ތާޅަފިއްޔާ ދިއުން

ކިޔާފައިވާ ޢަދަދު: 292
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަންކޮޅެއް ކުރިން ތާޅަފިއްޔާ ދިޔުމަކީ، ހުކުރުވިލޭރޭ ފަތިހު ކުރަމުން އައި ކަމެކެވެ. މާދަމާއަކީ، ހުކުރުދުވަސްކަން ހަނދާންކޮށްދިނުމަށް ކުރަމުން އައި ކަމެއްކަމަށް މަރްޙޫމް ޖަމީލްދީދީމެން ފަދަ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެއީ، ތާޅަފިއްޔެއް ހިފައިގެން އެ ފުމެމުން މާލޭ ކޮލިހިނގާ މަގު ވަށައިގެން ހިނގާފައި ދާދިއުމަކަށް ކިއިފައި އޮތް ނަމެކެވެ. ކޮލިހިނގާ މަގަކީ، ކޮލިލާއިރު ކޮލިކަލޭގެ ހިނގާ މަގުތަކެވެ. އެމަގުތަކުގައި ހިނގަމުން ރަސްމީ ބައެއް ކަންތައް އިއުލާންކުރާނެއެވެ. ނަމަވެސް އަޅުގަނޑު މިއުޅެނީ ކޮލިލާގޮތް އޮޅުން ފިލުވައިދޭކަށް ނޫނެވެ. ތާޅަފިއްޔާ…

ރަށްވެހިކަމުގެ ތެރޭގައި ދިވެހީން (1)

ކިޔާފައިވާ ޢަދަދު: 470
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އަޙްމަދު ޝަފީޤު (ރަޙިމަހުﷲ) އަކީ، ތާރީޚީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ ދިވެހި މަސައްކަތްތެރިކަމާއި ތިމާވެށީގެ ތަފާތު މަޢުލޫމާތުގެ މައްޗަށާއި ރާއްޖޭގެ ހަރުދާ ޝަޚުޞިއްޔަތުންގެ މައްޗަށް ވެސް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. އަލްފާޟިލް އަޙްމަދު ޝަފީޤަށް ވަނީ، ދިވެހި ތާރީޚަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު (1980 ވަނަ އަހަރު) ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25 ގެ އިނަމާއި…

ދިވެހީން ވަގުތު ކިޔާ ގޮތް

ކިޔާފައިވާ ޢަދަދު: 731
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވިލާތުގެ ގޮތަށް “ސައުވީސްގަޑިއިރަށް” ބަވަނަވެފައިވާ ދުނިޔެއެއްގައި ދިވެހިން ވަގުތު ކިޔާ ގޮތް ދަނީ އޮޅެމުން ނޭނގުމުގެ ތެރެއަށް ގެއްލެމުންނެވެ. އަމުދުން މިއަދުގެ ޅަކުދީންނާއި ޒުވާނުންނަށެވެ. އަދި ބައެއް ހަރުމީހުންނަށް ވެސް މެއެވެ. މިލިޔުމުގެ ބޭނުމަކީ ދިވެހިން ވަގުތު ކިޔާ އުޅޭ ގޮތް އެފަދަ މީސްމީހުންނަށް އޮޅުންފިލުވައިދިނުމެވެ. ދިވެހީން ރެއާއި ދުވާލުގެ ސައުވީސް ގަޑިއިރު ބައިކޮށް އުޅުނީ އަށްޑަމަށެވެ(އަށްދަން).އެއީ ދުވާލު ހަތަރު ދަމާއި ރޭގަނޑު ހަތަރު ދަމެވެ. ދަމަކީ ތިންގަޑި އިރެވެ. ދުވާލު ހަތަރު ދަމަކީ: ހެނދުނު     6:00…

އަލަށް ލިބާސް ލެއްވުން

ކިޔާފައިވާ ޢަދަދު: 696
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ޚިޔާލުފުޅުތަކެއް އެކުލެވޭ މުއްސަނދި ބަސްކޮށާރަކާއެކު ފަށުވި ޅެންތަކެއް ހައްދަވާފައިވާ ޅެންވެރިއެކެވެ. ދިވެހިބަހާއި ދިވެހިއާދަކާދައިގެ މަޢުލޫމާތުގެ މައްޗަށް އެކުލެވޭ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ. އެހުންތެރިންގެ ޝައުޤުވެރިކަން ހޯއްދަވައިގެން ވާހަކަފުޅުދައްކަވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އުތީމު އާދަމްބެ ހައްދަވާފައިވާ ގިނަ ޅެންތަކުގެތެރެއިން ދެ ޅެންފޮތެއް މިހާތަނަށް ވަނީ، ޝާއިޢުކުރެވިފައެވެ. އެއީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން…

ބާރަ ވިލޭރޭގެ ބޮޑު މާލޫދު

ކިޔާފައިވާ ޢަދަދު: 1609
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
ކީރިތި މާތް ރަސޫލާ ސައްޔިދިނާ މުޙަންމަދު ޞައްލަﷲ ޢަލައިހި މަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީޚަކާމެދު ތާރީޚު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުރިކަމަށް އެނގިފައިވެ އެވެ.  އެ ރޭގެ ތާރީޚުގެ މައްޗަށް މުއައްރިޚުންގެ މެދުގައި ޚިލާފު އުފެދުނު ފަދައިން، އެ  ރޭގެ ޛިކުރާ އާކުރުމާއި، އެ ރޭ ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ އެއްވެސް ކަމެއް ކުރުމުގެ ޝަރުޢީ ޙުކުމާމެދު ދަންނަބޭކަލުންގެ މެދުގައި  ޚިލާފުތަކެއް ހުންނަކަމަށް ވެއެވެ. އެހެންކަމުން އެ ކަންކަމުގެ ހަމަ ނަހަމަ ކަނޑަ އެޅުއްވުން ދީނުގެ މުޢުތަބަރު ދަންނަ ބޭކަލުންގެ މައްޗަށް ދޫކޮށްލާފައި، މި މައުޟޫޢުގައި އަޅުގަނޑުގެ އިސްކޮޅުކާ ދިމާއިން  ފަށައިގަންނަމެވެ.

މުލަކު އިބްރާހީމް ދީދީ

ކިޔާފައިވާ ޢަދަދު: 835
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
މުލަކު އިބްރާހީމް ދީދީ އަކީ ދީންވެރި ޢިލްމުވެރި ފަންޑިތަވެރި ބޭފުޅެކެވެ. ދަންނަވަން މިއުޅެނީ މާދުވަސްވީ ވާހަކައެއް ނޫނެވެ. ހާހާ ނުވަ ސަތޭކަ ހައްޓީގެ އަހަރުތަކުގެ ކުރީކޮޅުގެ އަހަރެއްގައި ހިނގާދިޔަ ކަމެއްގެ ވާހަކައެވެ. ދުށްމީހަކު އަދި އެކަމުގައި ބައިވެރިވެ އެކަން ތަޖުރިބާކުރި އޭރުގެ ދިހަބާރަ އަހަރުގެ ކުއްޖަކު، މިއަދު އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ގދ.ތިނަދޫގައި ބަސްވިކޭ ހަރުބޭފުޅަކު އޭނާގެ ލޮލުން ދެކިލައްވައި ތަޖުރިބާކުރެއްވި ގޮތަށް، އޭނާ ވިދާޅުވެދެއްވި ގޮތަށް މުލަކު އިބްރާހީމް ދީދީ އާއި ގުޅޭ ވާހަކައެއް ދެންނެވޭތޯއެވެ. އޭނާ ވިދާޅުވިގޮތުގައި މިއަދުވެސް މިކަމުގައި މިދެންނެވި ބޭފުޅާއާއެކު ބައިވެރިވެވަޑައިގަތް، އޭރު އެ ދުވަސްވަރުގެ ޒުވާން އެއްއުމުރުފުރާވަރުގެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ޤައުމު ދިފާޢުކުރާނެ ޖީލެއް އުފެއްދުމުގައި ޤައުމުގެ އަމިއްލަވަންތަކަމުގެ އަގު އެނގޭ، އެ މައްޗަށް ފަޚުރުވެރިވާ ދަރީންތަކެއް ބިނާ ކުރުމުގެ މުހިންމުކަން

ކިޔާފައިވާ ޢަދަދު: 1159
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 ނަޞްރުގެ ދުވަހުގެ ތަޤުރީރު  

ޤައުމު ދިފާޢުކުރާނެ ޖީލެއް އުފެއްދުމުގައި ޤައުމުގެ އަމިއްލަވަންތަކަމުގެ އަގު އެނގޭ، އެ މައްޗަށް ފަޚުރުވެރިވާ ދަރީންތަކެއް ބިނާ ކުރުމުގެ މުހިންމުކަން

އާދަމް ނަޞީރު އިބްރާހީމް 

މިއީ 2015 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ދިވެހި ޢަސްކަރިއްޔާގެ ފަރާތުން އިންތިޒާމު ކުރައްވައިގެން ކަޅުތުއްކަލާކޮށީގައި، 4 ނޮވެންބަރު 2015 ގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި، އެ ޖަލްސާގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން  މަޝްހޫރު ބަސްވާރު އަދި ޝާޢިރު އަލްއަޚު އާދަމް ނަޞީރު އިބްރާހީމް ދެއްކެވި ވާހަކަފުޅެވެ. މި ތަޤުރީރުގައި މައިގަނޑު ގޮތެއްގައި އޭނާ އަލިއަޅުވައިލައްވައިފައި ވަނީ ޤައުމު ދިފާޢުކުރާނެ ޖީލެއް އުފެއްދުމުގައި ޤައުމުގެ އަމިއްލަވަންތަކަމުގެ އަގު އެނގޭ، އެ މައްޗަށް ފަޚުރުވެރިވާ ދަރީންތަކެއް ބިނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި މިއަދުގެ ޙާލަތަށް ޤައުމު ވެއްޓެންދިމާވި ސަބަބުތަކުގެ މައްޗަށް ވެސް މެއެވެ.

”ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ”

ކިޔާފައިވާ ޢަދަދު: 1751
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކްރިޓިކަލް ރިވިއު

”ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ”

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
”ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ” މި މައުޟޫގެ ދަށުން އަބޫބަކުރު ދާވޫދު ލިޔުއްވާފައިވާ ޕާރސުއޭސިވް ލިޔުމަކީ ދިވެހިން އިސްލާމްދީން ޤަބޫލުކުރުމަށްފަހު އެކި ދުވަސްވަރު ދިވެހިންގެ މެދުގައިހުރި ދީނީ ތަފާތު ފިކުރުތަކާއި އެކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި އަދި އެކަންކަމާއި ގުޅިގެން ހިގާފައިވާ އެކިވަރުވަރުގެ ހަމަނުޖެހުންތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާއެއް ކަމަށް ޤަބޫލުކުރެވެއެވެ. 

1988 ނޮވެމްބަރު 3 ގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުޑަ ކުއްޖާ

ކިޔާފައިވާ ޢަދަދު: 1089
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުއްޖަކީ ކޮން ބޭފުޅެއްތޯ ސުވާލުކޮށްލައިފިނަމަ ހަމަ ގައިމުވެސް އެމީހަކީ ގ. ކުދިވިނަ ޙުސައިން ނަދުވީކަން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.

ނަޞްރުގެ ދުވަހުގެ ޒިކުރާ

ކިޔާފައިވާ ޢަދަދު: 1138
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“ޖިހާދުގެ ހަނދާންތައް  އަލުން އާވަމުންދޭ
              އިހާފަހުގެ ބަޠަލުންގެ ޒިކުރާ ވަމުންދޭ 
                        ކިޔާ ޝުކުރު  ތަޢުރީފު   އާލާވަމުންދޭ 
އައީ ނަޞްރު އުންމަތުގެ މިނިވަންކަމައިގެން
              އައީ ހެޔޮ ނަސީބަށް އަމާންމަގު އަދައިގެން
                        އައީ އަދު ދުވަސް، ހެޔޮމަގަށް އަލިވަމުންދޭ “
—————ޙަސަން ޝާކިރު މުޙައްމަދު
މިއަދަކީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހެވެ. މީގެ 27 އަހަރުކުރީން ދިވެހި ޤާއުމަށް މާތް ﷲ ދެއްވި ނަޞްރުގެ މަތީން ހަނދާންކޮށް ޝުކުރުވެރިވުމުގެ ދުވަހެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުނތައް އަރިސްކުރަމެވެ.