ކުޑަހުއްތު މުހަންމައިދީގެ ބޭސް ފަރުވާ

ކިޔާފައިވާ ޢަދަދު: 2049
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                
އިބްރާހީމް ޙުސައިން މަނިކު
އެއީ ވޭތުވެ ދިޔަ ވިހި ވަނަ ގަރުނުގެ ކުރީކޮޅުގެ އަހަރެކެވެ. ހާޖީ އިމާދުއްދީނު ގެ ރަސްކަން ޝަމްސުއްދީނުގެ މައްޗަށް ފުރޮޅިގެން ދިއުމާ ވިދިގެން ރާއްޖޭގެ ވެރިކަމުގެ ފަސްމުގޫ އޮތީ އަތިރީގޭ އިބުރާހިމް ދޮށިމޭނާ ކިލެގެފާނުގެ އަތްޕުޅުގައެވެ. މާލޭ ދަނޑިކޮށީގޭ އާއިލާއަކީ އެދުވަސްވަރު އަތިރީގެޔާ ސިޔާސީ ގޮތުން ހަތުރުވެރި އާއިލާއެއް ކަމަށްވެއެވެ.
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން – އިންސާނީ ވާޖިބެއް (2)

ކިޔާފައިވާ ޢަދަދު: 2447
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
(10 ޑިސެންބަރު 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 
2.2 ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުން
ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ނެގެހެއްޓުމުގެ ސިޔާސަތު ރަސްމީ ސިފައެއްގައި ފެށިފައިވަނީ 2003 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ކ. މާފުށީ ޖަލުގައި ހިންގި ލާ އިންސާނީ ޢަމަލުތަކާ ގުޅިގެން ނުކުތް ނަތީޖާއެއްގެ ގޮތުންނެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނެއް 10 ޑިސެމްބަރު 2003 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވިއެވެ. 

އާންމު މައިދާންތަކަށް ރައްޔިތުން އެއްވެ، އަޑުއުފުލައި އުޅުމުގެ ޒަމާންވީ ތާރީޚަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 3454
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން މައިޒާނޭ މިކިޔާ ބޮޑެތި ހުސްތަންތަން އެގޮތުގައި ބާއްވައި ޒަމާންވީ ސަހަރު ސަހަރު ފަރުމާކުރަން ފެށުނީ ގަދީމީ ޔޫނާނުގައެވެ. އާދެ، މިހާރުގެ ނަމުންނަމަ ގްރީސްގައެވެ. އާންމު ގޮތެއްގައި މިއީ އުފާވެރި، ސުލްހަވެރި ބައްދަލުވުންތަކަށް އެންމެ އެކަށީގެންވާ ތަންތަނެވެ!

ހަމައެކަނި ވިދާޅުވެލެއްވުމަށް….(76)

ކިޔާފައިވާ ޢަދަދު: 1503
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް….(76) 

ހިތާމައިގާ ބައިވެރިވި ކޮންމެ މީހަކަށްވެސް ޝުކުރާއި ހެޔޮއެދުންތަކެވެ.  

___________ސިރިމާވޯ ބަންޑާރަ

އަތްނބަކަށް އުފުލަން ޖެހޭނޭ އެންމެ ފުން އެންމެބޮޑު ހިތާމައިން ފޯވެފައިވާ އަޅުގަޑު، އަޅުގަޑުގެ އަވަހާރަވި އޯގާތެރި ފިރިކަލުންގެ ކުއްލި އަވަހާރަވުމާއި ގުޅިގެން މިރަށުގެ ރަށްވެހިންނާއި، ބޭރު ރަށްރަށުގެ މީހުން ފައުޅުކުރި ހަމްދަރުދީއާއި ތަޢުޒިޔާއާއި މެދު ޢިބާރާތްކޮޅެއް އެކުލަވާލުމަކީ އަޅުގަޑުގެ ވާޖިބެއް ކަމުގައި ދެކެމެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން – އިންސާނީ ވާޖިބެއް (1)

ކިޔާފައިވާ ޢަދަދު: 2545
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޢާމިރު
10 ޑިސެމްބަރ 1948 ން ފެށިގެން ތާރީޚު ގުނާނަމަ މިއަދަށް ބަރާބަރު 66 (ފަސްދޮޅަސް ހައެއް) އަހަރު ފުރޭނެއެވެ. މިދެންނެވި ތާރީޚަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ އެންމެ މުހިއްމު އެކަށައެޅުން ކަމުގައި ބެލެވޭ  “ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރު” ފާސްކުރެވުނު ދުވަހެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު 10 ވަނަ ދުވަސް (މިއަދު) ދުނިޔޭގެ ފެންވަރުގައި އަދި ރާއްޖޭގައިވެސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ގޮތުގައެވެ.

ހަވާދުގެ ވާހަކަ…. ގިނަ މީހުން ނުދަންނަ ފަރާތް!

ކިޔާފައިވާ ޢަދަދު: 4323
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ  ބަދިގޭގެ ކަފޭރާތަކުގެ ހަރުތަކުގައި ކުދިކުދި ރީތި ފުޅިފުޅީގައި ‘އަނގަ ބަންދު’ ވެފައި އެހުރި ހަވާދުގެ ތަފާތު ބާވަތްތަކަކީ މިހާރު މަންމަން ބާވަތްތަކެކެވެ! ޔޫރަޕުގެ ދޮންމީހުން ފެނުކެއްކި ކާނާ ކައިލަ ކައިލަ ތިއްބައި އެމީހުންގެ ކާނަގައި މީރު ރަހަ ލައްވައިދިން ހަވާދުގެ އާއިލާގެ ތަފާތު މެންބަރުންނަށް ވާހަކަ ދެއްކޭނަމަ، ނުވަތަ އަޅުގަނޑުމެނަށް ފޮނިތޮށްޓާއި އަސޭމިރުހާއި ކައްބާބާއި ކުކުން ދައްކާވާހަކަ މޭރުންވާނަމަ، ބަދިގެއިން އަޅުގަނޑުމެން ނިކުންނަ ހިތްވެސް ނުވާހައި ދިގު ވާހަކަތައް ކިޔައިދޭން ހުންނާނެކަން ޔަގީނެވެ! ހަވާދުގެ ވާހަކައަކީ ސިންދުބާދުގެ މަޝްހޫރު ހަތް ދަތުރަށްވުރެ ވަކީން ދެރަ ވާހަކަތަކެއް ނޫނެވެ!

ނެޕޯލިއަން ބޮނަޕާޓް އަރުވައިލެވުނު އެކަހެރި ޖަޒީރާގައި ދިވެހިން!

ކިޔާފައިވާ ޢަދަދު: 4116
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
“1735ގެ މާޗް މަހުގެ 17 ވަނަ ދުވަހު (އިނގިރޭސި ނައު “އެޗް އެމް އެސް ސާރ ފްރޭންސިސް ޑްރޭކް” ގެ) ކެޕްޓަން ޕެލީ، އެއްގަމާއި 840 ކިލޯމީޓަރު ދުރުން ކަނޑުމަތީގައި ބެހިގެން ދިޔަ، ގައިގެ ހަންކަޅު 10 ދިވެހިން އޭނާގެ ނައުކޮޅަށް ނެންގެވިއެވެ. ނެންގެވި އިރުވެސް މި ދިހަ މީހުންގެ ހާލު ވަރަށް ދެރައެވެ! އޮޑިމަތީގައި މީގެ ތެރެއިން 3 ދިވެހިން މަރުވިއެވެ. 5 ފިރިހެނުންނާއި އަންހެނަކާއި ކުޑަ ކުއްޖަކު މި ރަށަށް ( ސެއިންޓް ހެލީނާ އަށް) ގެނެވުނެވެ”
އިސްވެ ތިޔަ ވިދާޅުވި އިބާރާތް ކޮޅު ލިޔެވިފައި އޮތީ، ދެކުނު އެޓްލާންޓިކް ކަނޑުގެ އެންމެ އެކަހެރި ޖަޒީރާ ‘ ސެއިންޓް ހެލީނާގެ ވެރިރަށް ޖޭމްސްޓައުންގެ އަރުޝީފުގައެވެ! މިވާހަކަ އަޅުގަނޑުމެނާއި ހަމައަށް ތިލަ ކޮށްދެއްވީ ޖޯން ޓައިރެލް ކިޔާ ލިޔުންތެރިއެކެވެ!

އެ ދުވަސް، މިއަދާ ހާދަހައިވާ ތަފާތެވެ.

ކިޔާފައިވާ ޢަދަދު: 1738
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު 
 
ހަކުރު މެޓާގެ ޒަމާން
މީގެ އަހަރުތަކެއް ކުރިއެވެ. އެހައިގިނަ އަހަރުތަކެއް ވެސް ނޫނެވެ. ގާތްގަނޑަކަށް ތިރީސް ފަސް އަހަރެއްހައި ދުވަހެވެ. ލާރިއަކަށް (ހަމައެންމެ ލާރިއަކަށް) ހަކުރު މެޓައެއް (ފުއްޕި މެޓައެއް) ލިބުނުއިރެވެ. ހަކުރު މެޓައަކީ ތޯއެވެ؟ ދިޔާ ހަކުރު މަޅުކޮށްފައި ތިން އިނގިލި ކުރިން ވަށައިލެވޭވަރުގެ ހަކުރުކޮޅެއް ލިޔެ ފުރިގެން އެއްލައިލާ އިސްކޫލު ފޮތެއްގެ ކަރުދާސް ކޮޅަކަށްލައި ދެކޮޅު އޮޅައިލާފައި އޮންނަ މެޓައެކެވެ. ބައެއް ގޭގޭގައި ކުޑަ ހުތްކޮޅެއް ފިތާލައިގެންވެސް ހަކުރު މެޓާ ހަދައެވެ. އެއީ، އޭރުގެ އެންމެ އާދައިގެ މެޓައެވެ. ދިވެހި އުފެއްދުމެކެވެ. 

ދިވެހި 2 ވަނަ ޖުމްހޫރިއްޔާ 47 ވަނަ އަހަރަކާ ކުރިމަތިލާ ހިނދު……………

ކިޔާފައިވާ ޢަދަދު: 4337
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޖުމްހޫރު މި ލަފުޒުގެ މާނައަކީ ގިނަ މީހުންނެވެ. ނުވަތަ އެންމެންނެވެ. ވީމާ ޖުމްހޫރިއްޔަތަކީ ރައްޔިތުން (އެންމެން) ޙިއްޞާވާ ވެރިކަމަކަށް ކިޔާ ނަމެކެވެ. ރައްޔިތުން ޝާމިލުވާ، ރައްޔިތުންގެ މަންދޫބުންގެ ޙިއްޞާ އޮންނަ ވެރިކަމަކަށް ކިޔާ ނަމެކެވެ. އިނގިރޭސިބަހުން ކިޔާ ރިޕަބްލިކް މި ލަފުޒުގެ އަޞްލު އައިސްފައި ވަނީވެސް ހަމަ މިފަދަ ގޮތަކަށެވެ. ޢާއްމުންނާ ބެހޭ އެއްޗެއް ނުވަތަ ކަންތައްތަކުގެ މާނައިގައެވެ. ރައްޔިތުން ތަމްސީލުކުރާ ވެރިކަމުގެ މާނައިގައެވެ. އެ ވެރިކަމެއްގައި ޝަހެންޝާހަކު ނުވަތަ ރަސްކަލަކު ނެތި ރައްޔިތުން (ވޯޓަކުން) އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ވެރިކަމުގެ ނިޒާމަށް ކިޔާ ނަމެއްގެ ގޮތުގައެވެ. ވީމާ ރަސްކަމާ ޚިލާފަށް ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އެންމެން (ކޮންމެވެސް މިންވަރަކަށް) ޙިއްސާވާ ވެރިކަމެކެވެ.