ހަމައެކަނި ވިދާޅުވެލެއްވުމަށް….(52)

ކިޔާފައިވާ ޢަދަދު: 1998

އަތްބެލުމުގެ “ރަސްގެފާނު”

ރާއްޖޭގެ އަތްބެލުމުގެ ރަސްގެފާނު މަޝްހޫރު އަލްފާޟިލް ޙުސައިން ފަހުމީ ހަކުރާ ފެއަރއަށް ވަޑައިގެންފިއެވެ. އޭނާއަށް ދަޢުވަތު ދެއްވީ 20 ނަންބަރު ސްޓޯލު (އޮލިމްޕިއަންސް) ގެ ފަރާތުންނެވެ. އެނގިފައިވާ ގޮތުގައި، އެ ސްޓޯލުތެރޭގައި ވަކިން ފަރުދާ ކުރެވިފައިވާ ކޯނަރއެއްގައި ރޭވެސް ވަރަށް ގިނަ މީހުންގެ މާޒީތަކާއި މުސްތަޤްބަލު އޮތްގޮތް ސީދާ އެ އަތެއްގެ ވެރިޔާގެ ކައިރީގައި ސިއްރެއްގެ ގޮތުގައި ވިދާޅުވެދެއްވަމުން ގެންދެވިއެވެ. އިވޭ ގޮތުގައި ގާތްގަނޑަކަށް ކޮންމެ މީހަކު ވެސް އެނބުރިދިޔައީ “އެއީ ހަމަ ތެދުފުޅެކޭ” ބުނަމުން ބުނަމުންނެވެ.

އައިދޫ: ގޮތްނޭގޭ ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ ސިފަކުރަމުން އަންނަ ފަޅުރަށެއް

ކިޔާފައިވާ ޢަދަދު: 3522
 

އައިދޫ

ގޮތް ނޭގޭ ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ ސިފަކުރަމުން އަންނަ ފަޅުރަށެއް

އަޙުމަދު ނާފިޢު، ބ. ދަރަވަންދޫ

ޒިޔާރަތްތަކަށް ކަމޭހިތުމާއި، ނަދުރުބުނުމުގެ ހަމަތައް މާތްވެގެންވާ އިސްލާމްދީނުގައި ހުރި ނެތް ގޮތް މިޒަމާނުގެ ވަރަށް ގިނަ މީހުން ދަންނާނެއެވެ. ޞައްޙަ އިސްލާމީ ޢަޤީދާއެއް އޮތް މީހެއްގެ ގަބޫލުކުރުން ހުންނަންވީ ގޮތާއި، މި ރޮނގުން  ހުއްދަ/ ނުހުއްދަ ކަންކަން މި އަދު އޮޅިފައެއް ނެތެވެ.

މާދަރީ ބަހަށް އިސްކަން ދިނުން…….. އިއްޔެއާއި މިއަދުގެ ވިސްނުން

ކިޔާފައިވާ ޢަދަދު: 4563

މާދަރީ ބަހަށް އިސްކަން ދިނުން

އިއްޔެއާއި މިއަދުގެ ވިސްނުން

ޢަބްދުއްރަޝީދު ޙުސައިން

އަޅުގަނޑުމެންގެ މަދަރުސީ ދައުރުގެ ކުރީކޮޅެވެ. ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތައް ނިމެމުންއައި ހިސާބެވެ. އެ ދުވަސްވަރު ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވަރަށް ބޮޑު އިންޤިލާބެއް ގެނެވޭ ކަމުގެ ނިޝާންތައް ފެންނަމުން އައެވެ. އަދި އެކަން ފަހުން ހަމަޖެހިގެން އައިވެސްމެއެވެ.

ކައިވެނިކުރުން (3)

ކިޔާފައިވާ ޢަދަދު: 3040
އާދަމް ޢަބްދުއްރަޙުމާން، އުތީމު
(25 ފެބްރުއަރީ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)
ނާއިބު: ނިޔަތް ގަތުމަކީ ކޮބައިތަ؟
ޖަވާބު: ނިޔަތް ގަތުމަކީ، ކޮންމެ އަޅުކަމެއްމެ ފަށައިގަތުމާއިއެކު އެކަމެއް ކުޅައުމަށް ގަސްދުކުރުން.
ނައިބު: ނިޔަތް ގަންނަ ފަދަޔަކީ ކޮބައިތަ؟
ޖަވާބު: އެކިއެކި ކަންތަކުގައި އެކިއެކި ފަދަޔަކުން ނޫންތޯ؟

ކައިވެނިކުރުން (2)

ކިޔާފައިވާ ޢަދަދު: 2748

އާދަމް ޢަބްދުއްރަޙުމާން، ހއ. އުތީމު

(4 މާރޗް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މިފަދަ ކިތަންމެ މެސެޖަކާ އިޝާރާތްތައް އެއްފަރާތުން އަނެއް ފަރާތަށް ފޮނުވައި، ލިބިގެންފައި އެބަހުއްޓެވެ. މި ދަންނަވާލީ ކުޑަ މިންވަރެކެވެ. ދެމީހުންގެ ދެމެދުގައި މިގޮތަށް ކުރެވޭ މުޢާމަލާތުގެ މިދެންނެވި ގިނަ ވާހަކަތައް ކިޔައިދެއްވީ ހއ. ވަށަފަރު އިރުމަތީގޭ ޙަސަން ޢަލީ (އިރުމަތީ ޙަސަންބެ) އެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(41)

ކިޔާފައިވާ ޢަދަދު: 2162

ބޭރުގެދުނިޔޭގެ މެދުގައި

ގަލޮޅު ރަސްމީ ދަނޑު

ދުނިޔޭގެ އެތަންމިތަނުގެ ލޯތަކުގެ ކުރިމަތީގައި ގަލޮޅުދަނޑުގައި ރޭގައި ބޭއްވުނު ކަލްޗަރަލް ޝޯ ފާހަގަވެގެން ހިނގައްޖެއެވެ. ޝޯ ބޭއްވެވީ އޮލިމްޕިއަންސްގެ ފަރާތުންނެވެ. ފެށުނީ 9 ޖެހިއިރުގައެވެ. 2 ގަޑިއެއްހާއިރު ވަންދެން އޮތް މި ޝޯއަށް ލިބުނީ ވަރަށް ވެސް ހޫނު ترحيب އެކެވެ. މިޝޯގައި މާލެއާއި ރާއްޖެތެރެ ބައިވެރިވިއެވެ. ހަތަރު ސަތޭކައެއްހާ ޓުއަރިސްޓުން މިޝޯ ދުށްޓެވެ. އެމީހުންގެ މޫނުތަކުން ފެނުނު ހިތްހަމަޖެހުން މާނަކޮށްދޭ ގޮތުގައި އެމީހުން އާދެ! ޓުއަރިސްޓުން ރާއްޖެ އަންނަން ފެށިއްސުރެ މިވީހާތައް ދުވަހުގެ ތެރޭގައި އެންމެ ދެގަޑިއެއްހާއިރުގެ ތެރޭގައި ތިބިތާތިބެގެން ދިވެހިރާއްޖެ ފެނުނު ފުރަތަމަ ވަގުތަކީ ރޭގެވަގުތެވެ.

ޚިތާނު ކުރުން

ކިޔާފައިވާ ޢަދަދު: 3047

ކުޑައިރުގެ ހަނދާންތަކުން……

 ޚިތާނު ކުރުން

އަޙްމަދު ޝިޔާމު

އެއީ ހަނދާންވާގޮތުން 1973 ނުވަތަ 1974އެވެ. އަޅުގަނޑު ދިރިއުޅުނީ އަޅުގަނޑުގެ މަންމަގެ މައިފުނަގޭގައެވެ. އެގޭގައި އުޅުނީ، ކާފައާއި މާމައެވެ. މަންމައާއި ބައްޕައެވެ. މަންމަގެ އެއްބަނޑު އެއްބަފާ މީހުންނެވެ. ޚިތާނުކުރުން ނުވަތަ ނަކަތްގެ ލެއްވުން އޭރު އޮންނަނީ ވަރަށްބޮޑު ކަމެއްގެ ގޮތުގައެވެ. ވަރަށް ދުރާލާ ތައްޔާރީތައް ވެއެވެ. ފޮނިކާތަކެތި ތައްޔާރުކުރެއެވެ. މުރުއްބާ އަޅައެވެ. ތެލުލިކޭލާ އޮޅުންސުވާލި ރަށްރަށުން ހޯދައެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(15)

ކިޔާފައިވާ ޢަދަދު: 2064
މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް
              މާލެ،ދިވެހިރާއްޖެ.

 نمبر70/15

އިޢުލާނު

ހޮޓާހޮޓަލުގައި ވިއްކާ ކާބޯތަކެއްޗާބެހޭ

މިހާރަކަށް އައިސް ހޮޓާހޮޓަލުގައި ކެއިންބުއިމަށް ތައްޔާރުކޮސްފައިހުންނަ އެއްޗެތީގެތެރެއިން އިންސާނުން ކެއުމަށް އެއްވެސް حال އެއްގައި އެކަށީގެން ނުވާފަދަ ދިރޭއެއްޗެތި ވެއްޓިފައި ހުއްޓާފެނި މިފަދަ ގޮތްތައް ދިމާވަމުން އެބަދެއެވެ.

މި އިޢުލާން ދެކެވަޑައިގަތީމުތޯ؟ (6)

ކިޔާފައިވާ ޢަދަދު: 2417
 
وزير الأعظم ގެ އޮފީސް
   މާލެ- ދިވެހިރާއްޖެ
                                                   نمبر 67/2  

إعلان

      ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ جمهوريّة އެއްތޯ، ބެލުމާމެދު، وزيرންގެ مجلسން، رعيّة ންގެ مجلس ގެ خيال އެއް ހޯދަން ފާސްވެގެން، އެކަން رعيّة ންގެ مجلس އަށް ގޮސް އެ مجلس ގެ 44 މެމްބަރުންގެ ތެރެއިން، 40 މެމްބަރުންގެ خيالއަކީ ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ جمهوريّةއެއްކަމުގައެވެ. ރަސްކަމެއްކަމަށް ފެނުނީ 4 މެމްބަރުންނަށެވެ.