ހަމައެކަނި ވިދާޅުވެލެއްވުމަށް….(39)

ކިޔާފައިވާ ޢަދަދު: 2697
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ބޭރުތަނަކުން މާލެއައި

އެންމެ”ބަރާބަރު”ރިޕޯޓަރ!

އަޅުގަޑުމެންވާ ނުވެސް ދެނަހުރީމެވެ. އެގުނީވެސް މާފަހުން އޭނާދިން ޚަބަރުތައް ނޫހުގައި ނުކުތްފަހުން ވިއްޔާއެވެ. އަތްބާރެއް އަޅާލަދީ ކުޑައެހީއެއް ވެލައިގެންވެސް މީހަކު އޭނާގެ މޫނުބަދެފައި ހުރި ފޮތިގަޑު މޮހާލަ ދެވުނީހީވެސް އެހެންނަމަތާއެވެ. އޭނާ އުޅުނީ މުޅިން ސިއްރުންކަމަށާއި މިރާއްޖޭގެ ސިއްރު ފުލުހުންނަށްވެސް ފިލައިގެން ސިއްރުންކަމަށް އޭނާ ބުނެއެވެ. މީހަކަށް އަންގާލައިގެން އުޅުނުނަމަވެސް މިވަރެއް ނުވީހެވެ.

ޚިތާނު ކުރުން

ކިޔާފައިވާ ޢަދަދު: 2937
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުޑައިރުގެ ހަނދާންތަކުން……

 ޚިތާނު ކުރުން

އަޙްމަދު ޝިޔާމު

އެއީ ހަނދާންވާގޮތުން 1973 ނުވަތަ 1974އެވެ. އަޅުގަނޑު ދިރިއުޅުނީ އަޅުގަނޑުގެ މަންމަގެ މައިފުނަގޭގައެވެ. އެގޭގައި އުޅުނީ، ކާފައާއި މާމައެވެ. މަންމައާއި ބައްޕައެވެ. މަންމަގެ އެއްބަނޑު އެއްބަފާ މީހުންނެވެ. ޚިތާނުކުރުން ނުވަތަ ނަކަތްގެ ލެއްވުން އޭރު އޮންނަނީ ވަރަށްބޮޑު ކަމެއްގެ ގޮތުގައެވެ. ވަރަށް ދުރާލާ ތައްޔާރީތައް ވެއެވެ. ފޮނިކާތަކެތި ތައްޔާރުކުރެއެވެ. މުރުއްބާ އަޅައެވެ. ތެލުލިކޭލާ އޮޅުންސުވާލި ރަށްރަށުން ހޯދައެވެ.

އޭރުގެ ފަތްފުށްތަކުން…. (60)

ކިޔާފައިވާ ޢަދަދު: 2486
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

شخصيّة

މުސޮލިނީ

އޭނާ އޭނާގެ އިޓަލީ މީހުންނަށް އަމުރުކުރީ “ނުރައްކާތެރިކަމާއެކު ދިރިއުޅޭށެވެ.” އެހެންނަމަވެސް އެކަނި އަދިރީގައި ގެއަށް ދިއުމަށް އޭނާ ބިރުގަނެއެވެ.

احمد زاهر


އަލްފާޟިލް އަޙްމަދު ޒާހިރު (ސީނާ ޒާހިރު) އަކީ، ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. އަދި ކުޅަދާނަ ވާހަކަދެއްކުންތެރިއެއްވެސް މެއެވެ. ޒާހިރު ލިޔުންތެރިކަމުގެތެރެއަށް ވެދެވަޑައިގެންފައިވަނީ، މަދަރުސީ ދައުރުގައެވެ.

ހުރާގޭ މުޙައްމަދު މަނިކުފާނު

ކިޔާފައިވާ ޢަދަދު: 4783
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ގައުމިއްޔަތަށްޓަކައި ގުރުބާންވުމާއި ގައުމީލޯތްބަކީ، ވަކި ނަސަބަކަށް ވަކި ދަރިކޮޅަކަށް ވަކި މީހެއްގެ ދަރިއަކަށް ޚާއްޞަކުރެވިފައި އޮންނަ ކަންކަމެއްނޫނެވެ. އެކަންކަން ހިމެނިފައިއޮންނަނީ އެމީހެއްގެ ޢަގީދާއާއި ހަރުދަނާކަމުގެ މައްޗަށެވެ. މިދެންނެވިގޮތުން ހުރާގޭ މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި، އޭނާގެ ބޭފުޅުންގެތެރެއިން ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) އާއި ޙަސަން މަނިކުފާނު(ސުލްޠާން ޣާޒީ ޙަސަން ޢިއްޒައްދީން) އަކީ ގައުމިއްޔަތަށްޓަކައި ގުރުބާންވެވަޑައިގަތް ގައުމީލޯބި ހުރި ބޭފުޅުންނެވެ. މިހެން ދެންނެވުމަކީ ގައުމިއްޔަތަށްޓަކައި ގުރުބާންވި ގައުމީލޯބި ހުރި މިނޫން އެހެން ބޭފުޅުން ނެތެކޭ ދެންނެވުމެއްނޫނެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(15)

ކިޔާފައިވާ ޢަދަދު: 1974
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް
              މާލެ،ދިވެހިރާއްޖެ.
 نمبر70/15

އިޢުލާނު

ހޮޓާހޮޓަލުގައި ވިއްކާ ކާބޯތަކެއްޗާބެހޭ

މިހާރަކަށް އައިސް ހޮޓާހޮޓަލުގައި ކެއިންބުއިމަށް ތައްޔާރުކޮސްފައިހުންނަ އެއްޗެތީގެތެރެއިން އިންސާނުން ކެއުމަށް އެއްވެސް حال އެއްގައި އެކަށީގެން ނުވާފަދަ ދިރޭއެއްޗެތި ވެއްޓިފައި ހުއްޓާފެނި މިފަދަ ގޮތްތައް ދިމާވަމުން އެބަދެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(38)

ކިޔާފައިވާ ޢަދަދު: 2729
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކްރިކެޓް موسم ހުޅުވިއްޖެ

ކިތަންމެދުވަހެއްވިޔަސް ޖަވާހިރެއްވާނީ ހަމަޖަވާހިރަކަށެވެ.

މިއަހަރުގެ ކްރިކެޓް މޫސުމް އިއްޔެ ހުޅުވިއްޖެއެވެ. موسم ހުޅުވުމުގެ މެޗް އޮތީ رسمى ދަޑުގައެވެ. ފެށުނީ 2 ޖެހިއިރުއެވެ. މެޗްގައި ބައްދަލުވީ އިހުގެ ކުޅުންތެރިންނާއި، މިހާރުގެ ކުޅުންތެރީންގެ 2 ޓީމްއެވެ. އިހުގެ ޓީމްގެ ކެޕްޓަންއަކީ، الفاضل احمد آدم އެވެ. މިހާރުގެ ޓީމްގެ ކެޕްޓަންއަކީ الفاضل حسن حبيب އެވެ.
 

ޝަމްސުއްދީން ރަދުން

ކިޔާފައިވާ ޢަދަދު: 2955
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ދިވެހި ސިންގާސަނާއިން (1)

ޝަމްސުއްދީން ރަދުން

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ދެ ފަހަރެއްގެ މަތީން ދިވެހި ތަޚުތުގައި ރެދަލި ކުރެއްވިއެވެ. ހުރާގޭ ދަރިކޮޅުން، މުލީގޭ ޢާއިލާއިން ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (III) އިސްކަންދަރު، (ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުން)ނަކީ ދިވެހި ސިންގާ ސަނާގައި ރެދަލި ކުރެއްވި 81 ވަނަ ރަދުންނެވެ. ރަސްކަން ދައުރު ކުރުމުގެ ގޮތުން ބަލާއިރު 91 ވަނަ ރަދުންނެވެ.

ތަރައްޤީގެ މަގުގައި ދަރަވަންދޫ

ކިޔާފައިވާ ޢަދަދު: 3717
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ނަފިޢު
ބ.ދަރަވަންދޫ އަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ފަސް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި މި ރަށަކީ ބ. އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫން އަތޮޅުވެރިކަން ބަދަލު ކުރީ 4 ޖޫން 1962 ވަނަ އަހަރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އޭދަފުއްޓަށެވެ.