ތާރީޚުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލު މައްސަލަ

ކިޔާފައިވާ ޢަދަދު: 1655
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަލަސްތީނުގެ ބިމުގެ މިލްކުވެރިކަމުގެ މައްސަލައަކީ ތާރީޚުގެ ގިނަ ސަފްހާތަކެއްގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ތާރީޚީ މައްސަލައެކެވެ. ފަލަސްތީނުގެ ބިމަށް އަތް ގަދަކުރުމުގެ ރޭވުންތައް ޔަހޫދިން އެންމެ ފުރަތަމަކޮށްފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. މި ގޮތުން އޭރު ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅުނު މުއްސަނދި ޔަހޫދީންނާއި ޒަޔަނިސްޓުން ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ރޭވުންތައް ރާވާފައިވަނީ 1800ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(63)

ކިޔާފައިވާ ޢަދަދު: 1702
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް….(63) 

އަތޮޅު ފިހާރަތައް عمارات ކުރާ ތަންތަން ތައްޔާރުވަނީ

މެނޭޖަރުންނާއި އަތޮޅުވެރީން މަސައްކަތުގައި

( “ފަތިސް” ގެ ސްޓާފް ރިޕޯޓަރ )

އަތޮޅު ފިހާރަތައް عمارات ކުރުމަށްޓަކައި ތަންތަން ދެއްކެވީ އިއްޔެނޫން އިހަށް ދުވަހުއެވެ. އިއްޔެ ރެއާއި އިއްޔެއާއި އަދި ރޭ ވެސް އެ ތަންތަން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ހިގަމުން ދިއައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(62)

ކިޔާފައިވާ ޢަދަދު: 1931
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަފްތާގެ އިންޓަރވިއު

ފެންތިކިތިކީން ޖާޑިއެއް ފުރިދާނެއެވެ.

އެޑިޓަރ

އަޅުގަނޑު ތަޢާރުފުވެލީ އަމިއްލައަށެވެ. އަޅުގަނޑު، އެގުމުގެ نشان އެއް އެއްގޮތަކަށްވެސް މޫނުމަތިން ފެންނާކަށް ނެތެވެ. ދެން އަޅުގަނޑު ނަންގަތީ އަޅުގަނޑުމެންގެ ނޫހުގެ ނަމެވެ. މިފަހަރު ކުޑަ ކުޑަ ވިދުމެއް، އަޅުގަނޑަށް ފެނުނު ކަހަލައެވެ. ހަފުތާ ކިޔާ ނޫހަކުން އައި މީހެކޭ އަޅުގަނޑު تكرار ކުރުމުން އޭނާ ބައްލަވާ ލެއްވީ ފިހާރައާ ދިމާއަށެވެ. އެހެންމީހަކަށް، އަޅުގަނޑުމެންނާއި ބައިވެރިވާން دعوت ދެއްވި ކަހަލަ ގޮތަކަށެވެ. އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ.

ސަގާފީ ނަޒަރަކުން ރަމަޟާން މަހުގެ ތިން ދިހަ، ލ. ފޮނަދޫގައި. . .‎

ކިޔާފައިވާ ޢަދަދު: 2173
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދު ރަޝީދު  ‎ latalks@gmail.com 
            
ރަމަޟާން މަހަކީ އަޅުކަމާއި ތަޤުވާގެ މައްސަރެވެ. ދިވެހިންނަކީ ޒަމާނުއްސުރެން އަޅުކަންކުރުމުގައި ވެސް ނަމޫނާ ދައްކަމުން އަންނަ ބަޔެކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައެވެ. ފަރުޟު ފަސްނަމާދާއި ސުންނަތް ނަމާދުތަކާއި ސުންނަތްކަން ގަދަވެގެންވާ ތަރާވީޙް ނަމާދު ކުރުމާއި ކީރިތި ޤުރުއާން ކިޔެވުން ހިމެނެއެވެ.

ރޯދަމަހާއި ދިވެހީން

ކިޔާފައިވާ ޢަދަދު: 4115
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
ރޯދަމަހަކީ، އާދެ! ރަމަޟާން މަހަކީ މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް ޚާއްޞަ މައްސަރެކެވެ. އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެންމެ ޚާއްޞަ އެއް ރުކުން ކަމުގައި ރޯދަހިފުން އެ މަހުގެ ދުވަސްތަކަށް ޚާއްޞަ ކުރައްވާފައިވާތީ އެވެ. އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި ކީރިތި ޤުރްއާން ބާވައިލައްވަން ފައްޓަވައިފައި ވަނީ އެ މަހުގެ ތެރޭގައި ހިމެނޭ ރެޔެއްގައިކަމަށް ވާތީއެވެ. އަދި އިސްލާމުންނަށް ދެއްވި އެންމެ ފުރަތަމަ ފަތަޙަ ކަމުގައިވި ބަދުރު ހަނގުރާމައިގެ ފަތަޙަ ދެއްވައިފައި ވަނީ ވެސް އެ މަހުގެ ތެރޭގައިކަމަށް ވާތީއެވެ. ކަން މިހެން ހުރުމާއެކު، ދިވެހީންގެ އެންމެންނަކީ މުސްލިމުންކަމަށްވާތީ ރޯދަމަހަކީ  ދިވެހީންނަށް ވެސް ޚާއްޞަ މަހަކަށް ވެގެން ދެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(61)

ކިޔާފައިވާ ޢަދަދު: 1593
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

މުސްކުޅި އަންހެނުންނަށްވެސް ޒުވާންކަން އަތުވެއްޖެ

މާފަންނުގެ އަންހެނުން

ރުފިޔާއާއި ރޯސްކުކުޅުން

 “ވާރޭވެއްސައިފި!”

ރާއްޖޭގެ އެބިމެއްގައި، ބިމުގެ ފަހަކަށް، ދިވެހި قومى روح އަޅާ ފުރައިގެން ހެދެމުންދާ އެންމެ خاصّ ދިވެހިބިމަކީ ހުޅުލޭ އެއަރޕޯރޓްގެ ބިންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ހެދުމުން ބޮޑުވެގެންދާ ހުޅުލޭ އެއަރޕޯޓްގެ ބިމުގައި ދިވެހި ސަރުކާރުން ކުރައްވާ މިންނެތް ބުރަ މަސައްކަތާއި އޮޅުކޮށް ނުލެވޭފަދަ خردއާ އެކުވެގެން، އެބިން ތެމިފައިވަނީ އެތަކެއްހާސް ދިވެހިންގެ ހިތްވަރާ ބަރު މަސައްކަތާ ގުޅިގެން އޮހޮނު ދަލުންނެވެ. އެބިން އުފެދެމުން ދަނީ، އެތަކެއް ހާސް ދިވެހިން قومى روح ގައި ދިވެހި قوم އަށްޓަކައި قومގެ زعيمގެ ފަހަތްޕުޅުގައި ތިބެގެން އެކި ސިފައިގައި އެއްބާރުލުމުގެ ސަބަބުން ލިބޭ އިތުރު ފުރާނައަކާވެސް އެކީގައެވެ.

އޭރުގެ ފަތްފުށްތަކުން…. (77)

ކިޔާފައިވާ ޢަދަދު: 1476
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދެއްނޫނެވެ. އިހަށްދުވަހެވެ!

މަގުމަތިން ފެންނަ ކަންތައްތައް ފިލުވަމުން ދިޔައިރު…

 އެސް.އެލް.ޓީ

އެސް.އެލް.ޓީ. އަކީ، ކޮންބޭފުޅެއްތޯއެވެ؟ އާދެ! ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ.) ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ދެއްވި ބޭފުޅެކެވެ.

ކަންނެތްކަމާއި އިސްރާފު: ރޯދައިގެ ރޫޙާ ޚިލާފު ދެ އާދަ

ކިޔާފައިވާ ޢަދަދު: 4372
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ރޯދަމަހަކީ އެ މަހުގައި ވަރަށް އާދަޔާ ޚިލާފު އަޅުކަމެއް އަދާކުރަންޖެހޭ މަހެކެވެ. އެހެން އަޅުކަންތައް އަދާކުރާނީ ކަންތައްތަކެއް ކޮށްގެންނެވެ. ދުލުންކިޔާ ތަކެއްޗާއި ގުނަވަންތަކުން ކުރާ ޢަމަލުތަކެއް ހިމަނައިގެންނެވެ. ނުވަތަ ތިމާގެ ތަނަވަސްކަމުން ހޭދަތަކެއް ކޮށްގެންނެވެ. ދުރު ދަތުރުކޮށް ތަކުލީފުތަކެއް އުފުލައިގެންނެވެ. ނަމާދާއި ޙައްޖާއި ޒަކާތުން ފެންނަނީ މި ޙަޤީޤަތްތަކެވެ.

ރާއްޖޭގެ ޤަޟާއީ ނިޒާމް އުފަންވެގެން އައި ގޮތް

ކިޔާފައިވާ ޢަދަދު: 6253
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ޙަސަން ޒަހީން
ދިވެހިތާރީޚަކީ ދިވެހިންގެ މާޒީ ދެނެގަތުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައިވާ ބަހާއެކެވެ. އެގޮތުން ބަލާއިރު ދިރާސާކުރެވިފައިވާ ތާރީޚުގެ މުހިންމު މަސްދަތުތަކުން އެނގިކަށަވަރުވާ އެއްކަމަކީ ދިވެހިންގެ ތެރޭގައި އެންމެ އަންޒަމާނުން ފެށިގެން ވެސް ޤަޞައީ ނުވަތަ ޝަރުޢީ ނިޒާމެއް ގާއިމުވެފައިވާކަމެވެ. ރާއްޖޭގައި މިހާތަނަށް ހިންގިފައިވާ ޤާނޫނުއަސާސީތަކުގެ އަލީގައި ރާއްޖޭގެ ޝަރުޢީ ނިޒާމު އޮތް ގޮތް ދިރާސާކުރުމުން އެ ނިޒާމަކީ، ފުރިހަމަ ނިޒާމެއްކަން އެނގެއެވެ. އެ ޒަމާނަކާ ގުޅޭ ގޮތުން ޝަރުޢީ ނިޒާމު ފުރިހަމައަށް އަތުރައިލެވިފައިވާކަން އެނގެއެވެ.

މި އިޢުލާން ދެކެވަޑައިގަތީމުތޯ؟…….(27)

ކިޔާފައިވާ ޢަދަދު: 1977
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުނިސިޕަލް އޮފީސް
     މާލެ
اعـــــــلان
އަވަށުގެ ގެއެއްގައި ބައަކު މީހުން ލައްވައި ކުޅިވަރެއް ކުޅުވާނަމަ، ކުޅުވާންވަނީ އަވަށުވެރިގެއަށް އެންގުމަށް ފަހުގައެވެ. وزارۃ الداخليۃ ގައި ރަޖިސްޓްރީ ކުރެވިފައިވާ ބައިތަކާއި، ޕާރޓީތައް ދަސްކުރާން ކުޅިވަރުކުޅޭ ގޭގެއާއި، އެ ގެއެއްގެ މީހުން އަމިއްލަ ގޮތުގައި ކުޅިވަރުކުޅޭ ގޭގެ استثناء ވެގެން ވެއެވެ.