ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށް ބޭރުގެ މާރކެޓަށް ހުޅުވައިލުން

ކިޔާފައިވާ ޢަދަދު: 763
އިބްރާހީމް ސަލީމް
ހިއްސާގެ ބާޒާރުގައި ލިސްޓް ކުރުމުން ކުންފުނިތަކުގެ ވަރަށް ގިނަ އަމާޒަށް ވާޞިލުވުމުގައި އެހީތެރިވެދެއެވެ. މިގޮތުން ކުންފުނި އިތުރަށް ހެދިބޮޑުވުމަށް މަގުތަނަވަސް ވެގެންދާއިރު، އެކުއެކީގައި ކުންފުންޏަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި ކުންފުނީގެ ޕްރޮފައިލާއި ލިކުއިޑިޓީ (މުދާ ފައިސާއަށް ބަދަލުކުރުމުގެ ޤާބިލުކަން) ރަނގަޅުވުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުންފުނީގެ އެތެރޭގެ ހިންގުން  ހަރުދަނާވުމާއި، ރެގިޔުލޭޓްކޮށް ބަލަހައްޓާ ބާޒާރެއްގެ އޮނިގަނޑަށް ކުންފުނި ބައްޓަންވެގެން ދިއުން ހިމެނެއެވެ. ބާޒާރުގެ ހާލަތު ބަދަލަވެގެންދާއިރު ދިމާވާ ގޮންޖެހުންތަކާއެކު ވެސް ހިއްސާގެ ބާޒާރުގެ އުސޫލުތަކާ އެއްގޮތަށް ކުންފުނި ހިނގަމުންދާކަން ސާބިތު ކޮށްދިނުމުން ކުންފުންޏަށް ބޭނުންވާ އިތުރު ރައުސްމާލު ހޯދުމަށް ދޮރު ހުޅުވި މަގު ތަނަވަސް ވެގެންދެއެވެ.  

ތިބާގެ ކުންފުންޏަކީ، ލިސްޓްކުރުމަށް ރަނގަޅު ކެންޑިޑޭޓެއްތަ؟

ކިޔާފައިވާ ޢަދަދު: 707
އިބްރާހީމް ސަލީމް
މަތީގައިވާ ސުވާލަކީ ޖަވާބު ދިނުމަށް ފަސޭހަ ނޫން އަދި ކުންފުނީގެ ކުޑަބޮޑު މިނާއިވެސް ގުޅިފައިވާ ކަމެއްނޫނެވެ.  އެހެންނަމަވެސް ކޮންމެވެސް ވަގުތަކު ރަނގަޅަށް ހިނގާ ޕްރައިވެޓް ކުންފުނި ސްޓޮކް މާރކެޓްގައި ލިސްޓްކުރުމަށް ވިސްނައެވެ. އަދި ކުންފުނި ލިސްޓްކުރުމަށް ރިޢާޔަތްކުރެއެވެ. ކުންފުނި ލިސްޓްކުރުމަށް މިސްރާބުޖަހާއިރު ބައެއް ކުންފުނީގެ ކުރިމަގާ ގުޅޭ އަސާސީ ސުވާލުތަކާއި ކުރިމަތިލާންޖެހެއެވެ.

ޕަބްލިކް ކުރުމުން ކުންފުންޏަށް ލިބޭ ފައިދާއަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 852
އިބްރާހީމް ސަލީމް
ޕްރައިވެޓް ކުންފުނިތަކުގެ ކާމިޔާބުކަމާއެކު ވިޔަފާރި ހިންގަން ފެށުމުން ވަކި ހިސާބަކުން ކުންފުނިން ޢާންމުންނަށް ހިއްޞާ ވިއްކުމަށް ނިންމައި ސްޓޮކް އެކްސްޗޭންޖްގައި ކުންފުނި ލިސްޓް ކުރުން ނުވަތަ ގޮއިން ޕަބްލިކް ޕްރޮސެސް ފަށައިގަނެއެވެ. ގޮއިން ޕަބްލިކަކީ ކުންފުނީގެ ފުރަތަމަ ފަހަރަށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދުމަށް ޢާންމުކޮށް ހުޅުވާލައިގެން ޙިއްޞާ ވިއްކުމެވެ. އަދި މިގޮތަށް ޙިއްޞާ ވިއްކުމުގެ ކުރިން ކުންފުނި ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (ޕީ.އެލް.ސީ)ގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. ކުންފުންޏަށް ބޭނުންވާ ރައުސްމާލު ލިބުމުގެ އިތުރުން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމުން ކުންފުންޏަށް ގިނަގުނަ އިތުރު ފައިދާތަކެއް ލިބިގެންދެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް މުހިންމު ފައިދާތައް ތިރީގައި މިވަނީއެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޙަމީދުގެ ތަޢުޒިޔާގެ ދަފްތަރު

ކިޔާފައިވާ ޢަދަދު: 710

ތަޢުޒިޔާގެ ދަފުތަރު

 

މިއީ ދިވެހި ބަހާއި އަދަބަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެއް ކަމަށްވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ހ. މީނާޒް) އަވަހާރަވެފައި ވާތީ، އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ  ވިދާޅުވާން ބޭނުންފުޅު ބޭފުޅުންނަށް ހުޅުވައިލެވުނު ދަފުތަރެކެވެ. މި ދަފުތަރުގައި ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުން، ޚިޔާލުފުޅު ލިޔަން ޚާއްޞަ ކުރެވިފައިވާ ބައިގައި ލިޔުއްވަމުން ގެންދެވުން އެދެމެވެ. މި ދަފުތަރު ހުޅުވާފައި ހުންނާނީ 25 އޯގަސްޓް 2015 ވާ އަންގާރަ ދުވަހުގެ ރޭ 12 ޖަހަން ދެންނެވެ.

ކެޕިޓަލް މާރކެޓްގެ ދައުރު

ކިޔާފައިވާ ޢަދަދު: 965
އިބްރާހީމް ސަލީމް
 
ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ކެޕިޓަލް މާރކެޓްގެ ޙަރަކާތްތައް 20 ވަނަ ޤަރުނު ނިމެނިކޮށް ފެށުނުނަމަވެސް 20 ވަނަ  ޤަރުނުގެ ކުރީކޮޅު ރާއްޖޭގައި ކެޕިޓަލް މާރކެޓްގެ ޙަރަކާތްތައް ފެށި ޢާންމުން ޙިއްޞާވާ ކުންފުނިތަކެއް އުފެދިފައިވެއެވެ. މިގޮތުން ޤައުމީ ކުންފުންޏާއި އަދި މައިޓް ކުންފުނި ފާހަގަކޮށްލެވެއެވެ. 

ޑަކުޓަރު އޭ.ޕީ.ޖޭ ޢަބްދުލްކަލާމާއެކު ކުޑަ ވަގުތު ކޮޅެއް!

ކިޔާފައިވާ ޢަދަދު: 1007
އަޙްމަދު ޝިޔާމް
އިންޑިޔާގެ ކުރީގެ ރައީސް، ޑަކުޓަރު އޭ.ޕީ.ޖޭ. ޢަބްދުލްކަލާމަކީ، އިންޑިޔާގެ ރައްޔިތުން ފަޚުރުވެރިވި ބަޠަލެކެވެ. ރައީސެކެވެ. ރޮކެޓް ސައިންސްގެ މާހިރެކެވެ.  މޮޅު ލިޔުންތެރިއެކެވެ. މުދައްރިސެކެވެ. 

މިނިވަންކަމުގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 908

އަޙްމަދު ޝިޔާމް
         
ދެހާސް ހަތްވަނަ އަހަރު ސިންގަޕޫރުގައި އޮތް  އޭޝިޔާ މީޑިއާ ސަމިޓްގައި ވާހަކަ ދައްކަވަމުން ސިންގަޕޫރުގެ އިންފޮމޭޝަން މިނިސްޓަރ ވިދާޅުވެފައިވެއެވެ. ސިންގަޕޫރުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނާނީ ސިންގަޕޫރުން ބޭނުންވާ މިންވަރަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުން އެކަމާ ކިތަންމެ ވަރަކަށް ފާޑުކީ ކަމުގައި ވިޔަސް ސިންގަޕޫރުގެ ސަޤާފަތާ އާދަކާދައާއި އަދި ގަބޫލު ކުރާ އަޚުލާޤީ މިންގަނޑާ ޚިލާފު ވެއްޖެ ނަމަ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. 

މިނިވަންކަމަކީ، އިންސާނީ ފިޠުރަތުގެ އަސާސެވެ.

ކިޔާފައިވާ ޢަދަދު: 1093
މުޙަންމަދު  ނަޞީރު، އއ.މާޅޮސް
“ކޮންމެ ކުއްޖަކުވެސް އުފަންވަނީ، ފިޠުރަތުގެ ގޮތް މަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ، އެކުއްޖާގެ މައިންބަފައިންނެވެ.” ކީރިތިރަސޫލާގެ މިބަސްފުޅަށްވުރެ ބޮޑަށް، އިލާހީ ފިޠުރަތާއި، އާދަމުގެ ދަރިންނާ ދެމެދުއޮތް ގުޅުން ހާމަކޮށްދޭނެ އެއްވެސް ފަލްސަފާއެއް އޮންނާނެބާއެވެ!
 
އާދަމުގެދަރީންގެ މުޅި ޙަޔާތް، އެކީ އެކައްޗަކަށް އާބާދުކުރެވިފައިވަނީ އިލާހީ ފިޠުރަތުގެ މަތީގައެވެ. އޭގެ ބިންގަލަކީ، ޝައްކެތްނެތް ގޮތުގައި، މިނިވަންކަމެވެ. އެއަށް، ޙުއްރިއްޔަތު (FREEDOM) ކިޔަސް، އިސްތިޤްލާލު (INDEPENDENCE) ކިޔަސް، އަދި ސިޔާދަތު (SOVREIGNTY) ކިޔަސް ވަރިހަމައެވެ. މަފްހޫމަކީ އެކައްޗެކެވެ. 

އަޅުގަނޑަށް ފެނުނު ތައިލެންޑް

ކިޔާފައިވާ ޢަދަދު: 1577
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)
“އެއް ގޮތެއްގައި ހުންނަ އެއްޗެއް، އެ މީހަކަށް އިހްސާސްކުރެވޭ ގޮތުގެ ތަފާތުން އެ މީހަކަށް އެ އެއްޗެއް ސިފަވާ ގޮތް ތަފާތުވުމަކީ ވެދާނެ ކަމެކެވެ. މަޝްހޫރު ފިޒިކްސް ޢިލްމުވެރިޔާ އަލްބަޓް އައިންސްޓައިން (14 މާޗް 1879 – 18 އެޕްރީލް 1955) ގެ މަޝްހޫރު ނިސްބީ ނަޒަރިއްޔާ (Theory of relativity) ބިނާކުރައްވައިފައި ވަނީ މި ޙަޤީޤަތުގެ މައްޗަށެވެ.

އަޅުގަނޑު އިސްލާންވީ މަޖުބޫރުވެގެންނެވެ! ޙަޤީޤަތް ހާމަވީއެވެ!

ކިޔާފައިވާ ޢަދަދު: 1551

 

އަޅުގަނޑު އިސްލާންވީ މަޖުބޫރުވެގެންނެވެ!

ޙަޤީޤަތް ހާމަވީއެވެ!

ލިޔުއްވީ: Danielle LoDuca
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ޑެނިއެލް ލޮޑޫސާ އަކީ ޔޫރަޕު މަތިކޮޅު، ޒުވާން އެމެރިކާ އަންހެނެކެވެ. ބޮޑުވަމުން އައީ ނަސޯރާ ދީނުގެ ކެތޮލިކް މަޒްހަބަށް ނަމަވެސް، 2002 ގައި އިސްލާންވުމުގެ ކުރިން، މީނާގެ ހިތުގައި އެއްވެސް ދީނަކަށް ކުޑަވެސް ގަދަރެއް ނެތެވެ. ޑެނިއެލް ލޮޑޫސާ އަކީ ފަންނުވެރިއެކެވެ. ފަސް ކުދިންގެ މަންމައެކެވެ. އެމެރިކާ މީހުންނަށް އިސްލާންދީން އޮޅުންފިލުވައިދެއްވުމުގެ ގޮތުން ގިނައިން ލިޔުއްވައެވެ.  އެނާ ދެކިލައްވާ ގޮތުގައި އަދިވެސް ބައެއް މީހުންނަށް އިސްލާންދީން ރަނގަޅަށް އޮޅުމެއް ނުފިލައެވެ!