ކުރުނބާދިނުމާއި ބިލަތް ގޮށި

ކިޔާފައިވާ ޢަދަދު: 9791
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ރަމަޟާން މަހަކީ އެހެން މުސްލިމުންނެކޭ އެއްފަދައިން ދިވެހީންނަށް ވެސް ވަރަށް ޚާއްޞަ މަހެކެވެ. ހަމަ އެކަނި ދީނީ ގޮތަކުން ނޫނެވެ. ހެޔޮކަމުގެ މޫސުމުގެ ގޮތަކުން އެކަންޏެއް ނޫނެވެ. އިޖްތިމާޢީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ދިވެހިންނަށް ރޯދަމަހަކީ ވަރަށް ޚާއްޞަ މައްސަރެކެވެ.
 
ރަމަޟާން މަހާ ގުޅިގެން ދިވެހި އިޖުތިމާޢީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

ޖިންސްގެ ތަފާތަށް ބަލަން ނުޖެހޭކަން ހާމަކޮށްދޭ ހެކިތައް އެބަހުއްޓެވެ.

ކިޔާފައިވާ ޢަދަދު: 4242
ޙަބީބާ ޙުސައިން ޙަބީބު
ދުނިޔޭގެ ތާރީޚްގައި އަންހެނުންގެ އަހަންމިއްޔަތު ހާމަކޮށްދޭ ތަފާތު ލިޔުންތައް ފެންނަން އެބަހުއްޓެވެ. ޤަދީމީ ޒަމާނުގެ ބައެއް ލިޔުންތައް ދައްކަނީ އަންހެނުން “ކަލާނގެ” ކަމަށާއި ދީނީ ކަންކަމުގައި ފަތުވާދޭ މީހުންގެ ގޮތުގައި ބައެއް ޤައުމުތަކުގައި ހަމަޖައްސައިފައި އޮތް ކަމަށެވެ. މިކަން އެނގެނީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 14 ވަރަކަށް ޤަރުނުގެ ކުރިން މިޞްރުގެ ޤަދީމީ ފައްޅިއެއްކަމަށްވާ “ހޯލީ ވަން” ގައި ބިންވަޅު ނަގައިފައިހުރި ލިޔުމަކުންނެވެ. މިކަން އޮސްޓްރޭލިޔާގެ ލިޔުންތެރިޔާ ފުރެންކްލިން ވޮޓްސް ލިޔުނު ފޮތް “ޖިންސްގެ އެއްވަރުކަން” މި ފޮތުން އެނގެން އެބައޮތެވެ. 

މިނިވަންކަން ލިބިފައިވަނީ ދިވެހި ރައްޔިތުންގެ ހިތްވަރާއި ޢަޒުމުންނެވެ.

ކިޔާފައިވާ ޢަދަދު: 8425
ޢައްބާސް އިބްރާހީމް (ތުޅާދޫގޭ ޢައްބާސް)
މިއަދު އަޅުގަނޑުމެން ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެން އެންމެ ބޮޑަށް ހަނދާންކުރަން ޖެހޭނީ އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިފައި މިވަނީ ދިވެހިރައްޔިތުންގެ ހިތްވަރާއި ޢަޒްމުންކަމެވެ. އެއީ ޕޯޗްގީޒުންގެ އަތްދަށުން ހޯދި މިނިވަންކަމެއް ކަމުގައި ވީނަމަވެސް، ނުވަތަ ހޮޅީންގެ ކިބައިން ސަލާމަތް ކުރެވުނު މިނިވަންކަމެއް ކަމުގައި ވީނަމަވެސް އަދި ކީއްތޯ؟ މިއަދު އަޅުގަނޑުމެން އެ މިނިވަންކަމަކަށްޓަކައި ފަޚްރުވެރިވަމުން މިދާ އިނގިރޭސީންގެ އަތްދަށުން ލިބިގަތް މިނިވަންކަން ކަމުގައި ވީނަމަވެސް އެމިނިވަންކަމެއް ރާއްޖެއަށް ލިބިފައިވަނީ ހަމަ ދިވެހިރައްޔިތުންގެ ހިތްވަރާއި ޢަޒްމުންނެވެ. ދިވެހީންގެ ހިތްތަކުގައިވާ ޤައުމީ ލޯތްބާއި މިނިވަން ޝުޢޫރުތަކުގެ ސަބަބުންނެވެ.

ޒަމާންވީ މިސްރަށް ރައްޔިތުން ހޮވި ވެރިއެއް

ކިޔާފައިވާ ޢަދަދު: 9167
އަޙްމަދް ސަމީރު އަލީ
މި ޖޫން މަހުގެ 24 ވަނަ ދުވަހަކީ ހަމަ ޔަގީނުންވެސް މިސްރުގެ ރައްޔިތުންނަށް ވަރަށް ޚާއްސަ ދުވަހެކެވެ. މިސްރުގެ ޒަމާންވީ ތާރީޚުގައި މިނިވަން އިންތިޚާބެއް ބޭއްވި ރައްޔިތުންގެ ސީދާ ވޯޓަކުން އެމީހުންގެ ވެރިޔަކު ހޮވި ދުވަހެވެ.  ސަލާމަތް ލެއްވި ޢީސާގެ ފާނުގެ 4800 އަހަރު ކުރީގައިވެސް ނީލަކޯރުގެ އައްސޭރީގެ ތިޔާގި ބިމުގައި ތަހުޒީބީ ބަޔަކު ވަޒަންވެރިވެ އުޅެފައިވާކަމީ ތާރީޚީ ހަގީގަތެކެވެ.

ހުވަދޫ ވާރެވެރިމީހާ ފަޔާ ކަޑަންނަށް ވޮންޑީ ވާހަކެޔާ

ކިޔާފައިވާ ޢަދަދު: 6061
ޢަބުދުﷲ ޙިލްމީ
މިއީ ހާމަ ނޫހުގައި “ނަޞްރާ އާއި ޞާލިޙު (ސެޓިގަމުން އައި ދެކުދިން)” މި ސުރުޚީގެ ދަށުގައި އަލްފާޟިލް މުޙައްމަދު ނަޞީރު، އއ.މާޅޮސް، ލިޔުއްވާފައިވާ ވާހަކަ ވަރަށް ކުރިއްސުރެ ހުވަދުއަތޮޅުގެ ބަހުރުވައިން ކިޔަމުން ގޮސްފައިވާ ފޯކްލޯރއެކެވެ. ނަޞްރާއާއި ޞާލިޙަށް ހުވަދޫގައި ކިޔައިއުޅުނީ ނަޞްރާއަށް ނަޞްރަތެވެ.

ވާދޫއަށް އެރި ފުރޭތަ ސައިޒަށް ކަނޑައިލުން (2)

ކިޔާފައިވާ ޢަދަދު: 8882
ޢަބުދުﷲ ޙިލްމީ
(18 ޖޫން 2012 (ހޯމަ) ގުޅޭ)
ވާދޫ ގައްދަނޑު މަނިކުފާނާއި ކަނޑަހަލަގަލު އެދުރު ކަލޭގެފާނުގެ މުޤާބަލާގެ ފަހުންވެސް އެދުރު ކަލޭގެފާނުގެ ޢަލާމާތްތައް ކަނޑަހަލަގަލުގެ ބޭރު ކަނޑުތެރެއިންނާއި ބައެއްފަހަރު އެ ރަށުތެރެއިން ވެސް ފެންނަ ކަމަށް ކިޔައެވެ. އަދި މި އެދުރު ކަލޭގެފާނުގެ އެހެން ވާހަކަވެސް މިފޯކްލޯރގައި އާދެއެވެ. ނަމަވެސް ލިޔުން ދިގުވެދާނެތީއާއި މި ފޯކްލޯރއަކީ އޭގެ މަޤުޞަދު ނުގެއްލޭ ގޮތަށް ތަފާތު ޢިބާރާތުން ބައެއް ފޮތްތަކުގައިވެސް ލިޔެވި ފެންނަން އޮތް އެއްޗަކަށްވާތީ މިލިޔުމުގައި އިތުރަށް ނުލިޔުނީއެވެ.

ވާދޫއަށް އެރި ފުރޭތަ ސައިޒަށް ކަނޑައިލުން

ކިޔާފައިވާ ޢަދަދު: 6565
ޢަބުދުﷲ ޙިލްމީ

ނޯޓު: އަޅުގަނޑު ލިޔަމުންގެންދާ “އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ” ގެ ސިލްސިލާ ވިދާޅުވަމުން ގެންދަވާ ބޭފުޅުންނަށް ބޭނުންތެރި މަޢުލޫމާތްތަކެއް މި ލިޔުމުގައި ހުރުން އެކަށީގެންވެއެވެ.

ހުވަދުއަތޮޅުގެ ފޯކްލޯރއެއްގައި އެ އަތޮޅު ވާދުއަށް އެރި ފުރޭތައެއްގެ ވާހަކަ ކިޔައި އުޅެއެވެ. ބައެއް ފޮތްތަކުގައި މިވާހަކަ އަންނަނީ ކަނޑަހަލަގަލު އެދުރުކަލޭގެފާނުގެ ވާހަކައިގެތެރެއިންނެވެ. ވާދުއަށް އެރި ނަމަވެސް އެދުވަސްވަރު ފުރޭތައިގެ މައި މަރުކަޒަކަށް ވެފައި އޮތީ ކަނޑަހަލަގަލެވެ. މި ފުރޭތައެއް ދެކެ މީހުން  ޚާއްޞަކޮށް ވާދޫ ކައިރި ރަށްރަށުގެ މީހުންނާއި ރޭގަނޑު އެހިސާބުން ދަތުރުކުރާ މީހުން ގަންނާކުރައްވާ ބިރުން ފުރޭތައޭ ކިޔަން ވެސް ބިރުގަނެއެވެ. ފުރޭތައޭ ކިޔަން ބިރުން އެދުވަސްވަރު އެކަކު އަނެކަކަށް މަޑުމަޑުން ކިޔައި އުޅުނީވެސް ކަނޑަހަލަގަލު އެދުރު ކަލޭގެފާނެވެ. 

ހަވަރުތިނަދޫގެ ގޮއިވެރިކަމާއި، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު

ކިޔާފައިވާ ޢަދަދު: 5822

މަޑަވެލީ ޢަލީ ނަޞީރު
ދިވެހި ތާރީޚްގައި ހިނގާފައިވާ ޙާދިސާއެއް ކަމުގައިވާ “1887މ. ގައި މާލޭގެ ބޮޑުހުޅު ޖެހުމުގެ އެންމެ އިސްމީހާ އައްޑު އަތޮޅަށް އަރުވާލުމުން ފިލައިގެން ދިޔުމަށް ރޭވި ރޭވުމުގައި އެހީތެރި ވުމަށް އެއްބަސްވީ އައްޑޫ މުޙައްމަދު ދީދީއެއް ކަމާއި، އެކަމަކާއި ގުޅިގެން ހަވަރުތިނަދޫ ގޮއިވެރި ކަމެއްގެ ވާހަކަ” ބަޔަކު ލިޔެފައި ވަނިކޮށް ތަންކޮޅެއް ކުރިން ދުށީމެވެ.

ވެހުނު އިރު ނުނެގުނު ފެން

ކިޔާފައިވާ ޢަދަދު: 6177
ޢަބުދުﷲ ޙިލްމީ
ވެހުނު އިރު ފެން ނުނެގި އޮއްވައި އެމޫސުން ފަހަނަޅައި ހިނގައްޖެއެވެ. މިހާރަކު ދެން އެމޫސުމުގެ ފެނެއް ނުނެގޭނެއެވެ. ނަގަންޏާ ނެގޭނީ މިމޫސުމުގެ ފެނެވެ. އެކަމަކު މިމޫސުމުގެ ފެނަށްވުރެ އެމޫސުމުގެ ފެނުގެ ޞައްޙަކަން ބޮޑުވެފައި “ބޯން” ކަމުދެއެވެ.

އެރިބައި

ކިޔާފައިވާ ޢަދަދު: 5506
މަޑަވެލީ ޢަލީ ނަސީރު
ބަޠަލުންގެ ލަޤަބަކީ، އެބޭފުޅަކު ކުރެއްވި މަސައްކަތްޕުޅެއްގެ “އެރިބަ”އެކެވެ. އެއީ ޢާއިލީ ތަރިކައެއް ނޫނެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި، ރައީސްކަންކުރެއްވި ވެލާނާގޭ އަލްމަރުޙޫމް އިބްރާހިމް ނާޞިރު (ޞާޙިބުއްސަޢާދާ ސުމުއްވުލްއަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރިކިލެގޭފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ނުވަތަ ޞ.ސ. އަލްފާޟިލް އިބްރާހިމް ނާސިރު ނ.ޣ.ޢ.ވ) އަށް ލިބިވޑައި ގަންނަވާ އެރިބަޔަކީ “މިނިވަންކަމުގެ” އެރިބަ އެވެ.