ޙާޖީ ބަންޑާރައިންގެ ޚިދުމަތްތެރި ޢާއިލާ އިން ….(2)

ކިޔާފައިވާ ޢަދަދު: 17693
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ފާމުލަދޭރި ކިލެގެފާނު (ދެވަނަ ބައި)

ޢަބުދުﷲ ޙިލްމީ
 
(15 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ)
 
ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ. “ބުނެވޭގޮތުގައި ކޮނޑޭ ޢަލިމަނިކުފާނަކީ ޝާހީވަންތަކަން ގަދަ ބާރާ ނުފޫޛު ހުރި ޝަޚުޞިއްޔަތެކެވެ. ކަޑިބަޑީގެ ހެވިކަމަށް އަރާހުންނެވި ބޭފުޅެކެވެ. އޭނާގެ ދަރިކޮޅަށް ހުވަދުއަތޮޅުގެ ވަރަށްގިނަ ރަށްރަށް ވަޤުފު ކުރެވިފައި ހުއްޓެވެ.” 
ކޮނޑޭ ޢަލިމަނިކުފާނު، ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާ ދީދީ އާއި ކައިވެނިކުރައްވައި ދެ ބޭފުޅުން (ދޮންދީދީ އާއި މުޙައްމަދު ދީދީ ނުވަތަ ތުއްކަލާ ދީދީ) ލިބިވަޑައިގަތް ފަހުން ޢާއިޝާ ދީދީގެ ބައްޕަ ފާމުލަދޭރި ކިލެގެފާނުގެ އެދިވަޑައިގަތުމަކަށް ޢަލިމަނިކުފާނު، ޢާއިޝާ ދީދީ  ވަރިކުރެއްވި އެވެ.

ޙާޖީބަންޑާރައިންގެ ޚިދުމަތްތެރި ޢާއިލާ އިން……….(1)

ކިޔާފައިވާ ޢަދަދު: 5707
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ފާމުލަދޭރި ކިލެގެފާނު (ފުރަތަމަ ބައި)

ޢަބުދުﷲ ޙިލްމީ
ދިވެހީންގެ ތާރީޚަށްޓަކައި ލިޔަންޖެހޭ އެއްޗެއް ދިވެހީން ނުލިޔާނަމަ ދެން ލިޔާނީ ކޮން ބަޔެއްތޯއެވެ؟ އިބުނު ބަޠޫޠާ އާއި ޕިރާޑު ކަހަލަ ބޭރުގެ ބޭފުޅުންތޯއެވެ؟ މިއީ އެ ދުވަހެއްނޫނެވެ. ނިމިދިޔަ ޖީލުތަކުން ލިޔަންޖެހި ނުލިޔެވި ހަނދާނުގައި ހުރި ގިނަކަންކަމާ އެކު ޖީލަކަށްފަހު ޖީލެއް ދުނިޔެ ދޫކޮށްފި އެވެ. ދިވެހީންގެ ތާރީޚަށްޓަކައި ލިޔަންޖެހޭ އެ ޖީލުތަކުގެ ގިނަ ޚިދުމަތްތައް ނުލިޔެވުނީ ލިޔަންޖެހޭ ބަޔަކަށް ލިޔެވޭނޭ ވަސީލަތް މަދުވުމުންނެވެ.

ހުޅުލޭ އެއަރޕޯޓް: ރައްޔިތުން ގުޅިގެން ކުރި ޤައުމީ، އިޖުތިމާޢީ މަސައްކަތުގެ ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 9082
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު 

ދިވެހީންނާއި މަތިންދާ ބޯޓު:

1939ގައި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން އޭގެ އަސަރު އެތެރިވަރިއަށް ކުރަން ފެށުމުގެ ކުރިން މަތިންދާ ބޯޓުގެ ވާހަކަ ގިނަ ދިވެހިން އަޑެއް ވެސް ނާހައެވެ. ރާއްޖޭން ބޭރަށް ދިޔުމުގެ ފުރުޞަތު ލިބިފައިވި މަދު ބަޔަކަށް އެއީ ޖެހިލުންވާ އެއްޗަކަށް ނުވިޔަސް ގިނަ ދިވެހިންނަށް މަތިންދާ ބޯޓުގެ ވާހަކަ ވީ ބިރުން ފިތްކެނޑޭފަދަ ނުރައްކާތެރި ޚަބަރަކަށެވެ.

މި “ދީބު” ބިނާކުރެވޭނީ، ދީވީންގެ މަސައްކަތުން! (1)

ކިޔާފައިވާ ޢަދަދު: 6140
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަޞީރު
ޤައުމަކީ، އެންމެންގެ ވެސް ޤައުމެވެ. ޤައުމު ތަރައްޤީކުރެވެނީ، އެންމެންގެ އެހީތެރިކަން ލިބިގެންނެވެ. މާޒީއަށް ރިޢާޔަތް ކުރުމަކީ، ނުހަނު ބޭނުންތެރި ކަމެއްކަން ކަށަވަރެވެ.    
                      
(ޒަމާނުއްސުރެ ޤާއިމުކުރެވިފައިވާ ބައެއް އުޞޫލުތައް، ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވޭ: 30، 31 އޮގަސްޓް 2012 ޚާއްޞަ ރިޕޯޓް)
ޤައުމު ބިނާކުރުމުގެ އަޞްލު ފެށެނީ މާޒީގެތެރެއިންނެވެ. މާޒީއަށް ރިޢާޔަތް ނުކޮށް މުސްތަޤްބަލް ބިނާކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ، ފަށުވި ފޭރާމެއްގައި ކަށިބުރު ޖަންގައްޔެއްގައި ހިނގައިއުޅުމާ އެއްފަދަ ކަމެކެވެ.

ގިލްގާމިޝްގެ ދާސްތާން

ކިޔާފައިވާ ޢަދަދު: 3827
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަލްއުސްތާޛު އަޙުމަދު މާޖިދު
ގިލްގާމިޝްގެ ދާސްތާނަކީ ޤަދީމީ ސޫމާރާއި އައްކާދުގެ އަދަބީ ސަގާފަތުގެ ތެރެއިން އަޅުގަނޑުމެންނާ ހަމަޔަށް ވާސިލުވެފައިވާ އެންމެ މަޝްހޫރު ވާހަކައެވެ. އަދަބިއްޔާތުގެ ތާރީޚު ދިރާސާކުރައްވާ ޢިލްމުވެރީންގެ ނަޒަރުގައި މި ދާސްތާނުގެ އަޞްލަކީ ޤަދީމީ ޒަމާނުގައި ސޫމާރީންގެ ތެރޭގައި އުޅުއްވި ރަސްކަލެއް ކަމުގައިވާ ގިލްގާމިޝްގެ ޙަޔާތްޕުޅާ ގުޅުވައިގެން ކިޔެމުންދިޔަ ޙަޤީޤީ ވާހަކަތަކެކެވެ.

ފުވައްމުލަކުގެ ޢިލްމީ އުދަރެހުން….. (2)

ކިޔާފައިވާ ޢަދަދު: 17267
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު ޖަމާލުއްދީން (ނާއިބު ތުއްތު)

ޢަބުދުﷲ ޙިލްމީ
ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތުއަކީ މުސްލިމެއްގެކިބައިގައި ހުންނަންޖެހޭ “ގޮތާއި ފޮތާއި” ދުނިޔެވީ މުހުތާދަށްޓަކައި ބޮލާލައި ޖައްސަވައި ދޫކޮށްލެއްވި ބޭފުޅެއްނޫނެވެ. އޭނާއަކީ ހަރުދަނާ ދީނީ ބިންގަލެއްގެ މަތީ ފުރިހަމައަށް ސާބިޘުވެހުންނެވި ޢަޒުމް ވަރުގަދަބޭފުޅެކެވެ. ޙައްޤުގެމަގުގައި އޭނާގެ ބަސްފުޅާއި އޭނާގެ ގޮތަކީ އިރުވައިގެ ވަހުތާނެއްހެން އެކި އިރު އެކި ދިމާލަށް އެނބުރެމުން ބަދަލުވަމުން ދިޔަ އެއްޗެއްނޫނެވެ.

ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުން (3)

ކިޔާފައިވާ ޢަދަދު: 6585
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(30 އޮގަސްޓް 2012)ބުރާސްފަތި) ގުޅޭ)
ކުރީގެ ބަޔާނެއްގައި ލިޔެފައިވާނެ ފަދައިން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގައި މަސައްކަތްކުރަން އަޅުގަނޑު ފެއްޓީ 2005 ވަނަ އަހަރު އެވެ. އެ އަހަރު ނިމެންދެން މަސައްކަތްކުރީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް (ކ.ގުރައިދޫ) ގަ އެވެ. 2006 ވަނަ އަހަރު ޖަނަވަރީން މަހުން ފެށިގެން މިނިސްޓްރީ (މާލޭ) ގަ އެވެ.

ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުން (2)

ކިޔާފައިވާ ޢަދަދު: 5788
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
 
ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ބޭސްފަރުވާގެ ހިލޭ އެހީ އާއި، ބެހޭގޮތުން ދެތިންބަޔާނެއް މި ސައިޓުގެ ކިޔުންތެރީނަށް އަޅުގަނޑު ވާނީ ހުށަހަޅާފަ އެވެ. ބައެއް ބަޔާންތައް ލިޔުންތެރިޔާގެ ގުޅުމުގެ ފަރާތުން ނެރުއްވާ މަޖައްލާ “ލިޔުންތެރިޔާ” ގައި ޝާއިޢުކުރައްވާނެކަމުގެ ހެޔޮޚަބަރު ސައިޓްގެ ފަރާތުންވަނީ، ދެއްވާފަ އެވެ. އަޅުގަނޑަށްވެސް ހިތްވަރާއެކު، ކުރިއަށް މިގެންދެވެނީ “ސައިޓުންނާއި، މަޖައްލާއިން ލިބޭ ހިތްވަރުން ނެވެ. 

ދިވެހި ސަރުކާރުން ތައްޔާރުކުރި “ބަންދަލް މުޚްތާރު”

ކިޔާފައިވާ ޢަދަދު: 7904
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ނިއޯނޭޓަލް ޓެޓްނަސް”

ޢަބުދުﷲ ޙިލްމީ
“ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު ވިދާޅުވެފައިވަނީ “ބަންދަލް މުޚްތާރަށް ހަދައިލީމާ ފީ އާރޮހެއްކަމަކު ވިކިދާނެ”އެވެ. “ބަންދަލް މުޚްތާރު” މިއީ އޭގެޒާތަށް އޭގެ ބޭނުމަށް ބަލާނަމަ ވަކި މިވެނި އެއްޗެއްނޫނެވެ. ނަމެކެވެ. އޭގެ އަޞްލު ނުގެއްލޭގޮތަށް އެއްޗަކަށް ކުރާ ކަމެއްގެ ނަމެކެވެ. އެއްޗަކަށްގެންނަ ބޭނުންތެރި ކުޑަ ބަދަލެއްގެ ނަމެކެވެ. ކޮންމެ އެއްޗެއްވެސް ބަންދަލް މުޚްތާރަށް ހަދައިލެވިދާނެއެވެ.

ވެލާނާގޭ އިބްރާހިމް ނާޞިރަކީ ޤައުމީ ބަޠަލެއް

ކިޔާފައިވާ ޢަދަދު: 9905
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 މަޑަވެލީ ޢަލީ ނަސީރު
މީލާދީން 1958 ން 1962 ގެ ދުވަސްވަރަކީ ދެކުނުގެ ބަޣާވާތުގެ ދުވަސްވަރެވެ. (އެދުވަސްވަރަކީ، މުއާޞަލާތުގެ ގޮތުން ވަރަށް ފަޤީރު ދުވަސްވަރެކެވެ.) ބޮޑުވަޒީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) ފުރަތަމަ ފަހަރަށް ހުވަދުއަތޮޅަށް ވަޑައިގަތީ “މޯލްޑިވް ސްޓާރ” ގަ އެވެ. އެއީ 1959މ. ވަނަ އަހަރެވެ.