ބަނޑުފެޅި ލިބާހުގެ ބަނޑުގޮށްގޮށޯ!

ކިޔާފައިވާ ޢަދަދު: 3065
ސަޢުދު އަބްދުލްކަރީމް، ހަވޭލި، އއ.ފެރިދޫ
ރާއްޖޭގައި ހިނގައިފައިވާ އެކިއެކި ޙާދިސާތަކުގެ ވާހަކަތައް ތަފާތު ގޮތްގޮތަށް ދެކެވެމުން ދާއިރު އެ ވާހަކަތަކުގެ ތެރޭގައި ޙަޤީޤީ ވާހަކައާއި އިންސާނީ ބުއްދިއަށް ޤާބޫލުކުރަން ދަތި ޙަޤީޤަތެއް ނެތް ކަމަށް ޤަބޫލުކުރަން ފަސޭހަ ވާހަކަތައް ވެސް ހިމެނެއެވެ.

މި އިޢުލާން ދެކެވަޑައިގަތީމުތޯ؟…….(3)

ކިޔާފައިވާ ޢަދަދު: 2846

ވުޒާރަތުލްމާލިއްޔާ
 
މާލެ- ދިވެހިރާއްޖެ
                                            ނަމްބަރ 67/4

މާލޭގެ ފަޅުތެރެއިން ގައު ދޫކުރުން

މާލޭގެ ފަޅުތެރެއިން، އަމިއްލަ ބޭނުމަށް، ގައު ދޫކުރުމަށް ޤަޞްދުކޮށް، ގައު ނަގަން އެދޭ ފަރާތްފަރާތުން އެކަމަށްއެދި މި ވުޒާރާގައި ލިޔުއްވުމުން ހުއްދަދޭގޮތަށް ހަމަޖައްސައިފީމެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(26)

ކިޔާފައިވާ ޢަދަދު: 6363

ކުރިޔަށްއޮތް އަހަރު ނާދީގެ ރައީސަކީ

މިސްޓަރ ޑޭވީއެވެ.

އެއީ އެހާފިކުރުބޮޑުވެ ބިރުގަންނަންވީ ކަމެއްނޫނެވެ.

ޢ.ޢ
ކުރިޔަށްއޮތް އަހަރު نادى التّمدنގެ، ވެރިން إنتخابކުރުމުގެ ޖަލްސާއޮތީ، މިމަހު 28 ވީހުކުރު ވިލޭރޭ نادىގައެވެ. މިޖަލްސާއަށް ވަރަށް ގިނަ ممبرން حاضرވެވަޑައިގަތެވެ. ރިޔާސަތުގައި އިންނެވީ نادىގެ މިހާރުގެ ވެސް ރައީސް މިސްޓަރ އާތިންގ ތަން ޑޭވީއެވެ. (ص.س. الفاضل ابراهيم ناصر، نادىގެ ރައީސް ކަމުން إستعفاءދެއްވުމުގެ ސަބަބުން ، 22/7/70… މިދުވަހު ވަނީ، އެ مقامއަށް މިސްޓަރޑޭވީ إنتخابކުރެވިފައެވެ.)

އޭރުގެ ފަތްފުށްތަކުން……(47)

ކިޔާފައިވާ ޢަދަދު: 2725

އޭރުގެ ފަތްފުށްތަކުން……(47)

ثقافة

ثقافةއަކީ ހަމަ އެއްގޮތަކަށް ވެސް ކުސްކުޅި ކަންތަކެއްނޫނެވެ.

عبدالحكيم حسين މަނިކު


އަލްފާޟިލް ޢަބްދުލްޙަކީމް ޙުސައިން މަނިކު (ރަޙިމަހުﷲ) އަކީ، މަޝްހޫރު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ލިޔުއްވުންތައް ލިޔުއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ލިޔުއްވުމުގައި އަމިއްލަފުޅު ގޮތްތަކަކާއި ފިކުރުތަކެއްވެސް ގެންގުޅުއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ ލިޔުއްވަން ފެއްޓެވީ، ރާއްޖޭގެ ފުރަތަމަ މަޖައްލާ “އަލްއިޞްލާޙް” އަށެވެ. އޭގެ ފަހުން ރާއްޖޭގައި ނުކުތް ހުރިހާ ނޫސް މަޖައްލާއަކަށްހެން ލިޔުއްވާފައިވެއެވެ. އަދި އޭނާގެ އެޑިޓަރުކަމުގެ ދަށުން “ތާރީޚީ މަޒާމީން” ކިޔާ މަޖައްލާއަކާއި “އިއްޔެ” ކިޔާ މަޖައްލާއެއް ނެރުއްވާފައިވެއެވެ. އަލްފާޟިލް ޢަބްދުލްޙަކީމް ޙުސައިން މަނިކަކީ، އުރުދޫ، ސިންގަޅަ، ތަމަޅަ އަދި އިނގިރޭސިބަސްވެސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާއަކީ، އެއްދުވަސްވަރެއްގައި ދިވެހި ވިޔަފާރިވެރިންގެ ތެރޭގައިވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(24)

ކިޔާފައިވާ ޢަދަދު: 2471

ހަމައެކަނި ވިދާޅުވެލެއްވުމަށް….(24)

ރ. އުގުލު ބޮޑު مولود

ފައްޓަވައިދެއްވީ އުއްތަމަފަޑިޔާރުމަނިކުފާނު

ރ.އަތޮޅު ރިޕޯޓަރްއެއް
ރ. އުގުލުގެ، މިއަހަރުގެ ބޮޑު مولود ކިއުން އޮތީ މިމަހު 8 ވީ ހޯމަ ވިލޭރޭ އުގުލުގައެވެ. ރެއާއި ދުވަހަށްޓަކާ ވަރަށްފުރިހަމަ ޕްރޮގްރާމެއް ވަނީ ކަޑައެޅިފައެވެ.

مولود ދުވަހަށްޓަކާ ރަށް ތައްޔާރުކުރެވިފައިވަނީ، ތާރީޚުގައި އެރަށް، ވަރަށް މަދުން މެނުވީ ދެކެފައި ނުވާފަދަ ފުރިހަމަ ގޮތެއްގައެވެ…… ދުވަހުގެ ޕްރޮގްރާމްއަށް عملކުރެވެމުން ދިޔަ ގޮތް އަންނަ ފޮޅުވަތްތަކުން ވިދާޅުވަމުން ގެންދަވާށެވެ.

އޭރުގެ ފަތްފުށްތަކުން……(45)

ކިޔާފައިވާ ޢަދަދު: 6459

ބޭރު މީހުންނާއި އަޅުގަޑުމެން

إ .  ش


ދިވެހި އަދަބީ ދުނިޔޭގައި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ކޮންބޭފުޅެއްކަން ތާރަފުކުރުމަށް މާގިނަ ޖުމުލަތަކެއް ބޭނުންވާނޭކަމަކަށް ނުދެކެމެވެ. އެމަނިކުފާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށްވުރެ ކުޅަދާނަ ޅެންވެރިއެކެވެ. އަދި އެއަށްވުރެވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ދިވެހި ނޫސްވެރިކަމުގެ މުއައްސިސްކަމުގެ ހަނދާނީ ލިޔުން އެރުވުނު 5 ބޭފުޅުންގެތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އަދި ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1979 ވަނަ އަހަރު، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1982 ވަނަ އަހަރު، ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސްމެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(23)

ކިޔާފައިވާ ޢަދަދު: 2935

ލ.އަތޮޅުވެރި الفاضل حسين صبرى ރޭއްވެވި ފުރަތަމަ ޕްރޮގްރާމް

(ރިޕޯޓަރެއް)

تهذيبއާއި ވަރަށް ދުރުގޮތެއްގައި ދިރިއުޅެމުންއަންނަ ލ.އަތޮޅު އާދެ! ހައްދުންމަތި، އަލުންއައު ފުރާނައަކާއިއެކުގައި ކުރިޔަށް ދުއްވައިގެންފާނެކަމުގެ ނިޝާންތައް މިހާރު ފެންނަން ފަށައިފިއެވެ. ރާއްޖޭގެ އެންމެ ރަށްވެހި އަދި އެންމެ އުޖާލާ އެއްއަތޮޅުކަމުގައި ލ.އަތޮޅުވެސް ވެދާނެކަމުގެ ކުލަތައް އުދަރެހުގެ ކައިރިފަށުން ފެނިލައިފިއެވެ.

އޭރުގެ ފަތްފުށްތަކުން……(43)

ކިޔާފައިވާ ޢަދަދު: 2720

އަޅުގަނޑުގެ ޑައިރީގެ صفحةއެއް

جمال عبدالناصر އަވަހާރަވީ ދުވަސް

مأمون عبدالقيوم


މިއީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނިޝާނުލް ޣާޒީގެ ޢިއްޒަތްތެރިވެރިޔާ) މީގެ 43 އަހަރު ކުރީން ލިޔުއްވަފައިވާ ލިޔުއްވުމެކެވެ. އެމަނިކުފާނަކީ، 1978 ވަނަ އަހަރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ނަމުގައި ޤައުމީ އިދާރާއެއް އުފައްދަވައި ރާއްޖޭގައި އެދުވަސްވަރު ތިއްބެވި އަދީބުން މެދުވެރިކުރައްވައި، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.  އޭގެ ހެޔޮ ނަތީޖާ ފާޅުކަންބޮޑުގޮތެއްގައި ފެންނަމުން ދިޔައެވެ.

އެއާޕޯޓުގައި 17 އަހަރު، އެއްކޮޅަކަށް ވެސް ނުދެވިފައި!

ކިޔާފައިވާ ޢަދަދު: 8162
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ ބައިނަލް އަގުވާމީ ދަތުރުތަކުގައި މަތިންދާބޯޓް ބަދަލު ކުރަން ޖެހޭ ފަހަރު ފަހަރު ކުރު ‘ އިންތިގާލީ މަރުހަލާ އެއްގައި ‘ އެއާޕޯޓްގައި މަޑު ކޮށްލަން ޖެހޭ ނޫންތޯއެވެ. ޒަމާނީ ބައެއް އެއާޕޯޓުތަކުގެ ޑިޔުޓީފްރީ ފިހާރަ ތަކާއި ފޮތްފިހާރަ ތަކުގެ ޖާދޫގައި ގަސްތުގައި ޖެހިލާހިތުން، ދެ ފްލައިޓް ދޭތެރޭގައި ދެތިން ގަޑިއެއްހައި އިރު ލިބޭނެ ނަމައޭވެސް ހިތަށް އަރާހައި އެތަންތަން ހިތްގައިމެވެ. އެއީ އަމިއްލަ އިޚްތިޔާރުގައި އެކަން ކުރުމާއި ނުކުރުން އަޅުގަނޑުމެނަށް ލިބިފައިވާތީއެވެ.  ނަމަވެސް، މި މަޒްމޫނުގައި އަޅުގަނޑު އަލިއަޅުވައިލާން މި އުޅޭއީރާނަށް އުފަން مهران کریمی ناصری އަށް ދިމާވި ހިތި ތަޖުރިބާ އަޅުގަނޑުމެން އެއްވެސް މީހަކަށް ދުވަހަކުވެސް ނުދައްކަވާށިއެވެ!

ދިވެހިރާއްޖޭގައި ބަބުރުން އުފެދުނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 4348
ސަޢުދު ޢަބްދުލްކަރީމް، އއ.ފެރިދޫ
ދިވެހި ތާރީޚްގެ ތެރޭގައި ހިރަފުސް އަރާ ފޮރުވިފައިވާ ޙާދިޘާތަކާއި ހިރަފުސް އަރަމުން ފޮރުވެމުންދާ ޙާދިޘާތައް ވަރަށް ގިނައެވެ. ޚާއްޞަކޮށް އެވޭލާ ޒަމާނުގައި ހިނގާފައި ހުރި ރަށްފުށު ކަންތައްތަކަކީ ދޫދޫ މަތިން ދެކެވެމުންގޮސް މުޅިން ގެއްލި ނެތިދާ ކަންތައްތަކެވެ. ނުވަތަ  ހަނދާނުން ކެހިގެންދާ ކަންތައްތަކެވެ.