ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު (ދެވަނަ ބައި)
ކިޔާފައިވާ ޢަދަދު: 6545ޢަބުދުﷲ ޙިލްމީ
(25 ނޮވެމްބަރ 2012 (އާދީއްތަ) ގުޅޭ)
ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައިވަނީ ދެއްވަދޫ ރަދުންގެ އެއްބަނޑު ކަމަނާއެވެ.
ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު ފޮތުގައިލިޔެފައިވަނީ އެރަދުންގެ ދައިތާފުޅެވެ. މިއީ އެއް ބޭފުޅެކެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެފަހަރު ދެއްވަދުއަށް ފޮނުވައިލެއްވި ކަމަށް އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައިފައިވަނީ އެރަދުންގެ ބޮޑު ދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނެވެ. އެއް ބޭފުޅަކު އަރުވާލެއްވީއެވެ.
(25 ނޮވެމްބަރ 2012 (އާދީއްތަ) ގުޅޭ)
ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައިވަނީ ދެއްވަދޫ ރަދުންގެ އެއްބަނޑު ކަމަނާއެވެ.
ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު ފޮތުގައިލިޔެފައިވަނީ އެރަދުންގެ ދައިތާފުޅެވެ. މިއީ އެއް ބޭފުޅެކެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެފަހަރު ދެއްވަދުއަށް ފޮނުވައިލެއްވި ކަމަށް އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައިފައިވަނީ އެރަދުންގެ ބޮޑު ދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނެވެ. އެއް ބޭފުޅަކު އަރުވާލެއްވީއެވެ.
އޭރުގެ ފަތްފުށްތަކުން (7)
ކިޔާފައިވާ ޢަދަދު: 3493ހުޅުލެއަކީ ވަރުބަލި ސިކުނޑިތަކަށް ނިދާބޭހެއްބާވައެވެ؟
އިންޑިޔާ ކަނޑުގެ ހަވާއީ
ޢަބްދުﷲ ވަޙީދު
މިއީ، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންގެ ޖަމްޢިއްޔާ އެކުވެރިންގެ ގުޅުމުގެ މަޖައްލާ “އެކުވެރިޔާ” (ޑިސެމްބަރ 1965) ގެ ޢަދަދުގައި އަލްފާޟިލް މަންދު ޢަބްދުﷲ ވަޙީދު ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ.
އިންޑިޔާ ކަނޑުގެ ދަތުރުވެރިން ވަރުބަލި ދުވަސްތަކަށްފަހު އަރާމުކޮށްލުމަށް އިންޖީނުތައް ނިވާލަނީ ދިވެހިރާއްޖޭގެ ހިތްފަސޭހަ ފެހިރަށްތަކުގެ ގޮޑުދޮށްތަކަށެވެ. އާދެ، މަޑުނޫކުލައިގެ ވިލު ތަކުގެ ތެރެއަށެވެ. އަޅުގަނޑުވެސް ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ޗުއްޓީ އެއްގައި މާލެއަށް އައީ އިންޑިޔާގެ ޕެސެންޖަރ ލައިނަރ އެއްގައެވެ.
ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު (ފުރަތަމަ ބައި)
ކިޔާފައިވާ ޢަދަދު: 6369ޢަބުދުﷲ ޙިލްމީ
ކަމެއްހިނގިގޮތަކީ ކޮބައިތޯ އެކަމަކަށް ރަނގަޅަށް ވިސްނުމެއްނެތި އެއާއި ގުޅުންހުރިކަމެއް ހާމަކުރާނަމަ، އެކަމެއް އޮޅިގެންދިޔުމަކީ ވަރަށްކައިރި ކަމެކެވެ. މިކަން އަޅުގަނޑަށް ވެސް ތަޖުރިބާކުރެވުނެވެ. އަޅުގަނޑުލިޔުނު “ތާރީޚީ އޮޅުންބޮޅުން” ލިޔަމުންދިޔައިރު އޭގެތެރެއިން ގެނައި މިސާލެއްގެތެރެއިން ވާދޫ މުޙައްމަދު ނާއިބު ކަލޭގެފާނުގެ ވާދޫ އަބޫބަކުރު ނާއިބު ކަލޭގެފާނާ، ވާދޫ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ވެސް ކިޔާ ފަނޑިޔާރު ކަލޭގެފާނާ ދެބޭފުޅުންގެ ތެރެއިން އެރި އޮޅުމަކީ، އެ ތަޖުރިބާއެވެ.
ދެއްވަދޫ ރަސްގެފާނުގެ “އެއްބަނޑު ކަމަނާ” (1)
ކިޔާފައިވާ ޢަދަދު: 504ޢަބުދުﷲ ޙިލްމީ
ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާއާއި ގުޅޭގޮތުން ތިރީގައި ބަޔާންކުރާ ބައެއް މަރުޙަލާތައް އެއްވެސް ދައްޗެއްނެތި ފެންނަން އެބަ ހުއްޓެވެ.
1- ދިވެހިތާރީޚު ފޮތުގެ 75ވަނަ ޞަފުޙާ
ދެއްވަދޫ ރަދުންގެ ދުވަސްވަރު އެރަދުންދެއްވި މަޤާމެއްގެ ވާހަކައެވެ.
“އެރަދުންގެ ބޮޑުދައިތާގެ އަންހެންދަރިޔެއްގެ ފިރިހެންދަރިޔަކަށް ފާމުލަދޭރިކަން ދެއްވިޔެވެ. މީނާޔަށް އިބްރާހީމް ފާމުލަދޭރި ތަކުރުފާނެވެ ކިޔަތެވެ. އަދި މީނާޔަށް ލޮންސިކޮއްޓެއްގެ އެދުރުކަން ވެސް ދެއްވި އެވެ.”
(މަތީގައިވާ ލިޔުމުން ދެއްވަދޫ ރަދުންގެ ބޮޑުދައިތާއަކާއި އެދައިތާގެ އަންހެންދަރިއެއްގެ އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ފެނެއެވެ. އެއްވެސްމީހެއްގެ ބޮޑުދައިތައަކީ އެމީހަކާއި އެއްބަނޑުއެއްބަފާ، ނޫނީ އެއްބަނޑު، ނޫނީ އެއްބަފާމީހަކަށް ނުވާނެއެވެ. އެހެންވީމާ، ދެއްވަދޫ ރަދުންގެ މި ބޮޑުދައިތާއަކީ، އެރަދުންގެ ކޮން ބޮޑުދައިތާއެއް ކަމެއް ލިޔުމުގެ ޢިބާރާތުން އެނގެންނެތް ކަމަށް ވިޔަސް މި ބޮޑުދައިތައަކީ ދެއްވަދޫ ރަދުންނާއި އެއްބަނޑު ކަމަނާ އަކަށް ނުވާނެކަމަށް އެނގެއެވެ.)
2- ދިވެހިތާރީޚު ފޮތުގެ 79ވަނަ ޞަފުޙާ
ދެއްވަދޫ ރަސްގެފާނު އަވަހާރަވީ އާލާސްކަންފުޅުގައި އޮންނެވި އިރެވެ.
“ރަސްގެފާނުން ބޮޑު އާލާސްކަންފުޅެއްގައި ޖެހިވަޑައިގެންފިއެވެ. އެއާލާސްކަންފުޅުގައި އޮންނަވަނިކޮށް ކުރެންދޫ ޢަލިޚަޠީބު ތަކުރުފާނާއި، އިސްދޫ ޢަލީ ވެލާނާ ތަކުރުފާނާއި ރަސްގެފާނުންގެ އަރިހަށްގޮސް ރަސްގެފާނުންގެ އެއްބަނޑު ކަމަނާއަށާއި، އެ ކަމަނާގެ ދަރިކަލުން ޢަލިޚަޠީބު ތަކުރުފާނުންނާއި، އެ ކަމަނާގެ ފިރި އިބްރާހީމް ފާމުލަދޭރި ތަކުރުފާނަށާއި ރަސްގެފާނުން ކޯފާއިސްވާނޭ ވާހަކައެއްދައްކައި އެމީހުން ރަދުން އަރިއަހަށް ނުވަނުމަށް އަމުރުކުރެއްވިއެވެ. މީގެ އިހަށް ރަދުން ހިތްތަވައިގެން ހުންނެވީ މިބުނި ޢަލިޚަޠީބު ތަކުރުފާނަށް ރަސްކަން ދެއްވާންކަމަށެވެ.
ދެން އެމީހުން ނުވަނުމަށް އަމުރުކުރެއްވުމަށްފަހު ރަސްގެފާނުން އަވަހާރަވަންދެން ކުރެންދޫ ޢަލިޚަޠީބު ތަކުރުފާނާއި އިސްދޫ ޢަލީ ވެލާނާ ތަކުރުފާނާއި ސަންފާ ކަނބާފާނާއި އެރަސްގެފާނު އަރިއަހުގައި ތިބޫއެވެ. ދެން އަވަހާރަވުމަށްފަހު ޢަލީ ވެލާނާ ތަކުރުފާނުން ނުކުންނަވައި ބުނުއްވިޔެވެ. ރަދުން ވިދާޅު ބަސްފުޅު އިއްވެވިއެވެ. ރަދުންގެ އެއްބަޑު ކަމަނާޔާއި، އެކަމަނާގެ ދަރިކަލުންނާއި، އިބްރާހީމް ފާމުލަދޭރި ތަކުރުފާނާއި، ރަންނަބަޑޭރި ތަކުރުފާނާއި، އޭނާގެ މައިކަމަނާޔާއި، މިއެންމެން ދެއްވަދުވަށް އަރުވާލަހަރޭ. ދެން މިމަގަށް މިކަންތައްކޮއްފޫއެވެ. އެމީހުން މާލޭން ބޭރުވުމަށްފަހު ރަދުން އަވަހާރަވީކަން މީހުނަށް އެމީހުން އެންގިއެވެ.”
(މަތީގައިވާ ގޮތަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވުމުން ދެއްވަދޫ ރަސްގެފާނުންގެ އެއްބަނޑު ކަމަނާ އަކާއި، އެކަމަނާގެ ދަރިކަލުން ޢަލިޚަޠީބު ތަކުރުފާނާއި، އަދި އެކަމަނާގެ ފިރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ވެސް އެބަ ފެނެއެވެ. އަދި ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެރަދުންގެ އެއްބަނޑު ކަމަނާއާއި، އެކަމަނާގެ ދަރިކަލުން ޢަލިޚަޠީބާއި، އެކަމަނާގެ ފިރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ދެއްވަދުއަށް އަރުވާލެއްވިކަން ވެސް އެނގެއެވެ.)
3- ދިވެހިތާރީޚު ފޮތުގެ 146ވަނަ ޞަފުޙާ
އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރެވެ.
“ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވިއެވެ.”
(ދެއްވަދޫ ރަސްގެފާނުގެ މި ދައިތާއަކީ، އެ ރަސްގެފާނުގެ ކޮން ދައިތާއެއްކަމެއް ލިޔުމުގެ ޢިބާރާތުން ނޭނގެއެވެ. ނަމަވެސް ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވި ކަމަށް ލިޔެފައިއެވާ ރަސްގެފާނަކީ އިބްރާހީމް ރަސްގެފާނު ކަމަށް ތާރީޚުފޮތުން އޮޅުމެއްނެތި އެނގެއެވެ. އެއީ އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރެވެ.)
4- ދިވެހިތާރީޚު ފޮތުގެ 148ވަނަ ޞަފުޙާ
“މިއަހަރުމެ (1143ހ.) ދެއްވަދޫ އިސްމާޢީލްގެ ފުތް ދަންނަ ޚަޠީބު ތަކުރުފާނު ނިޔައުވެއްޖެއެވެ. މީނާ މިއީވެސް ޙަސަން ތާޖުއްދީންގެ ދަރިވަރެކެވެ. އެއީ ރަބީޢުލްއާޚިރު މަހު ތޭރަވީ ބުރާސްފަތި ދުވަހުއެވެ. ދެން ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީޔަށް ޚަޠީބުކަން ދެއްވެވިއެވެ. ދެއްވަދޫ ރަސްގެފާނުންގެ ޙަޔާތްފުޅުގައިވެސް މީނާ ޚަޠީބުކަމުގައި ހުންނެވިޔޭ. ދެއްވަދޫ ރަސްގެފާނުން އަވަހާރަވުމަށްފަހު ޢަލިރަސްގެފާނުންގެ ރަސްކަމުގައި މީނާ އަރުވާލެއްވެވިޔޭ”
(ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، އިބްރާހީމް ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވި ކަމަށް ތާރީޚުފޮތުގެ 146 ވަނަ ޞަފުޙާގައި (ނަމްބަރ 3ގައި) ލިޔުމަށްފަހު، ތާރީޚުފޮތުގެ 148ވަނަ ޞ. ގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީޔަށް ޚަޠީބުކަން ދެއްވިކަމަށް ލިޔެފައިވުމުން ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ މި ޢަލިޚަޠީބަކީ މަތީގެ ނަމްބަރ 3ގައި ބުނެފައިވާ ޢަލިޚަޠީބު ކަމަށް އެނގެއެވެ. އޭގެއިތުރަށް އެނގެނީ، ދެއްވަދޫ ރަސްގެފާނުންގެ ޙަޔާތްފުޅުގައިވެސް މި ޢަލިޚަޠީބު، ޚަޠީބުކަމުގައި (މާލޭގެ ޚަޠީބުކަމުގައި) ހުންނެވިކަމާއި، އަދި ދެއްވަދޫ ރަސްގެފާނު އަވަހާރަވުމަށްފަހު، ޢަލިރަސްގެފާނުންގެ ރަސްކަމުގައި މި ޢަލިޚަޠީބު އަރުވާލެއްވި ކަމެވެ.)
5- ދިވެހިތާރީޚު ފޮތުގެ 156ވަނަ ޞަފުޙާ
“ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ޢަލިޚަޠީބު ނިޔައުވިޔޭ”
(ނަމްބަރ 3، އަދި 4ގައި ބުނެފައިވާ ޢަލިޚަޠީބު ނިޔައުވީއެވެ. ދެއްވަދޫ ރަސްގެފާނުގެ ކޮން ދައިތާއެއް ކަމެއް ނޭނގޭ ދައިތާއެއްގެ ދަރިކަލުން ޢަލިޚަޠީބެވެ.)
އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރު “ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، އިބްރާހީމް ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވި ވާހަކަ ތާރީޚުފޮތުގެ 146ޞ. ގައި ލިޔުމަށްފަހު، އެފޮތުގެ 148ޞ. ގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީއަށް ޚަޠީބުކަން ދެއްވިކަމަށް ލިޔުމަށްފަހު، އެފޮތުގެ 156ވަނަ ޞ.އާއި ހަމައަށް އެއްވެސް ޞަފުޙާއެއްގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލިޚަޠީބު ފިޔަވައި އެހެން އެއްވެސް ޢަލިޚަޠީބެއްގެ ވާހަކަ ލިޔެފައި ނުވަނިކޮށް “ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ޢަލިޚަޠީބު ނިޔައުވިޔޭ” ތާރީޚުފޮތުގެ 156ވަނަ ޞ. ގައި ލިޔުމުން މި ނިޔައުވި ޢަލިޚަޠީބަކީ، ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލިޚަޠީބު ކަމަށް އެނގެއެވެ.
މިހެންމެ، “ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ޢަލިޚަޠީބު ނިޔައުވިޔޭ” މިގޮތަށް ތާރީޚުފޮތުގެ 156ވަނަ ޞ.ގައި ލިޔެފައިވަނީ 1152ހ. ވަނަ އަހަރު ހިނގި ކަންކަމެއް ލިޔެ ހާމަކޮށްދިނުމުގެތެރޭ ކަމަށް ވުމުން، މި ޢަލިޚަޠީބު ނިޔައުވީ 1152ހ. ވަނަ އަހަރުގެ ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ކަމަށް ވެސް އެނގެއެވެ.)
6- މާލޭ ހުކުރު މިސްކިތް ފޮތުގެ 389ވަނަ ޞަފުޙާ
މަހާނަގަލެއްގެ ލިޔުމެކެވެ.
“ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ބާވަންނަ އަހަރެތެރޭ އައްސުލްޠާނު އިބްރާހީމް އިސްކަންދަރު ރަންނަވަލޯކަ މަހާރަދުންގެ އޮނަވިހިވަނަ އަވެރު ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ބޮޑުމަނިކުފާނުން ބަޑުން އުފަން ދެއްވަދޫ ޚަޠީބު މަނިކުފާނުން، ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު ފުރައުއްތަވީކަމު ހަނދާން.”
(1152ހ. ވަނަ އަހަރު ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު، ދެއްވަދޫ ރަދުންނާއި “އެއްކިހުނުފަން” ބޮޑުމަނިކުފާނުގެ “ބަނޑުން އުފަން” ދެއްވަދޫ ޚަޠީބު މަނިކުފާނު ފުރައުއްތަވީ ކަމަށް އެނގުމުން، މިލިޔުމުގެ މަތީގައިވާ ނަމްބަރ 5،4،3،2ގައި ލިޔެފައިވާ ޢަލިޚަޠީބަކީ، މި މަހާނަގަލުގައި ލިޔެފައިވާ ދެއްވަދޫ ޚަޠީބު މަނިކުފާނު، ނުވަތަ ޢަލިޚަޠީބު ކަމަށް އެނގެއެވެ.)
މިހިސާބަށް އާދެވުމުން:
ހ- ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާއާއި، އަދި އެފޮތުގައި ލިޔެފައިވާ އެރަސްގެފާނުގެ ދައިތާއަކީ އެއް ބޭފުޅަކަށްވެ، އަދި މިބޭފުޅަކީ، މާލޭ ހުކުރު މިސްކިތް ފޮތުގެ 389ވަނަ ޞ.ގެ މަހާނަގަލުގައި ލިޔެފައިވާ ދެއްވަދޫ ރަދުންނާއި “އެއްކިހުނުފަން” ބޮޑުމަނިކުފާނަށްވީ އެވެ.
ށ- ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާއާއި، އަދި އެފޮތުގައި ލިޔެފައިވާ އެރަސްގެފާނުގެ ދައިތާއަކީ އެއް ބޭފުޅަކަށްވެ، މިބޭފުޅެއްގެ ދަރިކަލުން ޢަލިޚަޠީބަކީ، މާލޭ ހުކުރު މިސްކިތް ފޮތުގެ 389ވަނަ ޞ.ގެ “ބަނޑުން އުފަން” ދެއްވަދޫ ޚަޠީބު މަނިކުފާނަށްވީ އެވެ.
ނ- މާލޭ ހުކުރު މިސްކިތް ފޮތުގެ 389ވަނަ ޞ.ގެ މަހާނަގަލުގައި ލިޔެފައިވާ ދެއްވަދޫ ރަދުންނާއި “އެއްކިހުނުފަން” ބޮޑުމަނިކުފާނަކީ، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނަށްވީ އެވެ.
(ނުނިމޭ)
މަލާބާރުކަރަ
ކިޔާފައިވާ ޢަދަދު: 4971މޫސާ ޝަރީފް، ދުންފިނިގެ، ލ. މާވަށް
މި މަޒުމޫނުގައި އަޅުގަނޑު ބަލައިލައިފައިވާނީ އުތުރުކަރައިގެ މަލާބާރުގެ މައްޗަށެވެ. އެގޮތުން އުތުރުކަރައަކީ ކޮބައިކަމާއި، މަލާބާރު އައްސޭރި އަކީ ކޮބައިކަމާއި، މަލާބާރަކީ ކޮބައިކަމާއި، މަލާބާރީންނަކީ ކޮންބައެއްކަމުގެ މައްޗަށް ބަލައިލާފައިވާނެއެވެ. އަދި މަލާބާރުންނާއި ދިވެހިންނާއި އޮތް ގޮޅުމުގެ މައްޗަށްވެސް ބަލާލައިފައިވާނެއެވެ.
އޭރުގެ ފަތްފުށްތަކުން (6)
ކިޔާފައިވާ ޢަދަދު: 4133ފުރަތަމަ ޖުމްހޫރިއްޔަތުގެ ފެށުމާއި ނިމުން
އަޙްމަދު ޝަފީޤު
މިއީ، “ނޫރު” މަޖައްލާގެ ފުރަތަމަ ޢަދަދު (ޖެނުއަރީ 1992) ގައި ހ. ޝަފީޤުގޭ އަލްފާޟިލް އަޙްމަދު ޝަފީޤު ލިޔުއްވާފައިވާ ލިޔުމެކެވެ. އަޙްމަދު ޝަފީޤަކީ، ރާއްޖޭގެ ތާރީޚާބެހޭ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަޙްމަދު ޝަފީޤަށް ވަނީ، ދިވެހިރާއްޖޭގެ ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރުގެ ދިނުމުގެ އިނާމު 1980 ވަނަ އަހަރު، އަދިމިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު 1990 ވަނަ އަހަރު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) 2011 ލިބިވަޑައިގެންފައެވެ.
ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ޢާއިލާ
ކިޔާފައިވާ ޢަދަދު: 6512ޢަބުދުﷲ ޙިލްމީ
ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނަކީ، އައްޑުއަތޮޅު މީދޫ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ، އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ، މީދޫ ގެދަރު އާމިނާ މަނިކުފާނުގެ، ޢާއިޝާފާނުގެ، އައިސާބީގެދަރު ޚަދީޖާފާނު(ޚަދީޖާމަނިކެ)ގެ، ޢަލިމަނިކުފާނު(ހުޅުދޫ ރަހާ)ގެ، ޢީސާފުޅު ކަލޭގެފާނެވެ. ކަލޭގެފާނު ކަން ދެއްވުމުގެކުރިން އޭނާ މަޝްހޫރުވެފައި ވަނީ ގައުމާތުގޭ ޢީސާފުޅުގެ ނަމުންނެވެ.
އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު
ކިޔާފައިވާ ޢަދަދު: 6948ޢަބުދުﷲ ޙިލްމީ
ދިވެހިތާރީޚުގެ ކަޅު އަނދިރި ޞަފުޙާތަކެއްކަމަށްވާ ޕޯޗްގީޒު އަނދިރިއަނދިރީންގެ އަނިޔާވެރި ސަތާރަ އަހަރުގެތެރޭ ޙައްޤާއި ބާޠިލް އޮޅުވައިލައި މީސްތަކުންގެ ޢަޤީދާ އިތުރަށް ބަލިކަށިކޮށްލުމަށް މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔަ އެންމެބޮޑު ސަބަބަކީ އޭރު ރާއްޖޭގެ ޢިލްމީޙާލަތު އޮތް ގޮތެވެ. އެފަހަރުގެ ނުލަފާ ޖައްބާރު އަދި ބިރުވެރިކަމެއްގެތެރޭ އަނދިރިވެ، ވާނުވާ ނޭނގިފައިވާ ދިވެހި އިސްލާމީޖައްވަށް އަލިކަން ގެނެސްދެއްވުމަށް މަތިވެރި ﷲ މެދުވެރިކުރެއްވި ދިވެހިންގެފަޚުރުވެރި ބަޠަލުކަމަށްވާ ޣާޒީ ރަދުންގެ ރަސްކަމަށް ފެށުނުއިރު ރާއްޖެ ވެއްޓިފައި އޮތް ވަޅުގަނޑުގެ ފުންކަން ދިވެހިތާރީޚުގެ ޞަފުޙާތަކުން ރަނގަޅަށްއެނގެއެވެ.
ދިވެހި ތާރީޚުގެ ޞަފްޙާތަކުން
ކިޔާފައިވާ ޢަދަދު: 8040މަޑަވެލީ ޢަލީ ނަޞީރު
އަޅުގަނޑުގެ މި ބަޔާނުގައި ބަލައިލައިފައި މި ވަނީ، ސެޕްޓެމްބަރ 24، 2012 މިވަނަ ތާރީޚުގައި “ލިޔުންތެރިންގެ ގުޅުމަށް” އަޕްލޯޑް ކޮށްފައިވާ (އެ ސައިޓްގައި ޝާއިޢުކޮށްފައިވާ) “ވާދޫ ގައްދަޑު މަނިކުފާނު” މި ސުރުޚީގެ ދަށުން ޢަބްދުﷲ ޙިލްމީ ލިޔުއްވައިފައިވާ ލިޔުއްވުމަކަށެވެ.
ތާރީޚީ ފުލޯކު
ކިޔާފައިވާ ޢަދަދު: 5400މަޑަވެލީ ޢަލީ ނަސީރު
މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާވީއިރު، ރާއްޖޭގައި ހުރި އެންމެ ބޮޑު “އެދުރުގެ” ހުރީ މާލެއަތޮޅު ކާށިދޫގަ އެވެ. މިޒަމާނުގެ ގޮތުން ނަމަ އެއީ ޔުނިވަރުސިޓީ އެކެވެ. އެތަނުން ކިޔައިދެނީ ބުދުދީނެވެ. އިސްކޮށްތިބެނީ، ރަތްލާޖެހި ބޮޑެތި ހާމުދުރުންނެވެ. އެއީ އެދީނުގެ ދަންނަބޭކަލުންނެވެ. ނުވަތަ ފިލޯސަފަރުންނެވެ.