އޭރުގެ ފަތްފުށްތަކުން…. (34)
ކިޔާފައިވާ ޢަދަދު: 2861އެމެރިކާގެ تاريخ ން
موّرخ ން ފާހަގަކުރާ ދުވަހެއް….
ދިވެހިތަރުޖަމާ: عبد الله موسى ހުވަރަފުށި
ހ. ކޮތަރިވިލާގޭ އަލްފާޟިލް ޢަބްދުﷲ މޫސާއަކީ، މަދަރުސާގައި އުޅުއްވި ދުވަސްވަރުން ފެށިގެން ލިޔުއްވަމުންގެންދަވާ ލިޔުންތެރިއެކެވެ. މޮޅު ޅެންވެރިއެކެވެ. އިނގިރޭސިބަހުން ވަރަށް ރީތިކޮށް ދިވެހިބަހަށް ތަރުޖަމާކުރައްވާ ބޭފުޅެކެވެ. “ޢިލްމީ އޮއިވަރު” “އަމާޒު” “މޫރިތި” އަދި “އަލްމިންބަރު” ފަދަ ތަފާތު މަޖައްލާތަކަށް ލިޔުއްވާފައިވާ، ދިވެހިބަހުގެ އެދުރެކެވެ. މަދަރުސާ ގިނަ މަދަރުސާތަކެއްގައި ދިވެހި މުދައްރިސެއްގެ ގޮތުން ގިނަ ދުވަސްތަކެއްގައި ޚިދުމަތްކުރައްވާފައިވާ އުސްތާޛެއްވެސްމެއެވެ. ޢަބްދުﷲ މުސާގެ ޅެންތަކަކީވެސް ވަރަށް ބަލާޣާތްތެރި މޮޅު ޅެންތަކެވެ.
އޭރުގެ ފަތްފުށްތަކުން…. (33)
ކިޔާފައިވާ ޢަދަދު: 3476އަޅުގަޑުގެ ﮩﻣﺪﺭﺪﻯވަނީ އިންޑިޔާއާއި އެކުގައެވެ.
އިބްރާހީމް ޝިހާބު
ދިވެހި އަދަބީ ދުނިޔޭގައި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ކޮން ބޭފުޅެއްކަން ތާރަފުކުރުމަށް މާ ގިނަ ޖުމުލަތަކެއް ބޭނުންވާނޭ ކަމަކަށް ނުދެކެމެވެ. އެ މަނިކުފާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށް ވުރެ ކުޅަދާނަ ޅެންވެރިއެކެވެ. އަދި އެއަށް ވުރެ ވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.
އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ދިވެހި ނޫސްވެރިކަމުގެ މުއައްސިސް ކަމުގެ ހަނދާނީ ލިޔުން އެރުވުނު 5 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އަދި ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1979 ވަނަ އަހަރު، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1982 ވަނަ އަހަރު، ލިބިވަޑައިގެންފައިވާ ބޭފުޅެއް ވެސްމެއެވެ.
އޭރުގެ ފަތްފުށްތަކުން…. (31)
ކިޔާފައިވާ ޢަދަދު: 3064ދުނިޔޭގެ ބޮޑެތި ޖާސޫސީ އިދާރާތައް
ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު
ގ. މަންޒިލް، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ) އަކީ، ލިޔުންތެރިއެކެވެ. ތަރުޖަމާކުރައްވާ ބޭފުޅެކެވެ. އަތުލިޔުމުގެ ފަންނުވެރިއެކެވެ. “ސަރުކާރުގެ ޚަބަރު”ން ފެށިގެން “ދަރުމަ” ފަދަ ފަހުގެ މަޖައްލާތަކަށްވެސް ލިޔުއްވާފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި އިސްލާމީ ތާރީޚާގުޅޭ ބައެއް ފޮތް ލިޔުއްވައި ތަރުޖަމާކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ. އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަށް ވަނީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަންގަލަން ލިބިވަޑައިގެންފައެވެ. އަދި ތާނަ ޢަރަބި ލިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1979 ވަނަ އަހަރު،ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1995 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.
އިންދޫސް ވާދީގެ ރަށްވެހިކަން
ކިޔާފައިވާ ޢަދަދު: 8084ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޙަޟާރަތަކީ އިނގިރޭސި ބަހުން ކިޔާ ސިވިލައިޒޭޝަން (Civilization) އެވެ. Civilization މި ލަފުޒު ނެގިފައިވަނީ civis މި ލަފުޒުންނެވެ. މާނައަކީ citizen (ރައްޔިތުން) ނެވެ. ދިވެހިބަހުން މި މަފްހޫމަށް ކިޔައިއުޅެނީ ރަށްވެހިކަމެވެ. “ރަށްވެހިކަން” މި ލަފުޒުގެ އަޞްލަކީ “ރަށްވެހި” މި ލަފުޒެވެ. މާނައަކީ “މަދަނިއްޔަތާއި ތަހުޛީބު ލިބިގެންވާ” އެވެ. އެހެންވީމާ ޙަޟާރަތަކީ އިންސާނުން ބިމުގެ ވަކި ސަރަޙައްދެއްގައި ޤާއިމުވެ ދިރިއުޅުން އާރާސްތުކޮށް ހަރުދަނާކަމާއެކު ދިރިއުޅުން ތަރައްޤީކޮށް ކުރިއަރަމުން ދިޔުމަށް މަގުފަހިވާ ފަދަ ގޮތަކަށް ޤާއިމުކުރެވޭ މުޖްތަމަޢެއްކަމަށް ދެންނެވިދާނެ އެވެ.

އެލެގްޒެންޑަރ ދަ ގްރޭޓްގެ އެންމެފަހުގެ ބަސްފުޅުތައް
ކިޔާފައިވާ ޢަދަދު: 5246ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
މެސެޑޯނިޔާގެ ރަސްގެފާނު އަދި ފާރިސްކަރައާއި އޭޝިއާއާއި އަދި ޔޫރަޕްގެ ބޮޑުބައެއް ފަތަޙަކުރެއްވި އެލްގްޒެންޑަރ ދަ ގްރޭޓަކީ މިހާތަނަށްވެސް ދުނިޔޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަސްކަރީ އެންމެވަރުގަދަ އެއް ޝަޚުސިއްޔަތެވެ. އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ ގަދަފަދަ މިލިޓަރީ ލީޑަރެއްގެ އިތުރުން ދުނިޔެ ފަތަޙަކުރެއްވި ފާތިޙެއްގެ ގޮތުގައެވެ.

ކްރިސްޓިއަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (2)
ކިޔާފައިވާ ޢަދަދު: 3767ޢަބްދުﷲ ފާރޫޤު ޙަސަން
(14 މެއި 2012 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
(14 މެއި 2012 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަނެއްކޮޅުން ބަލާއިރު މިސުވާލަކީ އިންތިހާދަރަޖައިގެ ޖާހިލު އަދި މޮޔަ ސުވާލެކެވެ. މަރުވުމާއި ދިރިހުރުމާ މާތްކަމާހުރީ ކޮންގުޅުމެއް ހެއްޔެވެ. ދިރިދުނިޔޭގައި މިހާރު މިތިބި އެންމެ މާތްމީހުނަށް ވުރެމާ އިތުރު މާ މާތްމީހުން މަރުވެގޮސްފައިވާ ކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ޚުދު ކްރިސްޓިޔަނުން ގެ ތެރެއިން، އެބައިމީހުންގެ ތާރީޚުންވެސް މީގެ އެތައް މިސާލުތަކެއް ދެއްކިދާނެއެވެ.
ކްރިސްޓިއަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (1)
ކިޔާފައިވާ ޢަދަދު: 3463ޢަބްދުﷲ ފާރޫޤު ޙަސަން
ޖޯންމޭރިޔަން (John Marion) އަކީ އެމެރިކާގެ ނޭވީ ފުލުހުންގެ މަތީދަރަޖައިގެ އޮފިސަރެއްގެ ދަރިޔެކެވެ. 1986 ގައި އޭނާއަކީ ކިޔަވާކުއްޖެކެވެ. އެއްދުވަހަކު ރެސްޓޯރެންޓެއްގައި އިންދައި އޭނާއަށް އިވުނީ ކައިރީގައިހުރި މޭޒެއްގައި ތިބި އެމެރިކާގެ ދެޕްރޮފެސަރެއްގެ ވާހަކައިގެ އަޑެވެ.
ޖޯންމޭރިޔަން (John Marion) އަކީ އެމެރިކާގެ ނޭވީ ފުލުހުންގެ މަތީދަރަޖައިގެ އޮފިސަރެއްގެ ދަރިޔެކެވެ. 1986 ގައި އޭނާއަކީ ކިޔަވާކުއްޖެކެވެ. އެއްދުވަހަކު ރެސްޓޯރެންޓެއްގައި އިންދައި އޭނާއަށް އިވުނީ ކައިރީގައިހުރި މޭޒެއްގައި ތިބި އެމެރިކާގެ ދެޕްރޮފެސަރެއްގެ ވާހަކައިގެ އަޑެވެ.
އޭރުގެ ފަތްފުށްތަކުން…. (27)
ކިޔާފައިވާ ޢަދަދު: 5334ޖަޕާނުންގެ މަރުގެ ލަޝްކަރު
ބޭރުގެ خبرދޭ مراسل
އަލްފާޟިލް މުހައްމަދު ޒާހިރު ނަޞީރަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި (5 ޖޫން 1993 ގައި) “ނޫސްވެރިކަމުގެ ރަންގަލަން” ލިބިވަޑައިގެންފައިވާ އަދި ދިވެހިރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައިވާ، ބޭފުޅެކެވެ. މިހާރު، އެމަނިކުފާނަކީ، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ.
ހިޓްލަރުގެ ކާނާ ރަހަބަލައި އުޅުނު އަންހެނެއްގެ ބައެއް ހަނދާންތައް
ކިޔާފައިވާ ޢަދަދު: 8521އަޙްމަދް ސަމީރު ޢަލީ
ތަރުކާރީގެ އެމީރު ކެއުންތަކެވެ. ޖަރުމަނުގެ އެންމެ މޮޅު ކެއްކުންތެރިން، އެމީހުންގެ ވެރިޔާ އެޑޮލްފް ހިޓްލަރަށް ތައްޔާރުކޮށްދޭ ފަރިއްކޮޅުތަކެވެ. އެހެން ނަމަވެސް އެ މީރު ކެއުންތަކުގެ ތެރެއިން ކޮންމެ ކެއުމެއްގައިވެސް ހަމަ ޔަގީނުންވެސް އަބަދުވެސް އެއްރަހަ، އެހެން ހުރިހައި ރަހަތަކުގެ ތެރެއިން ފާހަގަ ކުރެވެއެވެ. އެއީ ބިރުވެރިކަމުގެ ރަހައެވެ! ހިޓްލަރަކީ، އޭނާގެ ކެއުމަށް އިނގިރޭސީން ޒަހަރު ލާފައި ހުރެދާނެ ކަމަށް، އިންތިހާއަށް ބިރުގަންނަ މީހެކެވެ! ވީމާ އޭނާ ކެއުމުގެ ކުރިން އޭނާގެ ކާނާ ރަހަބަލަން ޒުވާން 15 އަންހެނުންގެ ޓީމެއް ގެންގުޅުނެވެ.

އެމެރިކާގެ ހަނގުރާމަވެރިއެއްގެ ސިޓީ، ކުރީގެ ރައީސާއި ނައިބު ރައީސަށް
ކިޔާފައިވާ ޢަދަދު: 8266ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
“ޖޯޖް ޑަބްލިޔު ބުޝް އާއި ޑިކް ޗޭނީއަށް
ޓޯމަސް ޔަންގް ގެ ފަރާތުން،
19 މާޗް 2013
މިސިޓީ އަޅުގަނޑު މިލިޔަނީ އިރާގު ހަނގުރާމައަށް 10 އަހަރު ފުރޭ ދުވަހެވެ. އިރާގު ހަނގުރާމައަށް ދިޔަ ހުރިހައި ހަނގުރާމަވެރިންގެ މަތިންނެވެ. އަޅުގަނޑު މި ސިޓީ މިލިޔަނީ އިރާގު ހަނުގުރާމައިގައި މަރުވި 4488 ”މެރިން” ސިފައިންގެ މީހުންގެ މަތިންނެވެ. އަދި އެ ހަނގުރާމައިގައި އެކިވަރުގެ އަނިޔާ ލިބުނު އެތައް ލައްކަ ސިފައިންގެ މީހުންގެ މަތިންނެވެ. މީގެ ބައެއް މީހުންނަކީ، އެ ހަނގުރާމައިގައި ލިބުނު ތަފާތު ޖިސްމާނީ ގެއްލުން ތަކާއި ނަފްސާނީ ގެއްލުންތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުން ބަރުބާދުވި މީސްމީހުންނެވެ.