ގދ.މަޑަވެލީގެ ރަށްވެހިކަން (5)

ކިޔާފައިވާ ޢަދަދު: 5295
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަޞީރު، މަޑަވެލި
މަޑަވެލީގެ އެންމެ ފުރަތަމަ ވަޒަންވެރީގެ ތެރޭގައި ފާހަގަކުރެވެނީ ހަމަ އެކަނި ދެ ޢާއިލާ އެކެވެ. އެއީ މަޑަވެލީ ޗާރްޗީ ނިސްބަތްވާ “ދޮންނެއި” ގެ ޢާއިލާ އާއި، މަޑަވެލީ އިސްމާޢީލުކަލޭގެ ނިސްބަތްވާ މޫސާމާލިމީގެ ޢާއިލާ އެވެ. މަޑަވެއްޔަށް ހިޖްރަކުރުމުގެ ކުރިން ދޮންނެއިގެ ޢާއިލާ ދިރިއުޅުނީ “ކޮނޮންޓާ” ގަ އެވެ. (ކޮނޮންޓާ އަކީ މިހާރު ފަޅުރަށެކެވެ.) ބުނެވޭގޮތުގައި ޗާރްޗީގެ ޢާއިލާ އަކީ ފުވައްމުލަކުގެ އެޒަމާނުގެ މުދިންގޭ ޢާއިލާ އާއި ގުޅިފައިވާ ޢާއިލާ އެކެވެ.
 

ހަވަރާއި ފުރެތިކާލުންގެ ހަނގުރާމަ – 2

ކިޔާފައިވާ ޢަދަދު: 5730
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
އުތީމު ރަދުން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ގާތްގަޑަކަށް 96 އަހަރުކުރިން ރާއްޖެއަށް އައި ބޭރުގެ ވިޔަފާރިވެރިއެއްގެ ލިޔުމުގައި ރާއްޖޭގެ މީހުންނަކީ ޞިއްޙަތުރަނގަޅު އަދަބުވެރި އަދި ޢަރަބީންގެދީނުގައި ތިބި ބައެއްކަމަށް ލިޔެފައިވެއެވެ. މީނާ 6 މަސްދުވަހު ރާއްޖޭގައި ހުރިކަމާއި މީނާގެނަމަކީ “ހިޔަރަނި މޯޑިސާންޓާ ސްޓެފާނޯ” ކަމަށް “ކުރީގެ ހުވަދޫއަތޮޅު” މިފޮތުގައި ލިޔެފައިވެއެވެ.

ގދ.މަޑަވެލީގެ ރަށްވެހިކަން (4)

ކިޔާފައިވާ ޢަދަދު: 5583
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގދ.މަޑަވެލީގެ ރަށްވެހިކަން (4)

(ރަށުގެ ޢާއްމު މަޢުލޫމާތު)

މަޑަވެލީ ޢަލީ ނަޞީރު

ހުވަދު އަތޮޅު މަޑަވެލި އޮތީ، އެއަތޮޅު ހުޅަނގުދުނީގައި، ކާނޑެއްދޫ ކަނޑުގެ ދެކުނަށްއޮތް މައިތޮށީގަ އެވެ. ވެލިއަކިރިން އުފެދިފައިވާ  އެރަށުގެ އާނުގަނޑަކީ، ވަރަށް ހަރު އާނުގަނޑެކެވެ. ރަށުގެ އާނުގަނޑު އުފެދެން ފަށާފައިވަނީ، ހުޅަނގުފަރާތުން ނެވެ. މައިން ތޮށިން ފެށިގެން ގާތްގަނޑަކަށް ފަނަރަސަތޭކަ ފޫޓުން ފެށިގެން އިރުމައްޗަށް އެއީ ރަށުގެ ހިކިފަސް ބިމެވެ. ރަށުގެ އުފެދުން ނިމިފައިވަނީ ރަށުގެ ހިކިފަސް ބިމުން ފެށިގެން އިރުމައްޗަށް ހަމަ އެހާކާންހާ ދުރުމިނަށެވެ. އެ ރަށުގެ ފަޅަކީ، ވަރަށް ޗަސްބިމއްކަހަލަ ތަނެކެވެ. އެޅުގައި މޫދުވިނަ ވަރަށްގިނަ އެވެ. މޫދުވިނަ ހެދިފައިވާ އެބަޔަކީ، ވަރަށްކުރީގެ ޒަމާނެއްގައި ހިކިފަސްބިންކަމަށް ލަފާކުރެވެއެވެ.

ގދ.މަޑަވެލީގެ ރަށްވެހިކަން (3)

ކިޔާފައިވާ ޢަދަދު: 5092
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގދ.މަޑަވެލީގެ ރަށްވެހިކަން (3)

(ރަށުގެވެށީގެ ބައެއް މަޢުލޫމާތު)

މަޑަވެލީ ޢަލީ ނަޞީރު

ރަށްގިރުމުގެ މިންވަރު އަންދާޒާރާއިރު 1960މ. ގެ އަހަރުތައް ނިމުނުއިރު އެރަށުގެ ހުޅަނގު ދެކުނުގައި އާނުގަނޑެއްކަމަށްވާ “ފޮޅާނެގަލެއްހުއްޓާ” އެވެ، ކިޔާ އާނުގަނޑާއި، ރަށުގެ ހޭޅިފަށާދެމެދު ހުންނާނީ ގާތްގަނޑަކަށް ތިރީހަކަށް ފޫޓެވެ. ނަމަވެސް މިހާރު (2010މ.) އެބަޔާ ހޭޅިފަށާދެމެދުގެ ދުރުމިނަކީ، ގާތްގަނޑަކަށް އައްޑިހަ ވަރަކަށް ފޫޓެވެ. ހުޅަނދު ފަރާތު އަޑިގުޑާމަގުގެ (އިރުފެންނަގޭގެ މަގު) އަތިރިން ފަންސާހަކަށް ފޫޓު ގިރާފައިވާކަމަށް ބެލެވެއެވެ. އަދި ހުޅިދޮއްވީމަގުގެ (ރަތްވިލާމަގު) އަތިރިން ވެސް ހަމަ އެވަރަށް ގިރާފައިވެއެވެ. އެ މަގުގެ ހުޅަނގުފަރާތު މައި ތޮށީގައި ފުޅާ ކެންޑުމެއް އޮވެއެވެ. (އެތަނުގެ ނަމަކީ، “ބަޑެބެއްޔާ ހެރު ދަނގާ” އެވެ.)

ޑރ. މާޓިން ލޫތަރ ކިންގް ގެ މަޝްހޫރު ތަގުރީރަށް ބައި ގަރުނު ފުރުން

ކިޔާފައިވާ ޢަދަދު: 7872
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ފާއިތުވި (28 އޯގަސްޓްވި) ބުދަދުވަހަކީ، އެމެރިކާގެ ކަޅު ނަސްލުގެ މީހުންނަށް މަދަނީހައްގުތައް ހޯދައިދޭން މަސައްކަތްކުރި އެތައްސަތޭކަ މީހުންގެތެރެއިން އެންމެ މަޝްހޫރު އެއް ބޭފުޅެއްކަމުގައި ބެލެވޭ ޑރ.މާޓިން ލޫތަރ ކިންގް ދެއްވިއެންމެ މަޝްހޫރު (“އަހަރެންގެ ހުވަފެނެއް އެބައޮތެވެ”) ތަގުރީރަށް ފަންސާސް އަހަރު ފުރުނު ދުވަހެވެ. މި ތާރީޚީ ދުވަސް ފާހަގަ ކުރެއްވުމުގެ ގޮތުން ޑރ. ކިންގް މީގެ ބައި ގަރުނު ކުރިން އެ މަޝްހޫރު ތަގުރީރު ދެއްވި ތަނުގައި އެތައް ލައްކަ މީހުންގެ ޖަމާއަތަކަށް ރައީސް ބަރަކް އޮބާމާ ވަޑައިގެން ތަގުރީރު ކުރެއްވިއެވެ.

ހަވަރާއި ފުރެތިކާލުންގެ ހަނގުރާމަ (1)

ކިޔާފައިވާ ޢަދަދު: 5226
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
 
“މިއަދާ ޖެހެންދެން ރާއްޖޭގެތާރީޚު ލިޔުމަކީ ވެރިކަމުގެދާއިރާއިން ކުރަމުން އައި ކަމެއްކަމާއި، ތާރީޚު ލިޔާ ފަރާތަކަށް އެ ތާރީޚް އޮޅުންފިލުވައިދީ ހަދަނީ އެދާއިރާއިން ކަމާއި ލިޔުމުގެ މަސައްކަތް ކުރަނީވެސް އެ ދާއިރާއެއްގެ މުވައްޒަފުންކަމާއި އަދި މިހެންވުމުން ތާރީޚް އޮތީ ވެރިކަމުގެ ފަރާތުން ޖެއްސި ކުލައެއް އޭގައި ޖެހި،  ޤައުމީ ތާރީޚަށްވުރެ ބޮޑަށް ވެރިކަމުގެ ތާރީޚުކަމުގައި ވެފައިކަމަށް” “މުޚްތަޞަރު ތާރީޚު ދީބާމަޙަލް”ގައި ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް  މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ.

ގައުމިއްޔަތު ބިނާކުރުމާއި، ފަނާކުރުން (3)

ކިޔާފައިވާ ޢަދަދު: 5875
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(ސަމާލުކަމަށްޓަކައި: މިސުރުޚީގެ ދަށުން، ލިޔެފައިވާ ދެބަޔާނާއި، މިހާރު މިލިޔާ ތިންވަނަ ބަޔާނާއި، މީގެފަހަތަށް ލިޔާ ބަޔާންތައް ލިޔުމުގައި “ދިވެހިރާއްޖޭގެ ރަހުނާއި، ރަނިން” މިފޮތާއި، ދިވެހި ތާރީޚުގެ ފަތްފުށްތައް ބަލާފައި ވާނެ އެވެ. މިނޫން އެހެން ފޮތެއް ބެލިނަމަ، އެކަން ވެސް ބަޔާންކުރާހުށީ މެވެ.)

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުކަން ނޭނގި 29 އަހަރުވަންދެން ޖަންގަލީގައި (ދެވަނަބައި)

ކިޔާފައިވާ ޢަދަދު: 7837
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ

(22 އޮގަސްޓް 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެންމެ ހައިރާންވާ ކަމަކީ، ފާއިތުވި 29 އަހަރު، އެތައް ބަޔަކަށް ނުކުރެވުނު ކަމެއް މި ދަރިވަރަށް ކާމިޔާބު ކުރެވުނީތީއެވެ! މި ޒުވާނާގެ ހިތްވަރާއި  ކުޅަދާނަ ކަމުން، އޮނޯޑާ ދިރި އުޅޭ ޖިފުޓިއާއި، އޮނޯޑާވެސް ހޯދީއެވެ! މަޑުމަޑުން އޮނޯޑާގެ އިތުބާރު ހޯދައި، މި ދަރިވަރު މުސްކުޅި ފަހުލަވާނުގެ ކިބައިން އެދުނީ ދެމީހުން އެކީގައި ޖަޕާނަށް އެނބުރި ދިޔުމަށެވެ. ނަމަވެސް އޮނޯޑާ ދެކޮޅު ހެދިއެވެ. އޭނާގެ ގޮތުގައި، ބުނީ އޭނާގެ އޮފިސަރު ވައުދު ވެފައި އޮތީ އޮނޯޑާ ބަލައި އަންނާނެ ކަމުގައެވެ. ހަނގުރާމަ ނިމުނު ކަމަށް ގަބޫލު ކުރާނީ އޭނާގެ އޮފިސަރު  ވަޑައިގަތުމުން ކަމުގައި ބުންޏެވެ.

ފަލަޞްޠީން – ޤުރުއާނާއި ސުންނަތުން

ކިޔާފައިވާ ޢަދަދު: 2631
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
فضيلة الشيخ محمودعبدالكريم مهنا
ތަރުޖަމާ: މޯލްޑިވްސް ޕެލަސްޓައިން ބްރަދަރހުޑް އެސޯސިއޭޝަން
ފަލަޞްޠީނާ ބެހޭ ގޮތުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ތަފާތު އެތައް ވާހަކަތަކެއް ބަޔާންކުރައްވައިފައިވެއެވެ. އެ ގޮތުން ބަލާއިރު  ފަލަޞްޠީނަކީ މުސްލިމުންގެ ބިމެއް ކަމާއި އަދި އެ ތަނުގެ މެދުގައިވާ އަލްޤުދުސްއާއި އަދި ޤުދުސްގެ ރަމްޒު ކަމުގައިވާ އަލްމަސްޖިދުލްއަޤުޞާ ފާހަގަކުރެވެއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އަދި ބިންމަތީގައި ﷲއަށް އަޅުކަންކުރުމަށް ބިނާޚުރެވުނު ދެ ވަނަ މިސްކިތެވެ. ހަމައެހެންމެ މުސްލިމުންގެ ޙުރުމަތްތެރިވެގެންވާ 3 ޙަރަމްފުޅުގެ ތެރެއިން ތިންވަނަ ޙަރަމްފުޅެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުކަން ނޭނގި 29 އަހަރުވަންދެން ޖަންގަލީގައި

ކިޔާފައިވާ ޢަދަދު: 3034
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
ޖަޕާނުގެ ޒުވާން Hiroo Onoda ގެ އުމުރުން އެންމެ ވިހި އަހަރުގައި ރަސްގެފާނުގެ ދިފާއީ ބާރާއި ގުޅުމަށް އަމުރު އައެވެ. އަމުރު އައުމުން ހަމަ ވަގުތުން ލަޝްކަރުތަކާއި ގުޅި ތަމްރީނުތައް ފެށިއެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް، ނަކާނޯ ސްކޫލުގައި، ޚަބަރާއި މައުލޫމާތު އެއްކުރާ ބައިގެ އޮފިސަރެއްގެ ތަމްރީނުތައް ދަސްކޮށްދެވެން ފެށިއެވެ. ވަކިން ޚާއްސަ ގޮތެއްގައި، ޖާސޫސީ މައުލޫމާތު ހޯދައި ފޯރުކޮށްދޭން ޖެހޭ ތަންތަނަށް، ނުވަތަ މީހުންނަށް ފޯރުކޮށްދޭނެ ގޮތްގޮތާއި ގެރިއްލާ ހަނގުރާމައިގެ އުކުޅުތައް މީނާއަށް ދަސްކޮށްދެވުނެވެ. (ގެރިއްލާ ހަނގުރާމައިގެ މާނައަކީ ނިޒާމީ ލަޝްކަރެއްނެތި، މަދު މީސްކޮޅެއް ފިލާތިބެ ހަމަލާއެއްދީ، އެތަނުން ފިލައިގެން ގޮސް އެހެން ތަނަކަށް ގެއްލުމެއްދީ، މިފަދަ އެކަހެރިގޮތަކަށް ދޭ ހަމަލާތަކެވެ).