އަލްމަރުޙޫމު ދޮންދިޔަގެ” ك” حسين تخان

ކިޔާފައިވާ ޢަދަދު: 3808

އަލްމަރުޙޫމު ދޮންދިޔަގެ” ك” حسين تخان

(ހަނދާނާއި ތާރީޚުގެ ތެރެއިން، ދޮންދިޔަގެ ތައްޚާން، ހުޅުދޫ)

ޙަސަން މާހިރު، ހުޅުދޫ              

ދުނިޔޭގެ ހަމަޔާއި، فطرت އޮންނަ ގޮތުން، ވިރާސީ ނަސަބުގެ ޢިލްމަށް ލޯބިކުރުމަކީ، ވަރަށް މުހިއްމު ކަމެކެވެ. އެހެނީ، މުޖުތަމަޢެއްގެ ތެރޭގައި އެއްބަޔަކު އަނެއްބައެއްގެ މެދުގައި އަޚްވަންތަކަން ޤާއިމުކުރެ ވޭނީ، އެބައެއްގެ ޢާއިލީގުޅުން އޮތް މިންވަރު އެބަޔަކަށް އެނގި ވަޒަން ކުރެވިގެންނެވެ. އެހެންމެ އިންސާނާގެ طبىيعىމިޒާޖު ހުންނަ ގޮތުން މޮޅު ކަންކަމުގެ މައްޗަށް އެމީހާއަށް ދުނިޔޭގައި شهرة ލިބިގަތުމަށް އަބަދު ވެސް އެދެއެވެ.
 

ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚު، ކުރުކުރުކޮށް….. (2)

ކިޔާފައިވާ ޢަދަދު: 7152

ކުރުކުރުކޮށް…..

ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް
(28 އޭޕްރިލް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
ފަހުން ދެކުނު ފެންޑާ ވެސް އިތުރުކުރެވުނެވެ.
1 ޖޫން 1947 ގައި ނ. އަތޮޅު ހޮޅުދޫގައި ނައިފަރު ޢަލީ ޙުސައިންގެ ބެއްލެވުމުގެ ދަށުން “މޭނާ ސްކޫލް” ގެ ނަމުގައި ސްކޫލެއް ހިންގާން ފެއްޓުނެވެ. މަޝްހޫރު އަދީބެއް ކަމުގައިވާ އަލްމަރްޙޫމް ޢަލީ ޙުސައިނަކީ މަދުރަސަތުލް އިފްތިތާޙުގެ ދަރިވަރެއްކަން އުފަލާއެކު ފާހަގަކުރާންޖެހެއެވެ.

ހިޓްލަރުގެ ކާނާ ރަހަބަލައި އުޅުނު އަންހެނެއްގެ ބައެއް ހަނދާންތައް

ކިޔާފައިވާ ޢަދަދު: 8553
އަޙްމަދް ސަމީރު ޢަލީ

ތަރުކާރީގެ އެމީރު ކެއުންތަކެވެ. ޖަރުމަނުގެ އެންމެ މޮޅު ކެއްކުންތެރިން، އެމީހުންގެ ވެރިޔާ އެޑޮލްފް ހިޓްލަރަށް ތައްޔާރުކޮށްދޭ ފަރިއްކޮޅުތަކެވެ. އެހެން ނަމަވެސް އެ މީރު ކެއުންތަކުގެ ތެރެއިން ކޮންމެ ކެއުމެއްގައިވެސް ހަމަ ޔަގީނުންވެސް އަބަދުވެސް އެއްރަހަ، އެހެން ހުރިހައި ރަހަތަކުގެ ތެރެއިން ފާހަގަ ކުރެވެއެވެ. އެއީ ބިރުވެރިކަމުގެ ރަހައެވެ! ހިޓްލަރަކީ، އޭނާގެ ކެއުމަށް އިނގިރޭސީން ޒަހަރު ލާފައި ހުރެދާނެ ކަމަށް، އިންތިހާއަށް ބިރުގަންނަ މީހެކެވެ! ވީމާ އޭނާ ކެއުމުގެ ކުރިން އޭނާގެ ކާނާ ރަހަބަލަން ޒުވާން 15 އަންހެނުންގެ ޓީމެއް ގެންގުޅުނެވެ.

ހައްދުންމަތީގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން “ބުންބެރަ”

ކިޔާފައިވާ ޢަދަދު: 4493
ޠާހާ އަބޫބަކުރު

ހައްދުންމަތީ ގަމާއި މާންދޫއާ (ހިއްކައިގެން) ގުޅުވައިލުމުގެ ކުރިން މި ދެ ރަށް ވަކިވެފައި އޮންނަނީ ގަމު މީހުން “ކުޑަދޭތެރެ” އޭ ކިޔާ ތިލަ ފަޅުންނެވެ. ކުޑަ ދޭތެރޭގެ އިރުމަތީކޮޅުން ނާއި ހުޅަނގު ކޮޅުން ހިކި ދިޔައިގައި ނުތެމި މި ދޭތެރެ ހުރަސްކުރެވޭ ވަރަށް ތިލަ ނަމަވެސް، މެދުގައި އޮންނަނީ ރިތް ނުޖެހޭ ވަރުގެ ފުން ވިލެކެވެ. ކުރީ ޒަމާނުގައި ބޭނުންކުރާ 17 ރިޔަނުގެ މަސްދޯނީގެ 6 ގަނޑެތި މި ތާނގައި އަޅައިފައި ބޭއްވޭ ކަމަށް ވެއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚު، ކުރުކުރުކޮށް. . . . (1)

ކިޔާފައިވާ ޢަދަދު: 9119

ކުރުކުރުކޮށް…..

ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް
ދިވެހި ކާބަފައިންގެ އަގުހުރި މަސައްކަތުން “ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި، ދިވެހީންގެ މުބާރިކު ފެހި ދަނޑުގައި” ކުރެއްވި ޢިލްމީ މުޑުވަކުން ފަޅައިގެން ހެދި ބޮޑުވި ޢިލްމީ ގަސްތައް މިއަދު މިވަނީ ބޮޑުވެފައެވެ. އަދި އަންނަނީ ބިޔަވަމުންނެވެ. ދުނިޔެ ދެއްކި ތަފާތު މޫސުންތަކާއެކުވެސް ނުމިޔެ އެ ގަސްތައް ދިރިހުއްޓެވެ. ބައެއް ފަހަރު މިލައި މޯޅިވަމުންނެވެ. އަނެއް ބައިފަހަރު އާކުރިތައް ފަޅައި ރޯވެ ހެދެމުންނެވެ.

“ވާރު” ހުސައިން މަނިކުފާނުގެ ކުޑަ ބިސްތާނަ”

ކިޔާފައިވާ ޢަދަދު: 3878
      

“އިސްދޫ” ޚާންދާނުގެ، الفقيه “ވާރު” حسين منكفان

(ހަނދާނާއި ތާރީޚުގެ ތެރެއިން، ގައުމާތަގޭ “ވާރު” ޙުސައިން މަނިކުފާނު، ހުޅުދޫ)

ހަސަން މާހިރު، ހުޅުދޫ            

“ދުނިޔޭގައި މީހަކު ދިރިއުޅުނު ދުވަސްވަރު އެމީހާގެ ކިބައިން، އެމީހާގެ އަމިއްލަ ވަޠަނާއި ޤައުމަށް ރަނގަޅު ޚިދުމަތްތަކެއް އަދާ ކޮށްދިން ރަނގަޅު ޝަޚުސިއްޔަތުން، ދުނިޔެ ދޫކުރުމަށް ފަހު، އެފަދަ ޝަޚުސިއްޔަތުންގެ  ޒިކުރާ އާކޮށް، އެފަދަ ހަރުދަނާ ބޭބޭފުޅުން ފަހަށް ދޫކުރެއްވި ރަނގަޅު ކަންކަމުގެ މައްޗަށް ޢިބުރަތް ޙާސިލުކުރުމަކީ، ނުވަތަ ޒިކުރާ އާކުރުމަކީ، ވަރަށް މުހިއްމު ކަމެކެވެ.
 

އެމެރިކާގެ ހަނގުރާމަވެރިއެއްގެ ސިޓީ، ކުރީގެ ރައީސާއި ނައިބު ރައީސަށް

ކިޔާފައިވާ ޢަދަދު: 8289
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

“ޖޯޖް ޑަބްލިޔު ބުޝް އާއި ޑިކް ޗޭނީއަށް

ޓޯމަސް ޔަންގް ގެ ފަރާތުން،
19 މާޗް 2013
 
މިސިޓީ އަޅުގަނޑު މިލިޔަނީ އިރާގު ހަނގުރާމައަށް 10 އަހަރު ފުރޭ ދުވަހެވެ. އިރާގު ހަނގުރާމައަށް ދިޔަ ހުރިހައި ހަނގުރާމަވެރިންގެ މަތިންނެވެ. އަޅުގަނޑު މި ސިޓީ މިލިޔަނީ އިރާގު ހަނުގުރާމައިގައި މަރުވި 4488 ”މެރިން” ސިފައިންގެ މީހުންގެ މަތިންނެވެ. އަދި އެ ހަނގުރާމައިގައި އެކިވަރުގެ އަނިޔާ ލިބުނު އެތައް ލައްކަ ސިފައިންގެ މީހުންގެ މަތިންނެވެ. މީގެ ބައެއް މީހުންނަކީ، އެ ހަނގުރާމައިގައި ލިބުނު ތަފާތު ޖިސްމާނީ ގެއްލުން ތަކާއި ނަފްސާނީ ގެއްލުންތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުން ބަރުބާދުވި މީސްމީހުންނެވެ.

1958 މ. ވަނަ އަހަރަކީ މެޑިކަލް ވެލްފެއަރގެ އެހީ ރަސްމީ ސިފައެއްގައި ސަރުކާރުން ދެއްވަން ފެއްޓެވި އަހަރެވެ.

ކިޔާފައިވާ ޢަދަދު: 3985

މުޙައްމަދު އިސްމާޢީލު ފުޅު – ނައިފަރު

ފަޤީރުންނަށާއި، ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދައިގަނެވޭފަދަ ތަނަވަސްކަން ނެތް ކޮންމެ މީހަކަށް ވެސް އެ ދުވަސްވަރަކު އެ އޮންނަ ސަރުކާރަކުން އެހީވެދެއްވަމުން ގެންދިއުމަކީ އަބަދުވެސް ހިނގަމުންދާނެ ކަމެއްކަން އެއީ ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ. ނަމަވެސް ދެވޭ އެހީގެ މިންވަރަށާއި، އެހީދިނުމުގައި ގެންގުޅޭ ހަމަތަކަށާއި، އުޞޫލުތަކަށާއި، ދާއިރާތަކަށް، އެކި ދުވަސްވަރު އެކި ކަހަލަ ބަދަލު އައުމަކީ ދިމާނުވެ ނުދާނެ ކަންކަމެކެވެ. އެހެންކަމުން މިފަހަރު  އަޅުގަނޑު ބަލައިލެވޭތޯ މި ބަލަނީ ބޭސްފަރުވާއަށް ބޭނުންވެފައިވާ ތަނަވަސްކަން ނެތް ފަޤީރުންނަށް ސަރުކާރުގެ ޚަރަދުގައި ބޭސްފަރުވާގެ އެހީ ހިލޭ ލިބިދިނުމުގެ ކަންތައް ރާއްޖޭގައި ފެށިގެން އައި ގޮތުގެ މައްޗަށެވެ.

އޭރުގެ ފަތްފުށްތަކުން….(19)

ކިޔާފައިވާ ޢަދަދު: 6163

نورجهان بيگم

النبيلة آمنة حسين


އަންނަބީލާ އާމިނަތު ޙުސައިނަކީ، ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ޚިދުމަތްތެރިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޒަޢީމާކަމާއި، ދައުލަތުގެ ވަޒީރުކަމާއި މަދްރަސަތުލްއަމީނިއްޔާގެ ނާޡިރާކަން ފަދަ މަގާމުތަކުގައި ޚިދުމަތްކުރައްވާފައިވެއެވެ.އަދި އަމީނިއްޔާ މުސްކުޅިދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސާކަމާއި “ޤައުމުގެ އަންހެންދަރިޔާ” އާއި “އައްރަފީޤާ”އި “ސަރުކާރުގެ ޚަބަރު”ގެ މުޙައްރިރާކަންވެސް ކުރައްވާފައިވެއެވެ.

މި ލިޔުން ނަކަލުކޮށްފައި މިވަނީ، 1ރަޖަބު 1379 ގައި ނުކުތް “ޖިންސުއްލަޠީފު” މަޖައްލާ، ގެ 2 ވަނަ ޢަދަދުންނެވެ.

ކައިވެނި ކުރުން

ކިޔާފައިވާ ޢަދަދު: 5682
އާދަމް ޢަބްދުއްރަޙުމާން، އުތީމު
ދިވެހިން ލަދުވެތިކަމުގެ ފަރުދާ ކަހައިލުމަށްފަހު ފައުޅުގައި ކުރިމައްޗަށް ނިކުންނަން ފެށީ ވަރަށް ފަހުންނެވެ. ކުރިން ދިވެހިންނަކީ ކަންކަމުގައި ލަދުވެތިކަން އިސްކުޅަބައެކެވެ. މަތިވެރި އަޚްލާޤަކާއި މާތްސިފަތަކެއްގެ ވެރިބަޔެކެވެ.