ކުޑަހުއްތު މުހަންމައިދީގެ ބޭސް ފަރުވާ

ކިޔާފައިވާ ޢަދަދު: 2009
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                
އިބްރާހީމް ޙުސައިން މަނިކު
އެއީ ވޭތުވެ ދިޔަ ވިހި ވަނަ ގަރުނުގެ ކުރީކޮޅުގެ އަހަރެކެވެ. ހާޖީ އިމާދުއްދީނު ގެ ރަސްކަން ޝަމްސުއްދީނުގެ މައްޗަށް ފުރޮޅިގެން ދިއުމާ ވިދިގެން ރާއްޖޭގެ ވެރިކަމުގެ ފަސްމުގޫ އޮތީ އަތިރީގޭ އިބުރާހިމް ދޮށިމޭނާ ކިލެގެފާނުގެ އަތްޕުޅުގައެވެ. މާލޭ ދަނޑިކޮށީގޭ އާއިލާއަކީ އެދުވަސްވަރު އަތިރީގެޔާ ސިޔާސީ ގޮތުން ހަތުރުވެރި އާއިލާއެއް ކަމަށްވެއެވެ.
 

އެ ދުވަސް، މިއަދާ ހާދަހައިވާ ތަފާތެވެ.

ކިޔާފައިވާ ޢަދަދު: 1699
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު 
 
ހަކުރު މެޓާގެ ޒަމާން
މީގެ އަހަރުތަކެއް ކުރިއެވެ. އެހައިގިނަ އަހަރުތަކެއް ވެސް ނޫނެވެ. ގާތްގަނޑަކަށް ތިރީސް ފަސް އަހަރެއްހައި ދުވަހެވެ. ލާރިއަކަށް (ހަމައެންމެ ލާރިއަކަށް) ހަކުރު މެޓައެއް (ފުއްޕި މެޓައެއް) ލިބުނުއިރެވެ. ހަކުރު މެޓައަކީ ތޯއެވެ؟ ދިޔާ ހަކުރު މަޅުކޮށްފައި ތިން އިނގިލި ކުރިން ވަށައިލެވޭވަރުގެ ހަކުރުކޮޅެއް ލިޔެ ފުރިގެން އެއްލައިލާ އިސްކޫލު ފޮތެއްގެ ކަރުދާސް ކޮޅަކަށްލައި ދެކޮޅު އޮޅައިލާފައި އޮންނަ މެޓައެކެވެ. ބައެއް ގޭގޭގައި ކުޑަ ހުތްކޮޅެއް ފިތާލައިގެންވެސް ހަކުރު މެޓާ ހަދައެވެ. އެއީ، އޭރުގެ އެންމެ އާދައިގެ މެޓައެވެ. ދިވެހި އުފެއްދުމެކެވެ. 

ދިވެހި 2 ވަނަ ޖުމްހޫރިއްޔާ 47 ވަނަ އަހަރަކާ ކުރިމަތިލާ ހިނދު……………

ކިޔާފައިވާ ޢަދަދު: 4283
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޖުމްހޫރު މި ލަފުޒުގެ މާނައަކީ ގިނަ މީހުންނެވެ. ނުވަތަ އެންމެންނެވެ. ވީމާ ޖުމްހޫރިއްޔަތަކީ ރައްޔިތުން (އެންމެން) ޙިއްޞާވާ ވެރިކަމަކަށް ކިޔާ ނަމެކެވެ. ރައްޔިތުން ޝާމިލުވާ، ރައްޔިތުންގެ މަންދޫބުންގެ ޙިއްޞާ އޮންނަ ވެރިކަމަކަށް ކިޔާ ނަމެކެވެ. އިނގިރޭސިބަހުން ކިޔާ ރިޕަބްލިކް މި ލަފުޒުގެ އަޞްލު އައިސްފައި ވަނީވެސް ހަމަ މިފަދަ ގޮތަކަށެވެ. ޢާއްމުންނާ ބެހޭ އެއްޗެއް ނުވަތަ ކަންތައްތަކުގެ މާނައިގައެވެ. ރައްޔިތުން ތަމްސީލުކުރާ ވެރިކަމުގެ މާނައިގައެވެ. އެ ވެރިކަމެއްގައި ޝަހެންޝާހަކު ނުވަތަ ރަސްކަލަކު ނެތި ރައްޔިތުން (ވޯޓަކުން) އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ވެރިކަމުގެ ނިޒާމަށް ކިޔާ ނަމެއްގެ ގޮތުގައެވެ. ވީމާ ރަސްކަމާ ޚިލާފަށް ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އެންމެން (ކޮންމެވެސް މިންވަރަކަށް) ޙިއްސާވާ ވެރިކަމެކެވެ. 
 

ބަދަލުވަމުންދާ ތިމާވެށި

ކިޔާފައިވާ ޢަދަދު: 2460
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޝާކިރު
މި މަޒުމޫނަކީ، 2009 އެޕްރީލް 24 ވަނަ ދުވަހު “ފަންވަތް” މަޖައްލާއަށް އަޅުގަނޑު ލިޔުނު ލިޔުމެކެވެ. އޭގެ ފަސް އަހަރުފަހުން މި މަޒުމޫނު ހަމަ އަޅުގަނޑު ކިޔުމަށްފަހު، ފުރަތަމަ ލިޔުނު ލިޔުމުގެ އަސްލު ނުގެއްލޭގޮތުން ބައެއް ކުދިކުދި ބަދަލުގެނައުމާއެކު ލިޔުންތެރިންގެ ގުޅުމުގެ ކިޔުންތެރިންނަށް ހުށައަޅައިލުމުގެ ޚިޔާލުގައި ދެންނެވިފަދަ އުނިއިތުރުތަކާއެކު ތިޔަބޭފުޅުންގެ އަރިހަށް ހުށައަޅައިލަމެވެ. ފުރަތަމަ މި މަޒުމޫނު ލިޔެ ފަންވަތަށް ހުށައެޅީ “ބަދަލުވަމުންދާ ޒަމާން” މި ސުރުޚީގެ ދަށުގައެވެ. އެހެންނަމަވެސް، މި މަޒުމޫނަށް ބޮޑަށް ގުޅޭކަމަށް އަޅުގަނޑަށް މިހާރު ފެނުނު މައުޟޫޢަކީ “ބަދަލުވަމުންދާ ތިމާވެށި” ކަމަށް ވުމުން ފުރަތަމަ ސުރުޚީ ބަދަލުކޮށްލީއެވެ.

ކާވެނި ނުކުރާން ވައުދުވެގެން ތިބި އަލްބޭނިއާގެ ފަރުބަދަ މަތީ އަންހެނުން

ކިޔާފައިވާ ޢަދަދު: 3794
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ބޭރުފުށުން ބަލާބެލުމަށް މިއީ އަންހެނުންކަމުގައި ޝައްކު ކުރަންޖެހޭ އެއްވެސް ކަމެއް އެމީހުންގެ ކިބައިން ފެންނާކަށް ނުހުރެއެވެ. ބަލާބެލުމަށް މިއީ ގެއިން ބެރުގައި ބުރަ މަސައްކަތް ކުރުމުގެ ސަބަބުން ގައިގެ ހަން ކުރަކިވެ، ގަދަ ވަޔާއި އަވީގައި ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވުމުގެ ސަބަބުން މޫނުމަތީގައި ރޫ ގިނައެވެ، އަތްފައިގެ ހަން ބޮލެވެ، އުމުރުން ދުވަސްވުމުގެ ސަބަބުން ގިނަމީހުން މިހާރު ތިބީ ގުދުލައިފައެވެ! މި މީހުންނަކީ އަލްބޭނިޔާގެ ފަރުބަދަމަތީ ދަނޑުވެރި ހިސާބުގައި ވަރަށް އެކަހެރިކޮށް، ފިރިހެނުންގެ ގޮތުގައި ދިރިއުޅޭ (މިހާރު) މަދު އަންހެނުން ކޮޅެކެވެ! 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(67)

ކިޔާފައިވާ ޢަދަދު: 1575
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަނިން އަރައިފި! މިއަދު ގެރި ބިރިޔާންޏާއި ބާކީ 4000 ރ.

މައްޗަންގޮޅީގެ އަންހެނުން

އަދުގެ 10.15 ހާއިރު މއ.ހެޕީގާރޑްންގެ ދޮރުމަތިން ފުރި 2 ލޮރީއެއް މަޑުމަޑުން އެކީގައި ދުއްވަމުން މާލޭގެ އުތުރު ފަރާތަށް ދަތުރުކުރަން ފަށައިފިއެވެ. ލޮރީ އައިސް މަޑުކޮށްލީ ކަސްޓަމް އޭރިޔާގެ ތެރެއަށެވެ. ލޮރީއިން ބޭލިތަން ފެނުނީ ގިނަ ޢަދަދެއްގެ ބޮޑެތި ތެލި ތަކެކެވެ. ކޮންމެ ތެއްޔެއްވެސް ވަނީ ވަރަށް ރަނގަޅަށް މަތި ޖަހާފައެވެ. އެހެންކަމުން އޭގައި ހުރި އެއްޗަކާމެދު ސުވާލު ކޮށްލުމުން އެކަމުގައި ޙަރަކާތްތެރި ވެލައްވާ ފަރާތުން އެނގުނީ އެއީ ހުޅުލޭގައި މަސައްކަތްކުރާ މީހުންނަށް ކާން ދިނުމަށްޓަކައި ގެންދާ ގެރި ބިރިޔާނީ ކަމެވެ. އެއާއެކު މުގުރިހައާއި ކުދީނާ ފަތުގެ ފުނޑި ސަޓަނިވެސް ތައްޔާރު ކުރެވިފައިވެއެވެ. ކައި ނިމުމަށްފަހު ބޯނެ ޖޫހާ ބިލެތް ސިގިރޭޓްވެސް ގެނެސްފައިވެއެވެ.

“މިހާރު ތިއޮންނެވުނީ މަގުމެދުގައެވެ. ހިނގާމީހުންގެ ފައިން ހަށިކޮޅަށް އެރިދާނެއެވެ.”

ކިޔާފައިވާ ޢަދަދު: 2126
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
މާލޭގެ މަގުތައް ހަދައި، ތެދުކުރުމުގެ މަސައްކަތް ކުރަންފެށިގެން އައި ދުވަސްވަރެވެ. އެ ދުވަސްވަރު ރާއްޖޭގެ ވެރިކަން ކުރައްވަނީ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ. މާލޭގައި ގެތައް ހުރީ ވަކިތަރުތީބެއް ނެތި އެތަންމިތަނަށް އުކައިލެވިފައެވެ. އެއްގެއެއްގެ ގޯތިތެރޭގައި އަނެއް ގެއެއްގެ ބަދިގެ ހުރި ދުވަސްވަރެވެ. މެދުފުޅަފެއް ނެތި އިމެއް ފާހަގަކުރެވިފައި ނެތް ޒަމާނެވެ. މާލޭގެ އެތަން މިތަނުގައި ޒިޔާރަތްތައް ފުނިޖެހިފައިހުރި ދުވަސްވަރެވެ.

ސަގާފީ ނަޒަރަކުން ރަމަޟާން މަހުގެ ތިން ދިހަ، ލ. ފޮނަދޫގައި. . .‎

ކިޔާފައިވާ ޢަދަދު: 2214
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދު ރަޝީދު  ‎ latalks@gmail.com 
            
ރަމަޟާން މަހަކީ އަޅުކަމާއި ތަޤުވާގެ މައްސަރެވެ. ދިވެހިންނަކީ ޒަމާނުއްސުރެން އަޅުކަންކުރުމުގައި ވެސް ނަމޫނާ ދައްކަމުން އަންނަ ބަޔެކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައެވެ. ފަރުޟު ފަސްނަމާދާއި ސުންނަތް ނަމާދުތަކާއި ސުންނަތްކަން ގަދަވެގެންވާ ތަރާވީޙް ނަމާދު ކުރުމާއި ކީރިތި ޤުރުއާން ކިޔެވުން ހިމެނެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(61)

ކިޔާފައިވާ ޢަދަދު: 1623
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

މުސްކުޅި އަންހެނުންނަށްވެސް ޒުވާންކަން އަތުވެއްޖެ

މާފަންނުގެ އަންހެނުން

ރުފިޔާއާއި ރޯސްކުކުޅުން

 “ވާރޭވެއްސައިފި!”

ރާއްޖޭގެ އެބިމެއްގައި، ބިމުގެ ފަހަކަށް، ދިވެހި قومى روح އަޅާ ފުރައިގެން ހެދެމުންދާ އެންމެ خاصّ ދިވެހިބިމަކީ ހުޅުލޭ އެއަރޕޯރޓްގެ ބިންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ހެދުމުން ބޮޑުވެގެންދާ ހުޅުލޭ އެއަރޕޯޓްގެ ބިމުގައި ދިވެހި ސަރުކާރުން ކުރައްވާ މިންނެތް ބުރަ މަސައްކަތާއި އޮޅުކޮށް ނުލެވޭފަދަ خردއާ އެކުވެގެން، އެބިން ތެމިފައިވަނީ އެތަކެއްހާސް ދިވެހިންގެ ހިތްވަރާ ބަރު މަސައްކަތާ ގުޅިގެން އޮހޮނު ދަލުންނެވެ. އެބިން އުފެދެމުން ދަނީ، އެތަކެއް ހާސް ދިވެހިން قومى روح ގައި ދިވެހި قوم އަށްޓަކައި قومގެ زعيمގެ ފަހަތްޕުޅުގައި ތިބެގެން އެކި ސިފައިގައި އެއްބާރުލުމުގެ ސަބަބުން ލިބޭ އިތުރު ފުރާނައަކާވެސް އެކީގައެވެ.

އޭރުގެ ފަތްފުށްތަކުން…. (77)

ކިޔާފައިވާ ޢަދަދު: 1508
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދެއްނޫނެވެ. އިހަށްދުވަހެވެ!

މަގުމަތިން ފެންނަ ކަންތައްތައް ފިލުވަމުން ދިޔައިރު…

 އެސް.އެލް.ޓީ

އެސް.އެލް.ޓީ. އަކީ، ކޮންބޭފުޅެއްތޯއެވެ؟ އާދެ! ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ.) ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ދެއްވި ބޭފުޅެކެވެ.