ނަޞްރުގެ ދުވަހުގެ ޒިކުރާ

ކިޔާފައިވާ ޢަދަދު: 1184
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“ޖިހާދުގެ ހަނދާންތައް  އަލުން އާވަމުންދޭ
              އިހާފަހުގެ ބަޠަލުންގެ ޒިކުރާ ވަމުންދޭ 
                        ކިޔާ ޝުކުރު  ތަޢުރީފު   އާލާވަމުންދޭ 
އައީ ނަޞްރު އުންމަތުގެ މިނިވަންކަމައިގެން
              އައީ ހެޔޮ ނަސީބަށް އަމާންމަގު އަދައިގެން
                        އައީ އަދު ދުވަސް، ހެޔޮމަގަށް އަލިވަމުންދޭ “
—————ޙަސަން ޝާކިރު މުޙައްމަދު
މިއަދަކީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހެވެ. މީގެ 27 އަހަރުކުރީން ދިވެހި ޤާއުމަށް މާތް ﷲ ދެއްވި ނަޞްރުގެ މަތީން ހަނދާންކޮށް ޝުކުރުވެރިވުމުގެ ދުވަހެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުނތައް އަރިސްކުރަމެވެ.

އޭރުގެ ފަތްފުށްތަކުން…. (108)

ކިޔާފައިވާ ޢަދަދު: 863
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޅުގަޑުމެންގެ ނަލަރީތި ލަންކާ (1)

މުޙައްމަދު މަޙްމޫދު ފަހުމީ

އަލްފާޟިލް މުޙައްމަދު މަޙްމޫދު ފަހްމީ އަކީ،  ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިސްލާމް (ޢަބްދުﷲ ފަހްމީ ދީދީ) ގެ ބޭފުޅެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 2 ޖުމާދަލްއާޚިރާ 1359 (8 ޖުލައި 1940) ވީ ހޯމަ ދުވަހުއެވެ.

މުޙައްމަދު ފަހުމީ ވަރަށް ތުއްޕުޅުއިރު ކިޔަވާ ވިދާޅުވުމަށްޓަކައި ސްރީލަންކާއަށް ވަޑައިގެންނެވިއެވެ.  އެއަށްފަހު ވަރަށް ޒުވާން އުމުރުފުޅުގައި ޔޫރަޕަށް ވަޑައިގެންނެވިއެވެ.  މިހާރުވެސް އާއިލާއާއެކު ދިރިއުޅުއްވަމުން ގެންދަވަނީ ޔޫރަޕުގެ ޤައުމެއްގައެވެ. އަޅުގަނޑަށް ކުރެވުނު މަސައްކަތު މުޙައްމަދު ފަހުމީ ދިރިއުޅުއްވާ ޤައުމު ސާފުވާ ގޮތެއް ނުވިއެވެ.
 

ދިވެހިން އީދަށް ތައްޔާރުވުން

ކިޔާފައިވާ ޢަދަދު: 1623
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އިސްލާމްދީން ދިވެހިރާއްޖެއަށް އައުމުގެ ކުރީއްސުރެ، ރާއްޖޭގައި އީދު ފާހަގަކޮށް އުޅުނުކަން ތާރީޚީ އެކި ލިޔުންތަކުން ހާމަވެއެވެ. އެކަމަކު އެއީ އިސްލާމީ ޢީދެއް ނޫނެވެ. އެއީ ސަގާފީ ޢީދެވެ. ސަގާފީ އާ އަހަރު ފެށޭ މުނާސަބަތަކީ ވެސް ދިވެހީން ސަގާފީ އީދެއްގެ ގޮތުގައި ފާހަގަކުރަމުން އައި މުނާސަބަތެކެވެ. ރާއްޖެ އިސްލާމް ދީނަށް އެނބުރު ފަހުންވެސް މި އީދު ފާހަގަކުރަމުން އައިކަން ތާރީޚީ ލިޔުންތަކުން ފެންނާން އެބަހުއްޓެވެ. އަދި މި ނޫނަސް މިފަދަ ސަގާފީ އީދުތައް ދިވެހީން ފާހަގަކުރަމުން އައިކަން އެނގެއެވެ.

އޮގަރު ކޮއި – 2

ކިޔާފައިވާ ޢަދަދު: 1000
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

 ހިތްވަރުގަދަ އޮގަރުކޮޔާއި ވަގުކަލޭގެ

 
ޙުސައިން ޝާކިރު
 
މި ވާހަކައަކީ ވެސް އޮގަރު ކޮޔާއި ބެހޭ ގޮތުން އުމުރުގެ ކޮންމެވެސް ދުވަސްވަރެއްގައި، ވަރަށް ޅަފަތުގައި އަހާފައިވާ ވާހަކައެކެވެ. މި ވާހަކަ ކިޔައިދިން މީހެއް އިވުނުތަނެއް ދުވަސްވަރެއް ހަނދާނަކަށް ނުގެނެވެއެވެ. ފަހަރުގައި މިފަދަ ވާހަކަތަކަކީ ޢިބްރަތެއް ހާސިލު ނުވާ އެއްވެސް ޙަޤީޤަތެއްނެތް ހަމައެކަނި އަނގަމަޖާކޮށްލުމަށް ނުވަތަ މުނިފޫހިފިލުވައިލުމަށް އެކުވެރިންގެ މެދުގައި ކިޔޭ ވާހަކަތަކަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކަންމިހެން ހުރިނަމަވެސް، މިފަދަ ޔޯލަވާހަކަތަކަކީ ވެސް އެވާހަކައެއް ކިޔާ އުޅުނު ދުވަސްވަރެއްގެ ޙާލަތާއި ކަންހިނގާމަގާއި މީހުންގެ މެދުގައި ކަންހުރިމަގާއި ވާހަކަދެއްކުމުގެ އަދަބުސަދަބާއިގުޅޭ ކުރެހުމެއްކަމަށް ވާނެކަމަށް ދެކެމެވެ.

ފިޠުރު ޢީދަކީ ކުޑައީދު ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 1428
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުޑައީދާއި ބޮޑުއީދަކީ ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރު ދެނަމެވެ. ފިޠުރު ޢީދާއި އަޟްޙާ ޢީދަށްވުރެ އެ ދެ ނަން ހަމަ ގައިމުވެސް ކުރީން ދިވެހީންގެ ތެރޭގައި މާ މަޝްހޫރެވެ. ފިޠުރު ޢީދަކީ ކުޑައީދުކަމާމެދަކު އަދި އަޟުޙާ ޢީދަކީ ބޮޑުއީދުކަމަށް އެއްވެސް ދިވެއްސަކު ދެކޮޅެއް ނަހަދައެވެ. 

އޮގަރު ކޮޔާއި ވަގުކަލޭގެ

ކިޔާފައިވާ ޢަދަދު: 919
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
މީ ކޮންޒަމާނެއްގައި ހިނގި ކަމެއްކަން ދަންނަވާކަށް ނޭނގެއެވެ. ދާދިފަހަކުން، މިވެސް ލިޔެލަން ރަނގަޅު ވާހަކައެކޭ ހީވެ ހަނދާން ނެތެމުންދާ މިވާހަކައިގެ ހަނދާން އައުކޮށްލުމަށްޓަކައި ލިޔެލީއެވެ. 
 
އޮގަރުކޮޔަކީ، ރަދުން ރަސްމިއްޔާތުތަކަށް ނުކުންނަވާއިރު ރަދުންގެ ކަނޑިކޮޅު ހިފައިގެން ހުންނަ މީހާއޭ ބުނަތީ އަހަމެވެ. ރަދުންގެ އަރިހުގައި ނިހާލި ބަންނަވައިގެން ހުންނަވާ ޢިއްޒަތްތެރިއެކެވެ. ކަނޑިއެއް ހިފައި، އެކަނޑި މޭހުރަސްކޮށް މޭމައްޗަށް ލަފާލައްވައިގެން ހުންނަވާ ބޭކަލަކު، އިހުގައި ރަސްރަސްކަލުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު ނަގާފައި ހުންނަ ފޮޓޯފޮޓޯގައި ހުންނަވަނިކޮށް ފެނިފައިވެއެވެ.
 

ވޭމަންޑޫ ހަންޑި

ކިޔާފައިވާ ޢަދަދު: 1970
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2015 އަހަރު މޭ މަސް ފެށުނު އިރު އަޅުގަނޑު އުޅުނީ ތ. އަތޮޅު ވޭމަންޑޫގައެވެ. ކުރަން ދިޔަ މަސައްކަތަކީ ވޭމަންޑޫ އިސްކޫލާއި އެ ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާއި “ދިވެހިރާއްޖޭގެ އަޑު” ގުޅިގެން ރޭވިފައި އޮތް މަސައްކަތެއް ކަމަށްވާތީ، އެ ރަށުގައި އަޅުގަނޑު ހުންނަން ލިބުނީ ކޮޅުމަޑުލު އަތޮޅުގޭ ކޮޓަރިއެކެވެ.

އައްޑޫ މާކެޓް ކެރާއް ތާރީޚީ ސަގާފަތް

ކިޔާފައިވާ ޢަދަދު: 1225
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޒުހުރީ

މި ޒަމާނި މިކެރާ ބޮނޑެތި ވިޔަފާރިއެ، އެ ބާކިން ނުވަތަ ކުންފޫނަކުން ވިއްކާ މުދަލަކަށް ވިޔަސް އަދި ޚިދުމަތަކަށް ވިޔަސް އެ އެއްތަކުގެ ވަކި ޚާއްސަ ކަމައް (ޔުނީކް ސެލިން ޕޮއިންޓް) ގެ ގޮތެ ކޮންމިޔަސް ކަމަށް ފާހަގަ ކޮށްގެން އެކަމަށް އެބާކިންގެ މާރކެޓިން ޕްލޭނެ ހިމަނަގެން ވިޔަފާރިތައް ޕްރޮމޯޓް ކެރަނީ.

އެކަހެރި ރަށެއްގައި ފޮރުވިފައިވާ ތާރީޚީ ޚަޒާނާއެއް

ކިޔާފައިވާ ޢަދަދު: 2604
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބ.އަތޮޅު ކުޑަރިކިތްޔަށް ދިޔުމުގެ ނަސީބު އަޅުގަނޑަށް ވެސް ލިބުނެވެ.  އެ ރަށަށް ދެވުމާއެކު އެންމެ ބޮޑު ޝައުޤުވެރިކަމެއް އުފެދުނީ އެރަށުގައި ހުންނަ ދާރުލްއާސާރު ބަލައިލާށެވެ. ދިވެހި ތާރީޚް ރައްކާތެރިކުރާން އަމިއްލަ ފަރުދަކު ކުރާ އަގުހުރި ބުރަ މަސައްކަތް ލޮލުން ދެކިލާށެވެ. އޭނާގެ ޝައުޤާއި މަސައްކަތުގެ ކުޑަބޮޑުމިން ވަޒަން ކޮށްލާށެވެ.

ޤައުމީ އެއްބައިވަންތަކަން ބަދަހިކުރުމުގެ މަގު

ކިޔާފައިވާ ޢަދަދު: 4282
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެން ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަމުން އަންނަތާ 11 އަހަރުވީއެވެ. އާދޭހެވެ! މާދަމާއަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. ފަހުގެ ތާރީޚެއްގައި ދެކުނު އޭޝިއާއަށް ކުރިމަތިވި އެންމެ ބޮޑު ޤުދުރަތީ ކާރިސާކަމުގައިވާ ސުނާމީގެ ސަބަބުން ދިވެހި ޤައުމަށް ކުރިމަތވި މުޞީބާތުގެ ވަގުތުގައި ދިވެހީންގެ ކިބައިން ފެނުނު ޤައުމީ އެއްބައިވަންތަކަމުގެ ރަމްޒެގެ ގޮތުންނެވެ. ދިވެހީންގެ އެ މަތިވެރި ސަގާފަތަށް ހިތްވަރުދީ ދެމެހެއްޓުމުގެ ގޮތުންނެވެ.