ހަމައެކަނި ވިދާޅުވެލެއްވުމަށް….(8)

ކިޔާފައިވާ ޢަދަދު: 2830

ވޯކީޓޯކީއިން ފީ ނެގުމުގެ ބިލް ފާހެއްނުވި

ރާއްޖޭގައި ގެންގުޅޭ ވޯކީޓޯކީއިން ފީ ނެގުމަށް ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ފަރާތުން ރައްޔިތުންގެ މަޖިލިސަށް ހުށަހެޅުއްވި ބިލް ރޭގައި އޮތް މަޖްލިސްގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފާހެއް ނުވިއެވެ. ހުށަހެޅިފައިވާ ބިލްގައިވަނީ ވޯކީޓޯކީއިން މަހަކު -/1 ރުފިޔާ މަގުން އަހަރަކު -/12 ރުފިޔާ ނަގާށެވެ.
މި ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރ އަލްފާޟިލް މީދޫ މުޙައްމަދު ކަލޭފާނެވެ. އޭނާއަށް ތާއީދު ކުރެއްވީ ގދ.އަތޮޅުގެ މެންބަރު އަލްފާޟިލް އަޙްމަދު ޒާހިރެވެ. އަދި ފ.މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ވެސް ވާހަކަފުޅުވެސް ދެއްކެވިއެވެ. މިހުރިހާ ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވަނީ ވޯކީޓޯކީއަކީ ރާއްޖެތެރޭގެ މީހުންނަށް ކޮންމެހެން ބޭނުން އެއްޗެއްކަމަށްވުމާއެކު މި ގޮތަށް ފީނެގޭ އުޞޫލެއް ހަމަޖެހުމަކީ ވޯކީޓޯކީ ގެންގުޅުން މަދުވާނޭ ސަބަބަކަށްވާނޭ ކަމުގައެވެ.

ކްރިސްޓިއަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (2)

ކިޔާފައިވާ ޢަދަދު: 3660
ޢަބްދުﷲ ފާރޫޤު ޙަސަން
(14 މެއި 2012 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަނެއްކޮޅުން ބަލާއިރު މިސުވާލަކީ އިންތިހާދަރަޖައިގެ ޖާހިލު އަދި މޮޔަ ސުވާލެކެވެ. މަރުވުމާއި ދިރިހުރުމާ މާތްކަމާހުރީ ކޮންގުޅުމެއް ހެއްޔެވެ. ދިރިދުނިޔޭގައި މިހާރު މިތިބި އެންމެ މާތްމީހުނަށް ވުރެމާ އިތުރު މާ މާތްމީހުން މަރުވެގޮސްފައިވާ ކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ޚުދު ކްރިސްޓިޔަނުން ގެ ތެރެއިން، އެބައިމީހުންގެ ތާރީޚުންވެސް މީގެ އެތައް މިސާލުތަކެއް ދެއްކިދާނެއެވެ.

ކްރިސްޓިއަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (1)

ކިޔާފައިވާ ޢަދަދު: 3380
ޢަބްދުﷲ ފާރޫޤު ޙަސަން
ޖޯންމޭރިޔަން (John Marion) އަކީ އެމެރިކާގެ ނޭވީ ފުލުހުންގެ މަތީދަރަޖައިގެ އޮފިސަރެއްގެ ދަރިޔެކެވެ. 1986 ގައި އޭނާއަކީ ކިޔަވާކުއްޖެކެވެ. އެއްދުވަހަކު ރެސްޓޯރެންޓެއްގައި އިންދައި އޭނާއަށް އިވުނީ ކައިރީގައިހުރި މޭޒެއްގައި ތިބި އެމެރިކާގެ ދެޕްރޮފެސަރެއްގެ ވާހަކައިގެ އަޑެވެ.

ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚު، ކުރުކުރުކޮށް….. (3)

ކިޔާފައިވާ ޢަދަދު: 8175

ކުރުކުރުކޮށް…..

ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް
(4 މެއި 2013 (ހޮނިހިރު) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި މަޢުލޫމާތާއި ހުނަރު ޒަމާނީ ޓެކްނޮލޮޖީގެ އާލާއި ވަސީލަތުން ފޯރުކޮށްދީގެން ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމަކީ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދެއްވި އެއް ދާއިރާއެވެ. މިކަމަށްޓަކައި 2007 ގައި ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި “މުދައްރިސުންގެ ވަސީލަތްތަކުގެ މަރުކަޒެއް” ޤާއިމުކުރެވިފައެވެ. އެންމެ ޒަމާނީ އާލާތާއި ޓެކްނޮލޮޖީގެ ވަސީލަތުން މި ހުރިހާ މަރުކަޒުތަކެއް ވަނީ ގުޅުވައިލެވިފައެވެ. މި ހުރިހާ މަރުކަޒުތަކެއް އެއްފަހަރާ އިފްތިތާޙުކޮށްދެއްވީ 2007 ވަނ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މަސައްކަތްތެރިކަމުގެ ތަޢުލީމު (ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން) ވަނީ ތަޢާރަފުކުރެވިފައެވެ. ޚާއްޞައެހީއަށް ބޭނުންވާ ކުދީންނަށް ކިޔަވައިދޭނެ އިސްކޫލްތައްވެސް ހުރިހާ އަތޮޅަކަށް ތައާރަފުކުރުމުގެ މަސައްކަތުގެ ދަށުން ބައެއް އަތޮޅުތަކުގައި ވަނީ ކިޔަވައިދޭން ފެށިފައެވެ.

މާޒީގެ ހަނދާނާއި ތާރީޚުގެ ތެރެއިން އެޅަދީދީގެ ޢަލިދީދީ

ކިޔާފައިވާ ޢަދަދު: 4477
ޙަސަން ސަޢީދު، ޗަމްޕާޕޫލްމާގެ، ސ.ހިތަދޫ
އަލްފާޟިލުލް މަރްޙޫމު ޢެޅަދީދީގެ ޢަލިދީދީ އަކީ 20 ވަނަ ގަރުނުގައި އުޅުއްވި ޝަޚްޞިއްޔަތެކެވެ. އޭނާޔަކީ ޖަމާޢަތަށް ޚިދްމަތް ކުރެއްވުމަށްޓަކައި އަވަދިނެތި މަސައްކަތްކުރެއްވި މެދުމިނު ވިޔަފާރިވެރިއެކެވެ. އޭނާ ގެންގުޅުއްވި އުޅަނދުތަކުގެ ތެރެއިން ޔާހުންބަރާސް ފައްތައިލީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އޮޅުދޫކަރަޔަށް ދަނިކޮށް ޖަޕާނު މީހުންނެވެ. އެ އޮޑިން އޭނާގެ ދޮށީދަރިފުޅު މުޙުންމަދުދީދީ ވެސް ދަތުރު ކުރެއްވިއެވެ. ޢަލިދީދީގެ ބައްޕަޔަކީ އިސްދޫ ޢަލި ރަސްގެފާނުންގެ ޙަސަން ރަސްގެފާނުންގެ އައްޑޫ ހިތަދޫ ބޭރުމާތެ ގަނޑުވަރު ފާތުމާދީދީގެ އައިސާ ދީދީގެ އެޅަދީދީއެވެ. މަންމަޔަކީ އައްޑޫ މީދޫ ކުންނިއަރި ޢަލި ތައްޚާނުންގެ ޙައްވާފާނެވެ.

އޭރުގެ ފަތްފުށްތަކުން…. (27)

ކިޔާފައިވާ ޢަދަދު: 5248

ޖަޕާނުންގެ މަރުގެ ލަޝްކަރު

ބޭރުގެ خبرދޭ مراسل


އަލްފާޟިލް މުހައްމަދު ޒާހިރު ނަޞީރަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި (5 ޖޫން 1993 ގައި) “ނޫސްވެރިކަމުގެ ރަންގަލަން” ލިބިވަޑައިގެންފައިވާ އަދި ދިވެހިރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައިވާ، ބޭފުޅެކެވެ. މިހާރު، އެމަނިކުފާނަކީ، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ.

އަލްމަރުޙޫމު ދޮންދިޔަގެ” ك” حسين تخان

ކިޔާފައިވާ ޢަދަދު: 3635

އަލްމަރުޙޫމު ދޮންދިޔަގެ” ك” حسين تخان

(ހަނދާނާއި ތާރީޚުގެ ތެރެއިން، ދޮންދިޔަގެ ތައްޚާން، ހުޅުދޫ)

ޙަސަން މާހިރު، ހުޅުދޫ              

ދުނިޔޭގެ ހަމަޔާއި، فطرت އޮންނަ ގޮތުން، ވިރާސީ ނަސަބުގެ ޢިލްމަށް ލޯބިކުރުމަކީ، ވަރަށް މުހިއްމު ކަމެކެވެ. އެހެނީ، މުޖުތަމަޢެއްގެ ތެރޭގައި އެއްބަޔަކު އަނެއްބައެއްގެ މެދުގައި އަޚްވަންތަކަން ޤާއިމުކުރެ ވޭނީ، އެބައެއްގެ ޢާއިލީގުޅުން އޮތް މިންވަރު އެބަޔަކަށް އެނގި ވަޒަން ކުރެވިގެންނެވެ. އެހެންމެ އިންސާނާގެ طبىيعىމިޒާޖު ހުންނަ ގޮތުން މޮޅު ކަންކަމުގެ މައްޗަށް އެމީހާއަށް ދުނިޔޭގައި شهرة ލިބިގަތުމަށް އަބަދު ވެސް އެދެއެވެ.
 

ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚު، ކުރުކުރުކޮށް….. (2)

ކިޔާފައިވާ ޢަދަދު: 6948

ކުރުކުރުކޮށް…..

ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް
(28 އޭޕްރިލް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
ފަހުން ދެކުނު ފެންޑާ ވެސް އިތުރުކުރެވުނެވެ.
1 ޖޫން 1947 ގައި ނ. އަތޮޅު ހޮޅުދޫގައި ނައިފަރު ޢަލީ ޙުސައިންގެ ބެއްލެވުމުގެ ދަށުން “މޭނާ ސްކޫލް” ގެ ނަމުގައި ސްކޫލެއް ހިންގާން ފެއްޓުނެވެ. މަޝްހޫރު އަދީބެއް ކަމުގައިވާ އަލްމަރްޙޫމް ޢަލީ ޙުސައިނަކީ މަދުރަސަތުލް އިފްތިތާޙުގެ ދަރިވަރެއްކަން އުފަލާއެކު ފާހަގަކުރާންޖެހެއެވެ.

ހިޓްލަރުގެ ކާނާ ރަހަބަލައި އުޅުނު އަންހެނެއްގެ ބައެއް ހަނދާންތައް

ކިޔާފައިވާ ޢަދަދު: 8398
އަޙްމަދް ސަމީރު ޢަލީ

ތަރުކާރީގެ އެމީރު ކެއުންތަކެވެ. ޖަރުމަނުގެ އެންމެ މޮޅު ކެއްކުންތެރިން، އެމީހުންގެ ވެރިޔާ އެޑޮލްފް ހިޓްލަރަށް ތައްޔާރުކޮށްދޭ ފަރިއްކޮޅުތަކެވެ. އެހެން ނަމަވެސް އެ މީރު ކެއުންތަކުގެ ތެރެއިން ކޮންމެ ކެއުމެއްގައިވެސް ހަމަ ޔަގީނުންވެސް އަބަދުވެސް އެއްރަހަ، އެހެން ހުރިހައި ރަހަތަކުގެ ތެރެއިން ފާހަގަ ކުރެވެއެވެ. އެއީ ބިރުވެރިކަމުގެ ރަހައެވެ! ހިޓްލަރަކީ، އޭނާގެ ކެއުމަށް އިނގިރޭސީން ޒަހަރު ލާފައި ހުރެދާނެ ކަމަށް، އިންތިހާއަށް ބިރުގަންނަ މީހެކެވެ! ވީމާ އޭނާ ކެއުމުގެ ކުރިން އޭނާގެ ކާނާ ރަހަބަލަން ޒުވާން 15 އަންހެނުންގެ ޓީމެއް ގެންގުޅުނެވެ.

ހައްދުންމަތީގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން “ބުންބެރަ”

ކިޔާފައިވާ ޢަދަދު: 4311
ޠާހާ އަބޫބަކުރު

ހައްދުންމަތީ ގަމާއި މާންދޫއާ (ހިއްކައިގެން) ގުޅުވައިލުމުގެ ކުރިން މި ދެ ރަށް ވަކިވެފައި އޮންނަނީ ގަމު މީހުން “ކުޑަދޭތެރެ” އޭ ކިޔާ ތިލަ ފަޅުންނެވެ. ކުޑަ ދޭތެރޭގެ އިރުމަތީކޮޅުން ނާއި ހުޅަނގު ކޮޅުން ހިކި ދިޔައިގައި ނުތެމި މި ދޭތެރެ ހުރަސްކުރެވޭ ވަރަށް ތިލަ ނަމަވެސް، މެދުގައި އޮންނަނީ ރިތް ނުޖެހޭ ވަރުގެ ފުން ވިލެކެވެ. ކުރީ ޒަމާނުގައި ބޭނުންކުރާ 17 ރިޔަނުގެ މަސްދޯނީގެ 6 ގަނޑެތި މި ތާނގައި އަޅައިފައި ބޭއްވޭ ކަމަށް ވެއެވެ.