ހަމައެކަނި ވިދާޅުވެލެއްވުމަށް….(60)

ކިޔާފައިވާ ޢަދަދު: 1439
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

قمرعلى ފިހާރަ 1200 ރުފިޔާއިން جرمانہ ކުރެވިއްޖެ 

އަގުބޮޑުކޮށް ވިއްކީ ހަނޑުލާއި ލޯ މޮހޮރެވެ.

“وزارۃالتجارۃ والتموين ގެ ބަޔާނެއް”

ބޯރާވިޔަފާރިވެރި މުއްލާ قمرعلی މުއްލާ عبدالحسين ފިހާރައިން، ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ހަޑުލާއި، ލޯމޮހޮރު ވިއްކައިގެން، އެ ފިހާރަ -/1200 ރުފިޔާއިން ޖުރުމަނާ ކުރެވިއްޖެއެވެ. ހަނޑޫ ވިއްކީ 90/- ލާރިއަށް ނާޅިއެކެވެ. މޮހޮރު ވިއްކީ ގަލެއް -/6 ރުފިޔާ އަށެވެ.

މުދައު ނެގުން

އޭރުގެ ފަތްފުށްތަކުން…. (76)

ކިޔާފައިވާ ޢަދަދު: 1770
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

އެޑްމިރަލް ވަޑައިގެންނެވި ވާހަކަ

الفاضل محمد أمين ديدى


ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (ރަޙިމަހުﷲ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި ވަރަށް ފުންނާބު އުސް ކުޅަދާނަ އަދީބެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ. އަދަބީ ފަންނުތައް ދިރުވައި އާލާކުރެއްވުމަށް ވަރަށް ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ދިވެހި އަދަބިއްޔާތު އާ ރޯޝަންކަމަކާއެކު ދިރިގެން އައީ އެ ކިލެގެފާނު އެޅުއްވި ބިންގަލުގެ މަތީގައިކަމުގައި ދެންނެވުމަކީ، ދޮގަކަށް ނުވާނެ އެވެ.

“ވާހަކަ ކޮމިޓީ” އާއި “ބަސް ކޮމިޓީ” އާއި “އައްރަފީޤް” އާއި “ސަރުކާރުގެ ޚަބަރު” ފަދަ ކޮމިޓީތަކާއި ނޫސް މަޖައްލާތަކުގެ ޚިދުމަތް ތާރަފު ކުރެއްވީ އެ ކިލެގެފާނެވެ.

[މާހެފުން] ތައްޔާރުކުރުމާއި [މާހެފުން އޮޑި] އެޅުމާއި [މާހެފުން ދުވަސް] ފާހަގަކުރުން

ކިޔާފައިވާ ޢަދަދު: 2230
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ރަޝީދު (latalks@gmail.com)
“ދުވަސްވަރަކީ 1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެން ކިޔަވަން ހުންނަ ގެއަކީ ފަސްބުރިއަށް ނަގައިފައިހުންނަ ގެއެކެވެ. ގޭގެ އެންމެ މަތީގައި ޓެރަހެއް އޮވެއެވެ. ޓެރަހުގެ ވަށައިގެން ރީތި ބަގީޗާ ގަސްތައް ހައްދައިފައި ހުއްޓެވެ. އެ ދުވަހު އަހަރަމެން އުޅުނީ ޓެރަސްމަތި ރީތިކޮށް ކެއުމެއް ތައްޔާރު ކުރުމަށެވެ. އެ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. އާދެ، މާހެފުން ދުވަހެވެ.

ތާރީޚު އޮޅުވައިލާކަށް ނުވާނެއެވެ.

ކިޔާފައިވާ ޢަދަދު: 200
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުވެސް ސަރުކާރުންވަނީ ޚާއްޞަ ހަރަކާތްތަކެއް ހިންގަވައިފައެވެ. އެގޮތުން މެއި މަހުގެ 31 ވީ ހޮނިހިރު ދުވަހު ހަވީރު އޮލިމްޕަސް ތިއޭޓަރުގައި ޚާއްޞަަ ރަސްމިއްޔާތެއް ވަނީ ބާއްވަވައިފައެވެ.
އެދުވަހުގެ ރަސްމިއްޔާތުގައި އެކި ދުވަސްވަރު ރާއްޖޭގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރެއްވި އަބްޠާލުންގެ ތާރީޚާއި، އެބޭފުޅުން އުޅުއްވި ތަންތަނުގެ ފޮޓޯ ހިމަނުއްވައިގެން ރާއްޖޭގެ ތާރީޚް ދިރާސާކުރައްވާ ބޭފުޅަކު ވަނީ ހުށަހެޅުމެއް ހުށަހަޅުއްވައި ދެއްވައިފައެވެ. މިހުށަހެޅުން ކުރިޔަށް ދިޔައީ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއްގެ ގޮތުގައެވެ.

ކާޅު އަހުމަދު

ކިޔާފައިވާ ޢަދަދު: 2068
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
ކާޅު އަޙުމަދު ނުވަތަ ކާޅު އަހަންމަދު އަޅުގަނޑު ދުށް ހަނދާންވަނީ 1960 ގެ އަހަރު ތަކުގެ ވަރަށް ކުރީކޮޅުގައެވެ. އެއީ އިސްކޮޅުން ދިގު، ގައިގެ ހަން ވަރަށް ކަޅު ބޭކަލެކެވެ. ހަށިގަނޑު ވަރަށް ތެދު ބޭކަލެއް ވެސް މެއެވެ. ފަހަރުގައި އަހުމަދު ގައިގެ ހަން ކަޅުކަމުން އަހުމަދުގެ ކިބައިގައި ﷲ ލައްވަވާފައިވާ މިސިފައާއި ގުޅުވައިގެން ވަނަމެއްގެ ގޮތުގައި އަހުމަދު ގެ ނަމުގެ ކުރިއަށް “ކާޅު” އިތުރުކޮށް ކާޅު އަހަންމަދު ކިޔަނީ ކަމުގައި ވެދާނެއެވެ. އަދި ފަހަރުގައި އެއީ އަހުމަދު ޢާއިލީ ނަމަކަށް ވުމަކީ ވެސް ހަމަ އެންމެ އެކަށީގެންވާ ގޮތެކެވެ. މާލޭގައި ވެސް އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ދަރިކޮޅުތައް ވަކިކުރުމުގައި ދަރިކޮޅާއި ގުޅުވައި މިފަދަ ތަފާތު ނަންނަން ކިޔައިފައި ހުރެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(59)

ކިޔާފައިވާ ޢަދަދު: 1370
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

އެފް محمد علىގެ شادى ޕާރޓީ

“ލަކްޝަމީ” ގައި

(ޕާރޓީތަކުގެ ރިޕޯޓަރ)

ތެދުވެރި ލޯތްބެއްގެ ގޮށަކުން ގުޅިފައިވާ ދެ ފަސްބައެއްގެ ތެރެއިން ފުރޭނިގެން އަންނަ އަސަރުގަދަ ރާގުތައް ލަކްޝަމީގެ އަޑުގަދަކުރާއިން އިވެމުން ދެއެވެ. 7.45 ވަނީއެވެ. ص.س الفاضل إبراهيم رشيد އާއި ص. س الأستاذ إبراهيم شهاب ص. س. الشيخ إبراهيم رشدى އާއި الفاضل آدم نصير މަނިކު ފަދަ عزت ތެރި ބޭފުޅުން ވެދެވަޑައިގެން އިށީނދެ ވަޑައިގެންފިއެވެ.

މި އިޢުލާނު ދެކެވަޑައިގަތީމުތޯ؟ (27)

ކިޔާފައިވާ ޢަދަދު: 1413
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
وزارة الداخلية (ހ)
      މާލެ

 إعلان

އަންހެނުން ނެށުން

ނެށުމުގެ مجلس ތަކުގަޔާއި محفل ތަކުގައި އަންހެނުން ނެށުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް މިފަދަ مجلس ތަކާއި محفل ތަކުގައި، ބޭ أدبى عبارات ތައް ކިޔުމާއި އެހެންވެސް ލަދުކުޑަ حركات  ތައް ގެނެސްގަތުމަކީ މުޅިން މަނާ ކަމެކެވެ.

އެތައް އަހަރެއް ވަންދެން ހަދަމުން އަންނަ ދޮގުތައް

ކިޔާފައިވާ ޢަދަދު: 2925
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ޓެރަރިޒަމްއާއި ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ކުރަމުން އަންނަތާ ބާރަ އަހަރުވެއްޖެއެވެ. ކަމާބެހޭ މާހިރުންކަމުގައިވާ ޖޯސޮފް ސްޓިގްލިޒް އާއި ލިންޑަރ ބިލްމްސް ބަޔާންކުރާ ގޮތުގައި، މި ހަނގުރާމަތަކުގެ ސަބަބުން އެމެރިކާ މީހުން އަތުން ގާތްގަނޑަކަށް 6 ޓްރިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ޚަރަދުވެފައިވެއެވެ. މި ޢަދަދަކީ އެމެރިކާގެ ރައްޔިތުންގެ ސޯޝަލް ސެކިއުރިޓީއާއި އަދި ޞިއްޙީ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެތައް އަހަރެއްވަންދެން ހިންގިދާނެ މިންވަރެކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(57)

ކިޔާފައިވާ ޢަދަދު: 1657
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ޑަކްޓަރް حيات އަށް ދެންނެވީ ވަރަށްހޫނު مرحبا އެކެވެ.

“نادى التّمدّن ދިވެހިރާއްޖޭގެ އަނދިރި جوّގައި ބައްތިއެއްހެން ވިދަވިދާހުރި ކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެކެވެ.”

  ____ ޑަކްޓަރް حيات

1379/7/4 ھ. ވީ ހޯމަ ވިލޭރޭގެ 8.50 ވީ އިރެވެ. ނާދީ ތަމައްދުންގެ ތެރެވަނީ އެގޮތްމިގޮތަށް، ނަމަވެސް ވަރަށް ރީތި ތަރުތީބެއްގެ މަތީން އަތުރާލެވިފައިވާ، ކުދި މޭޒުތަކަކުން ޒީނަތްތެރި ވެފައެވެ. މަތީ ސަނދުވާގައި ދެމިފައިވާ ކަރުދާހާ ފޮތީގެ ގިލަފަތި ތަކަކުން ޒީނަތްތެރިވެފައެވެ. އެތުރިފައިވާ ކުދި މޭޒުތަކުގައި އެޅިފައިވާ ސާފުހުދު ސުފުރާގެ މަތީގައި އަތުރާލެވިފައި ވަނީ، ސައިގެ ސާމާނެވެ. ސަޔާއި ދޮންކޭލެވެ. ސީޓްކޭކާއި ޕާނުގެ ސެންޑްވިޗެވެ. މަސްފަތަފޮޅިއެވެ.

ޚިތާނު ކުރުން: ސަގާފީ އެންމެ ބޮޑު އެއް އީދު

ކިޔާފައިވާ ޢަދަދު: 4713
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޚިތާނުކުރުމަކީ ދިވެހި ސަގާފަތުގައި އެންމެ ވަރުގަދަޔަށް ފާހަގަކުރާ އެންމެ އުފާވެރި އެންމެ މުހިއްމު އެއް މުނާސަބަތެވެ. ފިރިހެންކުއްޖަކު އުފަންވާ ހިސާބުން ފެށިގެން އެ ކުއްޖާގެ ޢާއިލާއިން އެ ކުއްޖާ ޚިތާނުކުރުމަށްޓަކައި ވިސްނާން ފަށައެވެ.

ޢާއްމު ތަޢާރުފެއް: