ރޯދަމަހުގެ ހަނދާންތައް

ކިޔާފައިވާ ޢަދަދު: 3469
ކުޑައިރުގެ ހަނދާން (2)

ރޯދަމަހުގެ ހަނދާންތައް

އަޙުމަދު ޝިޔާމް
މުލަރޯދަ ދުވަހަށް އިރުއަރައިގެން އައިސް ފޫކޮޅަށް  ހޫނުވާ ފަހުން ގޭގޭގައި ހޭލަމޭލަވެ އުޅޭއަޑު އިވެން ފަށައެވެ. އެހެންމަސްމަހާ ޚިލާފަށް ރޯދަމަހު މީހުން ހޭލަނީ ލަހުންނެވެ.
ގޭގޭގައި ތިބޭ އެންމެ ކުޑަކުދިންވެސް އެދުވަހު ރޯދައަށް ތިބެއެވެ. ބައެއްކުދިންނަށް ހާރުކާން ގޮވާ ހޭނުލެވިގެން ރޯދައަށް ނުތިބެވޭ ކުދިން މަންމައާއި މާމަކައިރީ އާދޭސްކޮށްގެން ރޯދައަށް ތިބޭލެއް މަދެއްނޫނެވެ. މެންދުރުވާއިރު ބައެއްކުދިން ކުޑަކަމުން ރޯދައަށް ނުހުރެވި ރޯދަވީއްލާފަހަރުވެސް އާދެއެވެ. ރޯދައަށް ނުތިބޭ ކުދިންނާ އެހެންކުދިން ދިމާކުރެއެވެ. އެގޮތުން ކިޔާލަވައެއް އޮވެއެވެ.

ޑރ. ޢަބްދުލްކަރީމް ޖަރްމާނިޔޫސް

ކިޔާފައިވާ ޢަދަދު: 8162
އަޙްމަދް ސަމީރު ޢަލީ

މިސްރުގެ މަޝްހޫރު އަދީބު ޢައްބާސް މަޙްމޫދުލް ޢައްޤާދު، ޑރ. ޢަބްދުލްކަރީމް ޖަރްމާނިޔޫސް ސިފަ ކުރެއްވީ، އެއީ އެންމެ މީހެއްގެ ސިފައިގައިވާ ދިހަ އިލްމުވެރިން ކަމުގައެވެ! އަށް ބަސް ރަނގަޅަށް އެނގިވަޑައިގެން، އެ ހުރިހާ ބަހަކުން ފޮތް ލިޔުއްވިއެވެ. އެއީ އަރަބި، ފާރިސީ، ތުރުކީބަސް، އުރުދޫ، ޖަރުމަނުބަސް، އޭނާގެ މާދަރީ ހަންގެރީ ބަސް، އިޓަލީ ބަހާއި އިނގިރޭސިބަހެވެ.  ސޫރިޔާ، މިސްރު، އަދި މަޣްރިބް ( މޮރޯކޯ) ގައި، އަރަބި ބަހުގެ އެކަޑަމީގައި މަސައްކަތް ކުރެއްވިއެވެ. ތަފާތު ބަސްބަހުން 150 ށް ވުރެ ގިނަ ފޮތް ލިޔުއްވާފައިވެއެވެ!

ލޯރެން ބޫތު އިސްލާންވުން

ކިޔާފައިވާ ޢަދަދު: 7910
އަހްމަދް ސަމީރު އަލީ
Lauren Booth އަކީ، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ގެ ފަހަރި އެކެވެ. ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. ޓީވީ ޕްރޮގްރާމްވެސް ހުށަހަޅުއްވައެވެ. އިސްލާންވެ ވަޑައިގަތީ 2010 ގެ ފަހުކޮޅެވެ. މިހާރު ވަޒީފާ އަދާ ކުރައްވަނީ އީރާނުގެ ޓީވީ އިސްޓޭޝަނެއްގައެވެ.  އެމެރިކާ އާއި ގުޅިގެން އިނގިރޭސީން އިރާގާއި ހަނގުރާމަކުރުމާ ވަރަށް އިދިކޮޅު ހެއްދެވިއެވެ. ޅިޔަނަކަށް ވިޔަސް ޓޯނީ ބްލެއަރ އަށް އިރާގު ހަނގުރާމައިގެ މައްސަލާގައި ތަފާތު  އުނދަގޫ ކުރެއްވިއެވެ!

ދުނިޔެ ބަދަލުކޮށްލި މުސްލިމެއް

ކިޔާފައިވާ ޢަދަދު: 4769
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ

މައިކަލް ހާރޓް ލިއުއްވާފައިވާ “ތާރީޚުގެ ތެރެއިން އެންމެ ނުފޫޒުގަދަ 100 މީހުން” މިފޮތް ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.
އެމެރިކާގެ އީސާއީއެއްކަމަށްވާ އަދި ޔުނިވަރސިޓީ ޕްރޮފެސަރެއް ކަމުގައިވާ މައިކަލް އެޗް. ހާރޓް އޭނާގެ ފޮތުގައި، ތާރީޚުގެ ތެރެއިން އެންމެ ނުފޫޒުގަދަ މީހުން ތަރުތީބުކޮށްފައިވަނީ މުޅި އިންސާނިއްޔަތަށް އެމީހުންގެ އަހައްމިއްޔަތުކަން އޮތް މިންވަރާއި އަދި އެމީހުން ޙާޞިލްކޮށްފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.
 

އޭރުގެ ފަތްފުށްތަކުން…. (35)

ކިޔާފައިވާ ޢަދަދު: 6628

ހަނދާންތަކުގެތެރެއިން:

ހުކުރުދުވަސް

محمد جميل


މިއީ، މީގެ 36 އަހަރުކުރިން ނުކުތް “އަމާޒު” ގެ 51 ވަނަ އަދަދު (އޮކްޓޯބަރ 1976) ގައި އޮނަރަބްލް އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
އައްޝައިޚް މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަކީ، ދިވެހި އަދަބީ އުފެއްދުންތެރިކަމުގެ ފަންނުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭނޭ ބޭފުޅެކެވެ. އަދަބީ ފަންނުގެ ހުރިހާ ރޮނގެއްގައި ފައިހަމަކުރެއްވި ބޭފުޅެކެވެ. ރަސްމީ ގޮތުންނާއި އަމިއްލަފުޅުގޮތުންވެސް ދީނީ މަޖައްލާތައް ނެރުއްވާފައިވެއެވެ. ގިނަ ޢަދަދެއްގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ދަރުބާރުގެ މައްޗަށް އަވަސްކަޅިއެއް

ކިޔާފައިވާ ޢަދަދު: 4297
ޙަބީބާ ޙުސައިން ޙަބީބު

ދިވެހިރާއްޖޭގައި އޮތް ޒަމާންވީ ރަސްކަން (ސިޔާސީ އަދި އިންތިޚާބީ) ޖުމްހޫރިއްޔަތަކަށް މީލާދީން 1 ޖެނުއަރީ 1953 ވަނަ އަހަރު ބަދަލުކުރެވުނެވެ. ވެރިކަން އާ އުޞޫލަކަށް، އާ ސިޔާސީ ބައްޓަމަކަށް ބަދަލުކުރަން ޖެހުނު ޖުމްހޫރިއްޔާއަކީ، ދިވެހިންނަށް ވަރަށް އާ، އަދި މިކަމަށް ދިވެހި ރައްޔިތުން މުޅިން ތައްޔާރުނުވެވި އޮތް ބާވަތުގެ ވެރިކަމެކޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ސަބަބާއި ސިއްރު ހާމަކޮށްފައިވަނީ، މި ދެ ވެރިކަމުގެ ހިތި ނަތީޖާއެވެ.

އޭރުގެ ފަތްފުށްތަކުން…. (34)

ކިޔާފައިވާ ޢަދަދު: 2861

އެމެރިކާގެ تاريخ ން

موّرخ ން ފާހަގަކުރާ ދުވަހެއް….

ދިވެހިތަރުޖަމާ: عبد الله موسى ހުވަރަފުށި


ހ. ކޮތަރިވިލާގޭ އަލްފާޟިލް ޢަބްދުﷲ މޫސާއަކީ، މަދަރުސާގައި އުޅުއްވި ދުވަސްވަރުން ފެށިގެން ލިޔުއްވަމުންގެންދަވާ ލިޔުންތެރިއެކެވެ. މޮޅު ޅެންވެރިއެކެވެ. އިނގިރޭސިބަހުން ވަރަށް ރީތިކޮށް ދިވެހިބަހަށް ތަރުޖަމާކުރައްވާ ބޭފުޅެކެވެ. “ޢިލްމީ އޮއިވަރު” “އަމާޒު” “މޫރިތި” އަދި “އަލްމިންބަރު” ފަދަ ތަފާތު މަޖައްލާތަކަށް ލިޔުއްވާފައިވާ، ދިވެހިބަހުގެ އެދުރެކެވެ. މަދަރުސާ ގިނަ މަދަރުސާތަކެއްގައި ދިވެހި މުދައްރިސެއްގެ ގޮތުން ގިނަ ދުވަސްތަކެއްގައި ޚިދުމަތްކުރައްވާފައިވާ އުސްތާޛެއްވެސްމެއެވެ. ޢަބްދުﷲ މުސާގެ ޅެންތަކަކީވެސް ވަރަށް ބަލާޣާތްތެރި މޮޅު ޅެންތަކެވެ.

ދިވެހީން ފާހަގަކުރަމުން އައި [ހިޔަރަކާތް (ހިޔަ ރަކުޢަތް) ވިލޭރޭ]

ކިޔާފައިވާ ޢަދަދު: 8487
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޝަޢުބާން މަހަކީ ބަރަކާތްތެރި މަހެއް ކަމާއި އެ މަހުގައި ކީރިތި ރަސޫލާ ރޯދަފުޅުހިއްޕެވުމާއި ރޭ އަޅުކަން ކުރެއްވުން އިތުރުކުރެއްވިކަން ސުންނަތުން ސާބިތުވެއެވެ. އެކަމަކު އެ މަހުގެ ފަނަރަ ވިލޭރޭ ނުވަތަ އެހެން ވަކި ރެޔެއް ޚާއްޞަކުރެއްވިކަން ދީނީ އެއްވެސް ނައްޞަކުން ސާބިތުވާކަށް ނެތެވެ.

އޭރުގެ ފަތްފުށްތަކުން…. (33)

ކިޔާފައިވާ ޢަދަދު: 3477

އަޅުގަޑުގެ ﮩﻣﺪﺭﺪﻯވަނީ އިންޑިޔާއާއި އެކުގައެވެ.

އިބްރާހީމް ޝިހާބު


ދިވެހި އަދަބީ ދުނިޔޭގައި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ކޮން ބޭފުޅެއްކަން ތާރަފުކުރުމަށް މާ ގިނަ ޖުމުލަތަކެއް ބޭނުންވާނޭ ކަމަކަށް ނުދެކެމެވެ. އެ މަނިކުފާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށް ވުރެ ކުޅަދާނަ ޅެންވެރިއެކެވެ. އަދި އެއަށް ވުރެ ވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ދިވެހި ނޫސްވެރިކަމުގެ މުއައްސިސް ކަމުގެ ހަނދާނީ ލިޔުން އެރުވުނު 5 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އަދި ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1979 ވަނަ އަހަރު، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1982 ވަނަ އަހަރު، ލިބިވަޑައިގެންފައިވާ ބޭފުޅެއް ވެސްމެއެވެ.

އަލްމަރުޙޫމު އަލްޚަޠީބު موسى تخان ބިން ޙުސައިން މަނިކުފާނު

ކިޔާފައިވާ ޢަދަދު: 3563

(ހަނދާނާއި ތާރީޚްގެ ތެރެއިން، “ވާރުގޭ” موسى تخان ހުޅުދޫ)

ޙަސަން މާހިރު، ހުޅުދޫ              

ހަނދާނާއި ތާރީޚްގެ ތެރެއިން، ޚާއްޞަކޮށް، އައްޑޫ ހުޅުދޫގައި ވާރުވެރިކަމާއި ޚަޠީބުކަމާއި ނާއިބުކަން ކުރެއްވި އެނގެން ހުރި ހުރިހައި ބޭބޭފުޅުންގެ ޒިކުރާ އައުކުރުމުގެ ގޮތުން އެ ބޭބޭފުޅުންގެ ޤައުމީ ޚިދުމަތާއި، ޙަސަބާއި ނަސަބުގެ މައްޗަށް ލިޔެ، އެފަދަ ހަރުދަނާ މުވާޠިނުންގެ ޒިކުރާ އައުކުރުމަކީ މުހިއްމުކަމެކެވެ.