ރަންނަމާރިއަކީ ދަރުމަވަންތަ ރަސްގެފާނު ކަމަށް ތުހުމަތުކުރެވޭނެ ހަމަ އެއްވެސް ޤަރީނާއެއް ނުދެއްކޭނެ އެވެ.

ކިޔާފައިވާ ޢަދަދު: 10366

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބުނުތާ އަށް ސަތޭކަ އޮނަތިރީހަކަށް އަހަރުވެއްޖެ އެވެ. މި ބޮޑު ބަދަލަކީ ދިވެހިންނަށް ލިބުނު އެންމެ މަތިވެރި ކާމިޔާބި އެވެ. އެއީ ދިވެހި ރާއްޖެއަށް އައި އެންމެ ބޮޑު އިންޤިލާބެވެ.

އެމީހެއްގެ އެރިބައި ލިބޭނީ، ހަމަ އެމީހަކަށް (1)

ކިޔާފައިވާ ޢަދަދު: 6050
މަޑަވެލީ ޢަލީ ނަޞީރު

މިއީ ސިލްސިލާކޮށް ގެނެސްދިނުމަށް ގަސްތުކޮށްފައިވާ މަޒްމޫންތަކެއްގެ ފުރަތަމަ ބައެވެ.     އާދެ! ކޮންމެ އިންސާނަކު ވެސް ދާންނާނެފަދައިން އެންމެހާ އިންސާނުގެ ބަފައިކަލުނަވި، ސަލާމްލެއްވި އާދަމުގެފާނު ދިރިއުޅުއްވީ، އެކަލޭފާނު އުފައްދަވައި އަދި ފުރާނަ އެޅުއްވި މަރުކަޒުގައެއް ނޫނެވެ. ހަމައެފަދައިން އެންމެހާއާދަމުގެ ދަރީން އެބައިމީހުންގެ ދުނިޔޭގެ ދަންފަޅި، ވޭތިކުރަނީ ވެސް އެކަލޭގެފާނު ދިރިއުޅުއްވި ތަނުގައެއް ނޫނެވެ. ނަމަވެސް އެންމެހާ އާދަމުގެ ދަރީން އެބައިމީހުންގެ ދުނިޔޭގެ ދަންފަޅި ކުރަނީ މާތްﷲ ގެ ބިމުގަ އެވެ. ދަންފަޅިހަމަކޮށް އެނބުރިދިއުން އޮތީ ވެސް ހަމަކަށަވަރުން ﷲގެ ޙަޟްރަތަށެވެ.

ޤައުމީ ބަޠަލުންގެ ޙުރުމަތް (2)

ކިޔާފައިވާ ޢަދަދު: 5814
ޢަބްދުއްރަޝީދު ޙުސައިން
(5 މެއި 2012 (ހޮނިހިރު) ގުޅޭ)
ކޮންމެއަކަސް މިހާރު އަޅުގަނޑުމެންނަށް އަޑުއިވޭ ބައެއް ވާހަކަތަކަކީ އެއީ ދައްކަން ރަނގަޅު ވާހަކަތަކެއް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވެއެވެ. އެކަހަލަ ވާހަކަ ދެއްކުން އަޅުގަނޑަކަށް މަޖާކަމަކަށް އަދި ހެއްވާކަމަކަށް ވެސް ނުވެއެވެ. އަޅުގަނޑަށް ހީވާ ގޮތުން އެ ކަމުން ވާނެހައިވެސް ކަމަކީ ދިވެހި ތާރީޚު އޮޅުމެވެ. ދިވެހި ޤައުމަށްޓަކައި ޤުރުބާންވި މާތް ޚިދުމަތްތެރިންގެ މައްޗަށް ދިވެހިންގެ ހިތްތަކުގައި ޒަމާނުއްސުރެ އޮތް ޤަދަރާއި ލޯބި ނެތެމުންދިއުމެވެ. އެ މާތް ބަޠަލުންގެ ޙުރުމަތް ކެނޑުމެވެ.

އެއީވެސް ދުވަހެކެވެ. މިއީވެސް ދުވަހެކެވެ.

ކިޔާފައިވާ ޢަދަދު: 6124


ޢަބްދުއްރަޝީދު ޙުސައިން
އިއްޔެގެ ދިވެހިންނަކީ ޤައުމީ އާސާރުތަކަށް ވަރަށްބޮޑަށް ޙުރުމަތްތެރިކޮށް ހިތަމުން އައިބައެކެވެ. އެކަން އެމީހުންނަށް ކުރަން ދަސްވެފައިވަނީ ދީނާ ގުޅުވައިގެންނެވެ. ސަބަބެއްކަމަށް ވިސްނެނީ ދިވެހިންގެ ތެރޭގައި އާސާރީ ތަންތަނުގެ ގޮތުގައި ގިނައިން ފެންނަންހުރީ މިސްކިތްތަކާއި ޒިޔާރަތްތަކާއި މަޤާމްފުޅުތައްކަމަށް ވީތީއެވެ. މާލޭގައިވެސް މާތްބޭބޭކަލުންގެ ޒިޔާރަތް ހުރަސްކޮށްދާމީހާ އެޒިޔާރަތްތަކަށް ހުއްޓި ޞަލަވާތްކިޔަވައި ޙަމްދުއަޅާތަން އަޅުގަނޑުމެން ދުށީމުއެވެ. ޚާއްޞަކޮށް މެދު ޒިޔާރަތަށެވެ.

ދަރަވަންދޫ އާއި ސަގާފަތް

ކިޔާފައިވާ ޢަދަދު: 5681

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ބ.ދަރަވަންދުއަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ފަސް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި މިރަށަކީ ބ.އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫން އަތޮޅުވެރިކަން ބަދަލު ކުރީ، 4 ޖޫން 1962 ގައި ރައީސް އިބްރާހީމް ނާޞިިރުގެ ވެރިކަމުގައި އޭދަފުއްޓަށެވެ. އާބާދީގައި 1003  މީހުން ދިރިއުޅޭ މިރަށް އޮންނަނީ އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަގަށް ހަނި ދިގުކޮށް އޮންނަ ރަށެއްގެ ގޮތުގައެވެ. 

ތެލި ތަށި އޮޔާ ދިއުން ހުއްޓި، މަގުފާރު އުސްވެގެން ދިޔަ ގޮތް ހޯދުން

ކިޔާފައިވާ ޢަދަދު: 4468

ޑރ. މުޙައްމަދު ރަޝީދު
ޚިޔާލަށް ގެނެސްބަލާށެވެ. ނިކަން އެއްފަރާތަކަށް ޖެހިލައި އިނދެ ވިސްނައިލަ ބަލާށެވެ. މިވެނިތަނެއް ނެތް ހިނދެއް ދިޔަހެއްޔެވެ؟ މިވެނި ކަމެއް ނުހިނގާ ހިނދެއް ދިޔަ ހެއްޔެވެ؟ ރަށުގެ އެންމެން، އެންމެ ބޮޑަށް އަޅައިގަންނަ އެއްތަނުގެ މަތިން ހިތަށް އަރުވައިލަ ބަލާށެވެ. އެއީ ބޮޑު މިސްކިތް ހެއްޔެވެ؟ ބޮޑު މަދަރުސާ ހެއްޔެވެ؟ ބޮޑު ކާނިގަސް ނުވަތަ ނިކަ ގަސް ހެއްޔެވެ؟ އެ މިސްކިތް ނެތް އިރު، އެ މަދަރުސާ ނުއަޅާ އިރު އަދި އެގަސް ނުފޯދޭއިރު ކަން އޮތީ ކިހިނަކުން ހެއްޔެވެ؟ އެއިރު އަހަރެމެން ކޮބައި ހެއްޔެވެ؟ އަހަރެން ކޮބައި ހެއްޔެވެ؟

ހަނދާނަށް އައީ މާވަށުގައި ކުރިން ކައްކައި އުޅުނު ބޮޑު މައުލޫދެވެ.

ކިޔާފައިވާ ޢަދަދު: 9162

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ތަޢާރުފު:

ދިވެހީންނަކީ އިޖްތިމާޢި ދިރިއުޅުމެއް އުޅެމުން އައި ވަރަށް އެކުވެރި އިޖުތިމާޢީ ބަޔެކެވެ. މަވެތިކަން ނެތް، އިޖުތިމާޢީ ގުޅުމަށް މަސައްކަތް ކުރި ބަޔެކެވެ. މި ގޮތުގެ މަތީން އިޖުތިމާޢީ ރޫޙު އާލާކުރުމަށްޓަކައި ދާދިފަހަކާ ޖެހެންދެން ރާއްޖޭގެ ރަށްރަށުގައި (ގިނަ ރަށްރަށުގައި) ބޭއްވި އެއް ޙަރަކާތަކީ ބޮޑުމާލޫދު ކެއްކުމެވެ.