ހަމައެކަނި ވިދާޅުވެލެއްވުމަށް….(73)

ކިޔާފައިވާ ޢަދަދު: 1856
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނ.އަތޮޅު މަދްރަސީ ދުވަސް

ނ.އަތޮޅުގެ مراسل އެއް

އާދެ، ނ.އަތޮޅަކީވެސް ރާއްޖޭގެ މަތީ ފެންވަރުގެ އަތޮޅެއްކަމުގައި ހެއްދެވޭތޯ، އަތޮޅުގެ މިއަދުގެ އަތޮޅުވެރި އައްޝައިޚު އަޙްމަދު ޝާޠިރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ، ހެޔޮ ފާލެއް ކަމުގައި، ނ.ވެލިދޫގައި، 8/10/79ه ގައި ކުރެއްވި ޖަލްސާ ހިމެނޭނެއެވެ. އާދޭހެވެ. މި ޖަލްސާއަކީ ތަޢުލީމަށް އިތުރު ފޯރީއަކާއި، އައު ޖޯޝެއް ގެންނެވުމުގެ ގޮތުން ބޭއްވެވި ވަރަށް ޚާއްޞަ ޖަލްސާއެކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(72)

ކިޔާފައިވާ ޢަދަދު: 1780
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރައްޔިތުންގެ މަޖްލިސްގެ ޚާއްޞަ ޖަލްސާއެއް

މިދިޔަ އަންގާރަ ދުވަހު ހަވީރު 4 ޖެހިއިރު، رعيّة ންގެ مجلسގެ خاصّ جلسة އެއް، ابراهيمّية ގައި އޮތެވެ. جلسة އަކީ وزيرالأعظم، އެއްކުރެއްވި جلسة އެކެވެ. ބޭނުންފުޅަކީ وزارةالصحّة ގެ ބަޖެޓްއަށް ފައިސާ އިތުރުކުރުމަށް އެ وزارة އިން އެދިވަޑައިގަންނަވައިގެން އެ مسألة ހުށަހެޅުއްވުމެވެ.

އޭރުގެ ފަތްފުށްތަކުން…. (93)

ކިޔާފައިވާ ޢަދަދު: 1772
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޖޭ.އާރ.ޖަޔަވަރްދަނާ

ލަންކާގެ އަގުހުރި ބަޠަލު އަދި ބޮޑުވަޒީރު

عبد اللّه حميد


އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އަކީ، މޮޅު ލިޔުންތެރިއެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ. ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ޚިދުމަތްތެރިއެކެވެ. ތަފާތު ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައި އަދި ތަރުޖަމާ ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. 1954 ހައިތަނުން ފެށިގެން އެމަނިކުފާނުގެ ލިޔުއްވުންތައް ވަނީ ފެންނަން ފަށައިފައެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ނޫސް، މަޖައްލާތަކުގެތެރޭގައި “ސަރުކާރުގެ ޚަބަރު” “ވިޔަފާރިމިއަދު” “ނާރެސް” “އަމާޒު” “ހަވީރު” އަދި މިނޫންވެސް ރާއްޖޭގައި ނުކުމެފައިވާ ތަފާތު ނޫސް މަޖައްލާތަކުން އެމަނިކުފާނުގެ ލިޔުއްވުންތައް ފެންނަމުން ގޮސްފައި ވެއެވެ. އަދި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ “ޢިލްމީ އޮއިވަރު”އާއި ދިވެހިބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ މަޖައްލާ “ފަތްތޫރަ”އާއި ދިވެހި ނާދީގެ މަޖައްލާ “ހުވަނދު”ގެ މުޙައްރިރުކަންވެސް ކުރައްވައިފައިވެއެވެ.

ބަދަލުވަމުންދާ ތިމާވެށި

ކިޔާފައިވާ ޢަދަދު: 2462
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޝާކިރު
މި މަޒުމޫނަކީ، 2009 އެޕްރީލް 24 ވަނަ ދުވަހު “ފަންވަތް” މަޖައްލާއަށް އަޅުގަނޑު ލިޔުނު ލިޔުމެކެވެ. އޭގެ ފަސް އަހަރުފަހުން މި މަޒުމޫނު ހަމަ އަޅުގަނޑު ކިޔުމަށްފަހު، ފުރަތަމަ ލިޔުނު ލިޔުމުގެ އަސްލު ނުގެއްލޭގޮތުން ބައެއް ކުދިކުދި ބަދަލުގެނައުމާއެކު ލިޔުންތެރިންގެ ގުޅުމުގެ ކިޔުންތެރިންނަށް ހުށައަޅައިލުމުގެ ޚިޔާލުގައި ދެންނެވިފަދަ އުނިއިތުރުތަކާއެކު ތިޔަބޭފުޅުންގެ އަރިހަށް ހުށައަޅައިލަމެވެ. ފުރަތަމަ މި މަޒުމޫނު ލިޔެ ފަންވަތަށް ހުށައެޅީ “ބަދަލުވަމުންދާ ޒަމާން” މި ސުރުޚީގެ ދަށުގައެވެ. އެހެންނަމަވެސް، މި މަޒުމޫނަށް ބޮޑަށް ގުޅޭކަމަށް އަޅުގަނޑަށް މިހާރު ފެނުނު މައުޟޫޢަކީ “ބަދަލުވަމުންދާ ތިމާވެށި” ކަމަށް ވުމުން ފުރަތަމަ ސުރުޚީ ބަދަލުކޮށްލީއެވެ.

އޭރުގެ ފަތްފުށްތަކުން…. (91)

ކިޔާފައިވާ ޢަދަދު: 1957
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޔާހުން ބަރާސް

ޖަޕާނުންގެ ރަޙްމެއްނެތް އަނިޔާގެ ދަށުގައި

ސިއްކަގޭ عبدالمجيد سليم

 އަލްފާޟިލް އަލްމަރްޙޫމް ޢަބްދުލްމަޖީދު ސަލީމް (ރަޙިމަހުﷲ) ނުވަތަ ސިއްކަގޭ ދޮންމަނިކުފާނަކީ،  އޭރުގެ ބައެއް ނޫސް މަޖައްލާތަކަށް ލިޔުއްވާފައިވާ ލިޔުންތެރިއެކެވެ. ގިނައިން ލިޔުއްވާފައިވަނީ، ތާރީޚީ ލިޔުއްވުންތަކެވެ. މިހާރުވަނީ އޭނާގެ ލިޔުއްވުންތަކުގެ 2 ފޮތެއްވެސް ޝާއިޢު ކުރެވިފައެވެ.
އަލްމަރްޙޫމް ޢަބްދުލްމަޖީދު ސަލީމުގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ. 
އަލްފާޟިލް ޢަބްދުލްމަޖީދު ސަލީމުގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، މީގެ 40 އަހަރު ކުރީން، 11 ނޮވެންބަރު 1973 ގައި އައްޑު އަތޮޅުގައި ނުކުތް ދުވަހު ނޫސް “އުދަރެސް” ގެ ޖުމްހޫރީ ދުވަހުގެ ޚާއްޞަ ނަންބަރުންނެވެ.
މި ލިޔުން ނަކަލުކުރުމުގައި ލިޔުމުގެ އަސްލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(69)

ކިޔާފައިވާ ޢަދަދު: 1810
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަޖީދިއްޔާގެ ހޮކީ ތަށި، ސިކަންދަރީ ހައުސްއަށް ލިބިއްޖެ

ތަށި ދެއްވުމަށްފަހު ބަންޑާރަ ނާއިބުގެ  އަސަރުގަދަ ތަޤްރީރެއް

حميــد
މަޖީދިއްޔާގެ ފުރަތަމަ ހޮކީ مبارات އިއްޔެގެ އޮއްސުނު އިރާއެކު ހަދާނާއި تاريخ އަށް ދޫވެ ހިނގައްޖެއެވެ. 1962 ވަނަ އަހަރުގެ 3 ވަނަ ޓާރމްގެ ނިމުމާއިވެސް ދާދި އެކުއެކުގައެވެ. مبارات ގެ މެޗްތައް ލޯމަތީން ކެހިގެންގޮސް ماضى އާއެކުވީ ހޮކީގެ ތަށި ސިކަންދަރީ (ރެޑް) ހައުސްގެ فخر ޓީމަށް ލިބިދީފައެވެ.

ކާވެނި ނުކުރާން ވައުދުވެގެން ތިބި އަލްބޭނިއާގެ ފަރުބަދަ މަތީ އަންހެނުން

ކިޔާފައިވާ ޢަދަދު: 3795
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ބޭރުފުށުން ބަލާބެލުމަށް މިއީ އަންހެނުންކަމުގައި ޝައްކު ކުރަންޖެހޭ އެއްވެސް ކަމެއް އެމީހުންގެ ކިބައިން ފެންނާކަށް ނުހުރެއެވެ. ބަލާބެލުމަށް މިއީ ގެއިން ބެރުގައި ބުރަ މަސައްކަތް ކުރުމުގެ ސަބަބުން ގައިގެ ހަން ކުރަކިވެ، ގަދަ ވަޔާއި އަވީގައި ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވުމުގެ ސަބަބުން މޫނުމަތީގައި ރޫ ގިނައެވެ، އަތްފައިގެ ހަން ބޮލެވެ، އުމުރުން ދުވަސްވުމުގެ ސަބަބުން ގިނަމީހުން މިހާރު ތިބީ ގުދުލައިފައެވެ! މި މީހުންނަކީ އަލްބޭނިޔާގެ ފަރުބަދަމަތީ ދަނޑުވެރި ހިސާބުގައި ވަރަށް އެކަހެރިކޮށް، ފިރިހެނުންގެ ގޮތުގައި ދިރިއުޅޭ (މިހާރު) މަދު އަންހެނުން ކޮޅެކެވެ! 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(68)

ކިޔާފައިވާ ޢަދަދު: 2070
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިރާއްޖޭގައި ފުޅިބައްތި އުފެއްދި الفاضل ކުނިމަސް ދޮން موسیފުޅު

ކުރީގައި ރާއްޖޭގައި ރޭގަނޑު ބައްތި ދިއްލާ އުޅެނީ ލިބޭ މީހުން ވަރަށް ޚަރަދު ބޮޑު ގޮތެއްގައެވެ. އެއީ، ބިގަރު، ފާނޫޒު، ފަސްލޭނު ބައްތި މިކަހަލަ ތަކެތިންނެވެ. ނުލިބޭ މީހުން ބައްތި ދިއްލާ އުޅެނީ، ވަރަށް އުދަގޫ އަދި ނުރައްކާވެސް ގޮތެއްގައެވެ. އެއީ ތައްޓަކަށް، ނުވަތަ ވޮށަކަށް ކާށިތެޔޮ އަޅާފައި ފުކެއް ލާފައި ރޯކޮށްލަނީއެވެ. ދެން ފަހަކަށް އައިސް އަތްބައިތިއެވެ. އޭގައިވެސް ހުޅުގަޑު ނިވާކޮށްލެވޭނެ ގޮތެއް ނޯވެއެވެ. އަދި ދުން ނުބުރާނެ ގޮތެއްވެސް ވަރަށް ނޯވެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(67)

ކިޔާފައިވާ ޢަދަދު: 1580
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަނިން އަރައިފި! މިއަދު ގެރި ބިރިޔާންޏާއި ބާކީ 4000 ރ.

މައްޗަންގޮޅީގެ އަންހެނުން

އަދުގެ 10.15 ހާއިރު މއ.ހެޕީގާރޑްންގެ ދޮރުމަތިން ފުރި 2 ލޮރީއެއް މަޑުމަޑުން އެކީގައި ދުއްވަމުން މާލޭގެ އުތުރު ފަރާތަށް ދަތުރުކުރަން ފަށައިފިއެވެ. ލޮރީ އައިސް މަޑުކޮށްލީ ކަސްޓަމް އޭރިޔާގެ ތެރެއަށެވެ. ލޮރީއިން ބޭލިތަން ފެނުނީ ގިނަ ޢަދަދެއްގެ ބޮޑެތި ތެލި ތަކެކެވެ. ކޮންމެ ތެއްޔެއްވެސް ވަނީ ވަރަށް ރަނގަޅަށް މަތި ޖަހާފައެވެ. އެހެންކަމުން އޭގައި ހުރި އެއްޗަކާމެދު ސުވާލު ކޮށްލުމުން އެކަމުގައި ޙަރަކާތްތެރި ވެލައްވާ ފަރާތުން އެނގުނީ އެއީ ހުޅުލޭގައި މަސައްކަތްކުރާ މީހުންނަށް ކާން ދިނުމަށްޓަކައި ގެންދާ ގެރި ބިރިޔާނީ ކަމެވެ. އެއާއެކު މުގުރިހައާއި ކުދީނާ ފަތުގެ ފުނޑި ސަޓަނިވެސް ތައްޔާރު ކުރެވިފައިވެއެވެ. ކައި ނިމުމަށްފަހު ބޯނެ ޖޫހާ ބިލެތް ސިގިރޭޓްވެސް ގެނެސްފައިވެއެވެ.

“މިހާރު ތިއޮންނެވުނީ މަގުމެދުގައެވެ. ހިނގާމީހުންގެ ފައިން ހަށިކޮޅަށް އެރިދާނެއެވެ.”

ކިޔާފައިވާ ޢަދަދު: 2129
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
މާލޭގެ މަގުތައް ހަދައި، ތެދުކުރުމުގެ މަސައްކަތް ކުރަންފެށިގެން އައި ދުވަސްވަރެވެ. އެ ދުވަސްވަރު ރާއްޖޭގެ ވެރިކަން ކުރައްވަނީ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ. މާލޭގައި ގެތައް ހުރީ ވަކިތަރުތީބެއް ނެތި އެތަންމިތަނަށް އުކައިލެވިފައެވެ. އެއްގެއެއްގެ ގޯތިތެރޭގައި އަނެއް ގެއެއްގެ ބަދިގެ ހުރި ދުވަސްވަރެވެ. މެދުފުޅަފެއް ނެތި އިމެއް ފާހަގަކުރެވިފައި ނެތް ޒަމާނެވެ. މާލޭގެ އެތަން މިތަނުގައި ޒިޔާރަތްތައް ފުނިޖެހިފައިހުރި ދުވަސްވަރެވެ.