ހަމައެކަނި ވިދާޅުވެލެއްވުމަށް: ނާޞިރު ރައީސްކަމުން ދުރުވެވަޑައިގަތީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 679
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(ނޯޓު: މި ލިޔުން ނަކަލުކޮށްފައި މިވަނީ، މަޝްހޫރު ހަފުތާ ނޫސް ”ހަފްތާ” ގެ 23 މާރިޗު 1979 ގެ އަދަދުންނެވެ.) ދިވެހިރާއްޖޭގެ ކުރީގެ رئيس الجمهورية الفاضل إبراهيم ناصر ރާއްޖޭގެ رئيسކަމުގައި ވިހި އަހަރަށްވުރެ ގިނަ ދުވަހު ހުންނަވާފައި ކުއްލިއަކަށް رئيس ކަމުން ދުރުވެވަޑައިގަންނަވަން خيال ކުރެއްވީ ކީއްވެތޯއެވެ؟ [ނޯޓް: އެ މަނިކުފާނު ރައީސްކަން ކުރެއްވީ ދިހަ އަހަރުއެވެ. އޭގެ ކުރިން، 11 ވަރަކަށް އަހަރުވަންދެން ދިވެހިރާއްޖޭގެ ސަރުކާރު ހިންގެވީ ބޮޑުވަޒީރެއްގެ މަގާމުގައި ހުންނަވައިގެންނެވެ. އެޑިޓަރު.] …

އެންޖަލް ފަންޑު

ކިޔާފައިވާ ޢަދަދު: 362
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެންޖަލް ފަންޑަކީ އަލަށް ވިޔަފާރި ފެށުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ. އެންޖަލް ފަންޑުގެ ފުރަތަމަ މަރުހަލާގައި ރަނގަޅަށް ގާއިމުވެފައިވާ ވިޔަފާރިތަކުގެ އަމިއްލަ ވިޔަފާރިވެރިން އެމީހުންގެ އަމިއްލަ ފައިސާ ފޯރުކޮށްދެއެވެ. އެންޖަލް އިންވެސްޓަރުންނަކީ އާންމުގޮތެއްގައި ތަނަވަސް މީހުންނެވެ. ބޮޑެތި ރިސްކް އެކުލެވޭ ކަންކަމަށް އާންމުގޮތެއްގައި އެމީހުންގެ އަމިއްލަ ރައުސްމާލާއި، އަދި ވިޔަފާރިއަށް ބޭނުންވާ ހުނަރު ފޯރުކޮށްދެއެވެ. އަދި ވެންޗަރ ބިޒްނަސްގެ ފުރަތަމަ މަރުހަލާގައި ބަދަލެއްގެ ގޮތުގައި ވިޔަފާރީގެ ހިއްސާ އެފަރާތްތަކަށް ލިބެއެވެ. ވަކިވަކި ފަރުދުން، ނެޓްވޯކް…

މިއަދަކީ، މިއަހަރުގެ ދިވެހިބަހުގެ ދުވަހެވެ.

ކިޔާފައިވާ ޢަދަދު: 700
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

[ގައުމީ އެއްބައިވަންތަކަމަށް ޓަކައި – އެންމެންގެ ސަމާލުކަން ދިވެހިބަހަށް] މިއަދަކީ، މިއަހަރުގެ ދިވެހިބަހުގެ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ދިވެހިބަހުގެ ދުވަހެއް ފާހަގަ ކުރަންފެށުނީ، 2012 ވަނަ އަހަރު އެވެ. އެ އަހަރުގެ އެޕުރީލު މަހުގެ 14 ވަނަ ދުވަހުއެވެ. ދިވެހިބަހުގެ ދުވަސް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވުމަށް ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީން ނިންމެވި ނިންމެވުމަކާ ގުޅިގެންނެވެ. ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައި، އެޕުރީލު 14 ވަނަ…

ދުނިޔޭގެ އެންމެ އަގު ބޮޑު ސިޓީ

ކިޔާފައިވާ ޢަދަދު: 633
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުނިޔޭގެ އެކި ތަންތަނުގެ ދިރިއުޅުމުގެ ޚަރަދުގައި ވަރަށް ބޮޑު ތަފާތު ތަކެއް ހުރެއެވެ. މިގޮތުން ދުނިޔޭގެ އެންމެ އަގު ބޮޑު ސިޓީއެއްގެ ދަރަޖަ މިހާރު ލިބިފައިވަނީ ސިންގަޕޫރަށެވެ. ދަ އިކޮނޮމިކް އިންޓެލިޖަންސް ޔުނިޓް (އީ.އައި.ޔޫ) އިން ތަރުތީބުކޮށްފައިވާ އަގު ލިސްޓުން އެއްވަނަ ލިބެނީ ސިންގަޕޫރަށެވެ.  ދެން އެންމެ އަގު ބޮޑު ސަހަރުތަކުގެ ގޮތުގައި ހިމެނެނީ ޒިޔުރިކް، ހޮންކޮންގ، ޖެނީވާ އަދި ޕެރިހެވެ. ޚިދުމަތާއި އަދި ތަކެތީގެ ބާސްކެޓްގައި 133 ސަހަރު ހިމެނޭ ލިސްޓްގެ ހަވަނަ ލަންޑަން ހިމެނޭއިރު،…

ލަންޑަނުގެ މަޝްހޫރު ކޮފީ އިސްޓޯރު: ކާމިޔާބާއެކު ކުރިޔަށް!

ކިޔާފައިވާ ޢަދަދު: 581
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލަންޑަންގެ މެދުގައި ހުންނަ އަލްޖީރިޔާގެ ކޮފީ ސްޓޯރު ސޯހޯ އަކީ، 1887 ވަނަ އަހަރުން ފެށިގެން އެކަކުގެ އަނގައިން އަނެކާއާ ހިސާބަށް އަނގަ ބަހުން ނަގުލުވެގެންގޮސް މަގުބޫލުކަން ހޯދައިފައިވާ ކޮފީ ޝޮޕެކެވެ. މިއީ ލަންޑަންގައި އެންމެ ވަރުގަދަޔަށް ހިނގާ އެއް ޝޮޕެވެ. ކުންފުނީގެ އެއް ޑައިރެކްޓަރުކަމަށްވާ މަރީސާ ކްރޮސީޓާ، (36އ) ވިދާޅުވީ [މިއީ، 1948 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ އާއިލީ ވިޔަފާރިއެއް. އަދި އަހުރެމެން ޙަޤީޤަތުގައި އިޝްތިހާރެއް ނުކުރަން]. އަދި އޭނާ އިތުރަށް ވިދާޅުވީ…

ވެންޗަރ ކެޕިޓަލަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 785
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވެންޗަރ ކެޕިޓަލް (ވީސީ) އަކީ، އައު ބާވަތްތަކުގެ ވިޔަފާރި ނުވަތަ އައު ޚިޔާލުތަކަށާއި އުފެއްދުންތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރާ ގޮތެކެވެ. ނުވަތަ ވަސީލަތެކެވެ. ވެންޗަރ ކެޕިޓަލް ވިޔަފާރިއަށް ފައިސާ ހޯދުމަށް ބޭނުންކުރާ އިންޓަރމީޑިއަރީ ނުވަތަ މެދުވެރިއަކީ ކެޕިޓަލް ފޯރުކޮށްދޭ އިންވެސްޓަރުންނާއި ޕޯރޓްފޯލިއޯ ކުންފުނިތަކާއި ދެމެދުކުރާ ސީދާ މުޢާމަލާތްތަކެވެ. މިބާވަތުގެ ފަންޑު ބައްޓަންކޮށް އޮނިގަނޑު ހަދާފައިވަނީ ލިމިޓެޑް ޕާރޓްނަރޝިޕްގެ ގޮތުގައެވެ. އަދި އެ ކުންފުނީގައި އާންމު ބައިވެރި (ޖެނެރަލް ޕާރޓްނަރ) އަކާއި އިންވެސްޓަރުންގެ މައްޗަށް ހިމެނޭ ލިމިޓެޑް…

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު

ކިޔާފައިވާ ޢަދަދު: 553
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
  
އެއްކޮށް ތައްޔާރުކުރީ: ޢަބްދުﷲ ޞާދިޤް
 
 (24 ފެބްރުއަރީ 2016 ގައި ޝާއިޢު ކުރި ބަޔާ ގުޅޭ)
 
(ށ) އަދަބީ ދަތުރުނާމާ
މިއީ ލިޔުންތެރިކަމުގެ ތެރެއިން ހިމެނޭ ދަތުރުނާމާއެވެ. މިބާވަތުގެ ދަތުރުނާމާގައި ލިޔުމުގެ ރަހަ ރަނގަޅުކޮށް ކިޔާމީހާގެ ޝައުޤުވެރިކަން އަތުލައިގަތުމަށް މަސައްކަތްކުރާނެއެވެ. މިބާވަތުގެ ދަތުރުނާމާތަކުގެ ތެރޭގައި ގަދީމީ ގުރީކުގެ މަޝްހޫރު ޅެންވެރިޔާ ހޯމާރގެ “އޮޑިސީ” އާއި މަޝްހޫރު އިނގިރޭސި އަދީބު ޖޯސެފް ކޮންރާޑް ލިޔުއްވި “ހާޓް އޮފް ޑާރކްނެސް” ފާހަގަކުރެވެއެވެ.
 

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު

ކިޔާފައިވާ ޢަދަދު: 517
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެއްކޮށް ތައްޔާރުކުރީ: ޢަބްދުﷲ ޞާދިޤް

އިސްބަސް

މި ފޮތަކީ އަޅުގަނޑުގެ އެކުވެރި އަލްފާޟިލް އިބްރާހީމް ވަޙީދު މާތޮޑާ(މާތޮޑާ ވަޙީދު) ގެ ދަތުރުނާމާއެއްގެ މައްޗަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

އަލްފާޟިލް އިބްރާހީމް ވަޙީދަކީ ދަތުރުނާމާ ލިޔުއްވުމަށް ވަރަށް ޝައުޤުވެރިވެލައްވާ ބޭކަލެކެވެ. މި ދަތުރުގެ ނޯޓުތައް އޭނާ އެއްކުރައްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އެހެން ކަމުން މި ދަތުރުނާމާ ލިޔުމުގައި އަޅުގަނޑަށް ވަރަށް ފަސޭހަވިއެވެ. މި ދަތުރުނާމާ އަޅުގަނޑު އެއްކޮށްލީ 1974 ވަނަ އަހަރުގެ ތެރޭގައެވެ.

ފަރުވާތެރިކަމާއެކު އިޝްތިހާރުކުރުން

ކިޔާފައިވާ ޢަދަދު: 626
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އިބްރާހީމް ސަލީމް
އިންވެސްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮނޑުވުމަކީ އަބަދުވެސް ވިޔަފާރިން ލިބޭ އާމްދަނީ އިތުރުކުރުމެވެ. މިސަބަބަށްޓަކައި ވިޔަފާރި ހިންގާ ފަރާތްތަކުން އެފަރާތްތަކުގެ އަހަރީ އާމްދަނީ (ރެވެނިޔު) އަހަރުން އަހަރަށް އިތުރުކުރުމަށް  ތަފާތު ސްޓްރެޓެޖީތައް ބޭނުންކުރެއެވެ. މައިގަނޑު ގޮތެއްގައި ކުންފުނިތަކުން  އައު ޕްރޮޑަކްޓްތައް ތަޢާރަފުކޮށް ޕްރޮޑަކްޓް ލައިން އިތުރުކުރެއެވެ. އަދި ފަހުން އުފައްދާ ޕްރޮޑަކްޓަށް ޚާއްޞަ ސިފަތަކެއް (ފީޗަރސް) ތަޢާރަފުކޮށް ވިޔަފާރީގެ ވާދަވެރިންގެ މައްޗަށް ކުރި ހޯދުމަށް ކެނޑި ނޭޅި މަސައްކަތްކުރެއެވެ.

މަޢުލޫމާތު ހޯދުމުގެ ޝައުޤާއި ހިތްވަރު ލިބިގަތުން

ކިޔާފައިވާ ޢަދަދު: 528
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ދިވެހިރާއްޖޭގައިވަނީ ކަށަވަރުވެފައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ  29 ވަނަ މާއްދާގައި ވަނީ “އުނގެނުމާއި، އުނގަންނައި ދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.” މިފަދައިންނެވެ. މި ޙައްޤު ކަށަވަރުކޮށްދިނުމަށްޓަކައި 2014 ވަނަ އަހަރު ތަޞްދީޤުކުރެވުނު “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު”ން މިކަން ވަނީ ތަފްޞީލުކޮށްދީފައެވެ. މިކަން ތަންފީޛުކުރުމަށްޓަކައި ދައުލަތުގެ އިދާރާއެއްވެސް ވަނީ އުފައްދަވައިފައެވެ.