އޭރުގެ ފަތްފުށްތަކުން…. (77)

ކިޔާފައިވާ ޢަދަދު: 1529
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދެއްނޫނެވެ. އިހަށްދުވަހެވެ!

މަގުމަތިން ފެންނަ ކަންތައްތައް ފިލުވަމުން ދިޔައިރު…

 އެސް.އެލް.ޓީ

އެސް.އެލް.ޓީ. އަކީ، ކޮންބޭފުޅެއްތޯއެވެ؟ އާދެ! ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ.) ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ދެއްވި ބޭފުޅެކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(60)

ކިޔާފައިވާ ޢަދަދު: 1476
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

قمرعلى ފިހާރަ 1200 ރުފިޔާއިން جرمانہ ކުރެވިއްޖެ 

އަގުބޮޑުކޮށް ވިއްކީ ހަނޑުލާއި ލޯ މޮހޮރެވެ.

“وزارۃالتجارۃ والتموين ގެ ބަޔާނެއް”

ބޯރާވިޔަފާރިވެރި މުއްލާ قمرعلی މުއްލާ عبدالحسين ފިހާރައިން، ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ހަޑުލާއި، ލޯމޮހޮރު ވިއްކައިގެން، އެ ފިހާރަ -/1200 ރުފިޔާއިން ޖުރުމަނާ ކުރެވިއްޖެއެވެ. ހަނޑޫ ވިއްކީ 90/- ލާރިއަށް ނާޅިއެކެވެ. މޮހޮރު ވިއްކީ ގަލެއް -/6 ރުފިޔާ އަށެވެ.

މުދައު ނެގުން

[މާހެފުން] ތައްޔާރުކުރުމާއި [މާހެފުން އޮޑި] އެޅުމާއި [މާހެފުން ދުވަސް] ފާހަގަކުރުން

ކިޔާފައިވާ ޢަދަދު: 2311
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ރަޝީދު (latalks@gmail.com)

“ދުވަސްވަރަކީ 1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެން ކިޔަވަން ހުންނަ ގެއަކީ ފަސްބުރިއަށް ނަގައިފައިހުންނަ ގެއެކެވެ. ގޭގެ އެންމެ މަތީގައި ޓެރަހެއް އޮވެއެވެ. ޓެރަހުގެ ވަށައިގެން ރީތި ބަގީޗާ ގަސްތައް ހައްދައިފައި ހުއްޓެވެ. އެ ދުވަހު އަހަރަމެން އުޅުނީ ޓެރަސްމަތި ރީތިކޮށް ކެއުމެއް ތައްޔާރު ކުރުމަށެވެ. އެ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. އާދެ، މާހެފުން ދުވަހެވެ.

ކާޅު އަހުމަދު

ކިޔާފައިވާ ޢަދަދު: 2122
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު

ކާޅު އަޙުމަދު ނުވަތަ ކާޅު އަހަންމަދު އަޅުގަނޑު ދުށް ހަނދާންވަނީ 1960 ގެ އަހަރު ތަކުގެ ވަރަށް ކުރީކޮޅުގައެވެ. އެއީ އިސްކޮޅުން ދިގު، ގައިގެ ހަން ވަރަށް ކަޅު ބޭކަލެކެވެ. ހަށިގަނޑު ވަރަށް ތެދު ބޭކަލެއް ވެސް މެއެވެ. ފަހަރުގައި އަހުމަދު ގައިގެ ހަން ކަޅުކަމުން އަހުމަދުގެ ކިބައިގައި ﷲ ލައްވަވާފައިވާ މިސިފައާއި ގުޅުވައިގެން ވަނަމެއްގެ ގޮތުގައި އަހުމަދު ގެ ނަމުގެ ކުރިއަށް “ކާޅު” އިތުރުކޮށް ކާޅު އަހަންމަދު ކިޔަނީ ކަމުގައި ވެދާނެއެވެ. އަދި ފަހަރުގައި އެއީ އަހުމަދު ޢާއިލީ ނަމަކަށް ވުމަކީ ވެސް ހަމަ އެންމެ އެކަށީގެންވާ ގޮތެކެވެ. މާލޭގައި ވެސް އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ދަރިކޮޅުތައް ވަކިކުރުމުގައި ދަރިކޮޅާއި ގުޅުވައި މިފަދަ ތަފާތު ނަންނަން ކިޔައިފައި ހުރެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(59)

ކިޔާފައިވާ ޢަދަދު: 1421
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

އެފް محمد علىގެ شادى ޕާރޓީ

“ލަކްޝަމީ” ގައި

(ޕާރޓީތަކުގެ ރިޕޯޓަރ)

ތެދުވެރި ލޯތްބެއްގެ ގޮށަކުން ގުޅިފައިވާ ދެ ފަސްބައެއްގެ ތެރެއިން ފުރޭނިގެން އަންނަ އަސަރުގަދަ ރާގުތައް ލަކްޝަމީގެ އަޑުގަދަކުރާއިން އިވެމުން ދެއެވެ. 7.45 ވަނީއެވެ. ص.س الفاضل إبراهيم رشيد އާއި ص. س الأستاذ إبراهيم شهاب ص. س. الشيخ إبراهيم رشدى އާއި الفاضل آدم نصير މަނިކު ފަދަ عزت ތެރި ބޭފުޅުން ވެދެވަޑައިގެން އިށީނދެ ވަޑައިގެންފިއެވެ.

މި އިޢުލާނު ދެކެވަޑައިގަތީމުތޯ؟ (27)

ކިޔާފައިވާ ޢަދަދު: 1466
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
وزارة الداخلية (ހ)
      މާލެ

 إعلان

އަންހެނުން ނެށުން

ނެށުމުގެ مجلس ތަކުގަޔާއި محفل ތަކުގައި އަންހެނުން ނެށުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް މިފަދަ مجلس ތަކާއި محفل ތަކުގައި، ބޭ أدبى عبارات ތައް ކިޔުމާއި އެހެންވެސް ލަދުކުޑަ حركات  ތައް ގެނެސްގަތުމަކީ މުޅިން މަނާ ކަމެކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(57)

ކިޔާފައިވާ ޢަދަދު: 1730
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ޑަކްޓަރް حيات އަށް ދެންނެވީ ވަރަށްހޫނު مرحبا އެކެވެ.

“نادى التّمدّن ދިވެހިރާއްޖޭގެ އަނދިރި جوّގައި ބައްތިއެއްހެން ވިދަވިދާހުރި ކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެކެވެ.”

  ____ ޑަކްޓަރް حيات

1379/7/4 ھ. ވީ ހޯމަ ވިލޭރޭގެ 8.50 ވީ އިރެވެ. ނާދީ ތަމައްދުންގެ ތެރެވަނީ އެގޮތްމިގޮތަށް، ނަމަވެސް ވަރަށް ރީތި ތަރުތީބެއްގެ މަތީން އަތުރާލެވިފައިވާ، ކުދި މޭޒުތަކަކުން ޒީނަތްތެރި ވެފައެވެ. މަތީ ސަނދުވާގައި ދެމިފައިވާ ކަރުދާހާ ފޮތީގެ ގިލަފަތި ތަކަކުން ޒީނަތްތެރިވެފައެވެ. އެތުރިފައިވާ ކުދި މޭޒުތަކުގައި އެޅިފައިވާ ސާފުހުދު ސުފުރާގެ މަތީގައި އަތުރާލެވިފައި ވަނީ، ސައިގެ ސާމާނެވެ. ސަޔާއި ދޮންކޭލެވެ. ސީޓްކޭކާއި ޕާނުގެ ސެންޑްވިޗެވެ. މަސްފަތަފޮޅިއެވެ.

ޚިތާނު ކުރުން: ސަގާފީ އެންމެ ބޮޑު އެއް އީދު

ކިޔާފައިވާ ޢަދަދު: 4775
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޚިތާނުކުރުމަކީ ދިވެހި ސަގާފަތުގައި އެންމެ ވަރުގަދަޔަށް ފާހަގަކުރާ އެންމެ އުފާވެރި އެންމެ މުހިއްމު އެއް މުނާސަބަތެވެ. ފިރިހެންކުއްޖަކު އުފަންވާ ހިސާބުން ފެށިގެން އެ ކުއްޖާގެ ޢާއިލާއިން އެ ކުއްޖާ ޚިތާނުކުރުމަށްޓަކައި ވިސްނާން ފަށައެވެ.

ޢާއްމު ތަޢާރުފެއް:

ބޮޑާބޭގެ ޝުކުރިއްޔާ!

ކިޔާފައިވާ ޢަދަދު: 2424
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
އަޅުގަނޑުގެ ހަނދާންތަކާއެކު އަނެއްކާވެސް މާޒީގެ ތެރެއަށް ޖެހިލަމެވެ. އަޅުގަނޑުގެ ޒުވާން އުމުރުގައި މީހަކު މީހަކަށް ކަމެއް ކޮށްދީގެން ނޫނީ ހެޔޮބަހެއް ބުނެގެން ޝުކުރިއްޔާ އޭ ބުނާއަޑު އިވުމަކީ، މިއަދު މި އިވޭހައި އާންމުކޮށް އިވޭ އަޑެއް ނޫނެވެ. މީހަކު މީހަކަށް ކަމެއް ކޮށްދިނުން ނުވަތަ ހެޔޮ ބަހެއް ބުނުން އެއްކިބާކޮށް، މިއަދު ތުއްތު ކުއްޖަކަށް ބައްޕައަކު ޓޮފީއެއް ދިނަސް އެކުއްޖާގެ ގާތުގައި “ދަރިފުޅު، ޑެޑީއަށް، ތެންކު ޔޫ ޑެޑީ، ނަންގަނޭ” ބުނާ މައިން މަދެއް ނުވާނެވެ. އަދި ބައްޕަ ބޭރަށް ދުރުވަން ފެށީމާ ނޫނީ ބޭރުން ދުރުވީމަ ލޯބިވާ ދަރިފުޅުގޮސް ބައްޕައަށް ހަގެއްދީ، އާދެ، ލޯބިން ބައްދާލާ ކޯތާފަތުގައި ބޮސްދިނުމުން، ލޯބިން ކިސް ކޮށްލުމުން “ތޭންކް ޔޫ” އޭ ނުބުނާ ބަފަޔަކު ހުންނާނެ ހެނެއް ހިއެއް ނުވެއެވެ.

ރަށްރަށުގެ ޚަޠީބުން ނުވަތަ ކަތީބުން

ކިޔާފައިވާ ޢަދަދު: 2127
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ޢަބްދުއްރަޙްމާން، ހއ.އުތީމު

ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ރާއްޖެއެކެވެ. ރާއްޖޭގެ ރަށްރަށުގެ ކުޑަ ބޮޑުމިން ތަފާތެވެ. ރަށްރަށް އެތުރިފައިހުރި ދުރު ކައިރިމިން ތަފާތެވެ. ޠަބީޢީގޮތުން ރަށްރަށަށް ލިބިފައިވާ ސިފަތައް (ފަސޭހަކަމުގެ ސިފަތަކާއި އުނދަގޫކަމުގެ ސިފަތައް) ތަފާތެވެ. ރަށުން ލިބޭ ބާވަތްތަކާ ވަސީލަތްތައްވެސް ތަފާތެވެ.