ސަރ ޖޯން ކޮތަލާވަލާގެ ރަސްމީ ޒިޔާރަތް

ކިޔާފައިވާ ޢަދަދު: 3336
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޢަލީ ޝަރީފު، ފިލިގަސްދޮށުގެ
1951 މެއި 7 ވަނަ ދުވަހު ސްރީލަންކާގެ އޭރުގެ ބޮޑުވަޒީރު ސަރ ޖޯން ކޮތަލާވަލާ މާލެއަށް ޒިޔާރަތް ކުރެއްވިއެވެ. އޭނާ މާލެއަށް ޒިޔާރަތްކުރެއްވުން ހިމެނުނީ އެ އަހަރު ރާއްޖޭގައި ހިނގި އެންމެ ފާހަގަކޮށްލެވޭ އެއް ކަންތައް ކަމުގައެވެ. އޭގެ ކުރީގައި އެފަދަ ޢިއްޒަތްތެރި މެހުމާނަކު ރާއްޖެއަށް ޒިޔާރަތް ކުރައްވާފައި ވާކަން އެނގިފައެއް ނެތެވެ.

މި އިޢުލާން ދެކެވަޑައިގަތީމުތޯ؟ (26)

ކިޔާފައިވާ ޢަދަދު: 2044
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
وزارة الصحّة
مالى – محلديب
نمبر: ص 61/7

إعلان

މިއަދުން ފެށިގެން  وزارة الصحّة އިން އަފިހުން ވިއްކުމެއް ނޯންނާނެ އެވެ. މީގެ ފަހުން އަފިހުން ވިއްކުމާއި މައިޓް ކުންފުންޏާއި حوال ކޮށްފީމެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(55)

ކިޔާފައިވާ ޢަދަދު: 2098
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިރާއްޖެއާއި ދުނިޔޭގެ އެތަންމިތަނާދެމެދު މިހާރު ސިކުންތެއްގެ ދުރުމިންވެސްނެތް!

މިދިޔަ އަހަރުގެ އެޕްރީލްމަހުގެ 15 ވަނަ ދުވަހުގެ މޫންލައިޓްގެ 1 ވަނަ ޞަފްޙާގައި އަޅުގަނޑުމެން ޝާއިޢުކުރި ޚަބަރެއްގެ ތަންކޮޅެއް މިތާނގައި ނަކަލު ކޮށްލިއަ ދެއްވާށެވެ. “މޫންލައިޓަށް ޚަބަރު ލިބިފައިވާ ގޮތުގައި ސެޓަލައިޓް ކޮމިޔުނިކޭޝަން އާރތުސްޓޭޝަނެއް މާލޭގައި ބެހެއްޓުމަށް ހަމަޖެހިއްޖެއެވެ. ގާތްގަނޑަކަށް މިއަންނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި މިސްޓޭޝަން ބަހައްޓައި ނިމޭނެކަމަށް ޚަބަރު ލިބިފައިވެއެވެ. މި ސްޓޭޝަން ބެހެއްޓުމުން ދުނިޔޭގެ ހުރިހާ ތަނަކަށް ސީދާ ތެލިފޯނުން ގުޅައިލެވޭނެއެވެ……”
އާދެ! އެސްޓޭޝަން މާލޭގައި ބަހައްޓާ ނިމިއްޖެއެވެ. އަދި ދުނިޔޭގެ އެތަން މިތަނަށް މާލެއިން ތެލިފޯނުން ގުޅައިގެން ވާހަކަވެސް ދައްކައިފިއެވެ.

ބޮޑާބޭގެ ޝުކުރިއްޔާ!

ކިޔާފައިވާ ޢަދަދު: 2407
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
އަޅުގަނޑުގެ ހަނދާންތަކާއެކު އަނެއްކާވެސް މާޒީގެ ތެރެއަށް ޖެހިލަމެވެ. އަޅުގަނޑުގެ ޒުވާން އުމުރުގައި މީހަކު މީހަކަށް ކަމެއް ކޮށްދީގެން ނޫނީ ހެޔޮބަހެއް ބުނެގެން ޝުކުރިއްޔާ އޭ ބުނާއަޑު އިވުމަކީ، މިއަދު މި އިވޭހައި އާންމުކޮށް އިވޭ އަޑެއް ނޫނެވެ. މީހަކު މީހަކަށް ކަމެއް ކޮށްދިނުން ނުވަތަ ހެޔޮ ބަހެއް ބުނުން އެއްކިބާކޮށް، މިއަދު ތުއްތު ކުއްޖަކަށް ބައްޕައަކު ޓޮފީއެއް ދިނަސް އެކުއްޖާގެ ގާތުގައި “ދަރިފުޅު، ޑެޑީއަށް، ތެންކު ޔޫ ޑެޑީ، ނަންގަނޭ” ބުނާ މައިން މަދެއް ނުވާނެވެ. އަދި ބައްޕަ ބޭރަށް ދުރުވަން ފެށީމާ ނޫނީ ބޭރުން ދުރުވީމަ ލޯބިވާ ދަރިފުޅުގޮސް ބައްޕައަށް ހަގެއްދީ، އާދެ، ލޯބިން ބައްދާލާ ކޯތާފަތުގައި ބޮސްދިނުމުން، ލޯބިން ކިސް ކޮށްލުމުން “ތޭންކް ޔޫ” އޭ ނުބުނާ ބަފަޔަކު ހުންނާނެ ހެނެއް ހިއެއް ނުވެއެވެ.

ތާޖުމަހަލް – ލޯބީގެ ހަދިޔާއެއް

ކިޔާފައިވާ ޢަދަދު: 3898
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް، ހ.ފިލިގަސްދޮށުގެ
މުޣުލް އެމްޕަޔަރގެ ދުވަސްވަރުގައި އިންޑިޔާގެ ވެރިރަށަކީ އާގްރާއެވެ. އެއީ 16 ވަނަ ޤަރުނުގެ ތެރޭގަޔާއި 18 ވަނަ ޤަރުނުގެ ކުރީކޮޅާ ހަމައަށެވެ.
ނިއުދިއްލީން ފުރައިގެން އެކްސްޕްރެސް ރޭލުގައި ދަތުރުކުރާނަމަ ދޮޅުގަނޑި އިރުން އާގްރާއަށް ދެވެއެވެ. ދުނިޔޭގެ ހުރިހާ ޤައުމަކުން އަންނަ ފަތުރުވެރިން އާގްރާއަށް ޒިޔާރަތް ކުރެއެވެ.

ރަށްރަށުގެ ޚަޠީބުން ނުވަތަ ކަތީބުން

ކިޔާފައިވާ ޢަދަދު: 2114
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ޢަބްދުއްރަޙްމާން، ހއ.އުތީމު

ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ރާއްޖެއެކެވެ. ރާއްޖޭގެ ރަށްރަށުގެ ކުޑަ ބޮޑުމިން ތަފާތެވެ. ރަށްރަށް އެތުރިފައިހުރި ދުރު ކައިރިމިން ތަފާތެވެ. ޠަބީޢީގޮތުން ރަށްރަށަށް ލިބިފައިވާ ސިފަތައް (ފަސޭހަކަމުގެ ސިފަތަކާއި އުނދަގޫކަމުގެ ސިފަތައް) ތަފާތެވެ. ރަށުން ލިބޭ ބާވަތްތަކާ ވަސީލަތްތައްވެސް ތަފާތެވެ.

ދިވެހި ރަސްކަލެއްގެ ޢަދުލު އިންސާފުގެ ވަރުގަދަކަން

ކިޔާފައިވާ ޢަދަދު: 307
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަސީރު ގދ. މަޑަވެލި
ތިރީގައި މިވާ ފޯކްލޯ ލިޔުއްވައި ޢާއްމުކޮށް ދެއްވާފައިވަނީ އަލްމަރުޙޫމް ޢަބްދުލްޙަކީމް ޙުސައިން މަނިކެވެ. ޝާއިޢުކޮށްފައިވަނީ ދިވެހިރާއްޖޭގައި ކުރިން ނެރުނު މަޖައްލާއެއް ކަމަށްވާ އަމާޒުގެ 84 ވަނަ ޢަދަދު (ޖުލައި 1979) ގައެވެ. މިފޯކްލޯ އަލުން މިބްލޮގްގައި ޝާއިޢުކުރަން ގަސްދުކުރީ، ދިވެހިރާއްޖެ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް އަލަށް ތަޖުރިބާ ކުރަމުން ގެންދާއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހިގަމުންދާ ދޯދިޔާކަމުގެ ސަބަބުން، އެބާރު އިސްލާހު ކުރުމަށް އާރޫހަކާ އެކު މަސައްކަތް ކުރުމަށް، ދިވެހި ރައްޔިތުންނަށް ހިތްވަރުދީ ސާބަސް ދިނުމުގެ ގޮތުންނެވެ. އެހެނީ ތާރީޚީ ވާހަކަތަކާއި ފޯކްލޯތަކުން ކާބަފައިން އުޅުނު ގޮތްތައް ހޯދައިގެން މެނުވީ ގައުމެއްގެ ގޮތުގައި މުސްތަގުބަލު ކުރަހަން ފަސޭހައެއް ނުވާނެއެވެ.

މާޒީގެ ތެރެއިން ދޫނިދޫ

ކިޔާފައިވާ ޢަދަދު: 254
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

”ދޫނިދޫގެ މާޒީގައި ތަފާތު ކަންތައްތަކެއް ހިނގާފައިވާކަން ދިވެހި ތާރީޚުން އެނގޭ”

 އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ
ކ.ދޫނިދޫ އޭ ބުނެފިނަމަ ކޮންމެ ބޭފުޅަކަށްވެސް ސިފަވެގެން ދަނީ އެއީ ކުށްވެރިން ބައިތިއްބާ ޖަލެއްގެ ގޮތުގައެވެ. ނަމަވެސް ކ.ދޫނިދޫގެ ޒަމާންވީ މާޒީއަށް ނަޒަރު ހިންގާލާއިރު މިމަންޒަރު ތަފާތެވެ. އެގޮތުން ބަލާއިރު، ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު އަމީން ދީދީ ޗުއްޓީ ހޭދަކުރައްވާ ރަށެއްގެ ގޮތުގައި މިރަށް ބޭނުން ކުރެއްވިއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(52)

ކިޔާފައިވާ ޢަދަދު: 1910
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަތްބެލުމުގެ “ރަސްގެފާނު”

ރާއްޖޭގެ އަތްބެލުމުގެ ރަސްގެފާނު މަޝްހޫރު އަލްފާޟިލް ޙުސައިން ފަހުމީ ހަކުރާ ފެއަރއަށް ވަޑައިގެންފިއެވެ. އޭނާއަށް ދަޢުވަތު ދެއްވީ 20 ނަންބަރު ސްޓޯލު (އޮލިމްޕިއަންސް) ގެ ފަރާތުންނެވެ. އެނގިފައިވާ ގޮތުގައި، އެ ސްޓޯލުތެރޭގައި ވަކިން ފަރުދާ ކުރެވިފައިވާ ކޯނަރއެއްގައި ރޭވެސް ވަރަށް ގިނަ މީހުންގެ މާޒީތަކާއި މުސްތަޤްބަލު އޮތްގޮތް ސީދާ އެ އަތެއްގެ ވެރިޔާގެ ކައިރީގައި ސިއްރެއްގެ ގޮތުގައި ވިދާޅުވެދެއްވަމުން ގެންދެވިއެވެ. އިވޭ ގޮތުގައި ގާތްގަނޑަކަށް ކޮންމެ މީހަކު ވެސް އެނބުރިދިޔައީ “އެއީ ހަމަ ތެދުފުޅެކޭ” ބުނަމުން ބުނަމުންނެވެ.

އައިދޫ: ގޮތްނޭގޭ ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ ސިފަކުރަމުން އަންނަ ފަޅުރަށެއް

ކިޔާފައިވާ ޢަދަދު: 3464
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

އައިދޫ

ގޮތް ނޭގޭ ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ ސިފަކުރަމުން އަންނަ ފަޅުރަށެއް

އަޙުމަދު ނާފިޢު، ބ. ދަރަވަންދޫ

ޒިޔާރަތްތަކަށް ކަމޭހިތުމާއި، ނަދުރުބުނުމުގެ ހަމަތައް މާތްވެގެންވާ އިސްލާމްދީނުގައި ހުރި ނެތް ގޮތް މިޒަމާނުގެ ވަރަށް ގިނަ މީހުން ދަންނާނެއެވެ. ޞައްޙަ އިސްލާމީ ޢަޤީދާއެއް އޮތް މީހެއްގެ ގަބޫލުކުރުން ހުންނަންވީ ގޮތާއި، މި ރޮނގުން  ހުއްދަ/ ނުހުއްދަ ކަންކަން މި އަދު އޮޅިފައެއް ނެތެވެ.