަކުން…. (58)

ކިޔާފައިވާ ޢަދަދު: 4407

إسلامى أمّة ތައް ނިންދި  غفلة ގެ ނިދާބޭސް

 عبدالرشيد حسين  (ޖީ.ސީ.އީ III)


އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. މަދުރަސީ ދައުރުން ފެށިގެންވެސް ނޫސް މަޖައްލާ ނެރުއްވުމާއި އަދަބީ ތަފާތު ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޚާއްޞަކޮށް ޤައުމީ ރޮނގުތަކުގައި ލިޔުއްވުމާއި ޅެމާއި ލަވަ ހެއްދެވުމާއި ތަޤްރީރުކުރެއްވުމަކީ، އެމަނިކުފާނުގެ ޚާއްޞަ ރޮނގެކެވެ.

2014 ވަނަ އަހަރަށް މަރުޙަބާ ކިޔާއިރު…

ކިޔާފައިވާ ޢަދަދު: 3601
 
އަޙުމަދު މުއުމިން
އެކި އެކި ފޮނި ހުވަފެންތައް ދެކެމުން 2014 ވަނަ އަހަރާއި ދުނިޔެ ކުރިމަތިލާއިރު، މީގެ ސަތޭކަ އަހަރު ކުރިން 1914 ވަނަ އަހަރަކީ، ދުނިޔޭގެ ތާރީޚް އެފުށްމިފުށަށް ޖަހައިލި ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނު އަހަރެވެ.
 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(34)

ކިޔާފައިވާ ޢަދަދު: 2307

ދިވެހި دولة ގެ ގެޒެޓް ބިލް نمبر 68/6

އެރަށެއްގެ ވަޒަންވެރިންގެތެރޭގައި ހުކުރު ވާޖިބުވާ 50 މީހުންނެތް ކޮންމެރަށެއް ފަޅުރަށެއްކަމުގައި ހަމަޖެއްސުމުގެ ބިލްއާއި ގުޅޭގޮތުން

ކ.ގިރާވަރުގެ ދެގެއެއްގެ މީހުން ހުޅުލޭގައި ވަޒަންވެރިވެއްޖެ

ވިޔަފާރި މިއަދުގެ خاصّ مراسل

ވިޔަފާރި މިއަދަށް خبر ލިބިފައިވާ ގޮތުގައި 14.3.68 (ބުރާސްފަތި) ދުވަހު ކ.ގިރާވަރު ބަހާރުގޭ މީހުންނާއި ސައިމާގޭ މީހުން ކ.ހުޅުލެއަށް ބަދަލު ވެއްޖެއެވެ. އެދުވަހުން ފެށިގެން އެދެގޭގެ މީހުން ދިރިއުޅެމުން ގެންދަނީ ހުޅުލޭގައެވެ. މިދެންނެވި ދެގޭން ބަހާރުގޭގެ ވެރިޔަކީ ކުޑަ موسى އެވެ. އެގޭގައި އުޅެނީ 5 މީހުންނެވެ. ސައިމާގޭގެ ވެރިޔަކީ حسين (ދޮންކަލޯ) އެވެ. އެގޭގައި އުޅެނީ 4 މީހުންނެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(9)

ކިޔާފައިވާ ޢަދަދު: 2852
   މިނިސްޓްރީ އޮފް ޖަސްޓިސް
ޕްރޮޕަޓީ އެންޑް އޯނަރޝިޕް ޑިވިޝަން
        މާލެ،ދިވެހިރާއްޖެ.
                                 نمبر  12/70 P&O.D

إعلان

ހޮވައިގެންގެނެވިފައި

ޤަދީމީ މިސްރުބަސް އޮޅުން ފިލުއްވައިދެއްވި ޖާން ފްރާންސްވާ ޝެމްޕޮލިއޯން

ކިޔާފައިވާ ޢަދަދު: 7940

އަޙްމަދް ސަމީރު ޢަލީ

އާންމުންގެ ގިނަ މީހުންނަށްވުރެ  މާ މޮޅު ބައެއްކަމަށް އަޅުގަނޑުމެން ދެކޭ މަދު އިލްމުވެރިން، ސައިންޓިސްޓުން، ތަކެތި އަލަށް އީޖާދު ކުރާ މޭސްތިރިން، ބުއްދިވެރި ފިލޯސަފަރުންނާއި ހަކީމުން، މިޔުޒިކީ ފަންނުގައި މީހުން އަންތަރީސް ކޮށްލާ މުސީގާރުންނާއި ކުރެހުންތެރީންގެ އެދުރުންނަށް، މި މުހިންމު މަދު ބަޔަކަށް ތަފާތު ލަގަބުތައް ހައްގުވަނީ އެމީހުންގެ ވިސްނުމަށް ކުއްލިއަކަށް އަންނަ އާދަޔާ ޚިލާފު މޮޅު ޚިޔާލަކުންބާއެވެ؟ ނޫނީ އެމީހުންގެ ކާމިޔާބީ އަކީ މަޑުމަޑުން، ކެތްތެރިކަމާއެކު އާދައިގެ އެހެން މީހުން، ނިދާ ކޮޓަރީގެ ބޮކިތައް ނިއްވާލާތާ އަދި މާ ފަހުންވެސް އެމީހުންގެ ދިރާސާތަކާއިގެން ކުރިޔަށްދާ ދިޔުންބާއެވެ؟ ނުވަތަ މިއީ މީހާ އުފަންވާއިރު ލިބިފައިވާ އިލާހީ ހިބައެއްބާއެވެ؟

މި އިޢުލާން ދެކެވަޑައިގަތީމުތޯ؟ (5)

ކިޔާފައިވާ ޢަދަދު: 2488
ޑިޕާރޓްމެންޓް އޮފް ހޯމްއެފެއަރސް
   އިލެކްޝަންސް ޑިވިޝަން 
     މާލެ- ދިވެހިރާއްޖެ
                                            نمبرއ- 69/57   

إعلان

30 އެޕްރީލް 1969م ގައި، މާލޭގައިނެގި ވޯޓްއާއިބެހޭ

ކުރިޔަށް އޮތް 5 އަހަރަށް އޮންނާނޭ ރައްޔިތުންގެ مجلسއަށް، މާލޭގެ 8 ممبرން ހޮވުމަށް މިހިގާ އެޕްރީލްގެ 25 ވީ ހުކުރު ދުވަހު ބޭއްވި انتخابގައި ވޯޓްދިނުން لازم ކުރާ عددއަށް ވޯޓް ނުލިބިގެން އެ إنتخاب باطل ކޮށްފީމެވެ.

އޭރުގެ ފަތްފުށްތަކުން……(43)

ކިޔާފައިވާ ޢަދަދު: 2732

އަޅުގަނޑުގެ ޑައިރީގެ صفحةއެއް

جمال عبدالناصر އަވަހާރަވީ ދުވަސް

مأمون عبدالقيوم


މިއީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނިޝާނުލް ޣާޒީގެ ޢިއްޒަތްތެރިވެރިޔާ) މީގެ 43 އަހަރު ކުރީން ލިޔުއްވަފައިވާ ލިޔުއްވުމެކެވެ. އެމަނިކުފާނަކީ، 1978 ވަނަ އަހަރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ނަމުގައި ޤައުމީ އިދާރާއެއް އުފައްދަވައި ރާއްޖޭގައި އެދުވަސްވަރު ތިއްބެވި އަދީބުން މެދުވެރިކުރައްވައި، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.  އޭގެ ހެޔޮ ނަތީޖާ ފާޅުކަންބޮޑުގޮތެއްގައި ފެންނަމުން ދިޔައެވެ.

އެއާޕޯޓުގައި 17 އަހަރު، އެއްކޮޅަކަށް ވެސް ނުދެވިފައި!

ކިޔާފައިވާ ޢަދަދު: 8175
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ ބައިނަލް އަގުވާމީ ދަތުރުތަކުގައި މަތިންދާބޯޓް ބަދަލު ކުރަން ޖެހޭ ފަހަރު ފަހަރު ކުރު ‘ އިންތިގާލީ މަރުހަލާ އެއްގައި ‘ އެއާޕޯޓްގައި މަޑު ކޮށްލަން ޖެހޭ ނޫންތޯއެވެ. ޒަމާނީ ބައެއް އެއާޕޯޓުތަކުގެ ޑިޔުޓީފްރީ ފިހާރަ ތަކާއި ފޮތްފިހާރަ ތަކުގެ ޖާދޫގައި ގަސްތުގައި ޖެހިލާހިތުން، ދެ ފްލައިޓް ދޭތެރޭގައި ދެތިން ގަޑިއެއްހައި އިރު ލިބޭނެ ނަމައޭވެސް ހިތަށް އަރާހައި އެތަންތަން ހިތްގައިމެވެ. އެއީ އަމިއްލަ އިޚްތިޔާރުގައި އެކަން ކުރުމާއި ނުކުރުން އަޅުގަނޑުމެނަށް ލިބިފައިވާތީއެވެ.  ނަމަވެސް، މި މަޒްމޫނުގައި އަޅުގަނޑު އަލިއަޅުވައިލާން މި އުޅޭއީރާނަށް އުފަން مهران کریمی ناصری އަށް ދިމާވި ހިތި ތަޖުރިބާ އަޅުގަނޑުމެން އެއްވެސް މީހަކަށް ދުވަހަކުވެސް ނުދައްކަވާށިއެވެ!

އަޅުގަނޑުގެ އަތުން ގާސިޔާއަށް އެ ސިޓީފުޅު ރައްދު ކޮށްދިނުން (ދެވަނަ ބައި)

ކިޔާފައިވާ ޢަދަދު: 8097
ލިޔުއްވީ: ލެފްޓިނެންޓް އެންޑްރޫ ސަމާޒް ރޯވަން

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން ކިޔުބާއަށް އައި އިރު ކަނޑުމަތީގައި ފޯރިމަރާ ބޯޓުފަހަރުގެ ނުރައްކާ އޮތެވެ. ނަމަވެސް ކިޔުބާއަށް އެރުމަށްފަހު އަދި މާބޮޑެތި ނުރައްކާތައް ކުރިމަތި ވާނެކަން ޔަގީނެވެ. ސްޕެއިންގެ ލަޝްކަރުތަކުން ކިޔުބާގެ ހަނގުރާމަވެރިން ހޯދައި ވަރަށް އަނިޔާވެރިކަން ދައްކަމުން ދެއެވެ. ހަތިޔާރު އަތްމަތީގައި ނެތް މީހުންނަށްވެސް ކުޑަވެސް ހަމްދަރުދީއެއް ނުދައްކާކަމަށް ޚަބަރު ލިބުނެވެ. ވީމާ މި އަތިރިމަތިން ފެށިގެން ގާސިޔާ ހުންނެވި ހިސާބަކަށް ދެވެންދެން އަމާންކަމެއް ނެތްކަން ޔަގީންވިއެވެ. ނަމަވެސް މިއީ މި ރޮނގުން ވިސްނަންވީ ވަގުތެއްނޫނެވެ. އަޅުގަނޑު ދާންވީ ހަވާލުކުރެވިފައިވާ ވާޖިބައިގެން ކުރިޔަށެވެ.!