އިސްލާމީ ޚިލާފާ ނައްތައިލިތާ 89 އަހަރުފުރޭ އަހަރީ ދުވަސް

ކިޔާފައިވާ ޢަދަދު: 5440
ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
2013 މާރޗް 3 ވަނަ ދުވަހަކީ (އާދެ! މިއަދަކީ) އިސްލާމިީ ޚިލާފަތާ ނުލައި އިސްލާމީ އުއްމަތް ވޭތިކުރާތާ 89 އަހަރު ފުރޭ “އަހަރީ” ދުވަހެވެ. ރަސޫލާގެ (ޞޢވ) ޙަދީސުފުޅެއްގައި މިޙާލަތު ބަޔާންކޮށް ދެއްވައިފައިވަނީ މިފަދައިންނެވެ. “އިސްލާމްދީނުގެ ގޮށްތައް، އެކައްޗަށްފަހު އަނެކައްޗެއް މޮހޮވެމުންދާނެ އެވެ.

އޭރުގެ ފަތްފުށްތަކުން….(14)

ކިޔާފައިވާ ޢަދަދު: 3501

رئيسގެ އަރިހަށް…

زاهرنصير


ޒާހިރު ނަޞީރަކީ ކޮންބޭފުޅެއްތޯއެވެ؟ އާދެ! އެއީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި (5 ޖޫން 1993 ގައި) “ނޫސްވެރިކަމުގެ ރަންގަލަން” ލިބިވަޑައިގެންފައިވާ އަދި ދިވެހިރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގެ ރޮނގުންޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައިވާ، މިހާރު ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްކަމުގައިވާ އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރެވެ.

“ހަވަރު”އަކީ، ދިވެހިދައުލަތުގެ އަސްކަރީ ބާރުތަކުގެ ތެރެއިން އެއްބާރު(4)

ކިޔާފައިވާ ޢަދަދު: 5455
ޢަލީ ނަސީރު، މަޑަވެލި
(16  ފެބްރުއަރީ 2013 (ހޮނިހިރު) ދުވަހު ޝާއިޢުކުރެވުނު ބައިގެ ބާކީ)

ހަވަރުތިނަދޫ ރައްޔިތުންއަތުން ހަވަރަށްނެގޭ ބައެއްތަކެތި

(މި ތަކެތި ނަގަނީ ޢުމުރުން 15 އަހަރު ވީ މީހުންގެ އަތުންނެވެ.)

“ހަވަރު”އަކީ، ދިވެހިދައުލަތުގެ އަސްކަރީ ބާރުތަކުގެ ތެރެއިން އެއްބާރު(3)

ކިޔާފައިވާ ޢަދަދު: 5555
ޢަލީ ނަސީރު، މަޑަވެލި
(14 ފެބްރުއަރީ 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

“ދިވެހިސަރުކާރުން ދިވެހީންނާކުރި ހަނގުރާމަ” ހުވަދުއަތޮޅު ތިނަދޫ ފިޔަވައި، ރާއްޖޭގެ އެއްވެސް ރަށެއްގެ ބަޔަކާއި، ދިވެހިސަރުކާރުން ހަނގުރާމައެއް ކޮށްފައިވާމެއް ތާރީޚުން އެނގޭކަށް ނެތެވެ. ނަމަވެސް މީލާދީން 1573 އާއި 1585 އާއި ދެމެދު “ދައުލަތުގެ ލަޝްކަރެއް” ފުރަތަމަ ފަހަރަށް ހުވަދު އަތޮޅު ތިނަދުވަށް ގޮސް ޣައިރުދީނުގައި ތިބި މީހުންނަށް ނަޞޭދެއްވައި އިސްލާމްދީނަށް ވެއްދި ކަމަށާއި، އޭގެ ފަހުން އަނެއްކާ ވެސް ދެވަނަ ފަހަރަށް އެ ރަށު މީހުން ޣައިރުދީން ޚިޔާރުކުރުމުން ދެވަނަ ފަހަރަށް ދައުލަތުން އެ ރަށަށް ލަޝްކަރެއް ފޮނުއްވައިގެން ޣައިރުދީނަށް އެނބުރުނު މީހުން ޤަތުލުކޮށް އެރަށް ހަވަރުގެ ބެއްލެވުމުގެދަށަށް ގެނައި ވާހަކަ އަކީ، (ތާރީޚުގައި ލިޔެފައި ނެތްކަމަށް ވިއަސް) އައު ވާހަކައެއް ނޫނެވެ.
 

“ހަވަރު”އަކީ، ދިވެހިދައުލަތުގެ އަސްކަރީ ބާރުތަކުގެ ތެރެއިން އެއް ބާރު(2)

ކިޔާފައިވާ ޢަދަދު: 5385
ޢަލީ ނަސީރު، މަޑަވެލި
(11 ފެބްރުއަރީ 2013 (ހޯމަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

ދައުލަތަށް ތަކެތި ލިބޭ ގޮތް: 1 ރައްޔިތުންގެ ކިބައިން ނެނގޭ ވާރު،  2 ދަނޑުފަނގު ގޮއި، 3 ފުރަބަންޑާރަ ރަށްރަށުގެ ތަކެތި، 4 ކަނޑުން ލައްގާ ތަކެތި، 5 ވިޔަފާރިވެރީންގެ އަތުން ނެގެވޭ ތަކެތި. މިއިން ކޮންމެ ތަކެއްޗަކާއިމެދުގައި އެކިއެކި ޒަމާނުގައި، އެކިއެކި ގޮތްގޮތަށް ނެގެވި ފައިވާކަމަށް ފެންނާން އެބަހުއްޓެވެ.

ދިވެހި ސަގާފީ މަސައްކަތްތެރިކަމުގެ ތެރެއިން…..(1)

ކިޔާފައިވާ ޢަދަދު: 4904

ލާގެ މަސައްކަތް

ޢަބްދުﷲ ސަޢީދު، ސްވީޓްހާޓް، ވ.ފެލިދޫ

އާދޭހެވެ! ލާގެ މަސައްކަތަކީ، މީގެ 300 ވަރަކަށް އަހަރު ކުރިންފެށިގެން ރާއްޖޭގައި ކުރެވެމުން އަންނަ މަސައްކަތެއްކަމަށް ލަފާކުރެވިފައިވެއެވެ. ލާއަކީ، އިންޑިޔާ ނުވަތަ ޝްރީލަންކާއިން އެތެރެކުރާ މަޢުދަނެކެވެ. މިއީ ގަހެއްގެ ކިރެއްކަމަށްވެސް ބުނެއެވެ. ލާ ކުލަކުލައަށް ބަދަލުކުރަނީ ލާގެތެރެއަށް އެކިކުލަކުލަ އަޅައިގެންނެވެ. މި މަސައްކަތަށް ލާ ތައްޔާރުކުރުމޭވެސް ކިޔައެވެ.

“ހަވަރު”އަކީ، ދިވެހިދައުލަތުގެ އަސްކަރީ ބާރުތަކުގެތެރެއިން އެއް ބާރު (1)

ކިޔާފައިވާ ޢަދަދު: 5903
ޢަލީ ނަސީރު، މަޑަވެލި
ދިވެހިރާއްޖޭގެ އެންމެ މުސްކުޅި ޚަބަރަކުން އަޅުގަނޑުމެންނަށް އެނގިފައިވާ ތާރީޚީ ޚަބަރަކީ، ހިޖްރައިން 332 ވަނަ އަހަރުގެ ތެރޭގައި އަލްމަސްއޫދީ އޭ ކިއުނު ބޮޑު ދަންނަބެއިކަލަކު އަދި ސައްޔާޙުންގެތެރެއިން އަރައިހުރި މީހަކު ހެއްދެވި “މުރޫޖުއްޒަހަބް” ވޭ ކިއުނު ތާރީޚެއްގައި، ރާއްޖޭގެ ޚަބަރުތައް ލިއުއްވާފައިވާ ގޮތްތަކެވެ. އެކަލޭގެފާނު ލިއުއްވަފައި ވަނީ، އެ ޒަމާނުގައި ވެސް ރާއްޖޭގައި އަމިއްލަ މުސްތަޤިއްލު ރަސްކަމެއްކުރާ ކަމަށެވެ. ރަސްކަލަކީ، އަންހެން ބޭފުޅަކު ކަމަށެވެ. މިތާގެ މީހުންގެ ފައިސާއަކީ ބޮލި ކަމުގަ އެވެ. އަތުމަސައްކަތަށާއި، ފޭރާންވިއުމަށް ކުޅަދާނަ ބަޔަކުކަމުގަ އެވެ. އެތަނަކީ، ވަރަށް މާވަހަރު ލައްގާ ތަނެއް ކަމުގަ އެވެ.

ހައްދުންމައްޗަށް [ހައްދުންމަތި] ކިޔަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 4020

ޠާހާ އަބޫބަކުރު، ލ. ގަން
ލ.އަތޮޅު މީހެއްކަން އެނގުމުން ސަމާސާއަށް ހަދާފައިނަމަވެސް ބައްދަލުވާ ވަރަށް ގިނަމީހުން މުޚާޠަބުކުރާ ޖުމްލައެކެވެ. “ލ.އަތޮޅު މީހުންނަކީ ހައްދުން މަތީގައި (ހައްދު ފަހަނަޅާފައި ނުވަތަ ހައްދުން ނެއްޓިފައި) ތިބޭ ބަޔެކެވެ.” ލ.އަތޮޅުގައި ނުރައްކާތެރި ހާދިސާއެއް، ވައްކަމެއް ނުވަތަ މާރާމާރީއެއްފަދަ ކަމެއް ހިނގައިގިނަމަ އެޚަބަރަކާ ގުޅިގެން ވެސް ވަރަށް ގިނަ ފަހަރު މި މޭރުމުން ބުނެއުޅެތެވެ. ދުލަކު ނުހިފެހެއްޓޭނެތާ އެވެ. ނަމަވެސް ކަން އޮތްގޮތް ސާފުވޭތޯ މަސައްކަތްކުރުމަކީ ނެތްކަމެއް ނޫންކަމަށް ދެކެމެވެ.

ލ. އަތޮޅު މެންދޫ ފަޅުވި ގޮތް

ކިޔާފައިވާ ޢަދަދު: 7128
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކޮންމެ ޤައުމެއްގައި ވެސް ތާރީޚީ ނާޑުކަތާ ހުރެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ވެސް މިފަދަ ނާޑުކަތާތައް އެބަހުއްޓެވެ. އަދި ވަކިވަކި އަތޮޅުތަކުގެ ނާޑުކަތާތައް ވެސް ހުރެއެވެ. އެ ގޮތުން ހައްދުންމަތީގައި ވެސް ވަރަށް ގިނަ ނާޑުކަތާތައް އެބަހުއްޓެވެ.

ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު (ތިންވަނަ ބައި)

ކިޔާފައިވާ ޢަދަދު: 5610

 ޢަބުދުﷲ ޙިލްމީ

(6 ޑިސެމްބަރ 2012 (ބުރާސްފަތި) ގުޅޭ)
ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން އަންހެންބޭފުޅަކަށް “ބޮޑު މަނިކުފާނު” މުޚާޠަބްކުރެވެނީ އެ ރަދުންނަށް ވުރެ އެ ކަމަނާ ދޮށިފުޅުވުމާއި، އަދި މުޖުތަމަޢުގައި އެ ކަމަނާއަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ކަންކަމެއް ވެސް ހުރުމުންކަމަށް ބެލެވިދާނެ ނަމަ، އެ ފަދަ ކަންކަމެއް ވެސް އެބަހުއްޓެވެ.