އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (1)

ކިޔާފައިވާ ޢަދަދު: 7838
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
ތާރީޚުގައި ލިޔެވެންޖެހޭނީ ހިނގި ކަމެކެވެ. ހިނގާނޭ ކަމެއްނޫނެވެ. ތާރީޚަކީ ވަރަށްބޮޑު އަމާނާތެކެވެ. އެއަށް ރައްކައުތެރިވުން ލާޒިމް އެއްޗެކެވެ. ހިނގި ކަމެއް ކުރިމީހަކު ނެތި، ދުށްމީހަކު ނެތި، ދެނެހުރި މީހަކު ނެތި، ޔޯލަކޮށް ބަޔަކު ދެއްކި ނުއުފަންނަ ނުހައްދަވާ ކަމެއްގެ ވާހަކަ އޭގެ އެތައްއަހަރެއްގެ ފަހުން ތާރީޚީ ކަމެއްގެ ގޮތަށް އުފަންކުރުވަން އުޅެގެން ނުވާނެއެވެ. ތާރީޚުގައި ފާހަނގަކުރަންޖެހޭ ކަމެއް ހާމަކުރަންވާނީ އެކަމެއް ހިނގި ގޮތަށެވެ. ތިމާ ނުވަތަ ތިމާގެ ގާތްފަރާތެއްގެ މަޞްލަޙަތު އޮވެގެން ވިޔަސް ހިނގާފައިވާ ތާރީޚީކަމެއް ހިނގިގޮތަށް ނޫން ގޮތަކަށް ދުލުން ނުވަތަ ޤަލަމުންވިޔަސް ބަޔާންކުރުމަކީ ދޮގު ހެދުމުގެ އިތުރަށް ތާރީޚީ ވަރަށްބޮޑު ޖަރީމާއެކެވެ.

ފަންވަތު ޖެހުން ނުވަތަ ނަމާދު ހާޒިރީ

ކިޔާފައިވާ ޢަދަދު: 7639
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
“ފަންވަތު ޖެހުން” މި ލަފުޒުގެ މާނަޔަކީ “މާލޭގައި ތަސައްރަފު ފުދިފައިތިބި އެންމެހައި ފިރިހެނުން، މިރަށުގައި (މާލޭގައި) ހުރި 34 * މިސްކިތުގެ މައްޗަށް ބަހައިލައިގެން އެ މިސްކިތަކަށްވީ ބަޔަކު ލިޔެގެން އެ މިސްކިތަކަށް ނަމާދަށް ދާން އެންގުމެވެ.” (1) މިއީ، އަލްފާޟިލް މުޙައްމަދު އިސްމާޢީލް ދީދީ (ހ.މީރުބަހުރުގެ) މީގެ 45 އަހަރު ކުރިން، ފަންވަތު ޖެހުން މާނަ ކުރައްވާފައިވާ ގޮތެވެ.

ފަންސަތިރީސް އަހަރު ފަސް

ކިޔާފައިވާ ޢަދަދު: 6674
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު

އާދެ! ހަތަރުފަރާތުން ކަނޑުއޮތް “ހިކިފަސްބިން” ކުޑަ އެރަށަށް، އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ ގުޅީތުއްތުމަނިކު އާއެކު 1977މ.ވަނަ އަހަރު އެވެ. (އޭނާއަކީ، އަލްމަރްޙޫމް ޢަބްދުލްޙަކީމު ޙުސައިންމަނިގެ އަނބިކަނބަލުންގެ ބޭބެ އެވެ.) ބިންހިއްކައިގެން ވެސް ބިން ބޮޑުކުރެވެން ނެތް އެ ރަށަކީ، ހަނަފަސްވެލީގެ ރަށެކެވެ. ރަށުތެރޭގެ ވެލިގަނޑު ހަރަކާތްކުރަނީ ވަޔާއެކު “ދެއްސަޅަށް” ފަހި ކޮށެވެ. ރަށުގެ އާބާދީގެ ކުޑަކަމާއެކު އިޤްތިޞާދީ، ތިޖާރީ، ތަޢުލީމީ އަދި ޢިމްރާނީ ދުޅަހެއުކަަން އެހާބޮޑަށް ފައްކާވެފައި ނުވިކަމަށް ވިއަސް އެ ރަށުގެ “ހުކުރުމިސްކިތް” ވަރަށް ތަނަވަސްކަމުގައި ދަންނަވަން ޖެހެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ހާދިސާއަށް ބަހަވީ ނަޒަރަކުން ކަޅިއެއް

ކިޔާފައިވާ ޢަދަދު: 7399
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިޔާޒު ނަސީމް
ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާންދީން ގަބޫލު ކުރި ކުރުމަކީ ދިވެހި ތާރީހުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. އެއީ ދިވެހި ތާރީހުގައި ހިނގާފައިވާ އެންމެ މުހިއްމު އެއް ހާދިސާއެވެ. އެހެން ކަމުން މި ހާދިސާއާ ބެހޭ ގޮތުން ތަފާތު އެކިއެކި ދިރާސީ އުސްލޫބުތައް ބޭނުން ކޮށްގެން ދިރާސާކޮށް ބަލައި ހޯދުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.

އުފެއްދުންތެރިކަމައި ޞިނާޢީ އިންޤިލާބު (3)

ކިޔާފައިވާ ޢަދަދު: 4347
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަތުޙުﷲ އަޙުމަދު
(18 އޭޕްރިލް 2012 (ބުދަ) އާ ގުޅޭ)
ސްޓީމް އިންޖީނަށް އެޅުމަށް ބޭނުންވާ ތެޔޮ އުފެއްދުމުގެ މަސައްކަތްތަކުގެ ތެރެއިން ވިލިއަމް މަޑޯޗްއަށް ގޭސް އުފެއްދުނުކަމަށް ސްޓްރީމް ޕީޓަރ އެން. (1998) ބަޔާންކުރައްވައެވެ. މި ގޮތުން، 1812 ގައި ދުނިޔޭގައި އުފެއްދުނު ގޭސް އުފައްދާ ޔުޓިލިޓީ މަރުކަޒު ލަންޑަނުގައި ޤާއިމުކުރެވުނެވެ. މިކަމުގެ ސަބަބުން ރޭގަނޑު މަސައްކަތްކުރުމުގެ ވައްޓަފާޅި ތަޢާރަފްވެ މަސައްކަތްތެރިކަމަށް އިތުރު ކުރިއެރުމެއް ލިބުނެވެ.

ދަރަވަންދޫ އާއި ސަގާފަތް

ކިޔާފައިވާ ޢަދަދު: 5528
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ބ.ދަރަވަންދުއަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ފަސް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި މިރަށަކީ ބ.އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫން އަތޮޅުވެރިކަން ބަދަލު ކުރީ، 4 ޖޫން 1962 ގައި ރައީސް އިބްރާހީމް ނާޞިިރުގެ ވެރިކަމުގައި އޭދަފުއްޓަށެވެ. އާބާދީގައި 1003  މީހުން ދިރިއުޅޭ މިރަށް އޮންނަނީ އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަގަށް ހަނި ދިގުކޮށް އޮންނަ ރަށެއްގެ ގޮތުގައެވެ. 

ތެލި ތަށި އޮޔާ ދިއުން ހުއްޓި، މަގުފާރު އުސްވެގެން ދިޔަ ގޮތް ހޯދުން

ކިޔާފައިވާ ޢަދަދު: 4343
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. މުޙައްމަދު ރަޝީދު
ޚިޔާލަށް ގެނެސްބަލާށެވެ. ނިކަން އެއްފަރާތަކަށް ޖެހިލައި އިނދެ ވިސްނައިލަ ބަލާށެވެ. މިވެނިތަނެއް ނެތް ހިނދެއް ދިޔަހެއްޔެވެ؟ މިވެނި ކަމެއް ނުހިނގާ ހިނދެއް ދިޔަ ހެއްޔެވެ؟ ރަށުގެ އެންމެން، އެންމެ ބޮޑަށް އަޅައިގަންނަ އެއްތަނުގެ މަތިން ހިތަށް އަރުވައިލަ ބަލާށެވެ. އެއީ ބޮޑު މިސްކިތް ހެއްޔެވެ؟ ބޮޑު މަދަރުސާ ހެއްޔެވެ؟ ބޮޑު ކާނިގަސް ނުވަތަ ނިކަ ގަސް ހެއްޔެވެ؟ އެ މިސްކިތް ނެތް އިރު، އެ މަދަރުސާ ނުއަޅާ އިރު އަދި އެގަސް ނުފޯދޭއިރު ކަން އޮތީ ކިހިނަކުން ހެއްޔެވެ؟ އެއިރު އަހަރެމެން ކޮބައި ހެއްޔެވެ؟ އަހަރެން ކޮބައި ހެއްޔެވެ؟

އުފެއްދުންތެރިކަމާއި ޞިނާޢީ އިންޤިލާބު (1)

ކިޔާފައިވާ ޢަދަދު: 4206
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙުމަދު

ފެށުން

އިންސާނީ ނަސްލު ދުނިޔޭގައި އާބާދުވީފަހުން މިއަދާހަމައަށް ދުނިޔެއަށް މި ވަނީބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އުފެއްދުންތެރިކަމާއި މާއްދީ ގޮތުންނާއި ފަލްސަފީގޮތުން ވެސް އިންސާނުން މި ވަނީ އެތައް ކަންތައްތަކެއް ތަޖްރިބާކޮށްފައެވެ. އިންސާނީ ނަސްލަށް އަދާ ހަމައަށް ވާޞިލުވެވުނުއިރު، ދުނިޔެ މި ވަނީ އެތައް ބަދަލުތަކަކާއި އިންޤިލާބީ ހަރުފަތްތަކެއް ކަޑައްތުކޮށްފައެވެ.

ހަނދާނަށް އައީ މާވަށުގައި ކުރިން ކައްކައި އުޅުނު ބޮޑު މައުލޫދެވެ.

ކިޔާފައިވާ ޢަދަދު: 9098
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ތަޢާރުފު:

ދިވެހީންނަކީ އިޖްތިމާޢި ދިރިއުޅުމެއް އުޅެމުން އައި ވަރަށް އެކުވެރި އިޖުތިމާޢީ ބަޔެކެވެ. މަވެތިކަން ނެތް، އިޖުތިމާޢީ ގުޅުމަށް މަސައްކަތް ކުރި ބަޔެކެވެ. މި ގޮތުގެ މަތީން އިޖުތިމާޢީ ރޫޙު އާލާކުރުމަށްޓަކައި ދާދިފަހަކާ ޖެހެންދެން ރާއްޖޭގެ ރަށްރަށުގައި (ގިނަ ރަށްރަށުގައި) ބޭއްވި އެއް ޙަރަކާތަކީ ބޮޑުމާލޫދު ކެއްކުމެވެ.

އެކެފަރު ބޯޓު (އެމް.އެސް.ތާލަތާ) M.S.THALATTA

ކިޔާފައިވާ ޢަދަދު: 7254
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މަޑަވެލީ ޢަލީ ނަސީރު
ހުވަދު އަތޮޅު އިރުއުރުތު ފަރަކީ، ކުރީޒަމާނުގައި ވަރަށްގިނަ ނާފަރު އުރިފައިވާ ފަރެކެވެ. މަޝްހޫރު އަނދިރިއަނދިރީންގެ ބައްޕަ ދަތުރުކުރި ނަވާއި، ރިޔާލަ ނަވާއި، އަދިވެސް ކިތަންމެ ނަވެއް އެ ފަރަށް އުރިފައިވެ އެވެ. އަދި މީގެއިތުރަށް، ކާނޑެއްދުވާއި، ކެރަމިންތާ ދިމާއިން، ފުއްޓަރު ފަރާތު ފަރަށް ވެސް ނާފަހަރު އުރިފައިވެ އެވެ.